އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ: މަސީހާ ދެކޮޅަށް ތިބި ހަގީގީ އަދަދު އަދި ފެންނާނެ ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
03 ޖުލައި 2017 - 23:28
ސަރުކާރުގެ މެޖޯރިޓީ މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހަކީ މި ގައުމުގައި އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓަރީ ކަމަށާއި އެތަން މިހާރު ހިންގަމުންދާ ގޮތް އިދިކޮޅު ފަރާތްތަކުން ބަދަލުކުރާނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ކުރިއަށް ގެންދާ ޖަލްސާގައި ޝާހިދު ވިދާޅުވީ ބަންދަށް ފަހު މަޖިލިސް މިއަދު ހުޅުވިއިރު ރައްޔިތުންގެ ހިތުގެ ވިންދުތައް ވަނީ އަވަސްވެފައި ކަމަށެވެ. އެކަން އެނގި ތިބެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މިއަދު ހުށަހެޅީ ރައްޔިތުން އުއްމީދުކުރި ގޮތަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ރައްޔިތުންގެ އުއްމީދު ހަމަކުރީ 45 އިން، ހަގީގީ އަދަދު އަދި އޮތީ ކުރިއަށް، އެ އަދަދު ނެރެ ރައްޔިތުންނަށް ދައްކާނަން،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަނީ ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިއްތަވާނެ ކަމަށް މާތް ﷲ ގަންދީ ހުވައެއްކޮށްގެންނެވެ. އެކަމަކު އެ ހުވަޔާ ޚިލާފަށް މެމްބަރުން މަސައްކަތް ކުރައްވަން މަޖުބޫރުވެވަޑައިގަތް ނަމަވެސް އެންމެ ފަހުން ކެތް ނުކުރެއްވުނު ކަމަށް ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި ތިއްބެވި މެމްބަރުންތަކެއް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ، އެހެންވެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތަކީ ވަރަށް ޝަރަފުވެރި ގޮނޑިއަކަށް ވި ނަމަވެސް އެ ގޮނޑީގެ ޝަރަފު ވެސް ވަނީ ގެއްލުވާލާފައި ކަމަށެވެ. ރައްޔިތުންގެ ތާއީދު ނެތުމުން މަސީހު އެ ގޮނޑިން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިރޭ ވެސް ތަކުރާރު ކުރެއްވި ގޮތުގައި ސަރުކާރުން ދަނީ ރައްޔިތުންނަށް އަނިޔާވެރިވަމުންނެވެ. މެމްބަރުން މިހާރު ތިއްބެވީ އަނިޔާވެރިކަމަށް ބޯލަނބަން ތައްޔާރަށް ނޫން ކަމަށް ވިދާޅުވި އެވެ.
"އަނިޔާވެރިކަމަށް ދުވަހަކު ވެސް ކާމިޔާބެއް ނުލިބޭނެ،" ޝާހިދު ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުން މިހާރު ތިއްބެވީ "ފެތެމުންދާ އޮޑިއެއްގައި" ކަމަށާއި އެ އޮޑިން ފައިބައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ޝާހިދު ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
05 July 2017
މަނިކުފާނު މައުމޫނު ވެރިކަމުގައި ރައީސް އޮފީހުން " ލޯނު" ނަންގައިގެން ގެކޮޅު އަޅުއްވައިގެން އެކުރެއްވި ކަމަކީ ހައްޖުގެ އަޅުކަންތޯ؟ އެފައިސާ ދައުލަތަށް ދިނިންތޯ؟ ހަމަ ސުވާލެއް.
ޝާޑް
04 July 2017
ޝާހިދަށް ތާއެނގޭނީ މަޖިލިހުގައި ރައީސްކަން ކުރިއިރު ހިންގި ޖަރީމާތައްވެސް. އޭރުނޫންތޯ އެމްޑީޕީގެ 70 އެކްޓިވިސްޓުންނަށް މަޖިލިހުގެ ސެކިއުރިޓީއޭކިޔާފަ ވަޒީފާތައް ހަދާފަ ދިނީވެސް. އޭރުނޫންތޯ މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ މީހުން ޔޫރީން ސާމްޕަލް ނުދިނަސް އަދަބެއް ނުލިބޭ ގޮތަށް ހުށައެޅިވެސް.
ޖަރީމާ
04 July 2017
ގައުމުގެ ރައީސް މަޖްލިހުގެ ތެރޭ ބަންދުކޮށްގެން ހިފަހައްޓައިގެން އުޅުމާ އަމިއްލަ ޕާޓީއަށް ނިސްބަތްވާ މެމްބަރެއްވީމަ މަޖްލިހުގެ ތެރޭން ނުނިކުމެ ކައިގެން ބޮއިގެން ނިދައިގެން އުޅުމަށް ހުއްދަ ދިނުން ކަހަލަ ކުދި ޖަރީމާ އަޅުގަޑުގެ ރިޔާސަތުގަ ހިނގާފަހުރީ...
ރޯޒް
04 July 2017
އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓްރީކަމަށް ގަބޫލު ކުރަން އެކަމަކު އެކަން ބަދަލު ކުރާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެހެންނަމަ 2009 ގައި ބަދަލު ކުރީސް. އެއަށްވުރެ މާ ކޮރަޕްޓް ތަނެއްތީ. އެކި ކުލަކުލައިގެ ޓައި އަޅައިފައި ތިއްބަސް ތިޔައީ ހަމަ އެއް ވިސްނުމެއްގެ ބައެއް.
މުހައްމަދު އަހްމަދު
04 July 2017
ތިޔަ މެމްބަރުންނަކީ އަބަދުވެސް ރިޝްވަތުގަ ބައެއް.. ޕީޕީއެމުން ސޮއިކރި 10 މެންބަރުން ސޮއި ކުރީވެސް ވަރަށް ބޮޑު އެއްޗެއް ދީގެން..
ާއަލިފުތު
04 July 2017
މިވާހަކަ މިހާމޮޅަށް ދައްކަން ޝާހިދު އަކީ ވަރަށް އެކަށީގެންވާ މީހެއް.
މުހައްމަދު އަހްމަދު
04 July 2017
ޝާހިދު އެ ވިދާޅުވީ ތެދުފުޅެކެވެ. ޝަހިދަކީވެސް ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރުންނަކީވެސް، ކޮރަޕްޓްވެފައިތިބި، ބައެކެވެ.
ހުއްބުލްވަތަން
04 July 2017
ކުށަށް އިއުތިރާފު ވުމަކުން ވާނޭ ފައިދާއެއް ނެތް އެހެނަސް ކުރިމަގުގައި އެކަން އެބީދައިން ނުވާނޭ ގޮތަކަށް ކަންކަން ބަދަލުކޮށްފިނަމަ ވާނޭ ފައިދާ ކިތަންމެހައިވެސް ބޮޑު، ގިނަގުނަ.
ރިހަނާ
04 July 2017
ތެދެއް. ޤައުމު އިސްލާޙް ކުރެވޭނެ މެމްބަރުންނަށް. ފުރޭމް ކުރި ފަރާތްތަކަށް އިންސާފު ހޯދާދީ
ޕޮކަންޑި މޭން
04 July 2017
ފެކްޓްރީއިން ޤާނޫނު އަސާސީއަށް ބަދަލު ގެންނަން ފާސްކުރި ކޮންމެ އިސްލާޙަކަށް އެމްޑީޕީ މެމްބަރުން ވޯޓްދީފައިވާކަން ދިވެހި އެންމެހާ ރައްޔިތުން ދަނޭ.