އިދިކޮޅު ކޯލިޝަން އިފްތިތާހު ކުރުމަށް ލަންޑަނުގައި ބޭއްވި މީޑިއާ އިވެންޓްގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަނބިކަނބަލުން (ކ-2) އަށް ބައިވެރިވެ ވަޑައިގަންނަވަނީ.
03 ޖޫން 2016 - 07:56
ސިޔާސީ މައިދާނުން އެންމެ ގިނައިން ފެނި ގެއްލެނީ ކޯލިޝަންތައް ކަމަށް ވެދާނެ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން އޮންނަ އެންމެ ފަސޭހަ ގޮތަކީ އެންމެން އެއްވެ އެއް މިސްރާބަކަށް ދަތުރު ފެށުން ކަމަށް ވިޔަސް ވަކި ހިސާބަކުން އެކި މީހުން އެކި ދިމާލަށް ދާން ބޭނުންވެ އެންމެ ފަހުން އެއްބަޔަކު ކަނޑަށް ފުންމާލައިގެން ސަލާމަތްވަނީ އެވެ. އަނެއް ބަޔަކު ކަނޑުވެ ގެއްލިދާނެ އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މޭސްތިރިކަމުގައި މިހާރު މި އައީ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅު ކޯލިޝަނެވެ. ރައީސް ޔާމީންގެ ވެރިކަން އަވަހަށް ނިމުމަކަށް ގެނެސް ގައުމު ހަމަ މަގަށް އެޅުވުމަކީ މި ކޯލިޝަން އުފެއްދުމުގެ މައިގަނޑު މަގްސަދެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން މި ހުރިހާ ދުވަހަކު ދެއްކި ވާހަކަޔާ މި ކޯލިޝަންގެ އެކުލެވުމާ ދިމައެއް ނުވެ އެވެ.
ކޯލިޝަންގެ ލީޑަރަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ޒިންމާ އަދާނުކުރައްވާ ކަމަށް ވިދާޅުވެ ރައީސްގެ ވެސް ރުހުމާ އެކު ޖަމީލް ނައިބުކަމުން ދުރުކޮށް އެ މަގާމަށް ގެނައީ އަހުމަދު އަދީބެވެ. ރައީސް އަވަހާރަކޮށްލަން އުޅުމާއި ޚިޔާނާތުގެ ތުހުމަތުތަކާ އެކު ނައިބުކަމުން އަދީބު ދުރުކޮށް ހައްޔަރުކޮށްފައި ވާއިރު އަދީބުގެ ފަރާތުން ވެސް ކޯލިޝަންގައި ތަމްސީލްކުރައްވަ އެވެ. ކޯލިޝަން އިފްތިތާހުކުރި އިރު އަދީބުގެ އަނބިކަނބަލަކު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު
އަނެއްކޮޅުން އަދީބުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ވިދާޅުވާ ބައެއް ބޭފުޅުން ވެސް ކޯލިޝަންގައި ހިމެނިވަޑައިގަންނަވަ އެވެ. ކޯލިޝަންގެ ލީޑަރު ޖަމީލާއި ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު މިސާލަކަށް ފުދެ އެވެ. މި ބޭފުޅުން އަދީބާ "ކޮނޑާކޮނޑު ޖައްސައި"، މަސައްކަތް ފައްޓަވާއިރު އެ ބޭފުޅުންގެ މެދުގައި އިތުބާރު އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟
ކޮރަޕްޝަން އާންމުވެ "އަނިޔާވެރި" އަމަލުތައް އިތުރުވެގެން ދިއުމުގެ ސަބަބެއް ކަމަށް ބުނެ އިދިކޮޅު ހުރިހާ ފަރާތްތަކަކުން ވެސް ތުހުމަތުކުރީ އަދީބަށެވެ. އަދި މިއީ އަދީބާއި ރައީސް ޔާމީން ގުޅިވަޑައިގެން ހިންގެވި "ޖަރީމާތަކެއް" ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެހެންވެ ރައީސަށް ކުރާ ކޮންމެ ތުހުމަތެއް އަދީބަށް ރައްދުވެ އެވެ. އެހެންވެ ކޯލިޝަންގައި އަދީބު ހިމެނުން ނުވަތަ އަދީބުގެ މަންދޫބުން ތަމްސީލްކުރުމުގެ މާނަ އަކީ ހުރިހާ ތުހުމަތަކުން އަދީބު ބަރިއްޔަވެ ސާފުވުން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ ނޫނެކޭ ކަމަށްވާ ނަމަ މި ހުރިހާ ދުވަހު ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟
ކޯލިޝަނުން ދައްކަނީ ކޮރަޕްޝަންގެ ވާހަކަ އެވެ. މަނީ ލޯންޑެރިންގެ ވާހަކަ އެވެ. މީހުންނަށް ނުހައްގުން އަނިޔާ ދިނުމުގެ ވާހަކަ އެވެ. މި ހުރިހާ ދުވަހަކު އަހަމުން މި ދިޔައީ އެ ހުރިހާ ކަމަކުން އެންމެ ބޮޑަށް ފައިދާވި އެއް ބޭފުޅަކީ އަދީބު ކަމަށް ބުނާތީ އެވެ. އެކަމަކު މިހާރު އަދީބަކީ ގައުމު އިސްލާހުކުރުމުގެ އެއް ލީޑަރަށް ވެއްޖެ އެވެ.
ގައުމުގައި ހިނގި ކޮންމެ ނުބައި ކަމެއްގެ ތުހުމަތު އަދީބާ ހިސާބަށް ނުގެންގޮސް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ނުހުއްޓަ އެވެ. މިހާ ނުރައްކާ މީހެއްގެ ގޮތުގައި ސިފަކުރި އަދީބު ތަމްސީލު ނުވާ ގޮތަށް ކޯލިޝަނެއް ހެދެން ނެތީ ހެއްޔެވެ؟ އަދީބު އެއްފަރާތެއްގައި ބެހެއްޓެން ނެތް ނަމަ އެއީ ކީއްވެގެންކަން ވަރަށް ސާފުކޮށް ބުނެދޭން ޖެހޭނެ އެވެ.
އަދީބަށް ވެސް ނުހައްގުން އަނިޔާއެއް ދީގެން ނުވާނެކަން ގަބޫލުކުރަމެވެ. އެކަމަކު އަދީބަށް ކުރި ތުހުމަތުތަކަށް ވީ ކިހިނެއްކަން ކޯލިޝަނުން ސާފުކޮށްދޭން ޖެހެ އެވެ. ގައުމުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގައި އަދީބުގެ ބައިވެރިވުން ނެތް ކަމަށް ނިންމައި ވެރިކަން ވައްޓާލުން ނޫން ކަމަކަށް ފިކުރު ނުހިންގަންވީ ހެއްޔެވެ؟ ކުށެއް ސާބިތު ނުވާހާ ހިނދަކު އަދީބަކީ ވެސް ކުށްވެރިއެއް ނޫނެވެ. އެކަމަކު ކަން ހިނގައިދިޔަ ގޮތް ތަހުގީގަކާ ނުލައި ވެސް ގާތްގަނޑަކަށް އޮތީ ހާމަޔަށް ފެންނާށެވެ. އެކަންކަން ހިނގީ ރޯމާ ދުވާލު އެންމެންގެ ކުރިމަތީގަ އެވެ.
މިއީ ކޯލިޝަނުން ގައުމަށްޓަކައި ކަމަށް ބުނެ މަސައްކަތް ފަށާއިރު ކޮންމެހެން ސާފުކޮށްދޭން ޖެހޭ ކަމެކެވެ. ވެރިކަމެއް ބަދަލުކުރަން ޖެހެނީ ރަނގަޅު ގޮތެއް ހޯދާށެވެ. ގައުމެއް ފާލުން ނައްޓާލުމުގައި އިސްކޮށް ހުރި ކަމަށް ބުނެ ތުހުމަތުތައް އަމާޒުކުރި މީހާ ގޮވައިގެން ސަރުކާރެއް އެކުލަވައިލަން ނިކުތުމަކީ ހަމަ އެ ފަސާދައިގެ ތެރޭގައި ވެރިކަމެއް އުފައްދަން ފޫގެޅުން ނޫން ކޮން ކަމެއް ހެއްޔެވެ؟
ގައުމުގައި ހިނގި ކޮންމެ ނުބައި ކަމެއްގެ ތުހުމަތު އަދީބާ ހިސާބަށް ނުގެންގޮސް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ނުހުއްޓަ އެވެ. މިހާ ނުރައްކާ މީހެއްގެ ގޮތުގައި ސިފަކުރި އަދީބު ތަމްސީލު ނުވާ ގޮތަށް ކޯލިޝަނެއް ހެދެން ނެތީ ހެއްޔެވެ؟ އަދީބު އެއްފަރާތެއްގައި ބެހެއްޓެން ނެތް ނަމަ އެއީ ކީއްވެގެންކަން ވަރަށް ސާފުކޮށް ބުނެދޭން ޖެހޭނެ އެވެ. އެހެން ނޫން ނަމަ މިހާރުވެސް ބައެއް މީހުން ތުހުމަތުކުރާ ގޮތަށް، މިއީ ނަޝީދު ސަލާމަތްވެ އެހެން އެންމެންނަށް ފަހު ވަގުތު ކެހި ދޭނެ ކޯލިޝަނެކޭ ބުނާ ބުނުމަށް ނިމުމެއް ނާންނާނެ އެވެ. އަދީބާއި ނަޝީދާ ދެމެދު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ސަލާމަތް ނުވެވޭ ވަރުގެ ކަންތައްތަކެއް ހުރީ ކަމަށް ބުނާ ވާހަކަ ދައްކާ މީހުން ވެސް އުޅޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލޭ
13 February 2018
އެއްވެސް މީހަކު ނޫޅޭނެ އެއްވެސް ކަމެއްގެ ހަޤީގަތް ހޯދާކަށް. ދިވެހިންނަކީ އަބަދުވެސް ކޮންމެ ކަމެއްވެސް ފުރަތަމަ އަދުއިވޭ އެތި އެއީ ހުރިހާ ވެސް އެއްޗެއްކަމަށް ދެކިގެން އެއާގުޅިގެން އަންނަ ކޮން ވާހަކައަކީ ނުވަތަ ކޮންމެ ކަމަކީ ކޮންމެ ސިފައަކަށް އޮތް ކަމަކަށް ވިއަސް ދިވެހިން ޤަބޫލެއް ނުކުރާނެ. ތިޔަ ހުރިހާއެންމެން އެތިބަ ތަނުން މިންޖުވެ ނޫނީ އެއްބަޔަކު އަނދަވަޅުގައި ތާށިވެ، އަނެއް ބަޔަކު ނޯ ޗޮއިސް އަށް ދިޔައިރު މިހުރިހާ ކަމެއް ހިނގާދިޔަ ހަޤީގީ މަންޒަރު ބަލާއިރުގައި ހުރިހާ ކަމެއް ގޮސް ގުޅެނީ އެންމެ މީހަކާ. އެމީހަކު ބޭނުންކޮށްފަ މީހުން ދޫކޮށްލާއިރު ހުރިހާ ޖަރީމާ އެއް ހިންގި މީހާވެސް ފަޟީހަތް ވާނެ ދުވަހެއް އަންނާނެ އިންޝާﷲ. އެދުވަހުން މި ޚަބަރު ކިޔާމީހުންނަށް އިނގޭނެ މިބުނަނީ ކީކޭކަން
ބޯގުޑާ
05 June 2016
އަހުމަދޫ. ކޮންތާކު ހުރި ކޮންތަހުގީގީ އިދާރާ އެއްގެ ވާހަކަ ތި ދައްކަނީ. މިރާއްޖޭގަ ކުރާތަހުގީގު މިހިރަދަނީ ފެންނަމުން. މުޅިދުނިޔެ އެދައްކަނީ އެވާހަކަ. ސަލާމް
އައިމިނާ ރަނީ
04 June 2016
މީ އަނިޔާ ލިބިފައި ތިބި ވިކްޓީމް އިންގެ ކޯލިޝަން. ވީމާ އަދީބު ވެސް ބައިވެރިވާނެ .. ކެކެ ކެކެ
ސަލީމް
03 June 2016
ކޮންމެ ފަދަ ނުބައިކަމެއްކުރި މީހަކުވެސް އެމް.ޑީ.ޕީ އާއި ގުޅުމުން އެމީހަކީ ޙައްޖުވުން ފަދަ މީހެއް. މީގެ މާނައަކީ އެވެރިންނަކީ އެއްވެސް ސިޔާސަތެއް އޮތް ބައެއް ނޫންކަން.
ކަލޯ
05 June 2016
އަދީބު އެމް.ޑީ.ޕީ އާއި ގުޅުނީތޯ؟ ބިނާކުރަނިވި ފާޑުކިޔާލުން ރަނގަޅު
ދޮން އާމިރު
01 September 2016
އެމްޑީޕީއަކީ މިގައުމުގެ އޮތް ހަމައެކަނި ޑިމޮކްރެޓިކް...
ެއަލިތޯފީ
03 June 2016
ކޮބާ ނިއުމަތުﷲ އިދުރީސަށް އެގިއްޖެތޯ އަދީބު ކޯލިޝަންގައި ބައިވެރިކުރަންޖެހުނު ސަބަބު؟ އެއްކޮމެންޓަށްވުރެ ގިނަ ކޮމެންޓްތަކުން އެ ސަބަބު ބުނެދީފި. އަދިވެސް އިތުރުކޮށްލާނަމެވެ. ކީރިތިރަސޫލާގެ ޙަޔާތްޕުޅުގައި، އިސްލާމުންނަށް އެތަކެއް އަނިޔާތަކަކާއި ދުއްތުރާތައްކުރި ކިތައް މީހުންތޯ ފަހުން އިސްލާމްވެ، އިސްލާމްދީނަށް ނަޞްރު ހޯދާދިނުމުގައި އަތަކެއް ހަނގުރާމަތަކެއްކުރީ. މިސާލަށް ހަމަ އެންމެ ނަމެކެވެ. އަބޫސުފިޔާނެވެ.
އަލިފުތާ
03 June 2016
އަބޫ ސުފިޔާނާއި އަދީބާއި ހުރި ތަފާތު ކިޔާދޭން ވީތަ؟ ކިޔާ ދިނަސް ފަހުމެއް ނުވާނެ ވިއްޔާ.
ހިހި
14 June 2016
ޚާލިދު ބުނި ވަލީދު އަނެއްކާ އަބޫ ސުފިޔާނަކަށް ވެއްޖެ
ފަލަކު
03 June 2016
ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ފެނުނީ އޮޅުވާލުންތައް. ފަހަރުގައިވެދާނެ އަލަށް ވެރިކަމެއް ލިބުނީމާ އެކަންކުރާނޭ ގޮތެއް އެނގިވަޑައިނުގަތުމާ ކޮރަޕްޓް މީހުންގެ ބަސްގަބޫލުކުރަންޖެހުމުން އުޅެވުުނު ގޮތެއްކަމަށް. ދެން ރައީސް ވަހީދުގެ ދުވަސްކޮޅު އެބޭފުޅާއަށް މާބޮޑަށް އެތެރޭގެ ކަންތަކާ އުޅެވޭ ގޮތެއްނުވި. ބޭރުން އަންނަ ޙަމަލާތަކުން ދިފާޢުވެވޭތޯ އުޅެން ޖެހުނީ. އޭގެފަހުގައި ރައްޔިތުންގެ މިލްކިއްޔާތު ރައްޔިތުންނަށް ހޯދައިދީ ރައްޔިތުންގެ ޖީބަށް ގިނަފައިސާތަކެއް ވަންނާނޭފަދަ މޮޅު އިގްތިޞާދެއް އޮތްކަމަށް ވިދާޅުވި ބޭފުޅާއަށް ރައްޔިތުންގެ ވެރިކަން ޙަވާލުކުރީމާ ވީގޮތަކީ ރައްޔިތުންގެ މިލްކިއްޔާތަށް ވީނުވީއެއްނޭގި ބިލިއަނުން ގެއްލި ހުސްވީ. ތުހުމަތުން ބަރީއަވުމަށް މަސްފަލަ ގުރުބާނެއް ކުރަންޖެހުނީ. ރައްޔިތުންގެ ޖީބަށް ވަން އެއްޗެއްނެތް. ޔަގީނުންވެސް އެނގޭކަމަކީ ނަޝީދުގެ ވެރިކަމުގައި ލިބުނު އެއްޗެއް މަސައްކަތްތެރިންގެ ޖީބަށް އަދި ވަންނަނީ. މަސައްކަތްތެރީން ނޫންބަޔަކަށް އެއްޗެއް ދެވޭނަމަ ދެން އެއީ އެހެންކަމެއް.
ޒަހީން
03 June 2016
އަދީބުގެ ފަހަތުގައި ޕީޕީއެމް މަޖިލިސް މެންބަރުންތަކެއް އެބަތިބި. އެމީހުން ގުޑުވާލެވޭނީ އަދީބަށް. އެއީ މީގެ ސިއްރަކީ. އަދީބު މިކޯލިޝަން އާއި ގުޅުމަކީ ޔާމީން ޖެހިލުންވާނެ ސަބަބެއް.
މޫސާ އަންވަރު
03 June 2016
ސިޔާސީ ހަޤީޤަތް ނިއުމަތުﷲ ޤަބޫލުކުރަންޖެހޭ. ނޯ މެޓާ ހައު ކްލީން ދި ވިންޑޯ އިޒް ޔޫ ވިލް އޯލްވޭސް ސީ ޑަސްޓް އޮން ދި އަދަ ސައިޑް އޮފް ދި ވިންޑޯ! އެހެންވީމާ ސިޔާސީ ވާދަވެރިން މާޒީގައި އެއްބަޔަކު އަނެއް ބަޔަކަށް ދީފައި ހުރި ރައްދުތައް އެއީ މާޒީ. އަދީބަކީ ގަޓްހުރި ލީޑަރެއް. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ ފޯމިއުލާ = ރައީސް ނަޝީދު + ޑރ.ޖަމީލް +ޝެއިޚް އިމްރާން+ޓީމްނާޒމް+ޓީމްއަދީބް. އެހެންވީމާ ދިވެހި ޤައުމުގެ މަޞްލަހަތުގައި މިކަން ކުރިއަށް ދާނެ
ދޮޅުގަޑި ބައި
03 June 2016
އަދީބު ކޯލިޝަންގައި ހިމެނުން އެއީ މައްސަލައެއް ނޫން. އަދީބު އަދީބަކަށް ވީ، އަދީބު އެހުރިހާ ޖަރީމާ އެއް ހިންގީވެސް މި ސަރުކާރުގައި ހުރެގެން ސަރުކާރުގެ އެއްބާރުލުމުގާކަން ހުރިހާ ދިވެހިންވެސް ގަބޫލްކުރޭ. އަދީބަކީ އާދައިގެ މިނިސްޓަރަކަށްވުރެ ބާރުގަދަކޮށް މިނިސްޓަރަކަށްހުރެ ސަރުކާރުގެ ނައިބް ރައީސް ކަން ވެސް ކުރައްވަމުން ދަނިކޮށް ގޮތް ނޭނގޭ ތުހުމަތެއްގަ( ގޮތް ނޭގެޔޭ ބުނަން މިޖެހުނީ، ރިޔާސީ ލޯންޗްކޮޅުގަ އެއްޗެއް ގޮއްވާލުމުގެ ތުހުމަތުގައި ހައްޔަރުކުރިއިރު) ހައްޔަރުކުރުމައްފަހު ތަހުގީގު ފެށުނީ އެހެން ކަމެއްގަކަމަށްވާތީ. މާލެތެރޭގަ ހަތިޔާރުތަކެއް ގެން ގުޅެޔޭ ބުނެ ހޯދަން ފެށީ ފައިސާ ނުވަތަ ފައިސާޔާ ބެހޭ ލިޔުންތަކެއް. އެމްއެމްޕީއާރސީ، ޚިޔާނާތަކީ އަދީބު އެކަނި ކުރިކަމެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވުން އެއީވެސް އަދީބް މި ކޯލިޝަންގައި ބައިވެރިކުރަން ޖެހޭ މުހިއްމު ސަބަބެއްކަމަށް ގަބޫލްކުރެވޭ. ސަބަބަކީ މި ސަރުކާރުން ހިންގި ހުރިހާ ޖަރީމާއެއްގެ ޙަގީގަތް އެންމެ ރަގަޅަށް އެނގޭނެ މީހާކަމަށް ވެފަ، ސަރުކާރުން ހިންގި ހުރިހާ ކޮރަޕްޝަންގެ އަމަލްތަކެއް އެންމެ ރަނގަޅަށް އެގޭނެ މީހަކީ އަދީބް ކަމަށް ވާތީ، ސަރުކާރުން ހިންގަމުންދާ ޖަރީމާތަކާ ޚިޔާނާތް ހުއްޓުވުމަށް، ނުވަތަ ސަރުކާރު ޖަވާބުދާރީ ކުރުވަން އުފައްދާ ކޯލިޝަނެއްގަ އަދީބު އެއީ ވަރަށް މުހިއްމު މީހަކަށްވާތީ. މި ކޯލިޝަންގައި އަދީބު ބައިވެރިކުރުން އެއީ އަދީބު ކުރި ކަންތައް ނުކުރާކަމެއްކަމަށް ވާނެ ސަބަބެއްވެސް ނޫން. އަދި އެކަންތައް މާފު ކުރެވޭނެކަންތަކެއްވެސްނޫން. އިންސާފުވެރި ޝަރީއަތެއް ކުރެވެން ޖެހޭނެ.
ކާސިމު
04 June 2016
ތިބުނާ އިންސާފުވެރި ސަރިޔަތެއް ކުރެވޭނެބާ އަދީބުގެ ބާރާއެކު އުފެދޭ ވެރިކަމެއްގައި މޮޔަނުގޮވާ ވިސްނާލަންވެއްޖެކަމަށް ފެނޭ
މާހިންނަ
03 June 2016
ރ ނަޝީދަކީ ވެރިކަމުގެ ދަހިވެތި ކަމުގައި އުޅުއްވާ ބޭފުޅެއް. ރ ޔާމީނަކީ ވެސް އޭގެ ބޭފުޅެއް. ނރ ޖަމީލާއި ނރ އަދީބަކީވެސް ހަމަ އޭގެ ބޭފުޅުން. މޑޕ ގެފަރާތުން ބުނަނީ އަންނި ވެރިކަން ބޭނުން ނުވާނޭ.