އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ: މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ
09 ޖުލައި 2017 - 00:35
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން ވޯޓު ދެއްވާނީ ސާބިތުކަމާއެކު ކަމަށާއި ރައްޔިތުންގެ ފަޅިއަށް ޚިޔާރު ކުރައްވައި، ސަރުކާރާ މިހާރު ފެއަށް ޖެހިވަޑައިގެންފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "60 މިނެޓް" އަށް ދެއްވި އިންޓަވިއުއެއްގައި މުހައްމާ ވިދާޅުވީ މަސީހު މަގާމުން ވަކި ކުރުމުގައި އޭނާ ގެންގުޅުއްވާ ޚިޔާލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެކަމަކު ޕީޕީއެމުން ވަކިވުމާ މެދު ގޮތެއް ނުނިންމާ ކަމަށާއި އެ ހިސާބަށް ގޮސްފިނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް މުހައްމާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ރައްޔިތުންނާ އެކު ރައްޔިތުންގެ ފަޅީގައި [މިހުރީ] ސަރުކާރާ ކުޑަކޮށް، އަނެއްހެން ބުނާނަމަ، ސަރުކާރާ މި ވަގުތަށް ފެއަށް ޖެހިގެން،" މިވަގުތު ސްރީ ލަންކާގައި ހުންނެވި މުހައްމާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ފަޅީގައި ރައްޔިތުންގެ އެދޭ ގޮތަށް ވޯޓު ދޭން ނިންމައިގެން މިހުރީ،"
މުހައްމާ ވިދާޅުވި ގޮތުގައި މަސީހުއާ ދެކޮޅަށް ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ސޮއިކުރެއްވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަޝިޕް ފެއިލްވުމުންނެވެ. އަދި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ޕީޕީއެމްގައި ހުންނަވައިގެން ވިޕްލައިނާ އެއްގޮތަށް ހުރިހާ ވޯޓެއް ދެއްވާފައިވާނެ ކަމަށް މުހައްމާ ވިދާޅުވި އެވެ.
މީގެ އިތުރުން މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކޮށްދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމާ ވިދާޅުވި ގޮތުގައި އޭނާގެ އިހުސާސްތައް ޕީޕީއެމްގެ އިސް ބޭފުޅުންނާ ހިއްސާ ކުރެއްވި ނަމަވެސް، މިއަދާ ހަމައަށް އައިރު، އެއްވެސް ކަމަކަށް ހައްލެއް ނުލިބެ އެވެ.
މިވަގުތު ލަންކާގައި އުޅުއްވާ ކުރީގެ ރައީސް ނަޝީދާ، މުހައްމާ ބައްދަލުކުރައްވަނީ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރައްޔިތުންގެ އިހުސާސްތައް ވިސްނި، ރައްޔިތުންގެ ނިންމުމަކީ ކޮބައިކަން އޭނާ އަށް އެނގިވަޑައިގެންފައިވާ ކަމަށް މުހައްމާ ވިދާޅުވި އެވެ.
"ޕީޕީއެމް ރަނގަޅު ކުރުމަށް މި ދަންނަވާ އުސޫލުގެ ތެރެއިން، މަޖިލީހުގެ ތެރެއިން އެބޭފުޅުންނާ އެއްކޮށް ހުންނާނީ ކުރެވިފައި. ނަމަވެސް ދާއިރާގެ ރައްޔިތުންނާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރާކަށް އަޅުގަނޑުގެ ނަޒަރުގައި ކުރެވުނު މާބޮޑު ކަމެއް ނެތް." މުހައްމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާހު ކުރަން އެދުނު އެއްވެސް ކަމެއް މިހާރު ރަނގަޅު ނުކުރެވޭ ހާލަތަށް ވަނީ ގޮސްފައި ކަމަށެވެ. އަދި ގައުމާ ދޭތެރޭގައި ވިސްނުމަށް ފަހު، އެންމެ ބުއްދިވެރި ގޮތަކީ ރައްޔިތުންގެ ފަޅި އަށް އަރައިވަޑައިގަތުން ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ.
މަސީހު މަގާމުން ވަކިކުރުމަށް ކުރެއްވި ސޮއި އަނބުރާ ގެންނަން ޖެހޭ ވަރުގެ އިސްލާހީ ބަދަލުތަކެއް ސަރުކާރާއި ޕީޕީއެމްގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން ގެންނަވައިފި ނަމަ، މެންބަރުންގެ ވިސްނުން ބަދަލުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކަންކަން ދާ ގޮތުން، ދެން އެކަން ވާނެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށް މުހައްމާ ވިދާޅުވި އެވެ.
މުހައްމާ ވިދާޅުވީ މަސީހު އާ ދެކޮޅަށް ޕީޕީއެމުން ސޮއިކުރެއްވި ހުރިހާ މެމްބަރުން ވެސް ތިއްބެވީ ސާބިތުކަންމަތީގައި ކަމަށެވެ. މަސީހުގެ ވޯޓު ފޭލްކޮށްލުމަށް ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަކު އޭނާގެ ވިސްނުން ބަދަލު ނުކުރައްވާނެ ކަމަށް މުހައްމާ ތަކުރާރުކޮށް ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކުރެއްވި މައްސަލަ ހޫނުވެ، ބައެއް މެމްބަރުން ވަނީ ޕީޕީއެމަށް ފާޑު ވިދާޅުވެފަ އެވެ. އަދި ބައެއް މެމްބަރުން ގެންދަވަނީ ޕީޕީއެމް ދޫކުރަމުންނެވެ. އެންމެ ފަހުން ޕީޕީއެމުން ވަކިވެވަޑައިގަތީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާންޔާ
12 July 2017
ލަދެއް ނެތި ހިތަށް އެރި އެއްޗެއް ބުނެ ހިތަށް އެރި ގޮތަކަށް ތިޔަ އުޅެނީ ބަލަގަ މުހައްމާ ކަލޭ ޕީ.ޕީ.އެމް އާއި ގުޅުނީވެސް ބޮޑު ލާރި ގަނޑކަށްނޫންތަ ކަލޭމެންނަށް ނޭގެދޯ އެހެން ދުވަހެއް އޮތްކަމެއް. މާތްﷲ އާއި ވަކީލު. ތިހެން އުޅޭ މީހުންނަށް މާތް ﷲ ވީހާވެސް އަވަހަކަށް ތެދު މަގު ދައްކަވާފާނދޭވެ.
ދިވެހި ދަރިއެއް
10 July 2017
ނޫން ނޫން މިހާރުތިޔަހުރީ ފެނުނު ހިޔަންޔަކަށް މުޑިނެގިފައި ބަލަގަ ހަމަކުއްލިކަށް އިދިކިޅުމީހުންގެ ރޭވުންތައް ކަމުދިޔާމަ ގަބޫލެއްނުކުރެވޭ އަދި ތިޔަބުނާގޮތަށް ކަންކަން ނުވާނަމަ ކުރެވޭދިމާލަކަށް މަނަމަ ދާނަން އެއީ ރައްޔިތުންގެ ހައަގަށްޓަކައި މިހާރު ތިޔަހުރީ އަމިއްލަ ފައިދާޔަށް އެހެންވީމަތާ ލަންކާގައި އެކި ސަކަރާތްތައް ޖަހާ ތިޔަހަދަނީ ނަމަވެސް ހަނދާންކުރާތި އަދިވެސް ގޮނޑިޔަށް ދާއިރާޔަށް ކަމެއް ކޮށްދެވޭނީ ސަރުކާރާގުޅިގެން ތިޔަގޮތަށް ކާޓޫނު ފިލްމުލަންކާގައި ކުޅެގެން ނުކުރެވޭނެ ދެން ތިޔަގޮތަށް ކަންކުރަން ފުރުސަތު ލިބޭނެތަ ތިޔަގޮނޑި ދީގެން ނޫންނޫން ނުލިބޭނެ ފިސާރިރަގަޅަށް ތިޔަފިލްމު ބަލާނެ މުޅިދާއިރާ ހަނދާން ކުރާތި މުހަންމާ
އިބޫ
10 July 2017
ރައްޔިތުން ހަދިޔާކުރި ލާރިޔަށް ދޯ މާލެއިން ގެދޮރު ގަތީވެސް! ލަދު ޙަޔާތުގެ ކަންފުޅެއްވެސް އެބަހުރިތަ؟ ދެން އިރާދަކުރެއްވިއްޔާ ކޮންމެ ޕާޓީއަކުން އަޔަސް ނުހޮވާނަން!
އިއްބެ
10 July 2017
ތިޔައީ ރައްޔިތުންގެ ފަޅިއެއްނޫން ތިޔައީ ރިޝްވަތުގެ ފަޅި!
މޫސާބޭ
09 July 2017
އެނބުރޭ ވަހުތާން ނަމްބަރ 1 (ހ) އަންނި އެނބުރޭ ވަހުތާން ނަމްބަރު 1 (ށ) މުހުއްމާ ކަލޯ އެނބުރޭ ވަހުތާން ނަމްބަރު 3 ----
މީދާކޭ އުނބެއް.
09 July 2017
ތިވެސް ހަމަ ބޮލެއް...ހެހެ
ޢަޅެ
09 July 2017
މި މުހަންމާ މެން ހޮވި ބަޔަކުވެސް ދޯ މީދެން މެމްބަރަކަށް ހޮވާ ވަރު މީހެއްތަ . ޏާގާބިލް ލަޓޯފަޓޯ މީހުން ހޮވީމަ ވާނީ ހަމަ މިހެން.
ކަމަނަ.
09 July 2017
ކަލޯ އަނެެއްކާ ލާރި ގަނޑެއް ލިބުނީދޯ؟ ސޮއިކުރަން ލާރި ގަނޑު ނެގުއިރު ހިތައްއެރި ދޯ ބަދަލްކުރަން ސަރުކާރުން އާދޭސްކޮށް އެއަށްވުރެ ގިނަލާރި ދޭނެކަމަށް. އެކަމުތެދުވެރިކަމެއް އިޚުލާސްތެރިކަމެއް ނެއްބަޔަކަށް ސަރުކާރަކުން ނޫޅޭދޯ ސަލާންޖަހާ ކަށް. މިނޫނަސްދުވަހެއް އެބައޮތްކަމަށް ހަނދާންކޮއް ބިރުވެތިވެބަލަ. ރައްޔަތުންނަށް އިޚުލާސްތެރިވެ ރައްޔަތުންނަށް ރަނގަޅުގޮތް ހޯދާކަށްނޫން ތިއުޅެނީ އަމިއްލަ އެދުމުން ފޯވެފަ ތިތިބީ. ރައްޔަތުން ގަނަތެޅުވަން.
ލާހިފުތު
09 July 2017
ކަމެއްދިމާވާއިރަށް ކޮޅު ބަދަލުކުރަނީ ސިޔާސީ ފިކުރު ތަފާތުވަނީ ރައްޔިތުންނަށް އޭގެ ގެއްލުން އިންތިހާއަށް ލިބެނީ . މިހެންވީމާ އަލަށް އިންތިޚާބުކުރެވޭ މަޖިލީހުގައި މަޖިލިސްކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ވާނުވާ އެގުމަކީ ނުވަތަ ޕޮލިޓިކްސް ދާއިރާއިން މަތީ ތަޢުލީމު ލިބިފަ ހުރުމަކީ ޝަރުތެއްކަމަށް ކަޑައަޅާފިނުމަ ގައުމަށް ދިމާވާ މިކަހަލަ ނޭއްގާނީ ކާރިޘާތަކުން ގައުމު ސަލާމަތް ވެގެންދާނެ.
އަލިފުތު
09 July 2017
ވަކި ފަޅިއެއްނޭގުނު. ރައްޔިތުން ތިބީ ސަރުކާރު ފަޅީގަ. އެއީ ޔާމީންގެ ފަޅި.