ކޮމެޓީ ބައްދަލުވުމެއްގައި ހަލީލް (ވ-2) ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ޖޫން 2017 - 17:55
ރަށްރަށުގައި ހުރި ޝަރުއީ މައްސަލަތައް އަވަހަށް ނިންމުމަށް ޖުޑިޝަލް ކޮމެޓީތައް އަލުން އުފައްދަން ޖެހޭ ކަމުގެ އިޝާރާތެއް ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ދެއްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރަން، ކޯޓުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޚަލީލް ފާހަގަކުރެއްވި ގޮތުގައި، ކުރީ ޒަމާނުގައި ރަށްރަށުގައި ހުންނަ މައްސަލަތައް ހައްލު ކުރަމުން ދިޔައީ ޖުޑިޝަލް ކޮމެޓީތަކުގެ އެހީއާއެކު އެވެ.
އޭގެ ނަތީޖާ އަކީ ޚަލީލް ވިދާޅުވި ގޮތުގައި މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމުމަށް ފަނޑިޔާރުން މަސައްކަތް ކުރެއްވުމެވެ. އޭނާ ވިދާޅުވީ ހުރިހާ ރަށެއްގައި މެޖިސްޓްރޭޓް ކޯޓުތައް ވެސް ގާއިމު ކޮށްފައި ވަނީ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ފަހަރެއްގައި ދައުލަތުގެ ހަރަދާއި ނިޒާމު އެކަށީގެންވާ ގޮތެއްގައި ޑިވެލޮޕް ކުރުމަށް މިއީ ރަނގަޅު ގޮތަކަށް ވެދާނެ،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިން ފަނޑިޔާރުން ތިއްބަވާ ތަނެއްގައި އެއް ފަނޑިޔާރަކު ވަޑައިގެން ނެތިގެން މައްސަލަތައް ނުނިމިގެން ކުރިމަތިވާ މައްސަލަ އަށް ވެސް މި ބަދަލުގެ ތެރެއިން ހައްލު ގެނެވިދާނެ ކަމަށެވެ. އަދި އެކަމުން ދައުލަތުގެ ޚަރަދު ވެސް ކުޑަވެގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.
ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ގޮފިތައް ރަށްރަށުގައި ގާއިމު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ކަން ފަށައި، ހައި ކޯޓުގެ ގޮފިތައް ދެ ސަރަހައްދެއްގައި މިހާރު ގާއިމުކޮށްފައިވާ ކަން ޚަލީލް ފާހަގަ ކުރެއްވި އެވެ.
"ޖުޑިޝަލް ކޮމެޓީތަކުގެ ތެރެއިން ފަނޑިޔާރުން ފޮނުއްވައިގެން މައްސަލަތައް ބެލިއްޖެނަމަ، ކައިރިން އަވަހަށް ކަންކަން ހައްލުވެގެން ދާނެ،" ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާ ޚަލީލް ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ހައި ކޯޓުގައި ތިއްބަވާނީ އިސް ފަނޑިޔާރު ހިމެނޭ ގޮތަށް 11 ފަނޑިޔާރުންނެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ހައި ކޯޓުގައި ތިއްބަވާނީ ޖުމުލަ ނުވަ ފަނޑިޔާރުންނެވެ.
އެގޮތަށް އިސްލާހު ހުށަހެޅީ ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރު ވަމުންދާތީ ހަލުވި މިނެއްގައި އިސްތިއުނާފް މައްސަލަތައް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލު ވަނީ 34 މެމްބަރުންގެ އިއްތިފާގުން ބަލައިގެންފަ އެވެ. ބިލު އިތުރަށް ދިރާސާ ކުރަން ފޮނުވީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނގަފޫޅު
12 June 2017
ޖުޑިޝަލް ތަޖްރިބާ ހުރި ދަންނަ މީހުން ލައްވާގެން ތިކަން ކުރެއްވުން ބުއްދި ވެރި އެވެ.
އެދުރުބެ
12 June 2017
ޖުޑީޝަރީގެ ތަޖްރިބާ ކާރު މީހުން ގެ މަޝްވަރާ ގެމަތިން ނޫނީ " ބަތާނަ ގަޑާ" ނުކުޅޭށެވެ. "ފުރިތަން" ވެސް އަބުރާ ނުހިފިދާ ނެއެވެ. ކުރިން އޮތް ގޮތަށް ވުރވެސް ގޯސް ވެދާނެ އެވެ.
ޕީީޕީ
12 June 2017
މުޅި މަޖިލިސް ހަރާބު ކޮއްފި
ޔާމިން ފެއިލް
12 June 2017
ކޮބާތަ ޔާމިނު ޜާއްޖޭން ހޯދަން ބުނި ތެޔޮވަޅު ތައް. ޙެހެ ހެހެ އެވެސް އިބިލީހު ކައިވެންޏަވީ އުތަ. ޥައުދެއް ވިއްޔާ ވައުދެއް ނުފުއްދާނެ، މިވެސް އެއްސިފަ ދޯ
ކޮލޮމްބޯ
12 June 2017
އެޓޮލް އެޑްމިނިސްޓްރޭޝަން އުފައްދަވާ، އަތޮަޅުވެރިންނާއި ކަތީބުންވެސް ލާން ފެނެއެވެ. އެކަމަކު ވޯޓް #ހަތްހަރާމުންހަރާމް
އުމަރު
12 June 2017
ކޮންމެ ރަށެއްގައި ކޯޓެއްވެސް ހުރުން މުހިންމެއްނޫން، އޭގެ އެންމެ ރަނގަޅު ގޮތަކީ ކޮންމެ އަތޮޅެއްގައި ކޯޓެއް ހުރުން ނުވަތަ ދަށުކޯޓްތަށް ހުރެފައި މާލޭގެ ހައިކޯޓު އަދި ސްޕްރިއަމް ކޯޓްހުރުން، މަޖިލިހުގެ މެންބަރުން އެބަވިސްނަންޖެހޭ ކުދި ކުދި ކޮމެޓީތަށް ހެދުން ހުއްޓާލަން، ގިނަފަހަރު ކޮމެޓީތަކެއް ހަދައިގެން އޮންނަނީ ކުރަން އުޅޭކަންތަށްތަކެއް ނުވެފައި، ދިވެހިންނަކީ އެއްރަށެއްގައި ދިއިރުޅޭއިރުވެސް އާއިލާތަކުގެ މައްސަލަ އަދި ވާދަވެރިކަން ވަރަށްބޮޑު ޤައުމެއް އެހެންކަމުން ކޮންމެ ރަށެއްގައި ކައުންސިލެއް އޮވެފައި ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް އޮވެފައި ކޮންމެ އަތޮޅެއްގައި ކޯޓްތަކެއް ހުރުމުން ހަމަޖެހޭނެ
ދދ
12 June 2017
ޝަރުޢީ ދާއިރާ ހިގަމުންދާ ގޮތް ނޭގި ތިބެ ވާހަކަ ދައްކަނީ މިހާރުވެސް ނުނިމި ގިނަދުވަސް ވެފައި ހުންނަ މައްސަލަތަށް ނިންމަން ފަންޑިޔާރުންގެ ޝަރުުޢީ ވަފުފުދު ފޮނުވާ!
ތިމަންނަ
12 June 2017
ބާވަންނަ ފަޑިޔާރުން ބައިތިއްބައިގެންވެސް އަދުލުވެރިކަމާއެކު ، އަވަހަށް މައްސަލަތައް ނިންމައިދެއްވުމަށް ދަންނަވަން
އިބްނިސަބީލް
12 June 2017
މިދެން ކޯއްޗެއް އެނގޭމީހެއް ހައްލޭމީ