އެމްޑީޕީގެ ޖަލްސާއެއްގައި މީކާއީލް ވާހަކަ ދައްކަވަނީ.
29 ނޮވެމްބަރ 2025 - 20:14
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ނިންމަވައި، މިރޭ އެކަން އިއުލާން ކުރައްވައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ މަގާމު ފުރުއްވި ފައްޔާޒު އިސްމާއިލް މި މަހުގެ 23 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހު އަދި ކަނޑަނާޅައި އޮތް ނަމަވެސް މީކާއީލް މިރޭ ވިދާޅުވީ، އެމްޑީޕީގެ ލީޑަޝިޕުން އާ ޖީލަކަށް ހޯދުމުގެ މި މުހިންމު މަސައްކަތުގައި އެ ޕާޓީގެ އާންމު މެމްބަރުންގެ އެއްބާރުލުމަށާއި ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އިންތިހާބު ބޭއްވެންދެން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނެ ބޭފުޅަކު ކަނޑައެޅުމާ ގުޅޭ ގޮތުން އެ ޕާޓީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި މަޝްވަރާކުރި ނަމަވެސް އެ ބައްދަލުވުން ވަކި ހިސާބަކުން ހުއްޓާލީ އަރައިރުން ބޮޑުވެ، ނިޒާމު ގެއްލުމުންނެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރުމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަން ރޭގެ ބައްދަލުވުމަށް ހުށަހަޅައި ވޯޓަށް ވެސް އެހި އެވެ. ޖުމުލަ 95 މެމްބަރުން ހާޒިރުވި ބައްދަލުވުމުގައި ވަހީދަށް 47 ވޯޓު ލިބިވަޑައިގަތެވެ. ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ކަނޑައަޅަން 48 ވޯޓު ބޭނުންވާއިރު، ވަހީދުގެ ވޯޓާ ހިސާބުން ޒުވާބު ހޫނުވެ، ނިޒާމު ގެއްލުނީ އެވެ.
ވަހީދުގެ އިތުރުން ވަގުތީ ޗެއާޕާސަންގެ ވޯޓު ލިސްޓުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ ނަން ވެސް ގައުމީ މަޖިލިހުގެ މެމްބަރުން ގެންގުޅުއްވި އެވެ. އެކަމަކު، ބޮޑަށް ހިޔާލު ތަފާތުވީ އަސްލަމަކީ ގައުމީ މަޖިލިހުގެ މެމްބަރަކަށް ނުވާއިރު، އޭނާ އަށް ޗެއާޕާސަންގެ މަގާމު ފުރުއްވިދާނެތޯ އެވެ.
ވަގުތީ ޗެއާޕާސަނަކަށް ވަހީދުގެ ނަން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންނެވެ. އަސްލަމާއި ގަޕޯގެ ނަމަށް ވޯޓަށް އަހަން މަސައްކަތްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮކޭ
30 November 2025
ތިޔައީ ވަރަށް ރޭސިސްޓް އަދި އަމިއްލައަށް ބޭފުޅުހެދިގެން އުޅޭ އިންސާނެއް. އެލީޓް މީހެއް ކަމައް ގަބޫލު ކުރާ މަ މޮޅު ހެދިގެން އުޅޭ އިންސާނެއް. އެމްޑީޕީގެ ސްޕްރެމަސިސްޓް/ބޭފުޅު މީހުން މީނާއަށް ސަޕޯރޓް ކުރާތައް މި ޕާޓީގެ މީހުންނައް ވަރަށް އަވަހައް ފެނިގެންދާނެ.
މުއިއްޒު ޕްލަސް
30 November 2025
އިނގިރޭސި ވިލާތުން ކިޔަވާފައި ތިބި މީޙުން ލީމާ ރައްޔިުތން ލަނީ ޖަލު ގޮޅިއަށް. އެއީ އެތާ އޮންނަ ގޮތް. ހަމަޖެހިގެން އުޅޭނީ ރާނީއާއިލާއާ 6 ކަ މީހުން. މަވާ ސަލާން.
އަލީ
30 November 2025
ކުރައްވަނިއްޔޭ? ކުރަނީ
ކުރުބާ
30 November 2025
އެމްޑީޕީއޭ ކިޔައިގެން ވިއްކި މުދާ ބާވެއްޖެ. އަނެއްކާ އެ ވިޔަފާރި ކުރި މީހުންގެ މިހާރު އެކަންކުރާވަރުގެ ޗަލަރެއްވެސް ނެތް. ދެން އެހެން ކަމަކާ އުޅޭ.
ޖަމާކުރޭ
30 November 2025
އަޑުގަދަ މީހަކަށް ދެންޏާ ދީ. އެއްވެސް ކަމެއް ނުވޭ. މަމްދާނީ ހެދެން ނޫޅޭ އަދި ހެހެ
އަސްލު އެމްޑީޕީ
30 November 2025
ކަަލޯމެންނަށް ނޭނގޭ ދޯ މިވާގޮތް. މިއީ އިލްޔާސް. 2.0. ޔައުނީ އަންނި ބްރޯ އޭ ޕާޓީ ވެރިަކން ކުރާނީ. މިބޭފުޅާ ހުންނާނެ ޔޭސް ބުނަން. ތަންކޮޅެއް މެޗުއަރ ހަރދަނާ ގަބީލާ ޝަކްޝިއްޔަތެއް އާންމު މެމްބަރުނގެ ތެރޭ ތިބޭނެ. އެކަމަކު ގަބީލާ ނުވަތަ ގަބީލާ ޕަޕެޓަކަށްނުވާނެތީ މަތިފަޑި ސަބޯޓޭޖް ކުރާނެ އެމީހަކު. މުނައްވަރާ އިބްރާ ދުއްވާލިގޮތަށް. އެމީހުން ތިބި ނަމަ އެމީހުން ވެރިަކން ކުރިނަމަ މި ކަރްޕްޓް ބަނގަޑުތަކުން މިހާރު ގައުމު ސަލާމަތް ނުވެގެން އުޅޭކަން ނުޖެހުނީސް
ބަޝީރް
30 November 2025
އެމްޑީޕީގެ ޗެއަރޕާސަންއަކީ ކުޅޭ ކުޅޭ މަގާމަކަށް ވިޔަދީގެންނުވާނެ، ޕަޓީގަ ނެތީބާ ހަރުދަނާ ގާބިލް ތަޖުރިބާ ލިބިފައިވާ މީހުން، ކީކޭ ދެން ބުނާނީ.
ނޫސަންގު
30 November 2025
އަދި ތިވަރުގެ މަގާމަކަށް ކުރިމަތިލާވަރު ނުވޭ. މަޖިލީސް ނޫން ތަނެއްގައި ޕަރފޯމެންސް ދައްކާ. ބޭނުންވަނީ ކަންކަން ރާވާ ތަންފީޒު ކުރެވޭ މީހުން. ހުސް އަނގަ ތަޅާ މީހުނެއް ނޫން. ވީ ހޭވް ހެޑް އިނަފް.
ދޮހޮއްތުބެ
30 November 2025
ހެޔޮ ފާލެއް …
ދުރުވިސްނާމީހާ
30 November 2025
ވައްސަލާމް .މަ އެން.ޑީ.ޕީން ވަކިވީމި.