ރަސްމިއްޔާތެއްގައި ޝަލަބީ ލަވަ ކިޔަނީ: އޭނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެކަކު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ޖޫން 2017 - 07:49
ޝަލަބީ އިބްރާހިމަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނަމެވެ. އެންމެ ފުރަތަމަ ބޭއްވި މޯލްޑިވިއަން އައިޑަލް އިން ދެވަނަ ހާސިލްކޮށް، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޒުވާން ލަވަކިއުންތެރިޔާ އާންމުންނަށް ފެނުމުގެ ކުރިން އުޅުނު ގޮތް ވެސް ޝައުގުވެރި އެވެ.
ޝަލަބީ ވަނީ، އާންމު ބަހުރުވައިން ނަމަ، ލައްކަ ގިނަ ކަންކަން ކޮށްފަ އެވެ. މިސްކިތުގެ އިމާމެކެވެ. އުފަން ރަށް، މުލަކު ސްކޫލު ކުދިންގެ ގުރުއާން މުދައްރިސެކެވެ. މަޝްހޫރު ވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ވަޒީފާ އަދާކުރީ، މަޖީދީމަގުގައި ހުންނަ އަގޯރާގައި ސޭލްސް ބޯއީއެއްގެ ގޮތުގަ އެވެ.
ހިތްހެޔޮ މި ޒުވާނާ ބުނި ގޮތުގައި އޭނާ ލަވަކިޔަން ފެށީ ވަރަށް ފަހުންނެވެ. އޭގެ ކުރިން އޭނާ މޮޅީ ރީތިކޮށް ގުރުއާން ކިޔަވާށެވެ. ގްރޭޑް ފަހަކާއި ހަޔެއް އަދި ސާނަވީ އަހަރުތަކުގައި އަރަބިއްޔާ ސްކޫލުގައި އުޅުނު އިރު، ޗުއްޓީއަށް ރަށަށް ދާއިރު އޭނާއަކީ މިސްކިތުގެ ވަގުތީ އިމާމެވެ. ގުރުއާން ކިޔަވާލެއް ރީތިކަމުން އެ ފުރުސަތު ލިބުނީ އެވެ.
ޝަލަބީ: އިސްތަށިގަނޑު ކޮށާލުމުގެ ވިސްނުމެއް އަދި ނެތް
ސްކޫލަށް ގުރުއާން ޓީޗަރެއްގެ ގޮތުގައި އޭނާ ދާން ފެށީ ވެސް އެ ދުވަސްވަރު އެވެ. ރަށުގައި ހުންނައިރު މަދަހަ މުބާރާތެއް ނުވަތަ ގުރުއާން މުބާރާތެއް އޮވެއްޖެ ނަމަ، ދަސްކޮށްދޭން ލާރި ދީފައި ވެސް އޭނާ ގެންދެ އެވެ. އެހެންވެ، އޭނާ ކައިރިން ގުރުއާން އުނގެނިފައި ތިބި ދަރިވަރުން މަދެއް ނުވާނެ އެވެ.
ސްކޫލު ނިންމުމަށް ފަހު، ދެ އަހަރު ވަންދެން ޝަލަބީ އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެ އެވެ. އާއިލާ މީހުންގެ އެދުމުގެ މަތިން ދެން އޭނާ ދިޔައީ އަގޯރާއަށެވެ. އޭނާ މަސައްކަތް ކުރީ އެތަނުގެ ޗޮކުލެޓް ވިއްކާ ބައިގަ އެވެ.
"އަގޯރާއިން މަހަކު 8،000 ރުފިޔާ ލިބެޔޭ ބުނާތީ ދިޔައީ. އޭރު ހުންނާނީ ވެސް އަގޯރާ ކުދިން ލާ ކަހަލަ ރަތް ކުލައިގެ ޓީޝާޓު ލައިގެން. ދެން ވަރަށް މަޖާ ކަމެއް އެއީ،" ޝަލަބީ މަޖާވެފައި ކިޔައިދިނެވެ.
ޝަލަބީ އަރަބިއްޔާ ސްކޫލްގެ ކްލާހެއްގައި: އޭނާ ކިޔެވުން ފުރިހަމަ ކުރީ އެ ސްކޫލުން
މޯލްޑިވިއަން އައިޑޮލްއަށް ފުރުސަތު ހުޅުވާލީ އެ ދުވަސްވަރު އެވެ. އެހެންވެ، އޭނާގެ ރަހުމަތްތެރިންގެ އެދުމުގެ މަތިން، ވަޒީފާ ދޫކޮށްލާފައި އެ ފުރުސަތުގެ ބޭނުން ހިފީ އެވެ.
ޝަލަބީގެ ޓްރޭޑްމާކް ލުކަކީ އޭނާގެ ދިގު އިސްތަށިގަނޑާއި ގަޔަށް ދޫ ބޮޑެތި ގަމީސްތަކެވެ. ސްކޫލު ނިންމާލުމަށް ފަހު ދޭތެރެ ދޭތެރެއިން އޭނާ އިސްތަށިގަނޑު ދިގުކުރެ އެވެ. އިސްތަށިގަނޑާއި ހެދުން އެޅުމުގެ ވައްޓަފާޅި އެންމެ ވައްތަރީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒާ އެވެ. އެކަމަކު މިއީ އެއްގޮތަކަށް ވެސް އަލީއާ ވައްތަރުވާން ކުރާ ކަމެއް ނޫން ކަމަށް އޭނާ ބުނެ އެވެ. އެހާ ދިގުކޮށްފައި އިސްތަށިގަނޑު ބަހައްޓަން ފެށީ، ޝަލަބީ ބުނިގޮތުގައި، އޭނާގެ ހަށިގަނޑުގައި ހުންނަ "އައިބެއް" ފޮރުވާށެވެ.
"ޝަލަބީގެ ކަރު ވަރަށް ދިގު ވާނެ. އެހެންވެ ހިތަށްއެރީ ކަރު ނުފެންނަ ވަރަށް އިސްތަށިގަނޑު ދިގު ކުރާނީއޭ. މިގޮތަށް އިސްތަށިގަނޑު ދެ ފަރާތަށް ވައްޓާލާފައި ހުންނައިރު [ރަނގަޅު]،" ޝަލަބީ ބުންޏެވެ.
ޝަލަބީ ކުޑަކުދިންތަކަކާ އެކު: ރަށުގައި ކުޑަކުދިންނަށް ގުުރުއާން ކިޔަވައިދިން
އިސްތަށިގަނޑު ދިގުކުރާކަށް ނުވަތަ ރީތިކޮށް ބާއްވާކަށް އޭނާ ހާއްސަ އެއްޗެއް ބޭނުމެއް ނުކުރެ އެވެ. ދައްތަ ގަނެގެން ގެއަށް ގެންނަ އެއްޗެއް ބޮލުގައި ލަނީ އެވެ. ގިނަ ފަހަރަށް އެއްވެސް އެއްޗެއް ބޮލަކު ނުލަ އެވެ.
ދެން ގިނަ ބައެއްގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ؛ ޝަލަބީގެ އިސްތަށިގަނޑު ކޮށާފާނެ ހެއްޔެވެ؟
"އާނ! ކޮށާލަފާނަން. އެކަމަކު އެއީ ވަރަށް ހާއްސަ ދުވަހަކުން. އެކަމަކު އެއީ ސިއްރެއް،" އޭނާ ބުންޏެވެ.
ޝަލަބީ ބުނި ގޮތުގައި ގޮޅިޖެހި ބޮޑެތި ގަމީސް ލާން ފެށީ މާ ބޮޑަށް ހިކިކޮށް ހުންނާތީ އެވެ. އެއީ އެންމެ ކުރިން ވެސް އޭނާ ހުންނަ ސްޓައިލް ކަމަށް ބުންޏެވެ.
ޝަލަބީ (ކ) އާއި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރި ލައިޝާ ޖުނައިދު އާއި އިތުރު ރަހުމަތްތެރިއަކާ އެކު ފޮޓޯއަކަށް ހުއްޓިގެން
ޝަލަބީ ކުރިން އެއްވެސް ވަރަކަށް ލަވަ ކިޔާހިތެއް ނުވެ އެވެ. އޭނާގެ ޝައުގުވެރިކަން ހުރީ ބިލިއާޑް ކުޅޭށެވެ. ނުވަތަ ފުޓުބޯޅަ ކުޅޭށެވެ. ރަށަށް އޭނާ މަޝްހޫރުވެފައި އޮންނަނީ ރީތިކޮށް ގުރުއާން ކިޔަވާ ޒުވާނެއްގެ ގޮތުގަ އެވެ. ލަވަ ކިޔަން ފެށި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން ބުނީ އެއީ ވަރަށް ދިގު ވާހަކައެއް ކަމަށެވެ. އަދި މިހާތަނަށް އެކަން އެނގޭނީ ވެސް އެންމެ މީހަކަށް ކަމަށް ބުނެލި އެވެ.
ދެން ޝަލަބީގެ ކޮން ސިއްރެއް ހެއްޔެވެ؟
އޭނާ އެއްވެސް ގޮތަކަށް ފިޔައެއް ނުކަ އެވެ. އާއްމު ކެއުންތަކާ ވެސް ވަރަށް ދުރެވެ. ކުޑައިރު ރަށުގައި އުޅުނު އިރު ދުވާލަކު ފަސް ފަހަރު މޫދަށް އެރުނެވެ.
މިވަރުން އަސްލު ޝަލަބީ އެނގޭނެ ކަމަށް ހީކުރަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާސަނި
08 June 2017
ޜަގަލު ސަލަބިީ
މޫސް
07 June 2017
ފެނޭ މަޖިލީހަކުރިމަތިލާން
ޖޭކަލީލު
07 June 2017
އައިޑޮލްއިން ކިތައް މީހުން ނިކުތް، ޓޮޕް10 ޓޮޕް3، އެކަމަކު އެންމެންގެ ލޯތައް، ފާޑުކިޔަންވިޔަސް ތައުރީފުކުރަންވިޔަސް ހުންނަނީ ޝަލަބީއާ ދިމާއަށް ހުއްޓިފަ. ހަމަގައިމުވެސް ކުރީގެ 2 ރައީސުންނާ މިހާރުގެ ރައީސްއަށްވުރެ ޝަަލަބީއާއެކީ މީހުންނެގި ސެލްފީ ހީވަނީ ގިނަވާނެހެން، އަދި ރައީސް ޔާމީނަށް ވުރެ ސަޕޯޓްކުރާ މީހުންވެސް ގިނަވާނެހެން ހީވަނީ، އެހެންވީމާ އާއްމުކޮށް ކޮމެންޓުކުރާ ކޯޑިނޭޓަރުންނަށް ޝަލަބީގެ މަސްހޫރުކަމާ ކާމިޔާބީ ހަޖަމް ނުވެެގެން އުޅެނީ
އަންތަރީސް އަބުޅޯ
07 June 2017
މިއީ ވާ ޤައުމެއް. 1 ވަނަ ލިބުނެ މީހާއަށްވުރެ 2 ވަނަލިބުން މީހާތަ މަޝްހޫރުވާންވީ؟
ނުކި
07 June 2017
ތިޔާ އެއްވެސް މީހެއް ނޫން!
ސަންސެޓް
07 June 2017
ޝަލަބީ ކީޕްއިޓަޕް
ޢަބްދުﷲނާފިޒު
07 June 2017
އަސްލު، ޝަލަބީއަކީ ކާކުކަން ޚަލީލު އޮތީ މާކުރިން ކިޔާދީފަ ނޫންބާ! އަހުން މިހުންނަނީ އެވާޙަކަ އަޑު އަހާ އެގޮތަށް ނިންމައިގެން، މިހާރު ދެން އަނެއްކާ ތިޔަ ލިއުނު ހާސަރުތަކަކުން މުޅިން އޮޅިއްޖެ.
ޞާއިމާ
06 June 2017
ކަރު ދިގިއްޔާ ދޯ ރީތީ ވެސް
ޙާޖާނު
09 June 2017
އެހެ ން
ސދސ
06 June 2017
ކަލޭގެ ކަރު ހަމަ ހެޔޮވަރު. ބުނަން ވާހަކައެއް އެކަމަކު ...ތިކަހަލަ ހުނަރެއް ނެތް ނަމަ ކަލެޔާދިމާލަށް ބަލާލާނެ މީހެއް އަދި ހަގީގަތް ހޯދަން އުޅޭނެ ނުހެއް ނޯންނާނެ. ވީމާ ފުންކޮށް ވިަސްނާލުން މުހިއްމު.
ހ
07 June 2017
ކަލޯ ޖޭ ވަނީތަ؟
ދީދީ
06 June 2017
ޝަލަބީ ނަމޫނާ ޒުވާނެއް ކަމައް ވާނެކަމައް ހީކުރަން، އަދި ދިވެހިން / ވިޔަވާރިވެރިން ޝަލަބީ ގެ ކުރިއެރުމައް ހެހީތެރި ވާނެކަމައް އުންމީދުކުރަން.