މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ދަރުބާރުގެއަށް ރައީސް ވަޑައިގަތުމާއެކު، މަސީހު އެމަނިކުފާނާ ސަލާމް ކުރައްވަނީ. - ފޮޓޯ: މަޖިލިސް
30 ޖޫން 2017 - 14:11
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ސޮއިކުރައްވައިފި ނަމަ އެއީ އެމަނިކުފާނަށް ވަރަށް އުނދަގޫފުޅުވާނެ ކަމަށް ކަމަށް ރައީސް އަދި އެ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ޕީޕީއެމް/އެމްޑީއޭ މެމްބަރުން ތިއްބަވާ ވައިބާ ގްރޫޕްގައި ރައީސް ޔާމީން ވިދާޅުވީ އެއްވެސް މެމްބަރަކު ހިތްހަމަނުޖެހޭ ކަމެއް އޮތަސް، މުޅި ސަރުކާރަށާއި ޕާލަމެންޓްރީ ގްރޫޕަށް ގެއްލުން ނުދިނުމަށް އިހުތިރާމާއެކު އެދިވަޑައިގަންނަވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސީހު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
"މެމްބަރުން، އަޅުގަނޑު ދަންނަވާލި ކަމުގައި ކަށަވަރުކަން ދެއްވަމުން ގެންގޮސްދެއްވާ. މަސައްކަތް ކުރެވޭނީ ޓީމެއްގެ ގޮތުގައި. ދެކޮޅަށް ދުވާ މަގެއް ރަނގަޅީ،" މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުން ތިއްބެވި ގޮތް އެމަނިކުފާނަށް އަންގަވަމުން ގެންދެވުމަށް އެދިވަޑައިގަންނަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސްގެ އެ އެދިވަޑައިގަތުމަށް ބައެއް މެމްބަރުން އިޖާބަ ދެއްވައި، ވައިބާ ގުރޫޕްގައި ކުރެއްވި މެސެޖްތަކުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން، އެ މަނިކުފާނާ ވަކިން ބައްދަލު ކުރެއްވުމުގެ ފުރުސަތު ވެސް މެމްބަރުންނަށް އޮންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ލީކުވި ވައިބާ މެސެޖްތަކުން އެނގޭ ގޮތުގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ތާއީދު ކުރެއްވީ މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިނާއި ޕީޕީއެމްގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެވެ.
ޝިޔާމް ވިދާޅުވީ ރައީސްގެ ވާހަކަފުޅު ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށާއި ޕީޕީއެމް/އެމްޑީއޭ ޕީޖީ ގްރޫޕަކީ ރައީސަށާއި ސަރުކާރަށް ވަރަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރި ބަދަހި ޓީމެއް ކަމަށެވެ. އަދި އެފަދަ ދެރައެއް ރައްޔިތުންނަށް ދެއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިގަނުގަންނަވާނެ ކަމުގެ ޔަގީންކަން އަރުއްވާ ކަމަށެވެ. މުހައްމަދު ވިދާޅުވެފައިވަނީ ސަރުކާރާއި ރައީސް ޔާމީނާއެކުގައި ދެމިހުންނަވާނެ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މަސީހާ ދެކޮޅަށް ޕީޕީއެމްގެ މެމްބަރުން ސޮއިކުރެއްވުމަކީ "މާސިންގާ އަޑި ނުފެންނަ ފުން ކަނޑަކަށް" ފުންމާލުން ފަދަ ކަމެކެވެ. އުމަރު ވެސް ހަމައެކަނި ވަނީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވައިފަ އެވެ.
ރަސްމިއްޔާތެއްގައި ރައީސް ޔާމީން (ކ-2) އާއި މިނިސްޓަރުންނާއި މަޖިލިހުގެ މެމްބަރުން. - ފޮޓޯ: މިހާރު
ރައީސް ޔާމީންގެ ވާހަކަފުޅުތައް މިގޮތަށް އައި ކަމަށް ބެލެވެނީ މި ފިތުރު އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށުމާ އެކު "ރައްޔިތުން އެދޭ ފަދަ އުފާވެރި ޚަބަރުތަކެއް" ލިބޭނެ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އިދިކޮޅު ފަރާތްތަކުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ މަޖިލިހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ހުށަހެޅުމަށެވެ. މިހާރު އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް ކަނޑައަޅައި މަޖިލީހުގެ ގަވާއިދު އޮތީ ފާސްކޮށްފަ އެވެ. އެހެންވެ، އެކަމުގައި ޕީޕީއެމްގެ މެމްބަރުންގެ އެހީތެރިކަން ވެސް ބޭނުންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަބޭސް13
02 July 2017
މަވިސް ވަރައްދެރަވާނެ އެކަމަކު މަސީހް އާގެން ޕޕ މި މަރުދެނީކިއްވެބާ ؟؟؟؟/ ރަށުގަވިސްތާއީދެއް އޮތް މީހެންނޫން
ކަޅޭ
02 July 2017
މިޔަށް ކިޔަނީ ބިރުދެއްކުން ނޫންބާ!!!
ޥަސަންތި
01 July 2017
ބަލަގަ ތިޔޭ މަގުސަދަކީވެސް، ހަމަ މަޖަލައްކޮއްލާކަމެއްކަމައްތަ މަނިކުފާނު ހީފުޅުކުރައްވަނީ؟؟؟
ގާބޭ
01 July 2017
ހުރިހާ އުނދަގުލެއްވާނީ ސޮއެ ކުރާ މެމްބަރުންނަށް.
އުމަރު
01 July 2017
މަސީހު ދިފާއުކުރަން ހަދައިގެން ރައީސް ޔާމީނުގެ މަގާމުވެސް ގެއްލޭނީ، އެދިމާލަށް މިހާރު މަޖިލިހުގެ ކަންތަށްދަނީ، ސައްދާމުވެސް ބޯމަތިން ހަނގުރާމަ މަތިންބާދޯޓް އުދެހެމުން ދިޔައިރުވެސް ބުނަމުން ގެންދިޔައީ ކުރިލިބިފައިވަނީ އީރާގަތްކަމަށް، އެކަމަކު ހަގީގަތުގައި އެގޮތަށް ސައްދާމުގެ ސްޕޯކްސް ޕާސަން ބުނަމުން ގެންދިޔައީ ސައްދާމްއަށް ރަނގަޅަށް ވަޅުގަނޑެއް ކޮނެވި ހޮހަޅައަށް ވަދެވެންދެން އެހެންކަމުން ރައީސް ޔާމީނުވެސް ރަނގަޅަށް އެމަނިކުފާނުގެ ހޮހޮޅަ ތައްޔާރުވަންދެން ހިފަހައްޓާނެ
ރަދީފް
01 July 2017
އަޅުގަނޑަށް ވަރަށް އުނދަގޫ މަނިކްފާނު 2018 ގަ ކުރިމަތިލާވާހަކަ ވިދާޅުވީމަ.
ގުޑި
01 July 2017
ކޮންއުނދަގުލެއްވާނީ.... ގެދޮރާ ސްޕޯޓްސް ކާރު އަދި 500 ނޫޓު ނުބެހިދާނެ
މަހާ ރެހެންދި
01 July 2017
ތި ވިދާޅުވީ ހަޖަމު ކުރަން އުދަގޫ ވާނެ ވާހަކަ ތޯއެވެ.ބަލަ މަނިކުފާނު ކުރައްވާ ކަންތަށް ހަޖަމު ކުރަން މެމްބަރުން ނަށް ވެސް ވަރަށް ބޮޑަށް އެބަ އުދަގޫ ވެއެވެ.ޤާނޫނު އަސާސީ އިން ނުލިބޭ ބާރުތަށް ސުޕްރީމް ކޯޓަށް ދީގެން ތި ހިންވަނީ ކޮން ސަކަރާތެއް ތޯއެވެ.ހަޤީޤީ ތެދެެއް ބުނަން ތޯއެވެ؟މިހާރު މަޖްލީހުގެ ޢަޣްލަ ބިއްޔަތެއް މަނިކުފާނަކަށް ނެތެވެ.ސުލްހައަށް ލޯބި ނުކޮށް ގަދަ އެރުވުމުން ވާނެ ހަގޮތް ވީއެވެ.
ފޫހި
01 July 2017
ރައީސްދެއްވި މަޤާމެއްގަތަ މެންބަރުން އެތިއްބެވީ. ދޫބަންދުވެ ލޯކަނުވެ އަޑުޏީވޭފަދަ ނިކަމެތި ބަޔަކަށް މެމްބަރުންވާކަށްނުޖެހޭ. ލަޠީފު އެބުނީ ހަމަތެދު
ބުދްވާރު ޕޭތް
01 July 2017
ޤީޔާމަތާޖެހެންދެން ވެރިކަންދެއްވާފަ ހުރި މީހަކަށް އުނދަގޫވާނެ ކަމެއްވެސް އޮވޭތަ؟