23 ޖޫން 2017 - 00:21
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެމަނިކުފާނު އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
މައުމޫންގެ ދައުރުގައި ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007، 2008 ގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން އެމަނިކުފާނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު ކުރަން ނިންމައި އެކަމަށް އެދިފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ގާސިމް ވިދާޅުވީ، ގައުމަށް މައުމޫން ހިޔާނާތްތެރި ނުވާނެ ކަން 90 ޕަސެންޓް މީހުން ގަބޫލު ކުރާނެ ކަމަށެވެ. އަދި މިހާތަނަށް ވެސް މައުމޫންގެ ފަރާތްޕުޅުން އެފަދަ ސިފައެއް ފެނިފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މައުމޫން ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގެންނެވިއިރު ވެސް އަޅުގަނޑު އުޅުނިން އެންދެރިމާގޭގައި. އެފަދަ ކަމެއް އޭރު ވެސް ނުފެނޭ. އެމަނިކުފާނުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަމާއި ސެންޓްރަލް ބޭންކުގެ ގަވަރުނަރުކަން ވެސް ދުވަސްކޮޅަކަށް ކުރިން. އެ ވިދާޅުވާ ކަހަލަ ބާވަތުގެ ކަމެއް އެމަނިކުފާނުގެ ފަރާތްޕުޅަކުން ނުފެނޭ،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް "މިހާރު" އަށް ވިދާޅުވި އެވެ.
"ރައީސް މައުމޫނަކީ ވަރަށް އިޚުލާސްތެރި، ވަފާތެރި، އަމާނާތްތެރި ބޭފުޅެއް. މިހެން ދެންނެވިޔަސް އެމަނިކުފާނާ ސުވާލު ކުރަންޖެހޭ ކޮންމެވެސް ކަމެއް ނޯވެދާނެއެކޭ ނޫނ. އެކަން އެނގޭނީ އެ މުއްސަސާއަކަށް. އެކަމަކު އަޅުގަނޑަށް ޔަގީން ކުރެވޭ ކަމަކީ ރައީސް މައުމޫންގެ ފަރާތްޕުޅުން ކޮރަޕްޝަންގެ ހުތުރު އަމަލެއް ނުފެންނާނެކަން. އަޅުގަނޑަށް ކުރެވިފައިވާ ތަޖުރިބާގައި ބުނާ އެއްޗެއް މިއީ."
މިހާރު މައުމޫނާ އެކު ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާ ގާސިމް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ގާނޫނުއަސާސީގެ ދަށުން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މައުމޫނަށް ވަރަށް ބޮޑެތި އަދި ގިނަ ބާރުތަކެއް ލިބިދީފައިވެ އެވެ. އެހެންވެ އެހާ ބޮޑެތި ބާރުތަކާ އެކު މައުމޫން ގައުމު ހިންގެވިއިރު ވެސް މިހާތަނަށް ކޮރަޕްޝަންގެ ކަމެއް ފެނިފައި ނެތުމަކީ އުފާ ކުރަންޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި ގައުމުގައި އޮތީ 30 މިލިއަން ރުފިޔާގެ ބަޖެޓެއް. ވެރިކަމުން ވަަޑައިގެންނެވިއިރު އެ އަދަދު 12.3 ބިލިއަނަށް ވުރެ ބޮޑު ބަޖެޓެއް އޮތް. އިގުތިސޯދީ ހުރިހާ ދާއިރާއަކުން ގައުމަށް ކުރިއެރުން ގެނެސް ދެއްވި. ޓޫރިޒަމް ވަރަށް ބޮޑަށް ތަރައްގީ ކޮށްދެއްވި. އެހެންވީމާ އެވަރުގެ ޚިދުމަތްތެރިއެެއްގެ އިސްތަށިފުޅުގައި މިފަދަ ހަޑިހުތުރު އަމަލެއް އެޅުވުމަކީ އުސޫލެއްގެ ގޮތުން އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން. އަޅުގަނޑު ލަދުވެތިވާ ކަމެއް އެއީ،" ވިލާގެ ޗެއާމަން ގާސިމް ވިދާޅުވި އެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ހިމެނޭ ކަންކަމާ މެދު މައުމޫނާ ސުވާލުކޮށް ބަޔާން ނެގުމަށްޓަކައި އެމަނިކުފާނާ ބައްދަލުކުރުމަށް އޭސީސީން ވަނީ އަނެއްކާވެސް އެދިފަ އެވެ. އެކަމަކު މައުމޫން އަދި ވަގުތެއް ނުދެއްވާތީ ބަޔާން ނަގާނެ ދުވަހެއް ކަނޑަނާޅާ ކަމަށް އޭސީސީން މިއަދު ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
23 June 2017
ކޮރަޕްސަންގެ ތުހުމަތު މައުމޫން ވީމަ ނުކުރަންވީތަ؟2008ގަ އެމްޑީޕީމީހުން މައުމޫނަށް ނުކުރާ ތުހުމަތެއްނެތް މިހާރު ވެރިކަން ހޯދަންވެގެން މައުމޫން ވަރެއް ނެތް އެމްޑީޕީީހުންނަކަށް
ހެހެހެހެ
23 June 2017
އޭރުވެސް ތުހުމަތު ކުރީ ޔާމީނައް ދެން އަދި މައުމޫނު ކައިރީގަ އުޅުނު މީހުނައް. ސީދާ މައުމޫނު ލާރި ވަގައް ނެގި ވާކަހަ ދުވަހަކުވެސް މީހަކު ދެއްކި އަޑެއް ނާހަން، ހާއްސަ ކޮއް 2008 ގަ.
ްްއއ
23 June 2017
ލަދުވެތިކަމަކަށް ވަނީނަމަ ލަދުގަންނަން ޖެހޭނީ ރައީސް ނަޝީދާއި އެބޭފުޅާގެ ޕާޓީގެ އިސް މެމްބަރުންނެވެ. އެމީހުން އެއީ މައުމޫނުގެ ސަރުކާރުގެ ކަރަޕްޝަން ވާހަކަ އެއްމެ ގަދައަށް މިޤައުމުގައި ދައްކާ މައުމޫނާއި ދޭތެރޭ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދިމީހުންނެވެ. ޤައުމދަވާލީއޭ، ބައިތުލް މާލު ގާތް ބޭފުޅުންނަށް ބަހާލިއްޔޭ ،ތީމުގޭގެ ރަންފާހާނާ ތަށި ބަހައްޓާގެން ފާހަނަ ކުރީއޭ، ކާފަދަރިން ސިްނގަޕޯރުން ނެޕީ ގެންނަނީއޭ ކީވެސް ހަމަ އެމީހުންނެވެ. މިސަރުކާރު އެކުރަނީ ރައީސް ނަޝީދުއަށް ކުރަން ނުކެރުނު ކަންތަކެވެ. މައުމޫނުގެ ކަރަޕްޝަނުގެ ވާހަކަދައްކާފައި ވެރިކަމަށް އައިސް މައުމޫނާއި ދެކޮޅަށް އެއްވެސް ކަމެއް ނުކޮށް ހުއްޓާ އެއްމެ ފަހުން ބަޤާވާތް ހިންގާގެން ވެރިކަމުން ބޭލީއެވެ...ވަރަށް ސަލާމް އިދިކޮޅުމެމްބަރުންނަށް ....އަދިވެސް ސިޔާސީ ބޭނުމުގައި މީސްމީހުންގެ އަބުރު ކަތިލާފަބަހައްޓާ އޭރުން ޖެހިގެން އަންނަ އަހަރު އަނެއްކާ އެމީހާއަށް ސަނާކިޔޭނީ.....މިހާރު މިފެންނަނީ އެމަންޒަރެވެ.
ގޮތް
23 June 2017
އެދުވަހު އެޔަކީ އިދިކޮޅުފަރާތް އެހެންވީމަ އެއްކޮޅަކަށް ވާހަކައެއް ނުދެއްކޭނެ މައުމޫނަކީ މިގައުމުގެ ފަހުރު ކިޔެވި ތަންްދޮރު އޮލުންފިލާފަ ހުރިމީހަކު ތަފާތުބާނެ
ޖާބިރޯފް
23 June 2017
މައުމޫނުގެ ކަރަޕްސަންގެ ވާހަކަ އެއްމެގަދަޔައް ޖެއްސިބަޔަކީ މިޔަދު މައުމޫނު ވަރެއްނެތިގެން އުޅޭ އެމްޑީޕީއެވެ އަދި އެމަނިކުފާނުދިފާއުގާވެސް އެއލުއްވަނީސް ހަމަ އެމީހުންނެވެ ހަމަ އެއްއިރެއްގަ ގާސިމްގެ ވިލާޓީވީ ތަޅާ ފުންޑުއަރވާލީ މިހާ ރު އެމީހުން ގާސިމް ދިފާއުގަ މީ އަރަތެއް
ކުރަންވީއޭ
23 June 2017
މައުމޫނަށް ކޮރަޕްޝަން ތުހުމަތު ކުރުމަކީ އެއީ ލަދު ގަންނަން ޖެހޭނެ ކަމެއް ނޫނެވެ. މީހަކަށް ތުހުމަތު ކުރެވުނަސް އަދި އެއީ މީހަކު ކޮރަޕްޓް ވީ އެއް ނޫނެވެ. އެކަން ކޯޓުން ސާބިތުވާން ޖެހޭނެއެވެ. ކަން މިހެން ހުުރުމުން ރައީސް މައުމޫނު އޭސީސީ އަށް ގޮސް ޖަވާބު ދިނުން މީގައި އެންމެ ރަނގަޅު ގޮތަކީ.
ލަދުވެތި
23 June 2017
ރައްޔިތުން ނުކުރެ ވަކި މީހަކާމެދު ކޮރަޕްޝަންގެ ތުހުމަތެއް. ރައްޔިތުން އަޑުއެހީ އެކިއެކި ޕޯޑިއަމްތަކުން މީހުން ކޮރަޕްޝަން ހިންގިގޮތުގެ ވާހަކަ. މިހާރު ހަމަ އެޕޯޑިއަމްތަކުން އޭރު އެހިންގިއޭ ބުނި ކޮރަޕްޝަން ކަންކަން ދިފާއު ކުރަނީ. އެހެންވީމަ ލަދުވެތިވާން މިޖެހެނީ ކޮންބައެއް.
ރިއަލް ޑޮނަލްޑް ޑަކް
23 June 2017
ޔާމީނުގެ ސަރުކާރަށްވުރެ ބޮޑަށް ކޮރަޕްޓްވެފައިވާ ސަރުކާރެއް ނުދެކެން. ދެން އެހެންމީހުންނަށް ތުހުމަތުގެ އިނގިލި ދިއްކުރުމަކީ ވަރަށް ގޮތެއްފޮތެއް ނެތްކަން އަންގައިދޭކަމެއް.
ނިސްބީ
23 June 2017
'ރިއަލް ޑޮނަލްޑް ޑަކް' ތިވިދާލުވަނީ ކޮރަޕްސަންއަކީ ނިސްބީ ނުވަތަ 'ރެލަޓިވް' ކަމަެއް ކަމައްތޯ. ވީމާ ކުޑަކޮއްވައްކަން ކުރުންވެސް އޯކޭދޯ. އެއްމެ ބޯޑައް ވައްކަން ކުރާމީހާއައް ނުވަންޏާ ވައްކަމަކައް ނުވާނެދޯ؟ ޅޮލް.
ސޯސޯ
23 June 2017
1.2 ބިލިޔަން ރުފިޔާގެ ކޮރަޕްސަނުގެ މައްސަލާގައި ވެރިޔާގެ ޒިއްމާއެއްނެތިފައި ތިބުނާ މައްސަލައެއްގައި އޭރުގެވެރިޔާ ޒިއްމާވާން ޖެހޭނެބާ. މިހާރުގެ ވެރިޔާ އާއި ސުވާލެއްވެސް ކޮށްލެވޭނެ ބާރެއް ތިބުނާ މުއައްސަސާގައި ނެތީބާ.
މުންކޮ
23 June 2017
ނޫނޭވާރަނގަޅު. ކުރިންކޮށްފަ ހުރިކަންތައް ފުރަތަމަ ބަލަންޖެހޭނީ. ޔާމިންކޮށްފައި ވާކަންތައްތައްވެސް ބަލާނަން. (އޭސީސީ) ޤައުމުގެ ހާލަތުހެހެހެހެހެ
ޖުހާ
23 June 2017
މިސަރުކާރުން މުއައްސަސާތަކަށް އަތްބާނައިގެން އުޅެގަތުމުގެ ނަތީޖާއަކީ އެތަންތަން މީން ދުވަހަކުވެސް އަގުނުވެއްޓޭވަރަށް އަގުވެއްޓި ފެއިލްވުން އެންމެ ފުރަތަމަ ވެރިކަމަށް އެރުމާއެކު ޖުޑިޝާރީން އިއްވައިގަތް ހުކުމްތަކަކީވެސް ބޮޑުޖޯކެއްގޮތަށް ދިވެހިންދެކެނީ، ދެންއޮތީ މިނިވަން މުއައްސަސާތައް ހަމައެހާލުގައި ދެންއޮތީ މަޖިލީސް ގާނޫނުހަދަނީވެސް ވަކިމީހަކަށް އެހެންވެ އެވެސް ބަލައިގަންނަ މީހަކުނެތް މިހާރު ފުލުހުން މީހުންގެ ޕާސްޕޯޓްހިފެހެއްޓުމާ ސިޔާސީމީހުން ހައްޔަރުކޮށް ޖަލަށްލުމުގައިވެސް ހަމަ އެއްވެސް ހަމައެއްލަމައެއްނެތް މިވަރުން ރައްޔިތުންގެ ތާއީދު މިވެރިންނަށް ހޯދޭނީ މުއުޖިޒާތަކުން އެހެން އެއްވެސްގޮތެއްނޯންނާނެ
ހުސޭނު
23 June 2017
4 ގަޑިއިރުން 3 ކޮމެންޓް. ޜީނދޫ ކުދިންވެސް އިދިކޮޅު ކޮމެންޓް ލިޔާލެއް ގިނަވީމާ ޖަހާކަށް ނުކެރުނުދޯ