ހަސަން އަލީ: އޭނާއަކީ ކުރިން އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައުސިން މިނިސްޓަރުގެ ނައިބު ކަން އަދި ހައި ކޯޓުގެ ރެޖިސްޓްރާ ކަން ކުރެއްވި ބޭފުޅެއް --ފޮޓޯ/ރައީސް އޮފީސް
25 މެއި 2017 - 14:22
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް، ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ މިއަދު އައްޔަން ކުރައްވައިފި އެވެ.
ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާސަންދައިގެ މެނޭޖިން ޑިރެކްޓަރަކަށް ހަސަން އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.
އާސަންދަ ކުންފުނީގެ އެމްޑީއަކަށް ހަސަން އައްޔަން ކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މައުމޫން އަބްދުއްސަމަދު މިއަދު ވަކިކޮށް، ހައުސިން މިނިސްޓްރީ އަށް ބަދަލު ކޮށްފައި ވަނިކޮށެވެ. އޭނާގެ މަގާމު ބަދަލުކުރި ސަބަބެއް ސަރުކާރަކުން ނުބުނެ އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ހަސަން ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގެ އިތުރުން ހައުސިން މިނިސްޓަރުގެ ނައިބުކަން ވެސް ކުރިން ކުރައްވައިފަ އެވެ. އޭނާ ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނަވަނިކޮށް، މިދިޔަ މަހު ކުއްލި ގޮތަކަށް އެ މަގާމުން ވަނީ ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީޖޯ
26 May 2017
ސިއްރުތަކެއް ހުރި ބޭފުޅެކޭ؟ ކޮޔާ ރައްކާވެތިބިއްޔާ ދަތުރު. ނަމަނަމަ ޅަކިހާކެއް ނާޅާތި. ރުކުގަ އޮއްވަ އޮއްގާއުކާ ވައްޓާލާނެ
ޔާނު
25 May 2017
ވަރަށް ވެދުން... ތިއޮތީ އާސަންދަ މެކުހަށް ޖަހާފަ....
ނާސިމް
25 May 2017
މާމްބެއަށް ވަރަށް ސަލާމް. އެދުވަހު ބުނިން. މާމްބެން ހަދާންނެތް އެދުވަސް މަތިން. މާމްބެތީ ކިހިނެތް ޖުމްހޫރީ ޕާރޓީގަ ހުރިމީހެތް.
އުމަރު
25 May 2017
ސަރުކާރުގެ ބައެއް ސިއްރުތަށް ގެންގުޅޭތީ އޭނާ ދޫކޮށްލެވެންނެއް، އިމިގްރޭޝަނުގައި ހުންނެވި ދުވަސްވަރާއި ހައިކޯޓުގަިއ ހުންނެވި ދުވަސްވަރުގައި ސަރުކާރުން ހިންގެވި ބައެއް ކަންކަމުގެ ސިއްރު ހުރީ މީހާގެ އަތުގައި، އެހެންވެ ދޫކޮށްލެވެންނެއް، އެހެންވެ އޭނާ ފުޅިމަދު އުނގުރިއެއްހެން ތަންތަނަށް ބަދަލުކުރަނީ
ސަރުކާރު
25 May 2017
މީ ސަރުކާރުން މަގާމެއް ނުދީ ނުބެހެއްޓޭނެ މީހަކަށް ވެގެން އުޅޭހެން ހީވަނީ. ވަރަށް ނުފޮރުއްޕާން ބޮޑު މީހެއް އެއީ. އަދި ވަރަށް ފޮނިވެސް މީހެއް. ބޮޑާ ސަރުކާރަށް ހޯދާނީވެސް ބޮޑާމީހުންކަން މިއެނގެނީ.
ހިބަރު
25 May 2017
މިއީ ކާކު ބުނެގެން ކުރި ކޮސް ކަމެއް ބާއެވެ؟
ކުޑަދޫއަހްމަދު
25 May 2017
ފުޅިމަދު އުނގުރި!
ޟަޒަޑް
25 May 2017
މީނަމީ ސަރުކާރަށް ބަލަދު އަރައިގެން ބަލަންޖެހިފާވާ މީހެއް އެހެންވީމަ ކޮންމެގޮތެއް ހަދައިފަވެސް ކޮންމެވެސް ވަޒީފާއެއްގަ މީނަ ގެންގުޅެން އެބަޖެހޭ
ފޫހި
25 May 2017
ފޮނި އަބުއި މީހެކެވެ. ސަރުކާރު ޕްރޮމޯޓް ކުރުނުގެ އެއްވެސް ވިސްނުމެއް ނުހުންނާނެ ކަން ޔަޤީނެވެ.
އަނގަފޫޅު
25 May 2017
ސުބުހާނަﷲ މިއީ ކާކުގެ ބާރުގައި ކުރި ކަމެއް ބާއެވެ؟