މައުމޫން ސިންގަޕޫރަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުގެ ކުރިން، މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު އާ މާލޭގެ ރަސްމީ ފާލަމުގައި މިރޭ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
09 ޖުލައި 2017 - 00:23
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެކަނބަލުން މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދައި ސިޔާސީ މަސްރަހު ހޫނުވެފައި ވަނިކޮށް، މައުމޫން ސިންގަޕޫރަށް މި ފުރާވަޑައިގަތީ އާއިލީ ބޭނުންފުޅެއްގަ އެވެ.
ބޭރަށް ފުރާވަޑައިގަންނަވާކަން މައުމޫން ވަނީ ސިޓީފުޅަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަވައިފަ އެވެ. ސަބަބަކީ ތީމުގޭގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައި މައުމޫންއާ ގުޅުން ހުރި ކަންތައްތަކެއް އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނާތީ އެވެ އެ ތަހުގީގަށް ސުވާލުކުރަން މައުމޫންގެ އަރިހަށް އޭސީސީން ދާން އުޅުމުން އެމަނިކުފާނު ބޭނުންފުޅުވީ އަމިއްލަފުޅަށް އޭސީސީ އަށް ހާޒިރުވެވަޑައިގަތުމަށެވެ. އެކަމަކު އެއީ އޭސީސީން އަމަލުކުރަމުން އަންނަ އުސޫލުތަކާ ޚިލާފުކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މައުމޫންގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްޓަކައި އެއާޕޯޓަށް ވަޑައިގަތުމަށްޓަކައި މިރޭ މާލޭގެ ރަސްމީ ފާލަމުގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް ފޮނުއްވި ސިޓީފުޅުގައި މައުމޫން ވިދާޅުވީ، ރާއްޖެ އިން ބޭރުގައި އެމަނިކުފާނު ހޭދަކުރައްވާނީ ގާތްގަނޑަކަށް 10 ދުވަސް ކަމަށެވެ. މި ދަތުރުފުޅަށް ފަހު އެނބުރިވަޑައިގަތުމުން އެމަނިކުފާނުގެ ބަޔާން ނެގުމަށް ވެސް މައުމޫން ވަނީ އެދިވަޑައިފަ އެވެ.
މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، ގާތްގަނޑަކަށް ހަތަރު މަސް ދުވަންދެން އިންޑި އާއި ސިންގަޕޫރުގައި އުޅުއްވުމަށް ފަހު މައުމޫން މާލެ ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
09 July 2017
މައުމޫނައް ދެނެއް އަހަރެން ތާއީދެއް ނުކުރާނަން.
ތިލަފަތް
09 July 2017
ހަމަ ބެސްޓް
ދޮންބީފާނު
09 July 2017
އޮޅުނީތޯ. "އޭނަ" ވީ ސިލޯނުގަ ނޫންތޯ؟
ކާސިމް
09 July 2017
ރައީސް މައުމޫން ވަރެއް ނެތް... އަދި ރައީސް ނަޝިދާއި ރައީސް މައުމޫންގެ ސިޔާސީ ޓީމް ބަލި ކުރެވޭނެ ވަރުގެ ޓީމެއް މިގައުމުގެ ސިޔާސީ ދަނޑުގައެއް ނެތް... އުމުރު ފުޅުން ދުވަސް ވިޔަސް ސިޔާސީ ބުންވަރު އަދިވެސް މިއުޅޭ ޅަކުދިންނަށް ވުރެ މާ ވަރުގަދަ... ބާއްޖަވެރި ދަތުރަކަށް އެދެން.
ދޮގެއްތަ؟
09 July 2017
ނަޝިދާއި މައުމޫންގެއޭ! ކެކެކެކެ ބަލަ ނަޝީދަށް ކުރެވުނު އެއް ކަމެއްވެސް ނެތެއްނު. މައުމޫނު ހަމަ އެންމެ ފުއްޓަތްކެއްނު ޖަހާލީ. ކަލޭމެން އަދިވެސް ވާނުވާގަތަ؟ ހަގީގަތް ގަބޫލު ކުރަން ކެރިބަލަ ދެންވެސް.
ކަނަމަނަ
09 July 2017
ބަލަ ވެރިކަމުގެ ލައްޒަތާ އަރާމު ލިބިފަތިބިބަޔަކަށްދޯ އެނގޭނީ. އެހެން މީހުންނަށްވުރެ އެމީހުންގެ ފޯރިގަދަވާނެދޯ. ރާއްޖޭގައި އެދެމީހުންތިބިހާ ހިނދަކު އެހެންމީހަކަށް ވެރިކަންކުރާކަށް ނުކެރޭނެ.
ނަޖީބު
09 July 2017
ބާއްޖަވެރި ދަތުރަކަށް އެދެން އަދި މަނިކުފާނު ވީއެންމެ އަވަހަކަށް ރާއްޖެ އެބުރި ވަޑައިގަތުމަށް ވެސް އެދެން... 24 ވަނަ ދުވަހު ރައީސް މައުމޫން ރާއްޖޭގައި ހުންނަ ވާނެކަމަށް އުއްމީދުކުރަން