އެމްޑީޕީގެ ނައިބު ރައީސް ޝިފާޒާ އެކު ނަޝީދު ލަންކާގައި: ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ ރޭގެ ވަގުތެއްގައި --ފޮޓޯ/އެމްޑީޕީ
12 މެއި 2017 - 17:44
ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގައި ހުންނެވުމަށް ފަހު، އެމަނިކުފާނަށް ހިމާޔަތް ދީފައިވާ އިނގިރޭސިވިލާތަށް އަނެއްކާވެސް ވަޑައިގެންފި އެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ސްރީލަންކާ އަށް ވަޑައިގެންނެވި ނަޝީދު ރޭގެ ވަގުތެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވާ ކަން އެމްޑީޕީގެ އޮފިޝަލަކު ކަށަވަރުކޮށް ދެއްވި އެވެ. ނަޝީދު ލަންކާގައި ހުންނަވައިގެން ވަނީ ސިޔާސީ އެކި ފަރާތްތަކާއި، ބޭރުގެ ޑިޕްލޮމެޓުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސް ފަރުވާ އަށް އިނގިރޭސިވިލާތަށް ފޮނުވުމުން އެ ގައުމުން އެމަނިކުފާނަށް ވަނީ ހިމާޔަތް ދީފަ އެވެ. ހިމާޔަތް ދިން ފަހުން ދޭތެރެ ދޭތެރެއިން ނަޝީދު ލަންކާ އަށް ވަޑައިގަންނަވަ އެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ އެވެ. އެކަމަކު ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިއްވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގަ އެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލާގައި ވެސް އެމަނިކުފާނަށް ވަނީ ދައުވާކޮށްފަ އެވެ. އެކަމަކު އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނެވުމުން ޝަރީއަތް ކުރިއަކަށް ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަލްދީބު
13 May 2017
ތިވެސް ހަބަރެއްތައް މީހުން ތަންތަނަށް ފުރައިގެންދޭ ހަމަ ތަނަކަށް މީހަކު ފުރައިގެން ދިޔަކަސް ލިޔާކަށް ނުޖެހޭ
ވާނުވާ
13 May 2017
ޢުނަގަޑަށް ބޭސްކޮށް.ނިމުނީބާ
އަޙްމަދު
13 May 2017
ހަސަނު އެބުނާ ޕާސްޕޯޓު ހިފައިގެން ވެސް ޙަބަރުދާރު މި "ދިވެހިންގެ" ރައްޖެއައް ނާރާތި ހަމަ ފިސާރި ތެދެއްމިބުނަނީ "ޖަލައް"ލާނީ
ޕިންކީ
12 May 2017
ޢަސްތާ ހާދަ މޭކަރަޔޭ، ޜުޅިގަދަވަނީ! މިރޭ އާސަންދަ ކަންޑާލާނަން. ކަރަންޓު ބިލް %25 އަގުބޮޑު ކޮއްލާނަން.
ކޯޑިނޭޓަރު
12 May 2017
ހިތައްއަރާ ރައިސް ޔާމީނައްވެސް މިކަހަލަ އިއްޒަތާ ގަދަރު ބޭރުގައުމުތަކުންނާ ޖާމާތްތަކުން ކުރޭ ބާވައޭ.
މެންޓަލިސްޓް
12 May 2017
އަނހާ ކިހިނެތް ތިޔަހެއްދެވީ ؟؟؟ އަޅުގަނޑު ލަންކާއަށް ދާންޓިކެޓްނަގައިގެން މިހިރީ ފުއްޖަހައިގެން މަނިކްފާނާއި އެކު ސެލްފީއެއް ނަގަންވެގެން ،،،، ހާދަބޮޑު ގެއްލުމެކޭ މިވީ ،،،، ހަޕްތާއެއް ވަންދެން އަޅުގަނޑު މަޑުކުރާނަން ،،، އެނގިދާނެތާ ،، ނަސީބުހުރީޔާ ސެލްފީއެއްނެގޭނެ ،،، ވަރަށްވެދުން
އިބްރާ
12 May 2017
ދިވެހިންދެކެ އެހައިވަރަށް ލޯބިވާމީހަކު އަބަދުގޮސް އިގެރޭސިވިލާތުގައި ފިލައި ތިޔައޮންނަވަނީ ހަމަ ދިވެހިންނަށް ފިލަންތޯ؟
ފަޅުވެރިން
12 May 2017
ނަޝީދު ލަންކާއަށް ވަޑައިގެންފި. ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންފި. ނަޝީދު ކޮލޮމްބޯއަށް ވަޑައިގެންފި. ނަޝީދު ޔޫކޭއަށް ވަޑައިގެންފި. ނަޝީދު އޮޅުދޫކަރައަށް ވަޑައިގެންފި. ނަޝީދު ލަންޑަނަށް ވަޑައިގެންފި. ނަޝީދު ކޮޅުނބަށް ވަޑައިގެންފި. މިވެސް ދެން ޚަބަރުދޯ؟ ހިފިނުހުރެވިގެން އުޅޭ މީހެއް! ކޮންމެވެސް އެއްތަނެއްގައި މަޑުން ހުރެވޭތޯ ބަލާބަލަ ކޮއިފުޅާ!! ރާއްޖެއަށް ނާރައްޖެއްޔާ އަހަރެމެންނަށް ވަރިހަމަ ތީނަ ކޮންމެ ތަނެއްގައިހުއްޓަސް!!
މޯޑު
13 May 2017
ކަޑަ ވޭ ދޯ ބްރޯ ؟؟
އަޙްމަދު
12 May 2017
ގ. ކެނެރީގެ ނަޝީދު އެބުނާ ޕާސްޕޯޓެއް ހިފައިގެންވެސް ނަމަނަމަ ދިވެހި ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދަ އެއްމެ "1 އިންޗިއެއް ހާހިސާބުވެސް އެތެރެ ނުވާތި ޙަބަރުދާރު ހަމަ ޖަލައް ލާނީ ޔަގީން.
ގޯނިބެ
12 May 2017
ކެނެރީގޭ ނަސީދަކީ ޕުރެސަރުގައި ބޯކޮޅުވަތަށް ތިލަވާ ބޭފުޅެއް... ފެބް7 ގަވެސަ އަވަހަށް ބެލީ ބޮންދަން
އިބްރާ
12 May 2017
ކަލޯގެއާ ހަމަ ހަބޭސް