މައުމޫން: އޭނާ ވަނީ އާސަންދައިގެ އެމްޑީ ކަމުން މިއަދު ވަކި ކުރައްވާފައި
25 މެއި 2017 - 14:05
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު މިއަދު އެ މަގާމުން ވަކިކޮށް، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އަރިހުގައި ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި މައުމޫން އާސަންދައިގެ އެމްޑީ ކަމުން ވަކިކުރެއްވިއިރު، ފަސްޓް ލޭޑީގެ އަރިހުގައި ސިޔާސީ މަސައްކަތްތަކުގައި މައުމޫންއާ އެކު އިސްކޮށް ހަރަކާތްތެރިވި، އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވެސް ވަނީ މިދިޔަ ހަފުތާގައި ވަކިކޮށްފަ އެވެ.
މުޖުތަބާ ވަނީ އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް މިހާރު ބަދަލުކޮށްފަ އެވެ. އަދި މިއަދު ވަނީ ހައުސިން މިނިސްޓަރުގެ ނައިބަކަށް މައުމޫން އައްޔަން ކުރައްވައިފަ އެވެ.
އދ. ދަނގެއްޗަށް އުފަން މައުމޫން އަކީ ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. އެކަމަކު ފަހުން އޭނާ ވަނީ ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.
އާސަންދައިގެ މެނޭޖިން ޑިރެކްޓަރުކަމަށް މައުމޫނަށް އައްުޔަން ކުރެއްވީ 2014 ވަނަ އަހަރުގެ ފަހުކޮޅު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްމޫނު
13 December 2017
ޓިއަޅެ ރާޒުވާ ކުޅެނީތާ ޕިސްޕިސް
ދަގަނޑު ދަހަނާ
26 May 2017
އެދެތަނުގައިވެސް ކޮރަޕްޝަން އޮތީމާ މައްސަލައެއްނެތްތާ. އެބާވަތުގެ އެދުރުން އެތަންތަނަށް ލުމަކުން.
ހަނީފް
25 May 2017
ކޮރަޕްޝަންތަށް ހައްދު ފަހަނެޅީމަ ވާނެގޮތްވަނީ، ތިޔަބަދަލަކީ ރަނގަޅު ބަދަލެއްގެ ގޮތުގައި ބަލައިގަންނަނީ، އެކަމަކު އައްޔަންކުރި މީހާއަކީ އެހާ ކްލީން މީހެއްނޫން
ކުޑަދޫއަހްމަދު
25 May 2017
ކޭޕަބަލް މީހުން ނެތީދެއްތޮ؟ އަސްލުވާގޮތަކީ، ހަމަ އެއްވެސް ކަހަލަ ކަމެއް މިމީހުންގެ ނެތީ އިނގޭތޯ؟
ޙުގގ
25 May 2017
މި މައުމޫނަކީ ވަރަށް ފުއްޕާ މީހެއް....
ހަނދިހަސަނު
25 May 2017
ތި ވާނީ ނަމުގެ މައްސަލަ އަކަށް ގާބިލް ނާ ގާބިލް ނޯންނާނެ
7
25 May 2017
ތަންތަނުގެ ވެރިންނަށް ނާގާބިލްވެރިން ލުމަކީ ގައުމަށް ހާދަހާ ގެއްލުންހުރިކަމެކެ...ތިޔަ ނިންމެވުމަށް މަރުހަބާ ކިޔަން..މައްސަލަޔަކީ މިފަދަ ނާގާބިލް މީހުން ސަރުކާރަށް ބަލަދުއަރާތީ...
އައިކުޑް
25 May 2017
އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މައުމޫން ހައުސިން މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ. މީ ޕީޕީއެމް ގެ ވެރިކަން ދިފާއު ކުރުމަށް ޓަކައި ރެއާއި ދުވާލު ޖެނުއިން ކޮށް ވަރަށް ބުރަ ކޮށް މަސައްކަތް ކުރަމުން ގެންދާ ބޭފުޅެއް ކަން މަމެން ވެސް ހިތުގެ އަޑިން ގަބޫލުކުރަމޭ. ކަން މިހެން ހުރުމުން މައުމޫނު ހައުސިންގް މިނިސްޓްރީ އަށް ގޮސް އަވަހަށް ބައްލަވަންވީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ 16 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން އަވަހަށް އެމެންނާއި ހަވާލު ކުރާނެ އުސޫލުން ސީދާ ރައީސް އޮފީހުގައި އެކަން ދަންނަވައިގެން ނަމަވެސް މިކަން ނިންމާލެވޭތޯއެވެ. އެންމެ ގިނަ ޕޮއިންޓް ލިބުނު މީހުންނަށް ފުރަތަމަ ދޭ އުސޫލުން ފްލެޓްސް ތައް އެމެންނަށް މާލެ ސަރަހައްދުން ދެމުން ގޮސް 2019 ގެ ނިޔަލަށް ހުރިހާ މީހުންނަށް މާލެ ސަރަހައްދުން އަމިއްލަ ފްލެޓްސް ތައް ދޭ ނިންމާ ގޮތަށް ސްޓްރެޓެޖީ އެއް އެކުލަވާލައިގެން އެކަން އަވަހަށް ކުރިއަށް ގެންދަންވީއެވެ. މަމެން ބޭނުންވެއޭ ރަންރީނދުލޭ މެންގެ ހިތް ތަކުން ވެސް ވިން ވާން. އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ދެއަރ ލައި ލައި ލައި ލައިފް. ނަށާލާ ނަށާލާ ނަށާލާ ހުރިހާ ކުދިން ސޯފާ ސެޓް ގައި އިށީނދެގެން ތިބޭއިރު މައްޗަށް އަތް ނަގައިގެން ތިބެ ސްވިންގް ކުރަމުން ގޮސް. ނާނާނާ ނާނާނާ ނާނާނާ އައި ކުޑް ލައިކް ޔޫ ޓިލް ދަ ޑޭ އައި ޑައި ޑައި ޑައި ޑައި..
ދޮގެއްތަ
25 May 2017
މި ޚަބަރު ކިޔާލީމާ ހީވަނީ ހައުސިންގ މިނިސްޓްރީއަކީ މީހުން އެހެލަން ހަދާފަހުންނަ ހަރުގެޔެއްހެން. މީގެ ކުރީ ފަހަރެއްގަ ފުލުސް ކޮމިޝަނަރަކަށްހުރި ހުސެން ވަހީދާ އޭނަގެ ޑެޕިޔުޓީ ހަބީބުވެސް އެހެލީ ހަމަ އެތަނަށް.
ގަމީލް
25 May 2017
ތިއާސަންދަ ހިނަގެނެ ހުންނަނީ ހަމައެންމެ މިހެއް