ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިލްހާމް ވާހަކަ ދައްކަވަނީ
13 ޖުލައި 2017 - 10:43
ރައްޔިތުންގެ މަޖިލިސް އިސްލާހުކުރެވޭނީ ޕީޕީއެމް ތެރެއިން ބަޔަކު ނުކުމެގެން ކަމަށާއި އަބްދުﷲ މަސީހުގެ މައްސަލާގައި ސޮއިކުރެއްވީ އެހެންވެގެން ކަމަށް، ދަނގަތީ ދާއިރާގެ އިލްހާމް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިިކޮޅު ޕާޓީތަކުގެ މެމްބަރުން ގުޅިގެން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖެއިން ބޭރުގައި ހުންނަވާ ފޯނުން ވާހަކަ ދައްކަވަމުން، އިލްހާމް ވިދާޅުވީ މަޖިލީހުގައި ކަންކަން ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު މީގައި ސޮއިކުރީ [މަސީހް ވަކިކުރަން] ހިތާއި ހަށިގަނޑު، ފުރާނަ އިން ގަބޫލުކުރެވިގެން. އެކަން ކުރަން އަޅުގަނޑުގެ މައްޗަށް ލާޒިމްވީމަ އެކަން ކުރީ،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތައް ފާސްކުރަނީ އެންމެ ރަނގަޅަށް ނޫނެވެ. އެހެންކަމުން ޕީޕީއެމްގެ ތެރެއިން ބަޔަކު ނުކުމެގެން ނޫނީ އެކަން ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.
"ޕީޕީއެމް ތެރެއިން ތެރެއިން ބަޔަކު ނިކުމެގެން ނޫނީ އިސްލާހީ މަސައްކަތް އެހީތެރިވެވޭނެ އެއްވެސް ގޮތެއް ނެތް. އެހެންވެ، އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކަށް ވިސްނުނީ،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ޕީޕީއެމަށް ސޮއިކުރެއްވުމަަށް ފަހު، ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނަށް ފޯމް ހަވާލު ކުރައްވަނީ. --ފޮޓޯ: މިހާރު
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު ޕީޕީއެމްއާ ގުޅިވަޑައިގަތީ ސަރުކާރާއި އެ ޕާޓީއާ ގުޅިގެން އިސްލާހީ މަސައްކަތްތަކެއް ކުރުމުގެ މަގްސަދުގަ އެވެ. އަދި ސަރުކާރުގައި ހިނގާ ކަންތައްތައް ފެނިވަޑައިގެންފައި "ހިތަށް ކެތްނުކުރެވިގެން" ފެޔަށް ޖެހިވަޑައިގަތީ ކަމަށް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ގާނޫނުއަސާސީއާ ފުށުއަރާ އެތައް ކަމެއް މަޖިލީހުން ފާސްކޮށްފައިވާއިރު، ރިޔާސަތުން މަސީހު ވަކިކޮށްގެން ނޫނީ އެއްވެސް ކަމެއް ބަދަލުނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމުން ވަކިވެވަޑައިގެންނެވިކަން އަންގައި، އޭނާ ވަނީ ޕާޓީއަށް ސިޓީ ވެސް ފޮނުއްވައިފަ އެވެ. އެކަމަކު އޭނާ އާއި މަސީހުގެ މައްސަލާގައި ސޮއިކުރެއްވި އެހެން މެމްބަރުން ޕީޕީއެމުން ވަކިކޮށެއް ނުދެ އެވެ. އެކަމާ އިލްހާމް ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އިލްހާމް ވިދާޅުވީ އޭނާ އަށް ލިބޭ ހައްގެއް އެއްވެސް މީހަކަށް ނުހިފެހެއްޓޭނެ ކަމަށާއި ޚަލީލާ ދެކޮޅަށް ދައުވާ ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
"ކިހިނެއްތޯ ގަދަކަމުން ހިފެހެއްޓޭނީ؟ ނޯ، ނޯ، ނުހިފެހެއްޓޭނެ. އަޅުގަނޑުމެން މިތިބީ ސާބިތުކަމާ އެކު އިދިކޮޅު ފަރާތްތަކުން ކުރާ އިސްލާހީ މަސައްކަތުގައި. ދިވެހި ސަރުކާރު ވައްޓާލާކަށް ނޫޅޭ،" އޭނާ ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރަކު އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ ޕާޓީން ކެނޑުމުން ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން "މިސްޓޭކެއް" ނުހަދާނެ އެވެ. އަދި ވަކި ބޭފުޅަކަށްޓަކައި ގާނޫނުއަސާސީ މުގުރާލާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މެމްބަރު ޝަހުދީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް
ރާއްޖޭން ބޭރުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވީ އެއްވެސް ބޭފުޅެއްގެ ނުފޫޒެއް ނެތި ކަމަށެވެ. އަދި މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވީ ބޭސްފަރުވާއަކަށް ކަމަށާއި މަސީހް ވަކިކުރަން ވޯޓު ނަގާ ދުވަހު ޖަލްސާއަށް ހާޒިރުވެ، މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ޝަހުދީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީބުގޭ އޮޑިރަވާ
14 July 2017
ބުނަން މިވަރެއް ނުދެކެން. މިހާރުހީވީ ޔާމީނުގެ ސަރުކާރު ވެއްޓުނީހެން ދެން އަނެއްކޮޅަށްދުއްވައިގަންނަނީ. މިބާވަތުގެމީހުން އިސްލާހޭ ބުނީމަ އަހަރުމެން ގާތަށް އަންނަނީ ފާޑެއްގެ ކަށިމިޔަރު ހިންޏެއް. ފުރަތަމަ ފީފީެމުގައި ދެން ގާސިމު ކައިރިއަށް މަސްދޯނިފަހަރާއި ފިހާރަ ލިބި ގާސިމު ދެން ބަންދުވެދާނެހެން ހީވީމާ އަނެއްކާ ފީފީއެމަށް ދެންސިޔާސީއޮއިވަރުބަދަލުވެ މިހާރުގެ ސަރުކާރު ބަލިވަނީހެން ހީވީ އަނެއްކާ ކޮޅުބަދަލު ދެންމިހާރު އެއޮތްކުރިހުކުމަކާއިހެދި މާދަމާކަންނޭގެ ކޮޅުބަދަލުކުރާނީ. މިއީ މިކުރާއިސްލާހަކީ
އަށްޑޫ މީހާ
14 July 2017
މީ އަސްލު ރިޔަލިޓީ. އިލްހާމް ގައުމައިގެން ކުރިޔަށް. ބިރު ދައްކާ މީހުން ބިރުވެސް ދައްކާނެ އަދި ސައިޒްވާނެ.
މާނު
13 July 2017
ދެން ތިހެން ކިޔާ
ސޮކްތެރެޕީ
13 July 2017
އިލްހާމަކީ ލާރި ފަހަތުން ދުވާމީހެއް މީރިއަލަޓީއަކީ.
މުހައްމަދު
13 July 2017
ސާބަސް، ބަޔަކު ކިތައްމެ ފާޑެއްކީ ނަމަވެސް ހަމައާއި އިންސާފަށްޓަކައި ތެދުވާންޖެހޭ. ތީ ހިތްވަރުގަދަ ލީޑަރެއް. ސާބަސް
ގަމާރުބެ
13 July 2017
ބަލަ އިލްހާމޫ މަނިކުފާނުވެސް އިންނަވާގެންނޫންތޯ ތިބުނާ އިސްލާހުތަކެއްވެސް ފާސްކުރީ. އެކަމަށް ވަކާލާތު ކުރީއިރުވެސް ކީ ހާދަރަނގަޅޭ ހާދަ ރަނގަޅޭ. އަދި ކިރިޔާތޯ ތިވިސްނުނީ އެކަމަކު މިހާރު ތަންކޮޅެއް ލަސްވެއްޖެ. ދެން އެބައި ދޫކޮށްލާ ކުރިޔަށް ވިސްނާ. ގެއްލިވަގުތެއް އަނބުރައެއް ނުލިބޭނެ. އަބުރުވެސް. ވިސްނާގެން ކުރިޔަށްދޭ.
ދޮގެއްތަ؟
13 July 2017
ތީގެ ތެރޭގައި ލޯޔަރު ވައްޑޭ ފިޔަވައި ވިކި ހުސްވެގެން ގޮސް ތިބި ބަޔަކު މެނުވީ ނެތް. ޕީޕީއެމްގަ ތިބެ އަދީބު އަތްދަށުވެފަ ތިބި އެންމެންނަކީ ފައިސާގެ އަޅުން.
ޒެޑް
14 July 2017
އެކަކުވެސް ސަލާމަތުންހުރިހެނެއްހީއެއްނުވޭ ވައްޑެއަކަސް
ބޫންބޫން
13 July 2017
ކަލޯމިފަހަރު ކިހާވަރެއްގެ ރިއަލިޓީއެއް ލިބުނީތޯ
ލުގުމާން
13 July 2017
ޑީއާރުޕީއިން އެމްޑީޕީއަށް ދިއައީ އިސްލާހުކުރަން، ޖޭޕީން ޕީޕީއެމަށް ދިޔައީސް އިސްލާހުކުރަން ދެން ޕީޕީއެމުން އަނެއްކާ ޖޭޕީއަށް ދިއައީ ވެސް ހަމަ އިސްލާހުކުރަން. އެހެންވީމާ ތިޔައީ އިސްލާހު ޖާޑީއެއްނޫން. ޓީވީއެމްގެ ވަޒީފާގައި އުޅުނުއިރު ދުއްވާނެ ސައިކަލެއް ނެތިގެން އުޅުނުމީހާ ކުރި ވިޔަފާރިއެއް ނެތް އެކަމަކު މިހާރުގެ ހާލަތު ބަލާބަލަ. މި ހުރިހާ އިނާޔަތް މިލިބެނީ ހަމަ އިސްލާހުކުރަން މޮޅުވީމަތާ....
ޜިއަލިޓީ
13 July 2017
ތިބުނާ ގާނޫނެއަ ހަދަން ހުރިހާ މަސައްކަތެއް ކޮށްފައި ހޫނުފެން ކައްކާފައި މިލިއަނުން ފައިސާ ހިފައިގެން ގޮސް މިހާރު ކޮން ވާހައެއް. ޤައުމުގެ ހަލާކު