ޚަބަރު / ގއ. ކަނޑުހުޅުދޫ

ބަންޖެއްގެ މައްސަލާގައި ޓީޗަރަކަށް ފިޔަވަޅު އަޅައިފި

ކަނޑުހުޅުދޫ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލުގައި-- ފޮޓޯ/ފޭސްބުކް

ކުޑަކުދިންގެ ދުވަހު ގއ. ކަނޑުހުޅުދޫ ސްކޫލުގައި ބޭއްވި ހަރަކާތެއްގައި ކީ ބަންޖެއްގެ މައްސަލާގައި އެ ރަށު ސްކޫލުގެ ލީޑިން ޓީޗަރަކު ގޭގައި މަޑުކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހު 11 ވަނަ ދުވަހު އެ ރަށުގެ ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު ބޭއްވި ހަރަކާތެއްގައި ބެލެނިވެރިޔަކު ކީ އެބަންޖާ ގުޅިގެން ލީޑިން ޓީޗަރު އަޝްރަފް އަބްދުﷲ ގޭގައި މަޑުކުރަން އެޑިޔުކޭޝަނުން އެންގީ އެއް މަހުގެ މުއްދަތަށެވެ.

ކަނޑުހުޅުދޫގެ ބައެއް ބެލެނިވެރިންނާއި ކައުންސިލުން ދެކޭ ގޮތުގައި އަޝްރަފު ހެދި އެ ބަންޖަކީ ސިޔާސީ އެއްޗެކެވެ. އެކަމަކު އަނެއް ބަޔަކު ބުނަނީ ކައުންސިލުން ދެކޭ ގޮތް ރަނގަޅު ނޫން ކަމަށެވެ.

އެ ބަނދީގެ މައްސަލަ ބަލައިދިނުމަށް އެދި އެޑިޔުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ ކައުންސިލްގެ ފަރާތުންނެވެ. ނައިބު ރައީސް ޝަޒްނާ ހަސަން ސޮއިކުރަައްވާ ފޮނުއްވި ސިޓީއެއްގައި ބުނެފައި އޮތީ "ބެލެނިވެރިންގެ ފަރާތުން ހުށަހެޅި އައިޓަމެއްގައި، ސަރުކާރަށާއި (ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން) މެޑަމް ފާތުމަތު އިބްރާހިމްއަށް ބަދުބަސްތައް ބުނެ ފާޑުކިޔާފައިވާ ކަމަށެ"ވެ.

އެހެންވެ މިއީ އެ ކައުންސިލަށް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކަނޑުހުޅުދޫ ބެލެނިވެރިޔަކު ކީ ބަނދީގެ ތަންކޮޅެއް

"މިހާރަ"ށް ކޮޕީ ލިބިފައިވާ އެ ބަނދި ހަދާފައި ވަނީ "ސަންތިމަރިޔަނބު" ވާހަކައިިން ހިޔާލު ނަގައިގެންނެވެ. އޭގައި ޖީއެސްޓީ އާއި ބައެއް މީހުންގެ ހާލަތުގެ ވާހަކަ ހިމަނާފައިވެ އެވެ.

ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ސްކޫލުގެ ބެލެނިވެރިއަކު ކީ އެ ބަނދި ތައްޔާރުކުރީ އަޝްރަފު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގަައި ބަނދި ކިޔަން ފެށުމުން ސްކޫލުގެ ޕްރިންސިޕަލް ގޮސް، ބެލެނިވެރިޔާގެ އަތުން މައިކް އަތުލައި ސްޓޭޖް މަތިން ވެސްް ބޭލުވި އެވެ. އަދި އެކަމާ ދެން ތިބި ބެލެނިވެރިން ހިތްހަމަނުޖެހި ޕްރިންސިޕަލާއި ބައެއް ބެލެނިވެރިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލާގައި ވާހަކަ ދެއްކި އެހެން ބައެއް ބެލެނިވެރިން ބުނީ އެއީ މިޒަމާނުގެ ބައެއް ކަންކަން ހިމަނައިގެން މަޖާ ގޮތަކަށް ތައްޔާރުކޮށްފައިވާ ބަންޖެއް ކަމަށެވެ. އަދި އެއީ ސިޔާސީ ބަންޖެއް ނޫން ކަމަށް ވެސް އެ މީހުން ބުންޏެވެ.

"ޖީއެސްޓީ ބަސް ހިމެނީމަ ބައެއް މީހުންނަށް ހީވީ މިއީ ސިޔާސީ ކަމެކޭ. މީގައި މެޑަމް ފާތުންގެ ނަން ވެސް އަދި އެކަމަނާކަން ދޭހަވާ އެއްވެސް އެއްޗެއް ބުނެފައެއް ނޯންނާނެ،" ކަނޑުހުޅުދޫ ސްކޫލުގެ ބެލެނިވެރިޔަކު ބުންޏެވެ.

މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވެ އެވެ.

62 ކޮމެންޓް, 198 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 2%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބްދުﷲނާފިޒް

19 May 2017

ނަންވާނީ މިސްކިތު ހުޅުޖެހި މީހާ، ހީހީހީ.

The name is already taken The name is available. Register?

މުގީތު

18 May 2017

ވަރަށް ނާތަހުޒީބު އަދި ދަށުދަރަޖައިގެ އަމަލެއް.

The name is already taken The name is available. Register?

ބަލާބަލަ

18 May 2017

ސަރުކާރަށް އެއްޗެހި ކިޔާ ހިތްވިއަސް ގައުމުގެ ކަންކަމށް ހަޖޫޖަހަން ބޭނުންވިއަސް ކުޑަކުދިންގެ ދުވަހު ކުޑަކުދިން ކުރިމަތީ މިކަހަލަ ބަނދި ހަދައިގެން ކިއުމަކީ ވަރަށް ނާތަހުޒީބު އަދި ދަށުދަރަޖައިގެ އަމަލެއް. މިބަންޖަކާ ކުޑަކުދިންނަކާ ކޮންކަމެއް؟ އެކުދިންނަށް ކޮން އެއްޗެއް މިއިން ދޭހަވާނީ؟ ސަރުކާރާ ދެކޮޅުވިއަސް ގައުމުގެ ކަންކަމަށް ފާޑުކިއަން ބޭނުމަސް އެކަންކަން ކުރަން ނުގުޅޭ ހަފްލާތައް ހުންނާނެ.

The name is already taken The name is available. Register?

ހަނު ހުންނަ މީހާ

18 May 2017

ކޮނޮމެ ގޮތަކަށް ކޮންމެ އެއްޗެއް ލިޔެފިނަމަވެސް، ހަސީލަތް ނުބައި ކޮންމެ މީހަކަށް ހީވާނީ، އެއްޗެހި އެކިޔަނީ އެމީހަކާ ދިމާއަށްހެން. ހަމަ ބުއްދިން ވިސްނާލާ ތި ބަދީގަ ސިޔާސީ ވާހަކައެއް ނެތް. ފަހަރެއްގަ އާންމުންނަށް ހަމަ ނުވިސްނެނީކަންނޭގެ.

The name is already taken The name is available. Register?

ވަދޫދު

18 May 2017

ހަސަނަށް ހީވާނެ ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެޔޭ!!!

The name is already taken The name is available. Register?

ސައްޕޭ

18 May 2017

ސަރުކާރެއްގެ ހާލަތު ޚާއްޞަކޮށް ވުޒާރާއެއްގެ ހާލަތު މިވަރަށް ދިޔާމާ ތަންކޮޅެއް ބޮޑުވަރު، އަޅެ ދިވެހިބަހުގެ ހުރިހާއަދީބުން އެއްކޮށްގެން މިބަނދި ޝަރަޙަ ކުރިއަސް މިބަނދި ސިޔާސީވާނެގޮތެއް ނުފެނޭ،

The name is already taken The name is available. Register?

ބަނދިބެ

17 May 2017

ތިޔަ ބަނދީގައި ގޯސް ވާހަކައެއް ނޫނީ ދޮގެއް ވެސް ނެތް!

The name is already taken The name is available. Register?

ޙަސަންދީ

17 May 2017

ތިޔަ ކަމުން އަނިޔާ ލިބުނު މީހާގެ އާޢިލާއިން 2018 ގައި ސަރުކާރައް ވަރަށް ގިނަވޯޓްލިބޭނެ

The name is already taken The name is available. Register?

ލ،ޓީޗަރު

17 May 2017

އެއްވެސް ކުއްޖަކު ބާކީ ނުކުރާ ޓީޗަރުން ބަކީކުރާސިޔާސަތު!

The name is already taken The name is available. Register?

7

17 May 2017

މީލިޔުން ކިޔާލުމުން މަށަށް ދޭހަވީ ތީގައި ކުއްވެރި ވަނީ ތިޔަ މައްސަލަޖެއްސި ފަރާތެވެ...ދިވެހިން ޒަމާނުންސުރެ ބޭނުންކުރަމުންއަންނަ ހިޔާލީ މީހަކާ މެޑަމް އެގޮތްކޮށް މެޑަމްގެ އަބުރު ކަތިލީމައެވެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454