ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ރައީސް ޔާމީން ކުރިއަށް ގެންދަވަނީ: އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނެ.
18 ޖުލައި 2017 - 17:57
ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް، ކައުންސިލްގެ މެމްބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ 8:45 ގައި ބޭއްވުމަށް ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ރައީސް ޔާމީން ބާއްވަވާއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމަށް މަޖިލިހަށް ވައްދާފައިވާ މައްސަލާގައި، އެ ޕާޓީގެ 10 މެމްބަރަކު ސޮއިކުރެއްވުމަށް ފަހު، ޕާޓީން ވަކިވި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. މި މަހުގެ ތިން ވަނަ ދުވަހު 45 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ވެއްދި މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި މެމްބަރުންގެ ސޮއި ރޭ ދަންވަރު 12 ގެ ކުރިން އަނބުރާ ގެނައުމަށް އެ ޕާޓީން އެންގި ނަމަވެސް އެއްވެސް މެމްބަރަކު އެއަކަށް އަމަލެއް ނުކުރި އެވެ.
އެ މެމްބަރުން ޖުމްލަ ގޮތެއްގައި ވިދާޅުވަނީ، އެ ބޭފުޅުންނަކީ މިހާރު ޕީޕީއެމްގެ ބައެއް ނޫން ކަމަށެވެ. އެހެންވެ އެ ޕާޓީން އަންގައިގެން ސޮއި އަނބުރާ ގެންދަންޖެހޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުންގެ ސޮއި ހޯއްދެވުމަށް އެންމެ އިސްކޮށް އުޅުއްވި، ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ބާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ މަސީހް ވަކިކުރުމުގެ މައްސަލާގައި ސޮއި ހޯއްދެވުމަށްޓަކައި މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. އެކަމަކު ފާރިސް ވަނީ އެކަން ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
18 July 2017
ގާނޫނީ ގޮތުން ވަކި ވެފައިތިބި މެމްބަރުން ތަކަކަށް އިންޒާރުދީ މިހާރު ޕީޕީއެމުން އަމަލު ކުރަމުންދާގޮތުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ބަޔަކަށްއަދަބު ނުލިބިދާނެބާ ؟
ކޮމެންޓު
18 July 2017
ނޭގޭތީތާއޭ ދޯ އޭ ތިދަނީ ފޯރީގާ.... ހޭނާރާ ޖަހަނީ މަރުފަލިތާއޭ ބޮނޑިބޯން.....
ދޯ
18 July 2017
ކުށްލިއަކަށް މިކަން ނިމޭނީ
އަލްޖިބްރާ
18 July 2017
މަސީހު ސަލާމަތް ކުރަން އަދި ސިފައިންނާ ފުލުހުން އެބަތިބި ! ދެން ބޭނުންކުރާނީ އެމީހުން !
ކޮއިލު
18 July 2017
ބޮޑަށް ބެލެވެނީ ރަށްރަށުގަ ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާބެހޭގޮތުން މަޝްވަރާކުރަން ބާއްވާ ބައްދަލުވުމެއްކަމަށް.
ރޮކެޓް ސައިންސް
18 July 2017
ކުއްލި ބައަދަލު ވުމެއް ބާއްވަން ތިއުޅެނީ 10 މެންބަރެއްގެ ގޮނޑި ގެއްލުވާލާނެ އިތުރު ގޭމް ޕްލޭންއެއް ތައްޔާރު ކުރަންތޯއެވެ. ނޫނީ އިތުރު މެންބަރުންތަކެއް ހައްޔަރު ކުރަން ގޭމް ޕްލޭނެއް ހަދަންތޯއެވެ. ނޫނީ ފާރިޝް ހައްޔަރު ކިރެވުނީމާ އެކަމާ އުފާފާޅުކުރަންތޯއެވެ. ކެވުމު ރާކަނި މަސް މަދުވެގެން އިތުރަށް ރާކަނިމަސް ކާންވެގެންތޯ
ތީތި ކަޑަ
18 July 2017
ދެން ބުނާނެ މަސީހު ވަކި ކުރަން ސޮއިކުރި ޕީޕީއެމްގެ 10 މެމްބަރުން ޕާޓީއިން ވަކިކުރަންވީއޭ! ބަލަގަ އެމެމްވަރުންނަކީމިހާރު ތިޔަ ޕާޓީގެ މެމްބަރުންނެއް ނޫނޭ!! މޮޔަ ވިޔަސް ބޮޑުވަރު!
މޮހޮނު
18 July 2017
ކައުންސިލް ބައްދަވާލައްވާފައި 10 މެންބަރުން ވަކިކޮއްލީމަ، ދިޔަ މެންބަރުންގެ ގޮނޑިގެެއްލި 45ކުން 12 މަދުވީ. 1 ވޯޓް މިއަދު ދޫނިދޫގައި ، 1 ވޯޓް އޭޑީކޭގައި ، 10 ވޯޓް މެންބަރުން މަޖިލީހުން ވަކިކޮއްފަެިވާތީ ފްރީ ކޮއްލިބުނީ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ (ގުރުބާން ކުރެވޭ) ކަންބަޅިއެއްކަމަށް ބުނި މީހެއް މި 45 ( ޕާޓީއެއްގައި އެއްކޮއްއުޅުނު މީހުން ލައިގެން) ގުރުބާންކުރާވަރައް މުހިންމު މިވީ ކީއްވެބާއޭ. އަގުލަބިއްޔަތު އޮތް މަޖުލީހެއް މި އެންމެ މީހަކާހެދި ހަލާކުވެ ދިޔައީ... :(
އުދުހޭ
18 July 2017
ބެލެވޭގޮތުގައި މިއީ މަސީހު ވަކިކުރަން ވޯޓްދޭން ތައްޔާރަށްތިބި ޕީޕީއެމް މަޖިލިސް މެންބަރުންނަށް ބިރުދައްކަން ބާއްވާ ބައްދަލުވުމެއް. ވޯޓް ދީފިއްޔާ ވާނެ ގޮތްގޮތުގެ ވާހަކަ ކިޔައިދޭން. ރަސްފަންނު ކުރިމަތީގަ ހަދާ ނަޒާހަތްތެރިކަމުގެ ފްލެޓްގެ ވާހަކަވެސް މިތާ ދައްކާނެކަމަށް ބެލެވޭ. އެކަމަކު މިހާރު ބޮޑުފަޅި އެބޭފުޅުންނަށް އެބައެނގޭ. އެހެންނޫނަސް އެބޭފުޅުންނަކީވެސް ގަމާރުންނެއްނޫން! ކިތަންމެ ބަނދިވަރެއް ދެމިޔަސް ތިޔަތަނުން ގިނަ މެންބަރުން އިރާދަކުރެއްވިއްޔާ ހައްޤަށް ވޯޓު ދޭނެ!
ރަދީފް
18 July 2017
ކުއްލި ނޫން ކޮންމެ ބައްދަލުވުމެއް ބޭއްވިއަސް ތިމީހުންނަށް ލިބޭނީ ގިނަވެގެން 18 ވޯޓް.