އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
05 ޖުލައި 2017 - 00:48
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައިގެން މަޖިލީހުގެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް، ދައުވާ ކުރުން ފަދަ ކަންކަން ކުރުމުގެ އެއްވެސް ހައްގެއް ފުލުހުންނަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ނެތް ކަމަށް އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކުރާ އެއްވެސް މަސައްކަތަކާ ފުލުހުންނާއި ޕީޖީއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އިންތި ވިދާޅުވީ މަޖިލީހުގައި ނަގާ އެއްވެސް ވޯޓަކާ ރާއްޖޭގެ އެއްވެސް މިނިވަން މުއައްސަސާއަކާ ގުޅުމެއް ނެތް ކަމަށާއި އެއީ އެ ފަރާތްތަކުގެ އެއްވެސް ދައުރެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.
އޭނާ އެ ގޮތަށް ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހަށް ވެއްދުމުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ބައެއް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ހުރި ކަމަށް ފުލުހުން ބުނުމާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމްދީދީގެ މައްޗަށް އަލުން ޓެރަރިޒަމްގެ ދައުވާ ކުރަން ޕީޖީން ފޮނުވާފައިވާ މައްސަލައިގަ އެވެ.
"އެ ދައުވާ [އިބްރާހިމް ދީދީގެ މައްޗަށް ކުރާ ދައުވާ] ވެސް އަނބުރާ ގެންދިއުމަށް ފަހު، ކުއްލިއަކަށް މަޖިލީހުގައި ނެގޭ ވޯޓަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އަނެއްކާ ވެސް އެ މައްސަލަ ކޯޓަށް ފޮނުވައިފި. މިއީ އަޅުގަނޑުމެން އިންސާނުން ބުއްދި ގަބޫލުކުރާ ހަމަތަކެއްތޯ؟" އިންތި ސުވާލުކުރެއްވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގައި މިނިވަން މުއައްސަސާތަކުގެ ދައުރެއް ނެތްއިރު، އެފަދަ ހަމަތައް ގަބޫލް ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ޕްރޮސެކިއުޓާ ޖެނެރަލަށް އަދި މި ނޫން ވެސް ދިވެހިރާއްޖޭގެ ބައެއް މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ މަޖިލީހުގައި ނެގޭ އިތުބާރު ނެތްކަމުގެ ވޯޓްގެ އެއްވެސް ދައުރެއް އޮތް ބައެއް ނޫން ތި ބޭފުޅުންނަކީ،" އިންތި ވިދާޅުވި އެވެ.
"ތި ބޭފުޅުންނަކަށް ނެތް ރައްޔިތުންގެ މަޖިލީހުގައި ނެގޭ އިތުބާރު ނެތް ކަމުގެ ވޯޓަކާ ގުޅުން ހުރި އެއްވެސް ކަމެއް ނެތް، ދައުރެއް ނެތް."
އެހެންވެ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މެމްބަރުން ފުލުހަށް ހާޒިރުކޮށް، ދައުވާތައް ކުރުން ފަދަ ކަންކަން ކުރުމުގެ އެއްވެސް ހައްގެއް ނެތް ކަމަށް އިންތި ވިދާޅުވި އެވެ.
"ތި ބޭފުޅުންގެ ދައުރެއް ނެތް މަޖިލީހުގައި ހިނގާ ކަންތައްތަކާ. ފުލުހުންގެ ދައުރަކީ ރާއްޖެ އަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުން. ޕީޖީގެ ކަމަކީ ވަކި އަތަކަށް ނުޖެހި މިނިވަންކަމާ އެކު ދައުވާ އުފުލުން. އަދި އަނބުރާ ފޮނުވާލާ ދައުވާތައް ގެންގޮސް އަލުން ދައުވާތައް ކުރުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އިންތި ވިދާޅުވި ގޮތުގައި މުއައްސަސާތަކުން ކުރާ ނޭއްގާނީ ކަންކަމާ ހެދި އެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލެ އެވެ.
"އިތުބާރެއް އޮންނަން އެބަޖެހޭ. ކުރަން އުޅެނީ ކީއްކަމާ މެދު ރައްޔިތުންގެ އިތުބާރެއް އޮންނަން ޖެހޭ. ތިމާގެ ނަފުސާ މެދު ވާނެ ގޮތެއް އެނގެން ޖެހޭ. މިއަދު މިކަން ކުރީމާ މާދަމާ އެކަން އޮންނާނެ ކަމުގެ ޔަގީންކަން އޮންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"މިއަދު ވަކި ގޮތެއް ހަދާފައި މާދަމާ އަނެއް ގޮތެއް ހެދުމުގެ އިހުތިޔާރެއް ނެތް ދައުލަތުގެ ތި މުއައްސަސާތަކަށް."
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު - ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު - މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން - އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ - ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ - ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު - ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު - މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) - ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ - އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)
އިންތި ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރަން އެންމެން ގުޅިގެން ނުކުންނަން ޖެހެނީ އެފަދަ ސަބަބުތަކާ ހެދި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙިނި
05 July 2017
މީފައްކާ ރޯނުއެދުރެއް. މީނާގެ ގަމާރުކަމާއެވެ
ފުވައްމުލަކު މީހާ
05 July 2017
އެގޭގޮތުން ޕީޖީ ދައްކަންޖެހޭ ވާހަކަ އަދި ދެއްކޭނީ ޕީޖީ އަށް.
ނެރެދީ
05 July 2017
މަސީހުގެ ވޯޓާ ގުޅުވައިގެން މެމްބަރުން ފުލުހަށް ހާޒިރުކުރުމުގެ ހައްގެއް ނެތް ކަމަށް އިންތި ބުންނަސް ކެނެރީގެ ނަޝީދުގެ 3 އަހަރު ކެއޯސް ގެނެސްދިން ވެރިކަމުގައި ވެސް މަޖްލީހުގެ މެމްބަރުން ވަނީ ހަައްޔަރުކޮށްފައި މަޖްލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކޮށްގެން. ކަން މިހެން ހުރުމުން މިހާރު މަޖްލީހުގެ ރައީސް ކަމުގެ މަގާމް ގައި ހުރި މަސީހު މަގާމުން ނަގާ އެއްލާލަން އިދިކޮޅު ފަރާތް ތަކުން ސޮއި ކޮށް ހުށައަޅާފައިވާ ވަގު ޕެޓިޝަން ޕޮލިހަށް ހުށައަޅަައިގެން ޕޮލިހުން އެކަން އިންވެސްޓިގޭޓް ކުރަންވީ އޭގައި ސޮއި ކޮށްފައިވާ ހުރިހާ މެމްބަރުން ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށްގެން. އަދި އެމެންގެ ބަޔާން ތައް ނަގަންވީ މިޕެޓިޝަނާއި ގުޅޭ ގޮތުން. މަމެންނަށް ވަރަށް ބޮޑަށް ޝައްކު މި ޕެޓިޝަނުގައި ސޮއި ކޮށްފައި ތިބި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ސޮއި ކުރިކަމަށް. ފުލުހުންގެ އިދާރާ އަށް އެ އެންމެން ހާޒިރު ކޮށް ބަޔާން ނެގުމުން މަމެން މިކަން ގަބޫލުކުރާނީ. ސެޓް އޮފް ރޫލްސް އެން ރެގިއުލޭޝަން ގެ އެހީގައި ވަރަށް ބޮޑަށް ޑޮކިއުމެންޓްރީ އެވިޑެންސް އާއި އެކު މަޖްލީހުގެ ރައީސް ގެ މަގާމުގައި ހުރި މީހަކު ނަގާ އެއްލާލެވޭނެ ގޮތުގެ ގައިޑް ލައިނެއް ސްޕރީމް ކޯޓުން އެބަޖެހޭ ނެރެދޭން.
އަލިފުޅު
05 July 2017
ވަކި އިންތި ވީމަ ބުނާ އެއްޗެއްނޫން. އެކަމު މިއަދު ހެޔޮވިސްނޭ އެއްވެސް ދިވެއްސެއް ހިޔެއް ނުވޭ ސިޔާސީ މީހުންނަށް އިތުބާރު ކުރާހެނެއް. ކޮންމެ މީހަކަށްވެސް އިނގޭ ރައްޔިތުންނަށް ފައިދާ މަސައްކަތޭ ކިޔާފައި އަމިއްލަ މަސްލަހަތު ފޮރުވިފައިވާކަން. މިއަދުގެ ހާލަތަކީ ހުރިހާ ކަމަކަށް ސިޔާސީ ނުފޫޒުގަދަވެ، ސިޔާސީ ނުވެ އެއްވެސް ކަމެއް ނުކުރެވޭ. ވަޒީފާއަދާކުރެވެނީ ވެސް ސިޔާސީވެގެން، ދިރިއުޅުމުގަ އަމިއްލަ މަސައްކަތެއްވެސް ކުރެވެނީ ސިޔާސީވެގެން. ސިޔާސީވިޔަސް ހުންނަން ޖެހެނީ ދުވާލަކު ވަކި ސިޔާސީ ފިކުރެއްގައި. ދިވެހިން ސިޔާސީ ނުވެ އުޅުނު ދުވަސްތަކެއްވެސް ދިޔަ، މިއަދު މިހާލަތަށް ދިވެހިން ދިއުމުގެ ޒިންމާ ނަގާނީ ކޮންބަޔެއްތޯ؟
އަޅެ ދެރަވޭ
05 July 2017
މަސީހުގެ ވޯޓާ ގުޅުވައިގެން ދައުވާއެއް ކޮށްފިތަ؟ ކަލޯގެއާ. ހެހެހެ.. ބޭފުޅާ ޖެހޭނީ މައުމޫނު ވަޑައިގަތީމަ ތެދުވެފަ، ވާހަކަފުޅު ދައްކަވާއިރު އަތް ޖަހާފަ، ނިކުމެ ވަޑައިގަންނަވާއިރު އިޙްތިރާމާއެކު މަޑު އަތްޕުޅުގަ ހިފާ ސަލާން ކުރަން.
ދދދ
05 July 2017
ބުނެ އުޅޭ ލާރި ލިބޭ ކުއްޔަށް އުޅެން ނުޖެހޭ ވަކި ރަށެއްގެ ބޭފުޅުން ތަންތަނަށް ލީމާ ގަނެވިކޭ ބާޒާރުގައި ގަނެއް ވިކި ހުސްވަން އުނދަގޫވާނޭ. އަޅޭ އެބުނާ ޕީޖީއަކު މިއަށް ޖަވާބު ދީބަލަ. ލަދުފުޅު ހަމަ ނުގަނޭތޯ؟ މިއޮތީ ދުނިޔެ ދެއްތޯ؟
ބުރާންތި
05 July 2017
ބަލަ ވެގެން މިުޅެނީ ވޯޓް ނަގާތީ އެއްނޫނޭ.. ޥަކިގޮތަކަށް ނަތީޖާ ނެރުމަށް އަދަދު ހަމކުރި ގޮތް ގޯސްވެގެން މިުޅެނީ.. ބާޒާރުގައި ވިކޭ މުދަލެއްހެން މެމްބަރުން ވިކެންފެށީމަ މިގަމުމުގެ މުއައްސަސާ ތަކަކުން މަޑަކުން ނުތިބޭނެ. ކޮރަޕްޝަން ނައްތާލުމަށް ސަރުކާރާ ދައުލަތާ ރައްޔިތުންވެސް ބޭނުންވޭ.. ކޮރަޕްޝަނަށް ތުހުމަތު ކުރެވޭނަމަ އެކަން ބަލަންޖެހޭ ވޯޓެއް ނަގަން އުޅުނަސް އަދި ނޫޅުނަސް.
ގެދާނޯމޮސް
05 July 2017
ތީ ގަދަބަސް ބުނުމުގައި ހައްދު ފަހަނައަޅާ ގޮސްފަވާ ބަޔެކެވެ.
Mishy
05 July 2017
ހައްހައްހާ....ގަވައިދުން ޚަބަރު ކިޔާމީހަކަށް އިނގޭނެ ގަދަ ބަސް ބުނެއުޅެނީ ކޮންބައެއްކަން....ތިބޭފުޅާ ޚަބަރުތަކަށް އަޕްޑޭޓް ނޫންކަން ތި ކޮމެންޓުން އިނގޭ!
ހަޑިގިއްލާ
05 July 2017
އަބަދުވެސް ހައްްޤު ތެދުބަސްވާނީ އެންމެ ގަދަ ބަހަށް!
ހެހެހޭ
05 July 2017
ދެބައި މީހުންވެސް ވަނީ ގަދަބަސް ބުނުމުގައި ހައްދުފަހަނަ އަޅާފައި