މަހްލޫފް މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅުމުން ފުލުހުން އޭނާ އަށް ހުރަސް އަޅަނީ. - ފޮޓޯ: މިހާރު
08 ޖޫން 2017 - 14:01
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް، ނިމުމުގެ އުފަލުގައި މާދަމާ ރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
އިދިކޮޅު އިއްތިހާދުން ބުނި ގޮތުގައި އެމްޑީޕީ ހަރުގޭގައި މި ޖަލްސާ އޮންނާނީ ތަރާވީހަކާ ވެސް އެކުގަ އެވެ. އެނގިފައިވާ ގޮތުގައި ޖަލްސާގައި މަހްލޫފް ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ އެވެ.
މަހްލޫފް މިނިވަންވާއިރު، އޭނާ އަށް އިއްވި ދެ ހުކުމުގެ ތެރެއިން ހަ މަހުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެކަމަކު ހައި ކޯޓުން އެ ހުކުމަށް ތާއީދުކުރީ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުންނެވެ. މަހްލޫފް މިހާރު ތަންފީޒު ކުރައްވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވެސް މިއަދު ވިދާޅުވި ގޮތުގައި މަހްލޫފަށް އިއްވި ޖަލު ހުކުމްގެ މުއްދަތު މާދަމާގެ ވަގުތެއްގައި ހަމަވާނެ އެވެ.
އެނގިފައިވާ ގޮތުގައި މަހްލޫފް މިނިވަން ވާނީ މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސް އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
"މަހްލޫފަށް ކުރި ހުކުމުގެ މުއްދަތު މާދަމާ ހަމަވާނެ ކަން އެކަނި މި ވަގުތު ހާމަ ކުރެވެން އޮތީ. އިތުރު އެއްވެސް ތަފްސީލެއް ދެވޭކަށް ނެތް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހައި ކޯޓުން އެގޮތަށް ނިންމިއިރު އދ. ގެ ވޯކިން ގްރޫޕުން އިއްޔެ ނިންމާފައިވަނީ މަހްލޫފް ޖަލަށް ލީ ގޯސްކޮށް ކަމަށާއި އޭނާ ވަގުތުން މިނިވަން ކުރަންޖެހޭ ކަމަށެވެ.
މަހްލޫފް ވަނީ ޖަލުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ވަޑައިގެން ބޭސްފަރުވާ ކުރައްވައިފަ އެވެ. އަދި ޖަލުގައި ހުންނަވަނިކޮށް އޭނާ އަށް ލިބިވަޑައިގަންނަވަން ޖެހޭ ބައެއް ހައްގުތަކުން މަހްރޫމް ކުރި ކަމަށް ވިދާޅުވެ، ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ވެސް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާބަޅު
05 October 2017
1 ވަނަ ތި ހަމަ!
އަލީ
23 June 2017
މި އެމްޑީޕީ މީހުން މިހާރު އަބަދުވެސް އުޅެނީ ކޮންމެވެސް މީހަކު ސަލާމަތްކުރަން، ދޫކޮށްލަން، ހިމާޔަތްކުރަން. ޖަލްސާ ބާއްވަނީވެސް އެކަންކަމަށް. ރައްޔިތުންނަށް އަސަރުކުރާ އިޖްތިމާއި، އިގްތިސާދީ ކަންކަމުގަ އެމީހުންގެ ސިޔާސަތަކީ ކޮބައިކަން ސާފެއް ނުވޭ.
ކަރުންމަތީގެ ޑޮކްޓަރު
09 June 2017
އެހެންނުވާނީ ތިޔޮތީ ރަންގަނޑެއް ވިއްޔަ. ކަލޯމެންނޭ ތިއީ ހައްޕުނޑޭ.
އަލިބެ/ސުވައިދީބް
09 June 2017
ރިލޯޑް ލިބިގެން ކޮމެންޓް ކުރުމަކުން ހިނގަމުންދާ ކަންކަން ފޮރުވައެއް ނުލެވޭނެ. ރައްޔިތުން ފަށާފައިވާ އިސްލާހީ މަސައްކަތެއް ހުއްޓާނުލާނެ އަދި ފަހަތަކަށްވެސް ނުޖެހޭނެކަން ނިމިދިޔަ ކައުންސިލް އިންތިޚާބުން އޮންނާނީ ދައްކާފަ.. ރައްޔިތުން މިސަރުކާރު ބަލިކުރާނެ..
އަލީ
08 June 2017
އަދިވެސް މި ސަރުކާރުން ކޮންމެވެސް ކަމެއް ރާވާނެ.
ނުބުނާނެ
08 June 2017
އަނިޔާވެރި މަކަރުވެރި ހީލަތްތެރި ގޮތްކުޑަ ނުލަފާ ނުބާތް ހަޔާތްކުޑަ އަނިޔާވެރިން ކަންކަން ހާމަ ކުރިމަށް ޖެހިލުންވެ ބިރު ގަންނާނެ އަމިއްލެ އަތުން ލިޔެ މީހުންނަށް ދޭ ރަސްމީ ސިޓީގައިވެސް އޮއްޓަރެއްނެތް މުޑުދާރު އަމަލު ހުތުރު ބުނާބަސް ދިމާނުވާބައެއް އެމީހުންނަކީ. މަޙްލޫފް ދޫކޮށްލާނި މާދަމާރޭ ބާރަ ޖެހުމާއި ދާދި ގާތްކޮށްފައެވެ.
ކަލޯ
08 June 2017
އެބައިމީހުން ބުނާނެއެވެ. މަހްލޫފު ދޫކޮށްލީ ސަރުކާރު ގޮތް ހުސްވެގެންނެވެ. މަހްލޫފް ގަލު ހުކުމެއް ތަންފީޒު ކުރިކަންވެސް އެބައިމީހުން ދެން ހާދާނެ ނުހުންނާއެވެ. ކޯޓުންކުރި އަމުރުގައިވާ ގޮތަށް ލިބެންޖެހޭ އަދަބެއް ލިބި މިނިވަންވީމަ ދެންވެސް އެބައިމީހުން ބުނާނެ ސަރުކާރު ގޮތް ހުސްވެގެން ދޫކޮށްލީ ކަމަށެވެ.
ފަކުރު
08 June 2017
އަދި ސަލާމަތް ވީކީ ނޫން
އިޚްލާޞް
08 June 2017
ދެންވެސް ތިމާވަރުގެ މީހަކު ނެތްކަމަށް ދެކިގެން ގާނޫނާ ގަވާއިދާ ޚިލާފަށް ކަންކަން ކުރަން އުޅޭނަމަ އެމީހަކާ ގާނޫނު އަރާހަމަކުރާނެއެވެ. ދެރަގޮތެއް ވީމާ ހަޅޭއް ފަޅޭއް ލެވުން ނޫން ކަމެއް އިދިކޮޅު ފަރާތްތަކަށް ކުށެއް ނުދެވޭނެއެވެ.
ހަޑިގިއްލާ
08 June 2017
ކޮން ޤާނޫނެއް ޤަވާއިދެއްގެ ވަހަކައެއްތޯ ތި ދައްކަވަނީ؟ ރުފިޔާގޯނި ކޮނޑަށްލައިގެން ހިނގި މީހާއާއި، ބެރިކޭޑުމަތިން އޮލިންޕިކު ރަންމެޑަލް ހޯދިމީހާ ކޮބާތޯ؟ ޤާނޫނަށްވުރެ އެމީހުންގެ ސްޕީޑު ބާރިތޯ؟
ޖަލާ
08 June 2017
އުފަލެއް ނުވޭ.. ތީ އަހަރެމެން އާދައިގެ މީހުންނާ ބެހޭކަމެއްވެސް ނޫން.