ގާސިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެކަން ބަލައިދޭން ޕްރޮސިކިއުޓަ ޖެނެރަލަށް ވެސް ވަނީ ހުށަހަޅާފައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 އެޕްރީލް 2017 - 19:52
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ކްރިމިނަލް ކޯޓުން ބަލައިނުގަތް ކަމަށް އޭނާގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ރިޝްވަތުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާސިމް ހައްޔަރުކޮށް އޭނާގެ ބަންދަށް ހަ ދުވަސް ވަނީ ޖަހައިފަ އެވެ.
ގާސިމްގެ ވަކީލުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ގާސިމް ހައްޔަރުކުރުމުގެ އަމުރު ނެރެން ޖެހެނީ، ޕްރޮސިކިިއުޓަ ޖެނެރަލް ހުށަހަޅައިގެން ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކާ ބެހޭ ގާނޫނުގައި ބުނެފައިވީ ނަމަވެސް އެ އަމުރު ހޯދަން ކޯޓުގައި އެދުނީ ފުލުހުން ކަމަށެވެ. އެއީ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމަކަށް ވާތީ މައްސަލަ އިސްތިއުނާފްކުރުމުން، ލިއުންތައް ކޯޓުން ބަލައިގެންފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
"ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތަކާ ކަނޑައެޅިގެން ހިލާފަށް ކްރިމިނަލް ކޯޓުން ނެރުނު މި އަމުރުގެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިގަތުމަށް ކޯޓުން އިންކާރުކޮށްފައި ވުމީ އޮނަރަބަލް ގާސިމް އިބްރާހިމް އިންސާފު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅަށް ހުރަސްއެޅޭ އަދި އެކަމާ މެދު އެމަނިކުފާނު އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެކެވެ،" ބަޔާނުގައި ވެ އެވެ.
ޝަރީއަތަށް މައްސަލައެއް ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ އެ ނޫން ވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ހާލަތްތަކާއި ޝަރުތުތައް މުތާލިއާކުރުމާއި މުރާޖައާކުރަމުން ގެންދިއުމާއި އެ އުސޫލްތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ބ. ގެ ދަށުން ޕްރޮސިކިއުޓަ ޖެނެރަލް އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ވަކީލުން ވިދާޅުވީ ގާނޫނާ ހިލާފަށް ގާސިމް ހައްޔަރުކުރި މައްސަލަ ބަލައި އެކަމުގައި ގާނޫނީ ފިޔަވަޅު އަޅައިދޭން ޕްރޮސިކިއުޓަ ޖެނެރަލަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ގާސިމް ހައްޔަރުކުރުމުގެ އަމުރު ފުލުހުން ހޯދީ ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް ފަހު އެވެ.
ގާސިމްގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި ގާސިމާ ދެކޮޅަށް ފުލުހުންނަށް އެއްވެސް ހެއްކެއް ނުދެއްކެ އެވެ. ފުލުހުންގެ އަތުގައި އޮތީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
10 April 2017
ރިޔާޒުމެން އިންޓެލް ރިޕޯރޓަށް ފާޑުކިޔާނެކަމެއް ނެތް. ބަލަގަ ތިޔަބުނާ ރިޔާޒެއް ނޫންތަ އިންޓެލް ރިޕޯޓެއް އެބައޮތޭ ކިޔާ 2013ވަނަ އަހަރުގެ އިންތިހާބު ހުއްޓުވީ؟
ގާންޓޭ
10 April 2017
2013ގެ ރިޔާސީ އިންތިހާބުގައި ޖާނާ މާލުން ގުރުބާންވެ ފާހާނާ ސާފުކޮއްގެން މިވެރިކަން ދަމަހައްޓަން ނިންމެވި ހިސާބުން މަނިކުފާނާއި އެހެން ހުރިހާ ދިވެހިންނައް އިންސާފު ގެއްލުނީ.
އަހައްމަދު އަހައްމަދޭ
10 April 2017
އުނހޫ ބަލައެއް ނުގަނެވޭނެއްނޫން އެ ފުރުސަތު ނެތިއެއް ، ފަނޑިޔާރުމަގުވެސް އެއޮތް ހަދަނީ ވިއްޔާ،
ހަސަނު
10 April 2017
ބަލަ 'ތަބީއީ' ކަމެއްގާ ކީއްވެތޯ ގާސިމް ހައްޔަރު ކޮށްގެން ތި ގެންގުޅެނީ.. ގާސިމު ރިޝްވަތު ދިން ކަމަށް ބުނާ އެއްވެސް މީހެއްގެ ޚުދް އަނބިމީހާވެސް ނާހާނެ އެއީ ކޯޗެއްތޯ އެއްވެސް..
އައިއެފް
09 April 2017
ތާރީޚު އިޔާދަވާނެ ރ.ޔާމީނު ހަނދުމަފުޅު ކުރައްވާތި. މަނިކުފާނު މުލަކު ދާއިރާގެ މެންބަރުކަން ކުރެއްވި ދުވަސްވަރު އޭރުގެ ސަރުކާރުން އާރަށުގައި ބެހެއްޓެވީމާ ތިޔަވިދާޅުވަނީ އެކުރެއްވީ ޤާނޫނާއި ޚިލާފު ކަމެކޭ ދައުވާކުރަން ބޭނުމޭ. އެހެންކަމުން ދައުލަތުން ރ. ނަޝީދާ ދެކޮޅަށް ޓެރެރިޒަމްގެ ދައުވާ ތިކުރެއްވީއެވެ. ވީމާ ރ.ޔާމީނު ދެން އަންނަ ސަރުކާރަކުން މަނިކުފާނާ ދެކޮޅަށް ކުރެވޭނީ ކޮންދައުވާއެއްތޯއެވެ. ހަމަ ޔަގީނުންވެސް ޓެރެރިޒަމްގެ ދައުވާ. ވެރިކަމުގައިހުރީ މަނިކުފާނު. ގާނުނާއި ޚިލާފު ބަންދެއްގައި ގާސިމް އެހުންނެވީ އެއްކަމެއް ތިޔަކުރެއްވީ. އެއްވެސް ތަފާތެއް ނެތް. އަމިއްލަ ކަރަށް ތިޔަ މަޅިއެއްލަނީ.
އަބްދުއްލާ އަލީ
09 April 2017
މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒް ގެ ގާނޫނާ ހިލާފު ވިއެއްކަމަކު ،ގާސިމްބަންދު ކޮށްފާވަނީގާނޫނުއަސާސީ ގެ 49 ވަނަ މާއްދާގެ އިން ލިބިދޭ ބާރުގާ ގާނޫނުއަސާސީ ގެ 46 ވަނަ މާއްދާގަ ބުނާފަދަ ކޯޓް އަމުރަކުން. ގާނޫނުއަސާސީ ގެ 49 ވަނަ މާއްދާ އާ ގުޅިގެން ނެރެވޭ ހައްޔަރު ކުރުމުގެ އަމުރު އިސްތިއުނާފު ކުރެވިދާނެބާ ؟49 ވަނަ މާއްދާގެ ދަށުން ބަންދު ކުރެވޭ މީހާ އިސްތިއުނާފެް ކުރެވޭނަމަ ތަހުގީގުގެ ބޭނުމަކީ ކޮބާ ؟ އިމްތިޔާޒުގެ ގާނޫނާ ހިލާފް ވިޔަސް ބަންދު ކުރެވިފާ ވަނީ ގާނޫނުގައިވާގޮތުން ކޯޓް އަމުރެއްގެ ދަށުން.
އަހުމަދު
10 April 2017
ހަމަ ބުނައިރަށް ޖަހަނީ އެންގެވިގޮތެއް މިހާރު .
އަލިބެއްޔާ
10 April 2017
އެއްވެސް ގާނޫނަކާ ޚިލާފުވެއްޖެނަމަ އެވާނީ ޤާނޫނާ ޚިލާފުކަމަކަށް. އަބްދުއްލާ އަލީ އަށްވެސް ބުނެވިއްޖެ އިމްތިޔާޒުގެ ގާނޫން ޚިލާފޭ ދެއްތޯ. ޤާނޫނާ ޚިލާފަށް ކޮށްފައިވާ ހައްޔަރަކީ ބާތިލް ހައްޔަރެއް. ހައްޔަރުކޮށްގެން ކުރާ ތަޙުޤީޤަކީ ބާތިލް ތަޙުގީގެއް. އޭގެ ނަތީޖާވެސް ވާނީ ބާޠިލް. އެކަމަކު މިހާރު ވިސްނެނީ "ލަކުޑިގަނޑު މާވަޑިޔާގެ ހިތެކޭ".
ޚިޔާލް123
09 April 2017
ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ކްރިމިނަލް ކޯޓުން ބަލައިނުގަތުން މިކަމުގައި ކޯޓުން ކަންކޮއްފައިވަނީ ރަގަނޅަށްނޫކަން ވަރައްރީއްޗަށް ފެނިގެން ހިގައްޖެއެވެ
އުމަރު
09 April 2017
މިއީ އަހަރުމެން ދައްކާ ވާހަކަ، ކޯޓުތަކެއް މަސައްކަތެއް ނުކުރޭ، މަޖިލިހެއް މަސައްކަތެއް ނުކުރޭ މިނިސްޓްރީތަކެއް މަސައްކަތެއް ނުކުރޭ މިނިވަން މުއައްސަސާއެއް މަސައްކަތެއް ނުކުރޭ، މިއީ ހަމަ ސިސްޓަމުގެ މައްސަލައެއްތޯ؟ ނުވަތަ ހަމަ މިހުރިހައި ތަނެއް ހަމަ އެންމެ މީހަކު ކޮންޓްރޯލްކޮށްގެން އުޅެނީތޯ؟ މިއީ އަޖައިބެއްކަހަލަ ކަމެއް، މިހުރިހައި މީހުންތިބީ ގަދަ ނިދީގައި ނިދާފައިތޯ؟ ރައީސް ޔާމީނު ހާދަ ފަސޭހަކަމާއި އެކުގައޭ ވެރިކަން އެކުރައްވަނީ، ރައީސް ޔާމީނު ކޮންކަމެއް ކޮށްދީގެން ކޮން ބިރެއް ދައްކައިގެންތޯ؟ ބަލަ ކޯޓަށް މައްސަލަ ބަލައިގަންނަންޖެހޭ،
އަދިވެސް
09 April 2017
އޭރުވެސް އެނގޭ ތިކަމެއް ނުވާނެކަން. އެއްވެސް އެއް ލަމައެއް ނެތްތަނެއްގައި ކޮން އިންސާފެއް އޮންނާނީ.
ދެންދެން
09 April 2017
ގާނޫނީ އަދި ތަހްޒީބީ ގޮތް ހުސްވެ ނިމުނީ. އެެހެން ވިސްނުމަކައް ދާކައް ނުވޭބާ.