ގުޅިފައިވާ އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުން މ. ކުނޫޒްގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސް.---މިހާރު ފޮޓޯ: ނިޝާން އަލީ
13 ޖުލައި 2017 - 16:17
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް އެމްޑީޕީ އާއި އިދިކޮޅު މެމްބަރުންތަކެއް މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމުން ވަކިވި ބައެއް މެމްބަރުން ވެސް ވަނީ މައްސަލައިގެ ތެރެއަށް ވަންނަން ހުށަހަޅައިފަ އެވެ.
މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ (ފްލޯ ކްރޮސް ކޮށްފި ނަމަ) ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން އެޓާނީ ޖެނެރަލް މުހަންމަދު އަނިލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަނުމަށް، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވެސް އިއްޔެ ވަނީ ހުށަހަޅުއްވައިފަ އެވެ.
ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުން މިދިޔަ ހޯމަދުވަހު ސުޕްރީމް ކޯޓުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ދެ ވަނަ އަޑުއެހުން މިއަދު ހަވީރު 4:30 ގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު ޕީޕީއެމްގެ 10 މެމްބަރަކު އެ ޕާޓީން ވަނީ ވަކިވެފަ އެވެ. އެހެން މަޖިލީހުގައި ޕީޕީއެމަށް އޮތް އަޣުލަބިއްޔަތު މިހާރު ވަނީ ގެއްލިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމޭދާބުނީ ގަތޫރާ
15 July 2017
އެއްތަނަކައް ވަންނާނެ ދޮރެއްވެސް ކަލޭމެންނަކައް ނެތް.. ދެން ރައީސް ޔާމީން ހީނީފުޅުވަޑުވަމުންގޮސް ދެހާސް އަށާރާގައީ އަނެއްކާވެސް އައުދައުރަކައް ހުވާ ކުރާތަން ބަލަން ތީބުން ނޫންގޮތެއް ކަލޭމެންނައް އެބައޮތްތަ.. ދެން އެންމެފައީދާ ބޮޑުވާނީ އަދީވެސް ވަގުތު އޮއްވާ ޕީޕީއެމް އާއީ ގުޅީގަތުމުން.. އެހެން ނޫނީ ޖެހޭނީ ސީޔާސީ މައީދާނައް އަލްވަދާއު ކީޔަން ނޫނީ ގައުމުން އަމީއްލައައް ޑީޕޯޓު ވެގަންނަން. ހެޔޮބުއްދީ އީޚުތީޔާރުކުރައްވާ..
ޣޮހޮރެ
14 July 2017
އެކްސްޕާޓޭ ؟؟
ސަނަސަ
13 July 2017
މީ އަޖައިބެއް.. ޕީ.ޕީ.އެމް. ޢަށް ދިޔައިމަ ގޮޑި ނުގެއްލި އެހެން ޕާޓީތަކަށް ދިޔައިމަ ގޮޑި ގެއްލޭގޮތަށް ނިންމަންޖެހުނީ.. ކީއްވެބާ.. ހަމަ ކޮންމެކަމެއް މިގޮތަށް.
ކުޑަދޫއަހްމަދު
13 July 2017
ސްޕްރީމް ކޯޓުން ގޯހެއް ނުހަދާނެކަމަށް އުއްމީދުކުރަން! ވަކި ފަރުދެއްގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި މިގައުމުގެ 4 ލައްކަ މީހުންގެ ހައްގު މޮޑެލާފައި ވެރިމީޙާގެ ވެރިކަން ދިފާއު ގައި ކޯޓު ނޫޅޭނެކަމަށް އުއްމީދުކުރަން. ސިޔާސީ ހުކުމަކުން ނުކުންނަ ނަތީޖާ ގޯސްވާނެ!
އިތުބާރު
13 July 2017
އަވަހަށްވަދެ އޮވޭ ކުރީބައިގަ؟ ދެން ކަލޭމެންނަށް ވޯޓުހަމަވީމާ ދެން ތި ތެޅެނީ ކޮންކަމަކާ؟ ޔަގީންކަމާއެކު ތިބުނަނީ ވަކިކުރާނަމޭ؟ ދެން ކިހިނެއްވެގެން ތިއުޅެނީ.
ކްލޯސްޑް
13 July 2017
ދުސްތޫރީ މައްސަލައިގެ ތެރެއަށް އެމްޑީޕީ އާއި އިތުރު މެމްބަރުންތަކެއް ވަން ނަމަވެސް އެޓާރނީ ޖެނެރަލް މިއަށް ކުޑަ ވެސް ދުލެއް ދީގެން ނުވާނެއެވެ. އެމެން ފަޔަށް ހިނި އަރައިގަނެގެން އެޔާ އުޅެނީ އެއީ އެމެންނަށް ކަޓް ނުޖެެއްސޭނެ ކަން ޔަގީންވާ ގޮތަށް ބިއުޓިފުލް ވާރޑިކްޓެއް ނެރެން އުޅޭތީއެވެ. ހަމަ ނެރެ ރާއްޖޭގެ ސިޔާސީ މައިދާނުން ކޮރަޕްޝަނަށް ނޫނެކޭ ބުނަންވީއެވެ. އެއިރުން އެނިމުނީ އެވެ. ޗެޕްޓަރ ކްލޯސްޑް.
ވާލުސޮރު
13 July 2017
"ދުސްތޫރީ މައްސަލައެއް ކަމަށް ބުނާ" މައްސަލައެއް ކަމަށް ނޫސްތަކުން ރިޕޯޓް ކުރުން މާ އައުލާކަން ބޮޑު. ގާނޫނީ މާހިރުންނަށް ނޫނަސް ދުސްތޫރީ މައްސަލަ އާ އެނޫން މައްސަލަ މިހާރު ގިނަ ބަޔަކަށް އިނގޭ.
އަހައްމާ
13 July 2017
ރައީސް ޔާމިނާއި އެޓަނީ ޖެނަރަލް އަނިލްއަށް ހަޖަމް ނުވަނީއެވެ. މަޖުލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ގާނޫނުން މަޖުލިސްގެ މެމްބަރުންނަ ލިބިފައިވާ ހައްގެކެވެ. އަދި ރައީސް ހޮވަނީ ވެސް މަޖުލިސްގެ މެމްބަރުންގެ ތެރެއިންނެވެ. އެހެން ކަމުން އެ ހައްގު އަނިލްއަކަށް ނިގްލައި ނުގަނެވޭނެއެވެ. އެހެން ކަމަށްވާނަމަ މިނިސްޓަރުން ހޮވަންޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގާނޫނަށް ބަދަލު ކުރަންވީނުން ތޯ ؟
ކުޑަކަތީބު
13 July 2017
ވަންނަންވީއެވެ. އަމިއްލަ ފަރުދުންނާއި، ސިޔާސީ ޕާޓީތަކާއި، ލޯފާމްތަކާއި، އެހެނިހެން ޤާނޫނީ ޝަޚްޞުތަކާއި، ދެންވެސް ވީބަޔަކު ވިއްޔާ ވަންނަންވީއެވެ. ވަދެގެންވެސް އެކަން ހުއްޓުވޭތޯ ބަލަންވީއެވެ. ބާރު އޮތިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެތާއެވެ. އަދި ކިތަންމެ ގިނަ ބަޔަކު ވަނަސްވެސް އެގޮތަށް ފާސްވެސް ކޮށްފާނެއެވެ. އެހެންނަމަވެސް ހަދާނެހާ އެއްޗެއް ހަދަން ދޫކޮށްގެން ނުވާނެއެވެ.
ނިންމާދީ
13 July 2017
ނުހުއްޓުވޭނެއެވެ. ސަބަބަކީ މިހާރު މަޖްލީހަށް ޕާރޓީ ތަކުން ހޮވާފައިވާ އެމްޕީން އެވަނީ ޕާރޓީ ތަކުގެ މެމްބަރުންނާއި އެމެންނާއި ދެމެދު ވެފައިވާ ސޯޝަލް ކޮންޓްރެކްޓް އާއި ޚިލާފު ވެފައެވެ. އެހެން ކަމުން ޕާރޓީ ތަކުގެ މެމްބަރުން ހޮވާފައިވާ އެމްޕީން ޕާރޓީ އާއި އަދި ޕާރޓީގެ ފިކުރު ބަދަލު ކޮށްފިނަމަ ޖެހޭނީ ގޮނޑި ހުސްކުރާށެވެ. އެނޫން އިތުރު އެއްވެސް ޗޮއިސް އެެއް ވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް މީގައި އޮވެގެން ނުވާނެއެވެ. މިމަގުން މިކަން ހިނގަން ޖެހޭނެއެވެ. އެނިމުނީ އެވެ.