އައްޑޫ ހައި ސްކޫލުގައި ހިންގި މާރާމާރީގައި ޓީޗަރު ދަރިވަރުގެ ކަރުގައި ހިފައިގެން އުޅޭ ވީޑިއޯގެ ސްކްރީންޝޮޓެއް.--
10 ޑިސެމްބަރ 2025 - 15:22
އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގެ ތެރޭގައި ދަރިވަރެއްގެ ކަރުގައި ހިފައި، ތަޅައި އަނިޔާކުރި ބިދޭސީ ޓީޗަރަކު ސަސްޕެންޑްކޮށް މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ ޓީޗަރާއި ދަރިވަރުގެ ދެމެދުގައި ހިންގި މާރާމާރީގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. މި މައްސަލަ ބަލައިދޭން ފުލުހުންނަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ދަރިވަރު ވެސް ޓީޗަރުގެ ގައިގައި ޖަހަ އެވެ. އެ ރުޅީގައި ޓީޗަރު ދަރިވަރަށް އަނިޔާކުރިއިރު ކްލާސް ރޫމްގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގީ ގްރޭޑް 12ގެ ދަރިވަރުންގެ ބީޓެކް ކްލާހެއްގަ އެވެ. ދަރިވަރަށް އަނިޔާކުރީ އިންޑިއާގެ ޓީޗަރެއް ކަމަށް ވެ އެވެ.
އެ ވީޑިއޯއާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި ކަން ހިނގާފައިވާ ގޮތް މިނިސްޓްރީން ތަހުގީގު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ކަންކަމުގައި ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަދޫމު ސިޓީ
13 December 2025
ޢާހިރުގަ ގޯސްމިވީ ޓީޗަރު މިގައުމައް ބަޔަކު އަމިއްލަ ފައިދާނަގަން ބޭރުގެ މުއްސަންދި ގައުމުތަކުގައި އޮންނަ ޑިމޮކުރަސީޢޭ ކިޔާ ކާފަރުންގެ ނިޒާމެތް މިގައުމައް ގެނެސްވައްޓާލާ ހައްގުގެ ނަމުގައި މީހުންނައްވިސްނަދިނީ އެތްވެސް ހަމައެތް ލަމައެތް ނެތް މިންވަރަށް ހައްގުތައް އޮންނަކަމަށް ބަލަ އިންސާނުންވެސް އުޅެން ވަކި ހަމައެތް އޮވެޔޭ އިސްލާމްދީނުގައި އަންގަވާފައި ހައްގުގެ ނަމުގައި ހިތުހުރި ގޮތަކައް ނޫޅެވޭނެދޯ
ޑޮކްޓާރ. ބަނާނާ
11 December 2025
ލަފާ ކުރެވޭގޮތުން 2008 ވަނަ އަހަރުތެރޭ އެއިރު ސެކަންޑްރީ ސްކޫލް ގެ ދަރިވަރުންނާއި ބެލެނިވެރިން މުޒާހިރާ ކޮށް ކުލާސްތަކުގެ ގޮނޑި މޭޒު އުކާ އެއިރު ސްކޫލްގެ ހެޑްމާސްޓާރ ސްކޫލް އިން ބޭރު ކުރިތަން ފެނުނު! މިއަދު މިފެންނަނީ ދަރިވަރެއް ކްލާސްތެރޭ ޓީޗަރެއްގެ ގަޔަށް ބޮލަށް އަރާ ކޮޅު ފައިންތަޅާ މަންޒަރު! މިމައްސަލަ ފުލުހުން މެދުވެރިކޮށް ބައްލަވާ މިކަމުގައި ޒިއްމާވާ ސްކޫލްގެ މެނޭޖްމަންޓް ދަރިވަރުން ޓިޗަރުން ނާއި މެދު ހަރުކަށި ފިޔަވަޅު އަޅުއްވާ!
ތައޚާނު
11 December 2025
އެޑިއުކޭޝަން އިން ތިބުނަނީ ހަމަ ނޭގެޔޭތަ ވީގޮތެއް؟ އަޅެ ތިތާމަގުމަތިން މީހަކު ކައިރީ އަހައިލިނަމަވެސް ބުނެދިނީހެން ނުން. ތިހެން ނަހަދާ. އެހެރީ އެހުރިހާ ވީޑިއޯއެއް ވީގޮތް ވަރަށް ސާފު. މަށަށް އެވަރު އެކުއްޖާ ކޮށްލާއިރު މަވެސް ބަލާކަށް ނުހުންނާނަން އިންސާނަކަށް ރުޅި ނައިސް ނުހުރެވޭނެ ވަރު އެމީހާއަށް ކޮށްލީމާ ތީތި ކަޑަ ވަރަށް ޒިންމާދާރުކަން ކުޑަ ޝިފާޒު ކަލޭމެން އިސްތިއުފާ ދީފައި ގޭގަ ތިބޭ
މޮޅު ޑީމޮކުރެސީ ގެ ފޮނިކަން
11 December 2025
ބަޔަކު މޮޅުކޮއްގެން ގެނައި ޑިމޮކްރެސީގެ ފޮނި މީރުކަން އަދި މިފެންނަނީ. ދުލުގެ މިނިވަންކަމާއެކު ހުރިހާ މިނިވަން ކަމެއް ގެ ފައިދާ ފެންނަނީ
ލަސް
11 December 2025
ތިކަހަލަ ކުރަފި ވިސްނުމުގެ ފޮނިމީރުކަން މި ފެންނަނީ.
މިއީ
11 December 2025
މިއީ އެއްވެސް އަހުލާގެއް ނެތް ކުލާހެއް. އެއްބަޔަކު ލެޕްޓޮޕުން ގޭމް ކުޅެން. ދެން ތިބި މީހުން ކުޅި ބަލާ ހޭން. ޤައުމުގެ ކުރިމަގު ވަރަށްވެސް އުޖާލާ
މެދެން ބޮޑުވަރު
11 December 2025
ދނެް ކަލޭމެން ކިޔާ ޓީޗިން ހަދާނެ މީހަކު ނުވެއޭ ބޯހަލާކު ތިކުއްޖާ އެމީހާގެ ތތގައި ހިފައި ހުރިހާ ބުލީއެއް ކުރިތަން ކަލޭމެންނަށް ނުފެނަނީ؟
ދެރަ
11 December 2025
ގައުމުގެ އެޑުކޭސަން ސިސްޓަމް ހަލާކުވެ މިދަނީ ދަރިވަރުންގެ ހައްގުތަށް ގިނަކަމުން. ގައުމުގެ ކުދަކުދިން ހަލާކުވެގެން މިދަނީ ކުޑަކުދިންގެ ހައްގުތަށް ގިނަކަމުން. ހައްގު ދިނުމުގައި ވެސް އިމެއް އޮންނަންޖެހޭ. ކުލާސް ރޫމުގައި ދަށުދަރަޖައިގެ ވީޑީޢޯ އަޅުވާ މުޅި ކުލާހައް އިއްވީމާ ވެސް އޯކޭ. ދެންތިބި ކުދިންގެ ހައްގާ ޓީޗަރުގެ ހައްގު ކޮބާބާ؟ ދަރިވަރުންގެ އަބުރާ ކަރާމާތަށަ އަރާގަތީމާ އެކަން ޓީޗަރު ހުއްޓޫވާ ސެލްފްޑިފެސް ކުރީމާ މިގޯސްވީ ޓީޗަރު.
ސައިނީސް
11 December 2025
އެކަނިވެރި މައިންވެސް ގިނަވަނީ ހައްޤުތައް ގިނަކަމުން
ދިވެހިބިން
11 December 2025
ވެސްޓަން ވެލިއުސްއަކީ "ކުޑަކުއްޖަކާ" ދިމާއަށް ނުރުހުމުގެ ގޮތުން ބަލާލައިގެންވެސް ނުވާނެ އެކުދިން ކިތަންމެ ނުބައިނުލަފާކޮށް އުޅުނަސް. ނަތީޖާއަކީ ނުބައި ޖީލުތަކެއްއުފެދި ޤަޢުމުތަކު އިޖުތިމާޢީ ފޭރަން ހަލާކުވެދިއުން. މިހާރު "ތަހުޒީބީ" ޤަޢުމުތަކަށް ރޭކާލާން ފަށައިފި މިއީ ފެއިލްވެފަވާ ނިޒާމެއްކަން. އިހައްދުވަހު ސޯސިއަލް މީޑިއާ މަނާއެކުރީ އޮސްޓުރޭލިއާގަ... އަދި މިވީޑިއޯގަ ޓީޗަރާ ދިމާއަށް "ފުއްޕަނީ" ކުޑަކުއްޖެއްވެސް ނޫން. އެސޮރުމެން ސައިޒްކުރަންޖެހޭ...
ަދޫލަ
11 December 2025
ހަގީގަތުގައި މިނިސްޓަރީއަކަށް ސްކޫލްތަކާއި، ކިޔަވައިދިނުމާއި، ކުދިންގެ ހާލަތާއި، މަސައްކަތް ކުރާ މިންވަރާއި، ޓީޗަރުންނަށް ހުރި ގޮންޖެހުންތައް ރަނގަޅަކަށް ނޭނގޭ. މިކަންކަން އެނގޭނީ މިކަހަލަ ކަންކަން ކުރިމަތިވީމާ ވެސް ދެފުށް ބަލައިގެން. މިހާރު ސްކޫލްތުގެ %70 ކުދިން އެކަށީގެންވާ މަސައްކަތެއް ނުކުރޭ، ބެލެނިވެރިން ގާތު ކިޔައި އާދޭސްކުރިޔަސް މަސައްކަތެއް ނުކުރުވާ، ދަރިވަރުންނާއި ބެލެނިވެރިންވެސް ސްކޫލާއި ޓީޗަރުންނަށް އިޙްތިރާމެއް ނުކުރޭ.
މެރީނާ ޢ
11 December 2025
ވީޑިއޯއިން ފެންނަ ގޮތަށް ބަލާފަ ފުރަތަ ސަސްޕެންޑް ކުރަންޖެހެނީ ދަރިވަރު. އަޚުލާގެއް، ލަދެއްހަޔާތެއް ނެތް ދަރިވަރެއް. ރާއްޖޭގެ ދެންތިބި އެންމެހާ ދަރިވަރުންނަށް ޢިބުރަތަކަށްޓަކައި، ތިކުލާހުގެ ހުރިހާ ދަރިވަރުން ސްކޫލުން ވަކިކޮށް، މައްސަލަބަލަންޖެހޭ. ނުބައި ނުލަފާ އަޚުލާގެއް ނެތް ކުދިންތަކެއް. ތި ވީޑިއޯ ތަކުގެ ސަބަބުން އެހެން ސްކޫލްތަކުގެ ދަރިވަރުންނަށް ނޭދެވޭ އަސަރުކޮށްފާނެ. ޓީޗަރެއް ނޫން މައްސަލއަކީ. އެއީވެސް އިންސާނެއް. ކެތްކުރެވޭނީ ވަކިވަރަކަށް.