ދުނިޔެ / ސައޫދީ އަރަބިއްޔާ

ސައޫދީ އާއި ގަތަރު: އެކުވެރި ދެ ހަތުރުން

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް (ކ) މިދިޔަ އަހަރު ޖިއްދާގައި ގަތަރުގެ އަމީރު ތަމީމްއާ ބައްދަލު ކުރައްވަނީ. ފޮޓޯ އަލްއަރަބިއްޔާ

ސައޫދީ އަރަބިއްޔާ އާއި ގަތަރަކީ ޒަމާންވީ ވަރަށް ގާތް ރަހްމަތްތެރިކަމެއް އުފެދިފައިވާ ދެ ގައުމެވެ. ދީނީ ގޮތުންނާއި ސަގާފީ ގޮތުންނާއި މަޒްހަބީ ގޮތުން ވެސް ދެ ގައުމުގެ އެއްގޮތްކަން ބޮޑެވެ. ވިޔަފާރި އާއި އިގްތިސާދުގައި ވެސް ދެ ގައުމުގެ އެއްގޮތް ކަންތަކެއް އެބަ ހުއްޓެވެ. ދެ ގައުމަކީ ގުދުރަތީ ގޭހާއި ތެޔޮ އުފައްދައި އެކްސްޕޯޓް ކުރާ ދެ ގައުމެވެ.

އެ އެކުވެރިކަން ދެ ގައުމުގެ ދެމެދުގައި އޮތް އިރު ވެސް، ދެ ގައުމުގެ މެދުގައި ހުރި ތަފާތުތަކާއި ދެބަސްވުންތައް ވެސް މީގެ އެތައް އަހަރެއް ކުރިއަށް މޫ ލާފައިވެ އެވެ. ނަމަވެސް މިހާރު މި އުފެދިގެން އުޅޭ ކޯޅުމުގެ ހަގީގަތަކީ ކޮބައިކަމެއް ނޭނގެ އެވެ. ހަގީގަތުގައި ވެސް ގަތަރުން ޓެރަރިޒަމަށް ވާގިވެރިވެ އީރާނާ އެކު ގާތް ގުޅުމެއް ބާއްވަނީތޯ ނުވަތަ ގަތަރާ މެދު ހިތްހަމަނުޖެހޭ އެހެން ކަމެއް އޮތީތޯ މިއީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

ގަތަރުގެ ޝާހީ އާއިލާ އާއި ސަރުކާރާ މެދު ތުހުމަތުތަކެއް ކޮށް، މި މަހުގެ ފަސް ވަނަ ދުވަހު އިސްލާމީ ހަތް ގައުމަކުން ގަތަރާ ގުޅުން ކަނޑައިލި އެވެ. އެއީ ސައޫދީ އަރަބިއްޔާ، މިސްރު، އެމިރޭޓްސް، ލީބިޔާ ޔަމަން އަދި ބަހްރައިނާއި ދިވެހިރާއްޖެ އެވެ.

މި ދެންނެވި ހަތް ގައުމުގެ އިތުރުން، އެހެން ބައެއް ގައުމުތަކުން ވަނީ ގަތަރާ އެކު އޮތް ގުޅުމުގެ ދަރަޖަ ދަށް ކޮށްފަ އެވެ. އެ ހުރިހާ ގައުމުތަކުން ވެސް ސަބަބެއް ކަމަށް ބުނަނީ ސައޫދީ އާއި މިސްރުން ގަތަރުގެ މައްޗަށް ކުރާ ތުހުމަތުތަކެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރި ވުމެވެ.

ނަމަވެސް މީގެ ތެރެއިން ގިނަ ގައުމުތައް ގަތަރާ ގުޅުން ކަނޑައިލީ ސީދާ އެ ގައުމުތަކާއި ގަތަރާ ދެމެދު މައްސަލަތަކެއް ޖެހިގެނެއް ނޫނެވެ. އެ ގައުމުތަކުން ގުޅުން ކަނޑައިލީ ސައޫދީ އަރަބިއްޔާގެ ނުވަތަ މިސްރުގެ އެދުމުގެ މަތިންނެވެ.

ގަތަރާއި ސައޫދީއާ ދެމެދު އެންމެ ޒަމާންވީ ދެކޮޅުވެރިކަމެއް އޮތީ ދެ ގައުމުގެ ސަރަހައްދީ ރޮނގާ މެދުގަ އެވެ. ދެ ގައުމުގެ އިން ވަކި ކުރުމުގެ އެއްބަސްވުމަކަށް އާދެވުނީ، ދެ ގައުމުން އެކަމާ މެދު ބަހުސް ކުރަމުންދާތާ ތިން އަހަރު ފަހުން، 1961 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް ދެ ގައުމުގެ އިން ވަކިކުރުމާ ބެހޭ ގޮތުން ދެ ގައުމު ރުހޭ ގޮތަށް އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 2001 ވަނަ އަހަރުގެ ތެރޭގަ އެވެ.

ސަރަހައްދީ އިމުގެ މައްސަލައިގައި ދެ ގައުމު ކޯޅެމުން އައި ދުވަސްވަރު ވެސް، ދެ ގައުމުގެ މެދުގައި އެހެން ބައެއް ކަންކަމުގައި ދެބަސްވުންތައް އުފެދިފައި އެބަހުއްޓެވެ. އެ ގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގަލްފުގެ ގައުމުތަކުގެ ޖަމިއްޔާ (ޖީސީސީ)ގެ މެމްބަރު ގައުމުތަކުގެ ސިޔާސީ ވިސްނުމާއި ގަތަރުގެ ސިޔާސީ ވިސްނުމާ ފުށުއަރާ ކަމެވެ.

ގަލްފު ގައުމުތަކުގެ އެންމެ އިސް ވެރިންގެ 12 ވަނަ ބައްދަލުވުމުގައި އެ ގައުމުތަކުގެ ވެރިން ގުރޫޕް ފޮޓޯއެއް ނަންގަވަނީ. ފޮޓޯ އަލްއަރަބިއްޔާ

އޭގެ ނަތީޖާއެއްގެ ގޮތުން 2014 ވަނަ އަހަރު ވެސް ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ އެކު އޮތް ގުޅުން ކުޑަ ކުރި އެވެ. އެ ފަހަރު ގުޅުން ދަށް ކުރުމުގެ ގޮތުން، ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސް އާއި ބަހްރައިންގެ ސަފީރުން ގަތަރުން އަނބުރާ ގެނަ އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި ސައޫދީ އާއި ގަތަރުގެ ދެބަސްވުންތަކުގެ އަސްލަކީ ދެ ގައުމުގެ މެދުގައި އޮތް އިގްތިސާދީ ވާދަވެރިކަމާއި، ވިޔަފާރީގެ ވާދަވެރިކަމެވެ. ދެ ގައުމަކީ ވެސް ތެލާއި ތަބީއީ ގޭސް އެކްސްޕޯޓްކުރާ ދެ ގައުމެވެ.

ސައޫދީ އަރަބިއްޔާ އިން ގަތަރަށް މިހާރު ކުރާ އެންމެ ބޮޑު ތުހުމަތަކީ، ޓެރަރިޒަމަށް ވާގިވެރިވުމެވެ. އަދި ސައޫދީ އަރަބިއްޔާއާ އެންމެ ދެކޮޅުވެރި އިސްލާމީ ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ އީރާނާ އެކުގައި ގާތް ގުޅުމެއް ގަތަރުން ގެންގުޅުމެވެ.

ގަތަރުގެ ޝާހީ އާއިލާގެ ބައެއް ބޭފުޅުންގެ ފަރާތުން އެފަދަ ބައެއް ހެކިތައް ފެނިފައި އެބަ ހުއްޓެވެ. އެ ގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ، ގަތަރުގެ މިހާރުގެ އަމީރް ތަމީމް ބިން ޙަމަދްގެ ބައްޕާފުޅު ހަމަދް ބިން ޚަލީފާ އާލް ޘާނީގެ ވެރިކަމުގައި، އޭނާ އާއި ލީބިޔާގެ އޭރުގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީއާ ދެބޭފުޅުން ދައްކަވާފައިވާ ވާހަކަތަކެވެ. އަދި ގަތަރުގެ ކުރީގެ ބޮޑުވަޒީރު ހަމަދް ބިން ޖާސިމް އާއި ގައްޒާފީ ދައްކަވާފައިވާ ވާހަކަތަކެއް ވެސް ވަނީ ފަޅާއަރައިފަ އެވެ.

އެ ވާހަކަތަކުގައި ހަމަދާއި ޖާސިމް، ގައްޒާފީއާ އެކު މަޝްވަރާ ކުރައްވާފައިވަނީ، ސައޫދީ ޝާހީ އާއިލާގެ ބާރު ނެތިކޮށްލައި ގަލްފާއި މެދުއިރުމަތީގައި އޮންނަ ސައޫދީގެ ނުފޫޒު ކަނޑުވައިލުމާ ގުޅޭ ގޮތުންނެވެ. ލީބިޔާގެ ޒައީމާ އެކު ސައޫދީ ވެރިކަމާ ދެކޮޅަށް ގަތަރުގެ އަމީރު މަޝްވަރާ ކުރެއްވި އިރު ވެސް ގަތަރުގެ ޝާހީ އާއިލާއަކީ ބޭރުފުށުން ސައޫދީގެ ޝާހީ އާއިލާއާ އެންމެ ގުޅުން ބޮޑު އާއިލާ އެވެ.

އޭގެ އިތުރުން ސައޫދީ ޝާހީ އާއިލާގެ ބާރު ކަނޑުވައިލުމަށްޓަކައި އީރާނާ އެކު ގާތް ގުޅުމެއް ދެމެހެއްޓުމަށް ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ. އަދި ގަލްފުގައި އޮތް ސައޫދީ އަރަބިއްޔާގެ ނުފޫޒު ކުޑަ ކުރުމުގެ ހަމައެކަނި ބާރު އޮތް ބަޔަކީ، އީރާން ކަމަށް ވެސް އެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

އީރާނާއި ސައޫދީއާ ދެމެދު އޮތް ވާދަވެރިކަމުގެ އަސްލަކީ، ދެ ހަރަމްފުޅުގެ މިލްކުވެރިކަމާއި ބެލެނިވެރިކަމާ މެދު ދެ ގައުމު ދެކޭ ގޮތް ތަފާތުވުމެވެ. އީރާނުން ދެކޭ ގޮތުގައި މައްކާ އާއި މަދީނާގެ ހަރަމްފުޅު ހުންނަން ވާނީ ސައޫދީ އަރަބިއްޔާގެ ބާރު ނުފޯރާނެ ގޮތަށް، އިސްލާމީ ހުރިހާ ގައުމުތަކުގެ ހިއްސާ ހަމަހަމަ ގޮތަކަށް އޮންނަ ގޮތަށެވެ. ނަމަވެސް ސައޫދީން ދެކޭ ގޮތުގައި ދެ ހަރަމްފުޅު އެހެން ގައުމެއްގެ ނުވަތަ ގައުމުތަކެއްގެ ބާރުގެ ދަށަށް ދޫކޮށެއް ނުލެވޭނެ އެވެ.

މި ތަފާތުތައް މިހެން ހުރުމުން، އީރާނާ އެކު ގާތް ގުޅުމެއް ބާއްވާ ކޮންމެ ގައުމަކީ ސައޫދީއާ މެދު އިޚްލާސްތެރި ގުޅުމެއް ގެންގުޅޭ ގައުމެއް ކަމަކަށް ސައޫދީން ނުދެކެ އެވެ. އެއީ، އީރާނަށް ތާއީދު ކޮށް އީރާންގެ ނުފޫޒު ގަދަ ކުރުމަށް ހިތްވަރު ދިނުމަކީ، ސައޫދީއާ މެދު އީރާން ގެންގުޅޭ ސިޔާސަތަށް ތާއީދު ކުރުން ކަމުގައި ސައޫދީން ދެކެ އެވެ.

ދެން އޮތީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ކުރެވޭ ތުހުމަތެވެ. އެ ތުހުމަތުތަކަށް ބާރު ލިބިދޭ ހެކިތަކެއް ވެސް ގަތަރުގެ ފަރާތުން ވަނީ ފެނިފަ އެވެ.

15 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 15%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަނު

21 June 2017

މީ ސައުދީ އެންބަސީއިން ކިހާވަރެއްގެ ހަދިޔާއެއް ލިބިގެން ލިޔެފައޮތް ލިޔުމެއްބާ؟

The name is already taken The name is available. Register?

މަރީނާ

20 June 2017

މުސްލިމުންނަށް އެންމެ ބޮޑަށް އަޅާލަނީ ސައުދީންނެއް ނޫނެވެ. ގަތަރުންނެވެ. މިހާރު ޖެހިގެން އުޅޭ މައްސަލައަކީ ސެޕްޓެމްބަރު އެގާރަ އާ ގުޅުވައިގެން އެމެރިކާއިން ފާސްކޮށްފައިވާ ގާނޫނެއް ބޭނުން ކޮށްގެން ސައުދީން ލައްވައި އިޒްރޭލް ދިފާއު ކުރުމެވެ. އިޒްރޭލަށް އޮތް އެންމެ ބޮޑު ދުއްޕާނަކީ ފަލަސްތީނެވެ. ފަލަަސްތީނަށް ބޭނުންހާ އެއްޗެއް ހެދޭނީ ހަމާސް މަތަކޮށްގެނެވެ. ދެން އޮތީ ބުރަދަރހުޑްގެ ވާހަކަ އެވެ. ސީސީއަށް ހަމަނިދި ނިދެނީ ބްރަދަރހުޑް ނެތިކޮށްލައިގެންނެވެ. މިއީ ޔަހޫދީންގެ މަކަރުވެރި ރޭވުމެއްގެ ދަލުގައި ޖެހިގެން އުޅޭ އަމިއްލަ އެދުން ބޮޑު ބައިގަޑެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތެވެ.

The name is already taken The name is available. Register?

ދދ

20 June 2017

ޢާލު ސައުދު ބޭނުންވަނީ ހަތިޔާރު އުފައްދައިގެން އުކާޒު ބާޒާރުގައި ވިއްކަން!

The name is already taken The name is available. Register?

އެނޮން

20 June 2017

"ގަތަރުގެ ޝާހީ އާއިލާގެ ބައެއް ބޭފުޅުންގެ ފަރާތުން އެފަދަ ބައެއް ހެކިތައް ފެނިފައި އެބަ ހުއްޓެވެ. އެ ގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ، ގަތަރުގެ މިހާރުގެ އަމީރް ތަމީމް ބިން ޙަމަދްގެ ބައްޕާފުޅު ހަމަދް ބިން ޚަލީފާ އާލް ޘާނީގެ ވެރިކަމުގައި، އޭނާ އާއި ލީބިޔާގެ އޭރުގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީއާ ދެބޭފުޅުން ދައްކަވާފައިވާ ވާހަކަތަކެވެ. އަދި ގަތަރުގެ ކުރީގެ ބޮޑުވަޒީރު ހަމަދް ބިން ޖާސިމް އާއި ގައްޒާފީ ދައްކަވާފައިވާ ވާހަކަތަކެއް ވެސް ވަނީ ފަޅާއަރައިފަ އެވެ." ތިއީ އަސްލު އެއްޗެއް ކަމަށް އަނެއް ކޮޅުން އެއްބަހެއް ނުވޭ. އަނެއްކާ މިކަންތައްގަނޑު ފެށުމުގެ ކުރިން ގަތަރުގެ ސައިޓްތައް ހެކްކޮށް ހެކަރުން ޔޫއޭއީ އާ ދެކޮޅު ވާހަކަ ލިޔުނު އަދި ޔޫއޭއީގެ އީމެއިލްތައްވެސް ލީކްކޮށްލި. ހަމަ ވަގުތުން ޔޫއޭއީއިން ގަތަރަށް ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއްވެސް ކުރި. އެހެންވީމަ ބޮޑަށް ބެލެވެނީ ތިކަން ކުރިބަޔަކު އަޑީގަ ތިބެގެން މާކުރިންވެސް ރާވައިގެން ގަތަރަށް ފިޔަވަޅުއަޅަން ހެއްކެއްގެ ގޮތުގަ ދައްކަން ކުރިކަންތަކެއްހެން. އިޒްރާއީލް އަކީ މިކަހަލަ ހެކިންގެ ކަންތަކަށް ވަރަށް ކުޅަދާނަ ބައެއް. އިޒްރާއީލް، ޔޫއޭއީ އަދި ސައުދީ މިހާރު އަރާ އެތިބީ އެއްގަލެއްގެ މައްޗައް. އިޒްރާއީލް ބޭނުންވޭ ގަތަރުން ފަންޑު ކުރާ ހަމާސް ނައްތާލަން. މިއީ ސައުދީ އަދި ޔޫއޭއީގެވެސް ޑިމާންޑެއް. ދެން އަމިއްލަ ސިކުނޑި ބޭނުންކޮށްލާ މިވަނީ ކިހިނެއްކަން އޭރުން އެނގޭނެ.

The name is already taken The name is available. Register?

އަޚުންނޭ ހޭވެރިކަންވޭ

20 June 2017

ސައުދީ އަރަބިޔާގެ ސަރުކާރަކީ އިސްލާމުންގެ އަދުއްވު އިޒްރޭލުން ބުނާގޮތަށް އިސްލާމީ އުންމަތް ހަފުސްކުރަމުންދާބައެއް.

The name is already taken The name is available. Register?

ކަލަމް

20 June 2017

ޓެރަރިޒަމަށް ގަތަރުން އެހީވާ ކަމުގެ ހެކިތަކޭ ކިޔާއިރު ޓެރަރިސްޓް ޖަމާއަތް ތަކެއްގެ ގޮތުގައި ސައޫދީއާއި އެމެރިކާއިން އެ ބަލަނަކީ އެ ގައުމުތަކުގައި ރައްޔިތުންގެ ތާއީދާއެކު ހިންގާ ސިޔާސީ ޕާޓީތަކޭ. އެއީކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ނުބެލެވޭނެ.

The name is already taken The name is available. Register?

މަތާލީ

20 June 2017

ދެހަރަމުގެ މިލްކްވެރިކަމުގަ އިރާންގެ ހިޔާލަށްމަތާއީދު. އެއީހުރިހާ މުސްލިމުންގެ ހައްގެއް.

The name is already taken The name is available. Register?

ސަންފާ

20 June 2017

ދެ ޙަރަމަކީ އާލުސޫދުންގެ ތަރިކަ މުދަލެއްކަން ސާބިތުވާ އެއްވެސް ސައްޙަ ދަލީލެއް ނެތެވެ. އަދި ދެ ޙަރަމްގެ އިމާމުންނަށް ތިބެންޖެހޭނީ ސުންނީނޭ ކިޔާ ބަޔަކުކަމެއް ނުވަތަ ޝީޢީންނޭ ކިޔާ ބަޔަކުކަމަކަށް ދަލީލެއް ނެތެވެ.

The name is already taken The name is available. Register?

ސަންފާ ގެ ދިޔަ

20 June 2017

ތަންދޮރު ނޭގޭ ޖާހިލުންނަކަށް ޝީޢީންނަކީ ކިހާވަރެއްގެ ބަޔެއްކަމެއްވެސް ނޭގޭނެ. އެމީހުންގެ ގިނަމީހުންނަކީ އަލީ ގެފާނަކީ ނަބީބޭކަލެއްކަމުގެ ދަުއުވާވެސް ކުރާ ބަޔެއް. އަދި ގަބުރު ފަދަ ތަކެއްޗަށް މާތްކޮށް ހިތަމުންގޮސް އަޅުކަން ކުރާ ބަޔެއް. މި ފަދަ ބަޔަކަށް މާތްﷲ ގެ ގެކޮޅު ހަވާލުކުރީމަ ދެން އަލުން އިސްލާމްދީން އައުމުގެ ކުރީން އެތަން ހުރި ދަރަޖައަށް ބަދަލު ވާކަށް ތެދުވެރި އެއްވެސް މުސްލިމެއް ހިތެއް ނުރުހޭނެ. ކަލޭމެން ޑިމޮކްރަސީ މީހުން މި ކަމާ ނޫޅުމަށް އެދެން.

The name is already taken The name is available. Register?

ފުވައްމުލަކި މީހާ

20 June 2017

ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ވާހަކަ ދައްކާއިރު ސައުދީގެ ވާހަކަ ކޮބާ؟ ޓެރަރިސްޓް އިޒްރޭލާއި ގުޅުން އާއުސްމިންތަކަކަށް ގެންދާ މިސްރު ކޮބާ؟ ހަމަ ގުދޯގުދޯ ގޮވަނީ.

The name is already taken The name is available. Register?

ހަދާމިހާރު

20 June 2017

ގަތަރު މީގައި ހުރިހާ ގޯހަކީ. ގަތަރުން ސައުދީ ގެ ބަސް ގަބޫލުކޮށްގެން އިރާނާއި އެކު ގަތަރުން ގާއިމް ކޮށްފައިވާ ހުރިހާ ގުޅުމެއް ކަނޑާލަންވީ އެވެ. އަދި ތުރުކީ އާއި ގަތަރާއި ދެމެދު އޮތް ގުޅުން ވެސް ކަނޑާލަންވީއެވެ،. އެއިރުން ދެން ސައުދީން ގަތަރަށް އެހީއެއް ވެވޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454