06 ޖުލައި 2017 - 11:56
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ މައްސަލައިގެ ތަހުގީގުގައި، އެ ކޯޕަރޭޝަނުން ދޫކުރި ނުވަ ރަށެއްގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ލިބުނު 1.22 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމާފައިވާއިރު، މިހާރު ކުރިއަށް ގެންދަނީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ އެވެ.
ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލަ ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެ މައްސަލައަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާ ދިނުމެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑިއުޓީ ޕްރޮސެކިއުޝަންގައި، ނުވަ ރަށެއްގެ މައްސަލަ މިހާރު ނިމިފައިވާ ކަމަށާއި އެހެންވެ އެ މައްސަލަތައް އެ އޮފީހަށް ފޮނުވަން އޭސީސީ އަށް އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އެ މައްސަލަތައް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީން ކުރިން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އާންމު ކުރާނީ އެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމި، ދައުވާކުރަން ފޮނުވުމުގެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން، ރަށެއް ދޫކުރުމުން ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަދީބާއި އެ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުށް ސާބިތުވެ، ޖަލު ހުކުމް ވަނީ އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
06 July 2017
ކޮންމެހެން ދެން މިވެނި އެއްޗެއް އެވެނި އެއްޗެއް ނިމިއްޖެއޭ ކިޔުމުގެ އެއްވެސް ބޭނުމެއް ނެތް! ވަގުތު ފާއިތު ވެއްޖެ. ލައްކަ ދުވަހު ތި ޙިޔާނާތަށް ފަސްއަޅާ ފޮރުވިއްޖެ ކަލޭމެނަށް!
އަހައްމާ
06 July 2017
މިހާރު ތިހަދާފައިވާ ވަގު ޑީލްތަށް އުވާލާ އެ ރަށްރަށް ރަށުގެ ހަމައަގު ރައްޔިތުންނަ ލިބެންޖެހޭނެއެވެ. އަދި ރާއްޖޭގެ ފަޅުތަކާއި ގިރިތަށް ވެސް ހިއްކިޔަސް އެއީ ހަމަޖެހޭ ގޮތެއްނޫނެވެ. ތިމާވެށީ އެސަސްމަންޓް ހަނދާ އަދި އޭގެ ދެފުށްފެންނަ ގޮތަށް ބިޑިން ޕްރޮސަސަކަށް ދާންޖެހޭނެއެވެ. ނަޞަންދުރައާއި ފޭދޫފިނޮޅު ފަދަތަންތައްތަށް ވެސް ގާނޫނާއި ޚިލާފަ ކޮށްފައިވާ ވޭތޯބަލާ އެކަންކޮއްފައިވާނަމަ އެކަން ބާޠިލުކޮށް ގާނޫނާއި ޚިލާފަކޮއްފައިވާ މުޢާމަލާ ކުރިފަރާތާއި އެ ލިބިގެންފައިވާ ފަރާތް ވެސް ގާނޫނުގެ ކުރިމައްޗަށް ގެނައިސް ރިވެތި ގޮތުގައި އެކަން ކުރުމަށް ގޮވާލަމެވެ. އޭސީސީގެ ނަޒާހަތްތެރިކަމާއި އިތުބާރާއި މެދު ރައްޔިތުން ޝައްކުގެ ނަޒަރުން ބަލައެވެ.
ކޮލަމާފުށި
06 July 2017
ބަލަ ތިޔަ ޚިޔާނާތުގެ މުގުލުގައި ތިބި އެންމެން ރާއްޖޭގެ ރައްޔިތުންނަށް އެނގެޔޭ...ކަލޭމެނަށް ނުވިއެއްނު ތިކަމެއް...ތީ އަދިބު އެކަނި ކުރިކަމެއްނޫން.
އުމަރު
06 July 2017
ހިޔާނާތުގެ ފައިސާ ކޮބައިތޯ؟ އެފައިސާއިން ގަތް މުދާ ކޮބައިތޯ؟ އެފައިސާގެ މުއާމަލާތްކުރި ޕްރައިވަޓް މީހުން ކޮބައިތޯ؟ އެހިޔާނާތާއި ގުޅިގެން ހޯދާފައިވާ އެކައުންޓްތަށް ކޮބައިތޯ؟ އެހިޔާނާތުގެ ތެރެއިން ދެވުނު ރަށްތަށް ނުނަގަނީ ކީއްވެގެންތޯ؟