29 ނޮވެމްބަރ 2025 - 19:36
އެމްޑީޕީ އަށް މި ވަގުތު ދިމާވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށާއި އެކަމުން އަރައިގަންނަން މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ސިޔާސީ ނުތަނަސްކަމުގެ ތެރޭގައި އެމްޑީޕީއާ ދުރުގައި ހުންނެވުމަށް ފަހު، މި އަހަރުގެ ޖޫން 23 ގައި އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި ނަޝީދު އެހެން ވިދާޅުވިއިރު، ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ވެސް އެމްޑީޕީ މިހާރު ވަނީ ބައިބައިވެފަ އެވެ.
އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީ ވެސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުން އަރައި ނުގަނެވުން ކަމަށް ވަނީ ވިދާޅުވެފަ އެވެ. ހާއްސަކޮށް އެމްޑީޕީއާ ދުރުގައި ދެ އަހަރެއްހާ ދުވަސް ވަންދެން ހުންނެވުމަށް ފަހު، ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމުން އެ މަނިކުފާނު ބަލައިގަތުމާ މެދު ވަނީ ބޮޑު ދެބަސްވުމެއް އުފެދިފަ އެވެ.
އޭގެ ފަހުން، ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމާ މެދު ޕާޓީގެ ދެ ފެކްޝަންގެ މެދުގައި ބޮޑެތި ހިލާފުތައް އުފެދިފަ އެވެ. އެ ކަމަށްޓަކައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ވެސް ހުއްޓާލީ ބޮޑު އަރައިރުމަކަށް ގޮސް ނިޒާމު ގެއްލުމުންނެވެ.
ނަމަވެސް، ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން ތަޖުރިބާކުރަމުންދާ އުނދަގޫ ދުވަސްތަކުން އަރައިގަނެވޭނެކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.
"މިއަދު އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން އެ ބުނަމުންދަނީ މުހިންމީ ޕާޓީގެ ޔުނިޓީކަމަށް،" ނަޝީދު ވިދާޅުވި އެވެ.
MDP mi vaguthu mi dhanee udhagoo dhuvas thakeh thajuribaa kuramun. Ehen namaves mi haalathun MDP araigannaane kamee alhugandu shakku kuraa kameh noon.
— Mohamed Nasheed (@MohamedNasheed) November 29, 2025
Miadhu MDP ge varah gina membarun e bunamun dhanee muhinmee Party ge Unity kamah.
Motaru Boatuge Gadubadu (1933) gai Ameen…
އެއާ އެކު ނަޝީދު ވަނީ މޯޓަރުގަޑުބަޑުގެ ތާރީހުން، އޭރުގެ ކެބިނެޓުން ދެއްކި އެއްބައިވަންތަކަމުން މިސާލެއް ވެސް މިއަދު ނެންގެވި އެވެ.
މޯޓަރުގަޑުބަޑުގެ ތާރީހީ ހާދިސާ އާ ކުރައްވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި މުހައްމަދު އަމީން ވިދާޅުވީ، އެންމެ މުހިންމީ ކެބިނެޓުގެ "ޔުނިޓީ" އެވެ.
"ކެބިނެޓުގެ އެކަކަށް ލިބޭ ގެއްލުމެއް އަނެކަކަށް ވެސް ލިބެން ޖެހޭނެ ކަމަށް،" ނަޝީދުގެ ޕޯސްޓުގައި ވެ އެވެ. އަދި އެ ދުވަސްވަރު ދަރަވަންދޫގެ ހުސައިން ސަލާހު ލިޔުއްވި ޅެންބައިތެއް ނަޝީދު ހަނދާނަށް ގެންނެވި އެވެ. އެ ޅެމުގައި ވިދާޅުވެފައި ވަނީ:
އުނިކަން ނުވާ މާތް ދޫފުޅުން
އެ ދުވަހު ވިދާޅުވީ
ޔުނިޓީއަކީ ފަހެ ހަސަދަޔާ މަކަރަށް ނުވާނެ ބާ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންރަހާ
30 November 2025
ކޮބާ ޑިމޮކްރެޓްސް ޕާޓީ އުވާލީތަ؟ ނޫނީ ސްޓޭންޑްބައި ގަ ޕާކްކޮށްފާ އޮތީތަ؟ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިން ޑިމޮކްރެޓްސް ޕާޓީ މީހަކު ނުހޮވިއްޖެނަމަ، އަނެއްކާވެސް ޑިމޮކްރެޓްސް ޕާޓީ ހިންގަން ފަށާ ގޮތަށްތޯ އޮތީ؟
އަސަރު68
30 November 2025
ކޮންމެ މީހަކުވެސް އަނގައިން ބުނަނީތިހެން. އެކަމަކު ހަގީގަތުގާ ކަންހިނގަނީކީ ތިހެނެއްނޫން. އެކަކު އަނެކަކާ ދެބަސްވާ ވަގުތުތަކުގާ އެކުގާއުޅުނު ދުވަސްތަކާ، އެކުގާކުރެވުނު ކަންކަމާ، އެކަކުއަނެކަކަށް ދޫކުރި ދޫކުރުންތަކާ މިހުރީ މިހާރަކު އެއްތަންވާނޭ ކަންކަމެއްނޫން. ކޮންމެ މީހަކުވެސް އެންމެމަތީ ބޮންތި ބޭނުންވާނެ. އެބޮންތިއަށްއެރުމުން މާދުރު ފެންނާންފަށާނެ. ދެންއެހިސާބުން ތިމާ ތިމާއަށްއޮޅޭނެ. ރޫޅާލަން މަސައްކަތްކޮށް ރޫޅާލެވުން ދެން އެރާވަން އުނދަގޫވާނެ.
އެހެންވީމާ
30 November 2025
އެމްޑީޕީ މިހާރު ތިތިބީ މޮޓަރުބޯޓްގައި. ކޮޅުމަޑުލުން ނައްޓާލާ ހައްދުންމައްޗަށްގޮސްފައި. ބޯޓްގައި ތިބެންޖެހެނީ ކިހައި ދުވަހެއްކަމެއް މިފަހަރުނޭގެ. މޮޓަރުބޯޓް މިފަހަރު މިސްރާބު ޖަހާފާ ހުރީ އަނެއްދިވެހިރާއްޖެއަށް. އެރާއްޖެ ވީ ހިސާބެއްނޭގެ. ޗާޓަކުނެތް. އެހެންނޫނަސް އަންނިއަކީ ޗާޓުން ބޭރުން ކަންކަންކުރާހިތްވާސޮރެއް.
ބެސްޓީ
30 November 2025
ޕްރައިމަރީގާ ބަލިވީމާ ޕާޓީ ރޫޅާލަން ގޮވަމުން އިދިކޮޅާއެކު މަސައްކަތްކުރި ބޭފުޅާ ތިޔަހެން ވިދާޅުވީމާ ޕާޓީ އެއްކުރާނެ މީހަކީ މަނިކުފާނުކަމަށް މިހާރު ގަބޫލުކުރާނީ މަނިކުފާނު ފަދައިން އަމިއްލަ މަސްލަހަތު އިސްކުރާމީހުން.
ތިދެން ބޮޑުވަރު، ބޭރުގަ މަޑުކޮށްލިނަމަ
30 November 2025
ވަކިވެގެން ބައިގަނޑު ތިމަންނަކޮޅަށް ދަމައިގަންނާނަމޭ ހިތާ ކުރިކަންތަކުން އަތަށް ގޮވީމަ އަލުން އައިސް އަނެއްކާވެސް ފަސާދަކުރަނީ.
ލަބީދު
29 November 2025
އަދިވެސް ރޫޅަން އުޅެނީ
ލާމަސީލު
29 November 2025
އެކްސްޕަޔާޑް ވެފަހުރި ޕްރޮޑަކްޓް ތަކުން ދިވެހިންނަށް މިއަދު ލިބޭނީ ބޮޑެތި ގެއްލުން. އެކްސްޕަޔާރ ނުވާއިރު ތިޕްރޮޑަކްޓް އޯކޭ.
ސޮބީހާ
29 November 2025
އައްނިއަކީ އަބަދުވެސް ދިވެހިންގެ ތެރެއަށް އައުކަންކަން ތައާރަފްކުރާ ލީޑަރެއް, އެހެންވީމާ އޭނައަށް އެއްޗިހިކިޔުން އެއީ ވަރައް އާންމުކަމެއް, އިބްރާހީމް ގެ ވެރިކަން ދަމަހައްޓަން އުޅެ ދެވަނަ ދައުރެއް ލިބުނުނަމަ މި ގައުމުގެ ހާލަތު ބަޔާންކުރަން ނޭނގޭހާލަތައް ދިޔައީސްކަން އެއީ ޔަގީން ކަށަވަރުކަމެއް,
ލަބީބާން
29 November 2025
އަންނި އަކީ ވިލާތުގެ އެޖެންޓެއް! ސަަފުތޯ؟ ޢަހްލާގެއް ނުހުރޭ!
އިބިރަހިމާ
30 November 2025
ދެން އިބުރާހިމަށް ދެވަނަ ދައުރެއް ނުދޭންވެގެން އެއޮތީ ފަތިސްނަމާދު ޖަމާއަތުގައި ކުރާ ވެރިއެއް ހޮވާފަތާ. ދެން ނިކަން މިހާރު މުގައުމުގެ ހާލަތު ބަޔާންކޮށްލަދީބަލަ.
ްަަްއަސްލު......
29 November 2025
ތިބޭފުޅާ އާއި ޑިމޮކްރެޓްސް އާއި ގުޅޭކަށް ބޭނުމެއްނޫން....
ޖައިސާމް
29 November 2025
އެމްޑީޕީ ރޫޅާލި މީހާ ޔުނިޓީއޭ ކީމަ އަންނަނީ ހިނި.