ސުޕްރީމް ކޯޓު: މަޖިލީހުގެ މެމްބަރަކު މަގާމުން ވަކިވި ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ ގޮތެއް ނިންމާނީ އެ ކޯޓުން --ފޮޓޯ/މިހާރު
19 ޖުލައި 2017 - 18:20
ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.
ވަހީދު "މިހާރު" އަށް ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައި، އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެކަން ކުރިން ވެސް ސުޕްރީމް ކޯޓުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށާއި ސުޕްރީމް ކޯޓުން އެކަމުގައި އިސް ނަގައިގެން ވެސް ގޮތެއް ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލާގައި ސުޕްރީމް ކޯޓުން އެބަޖެހިވަޑައިގަންނަވާ އިސް ނަންގަވައިގެން ވިޔަސް މިކަން ބައްލަވައި ދެއްވަން. މީގެ ކުރިން ސުޕްރީމް ކޯޓުން އެބަހުރި ބައެއް ކަންކަމުގައި އެ ބޭފުޅުން އިސް ނަންގަވައިގެން ފިޔަވަޅު އަޅުއްވައި، މަސްލަހަތުތައް ހިމާޔަތް ކުރައްވާފައި،" ވަހީދު ވިދާޅުވި އެވެ.
ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިންތިޚާބުވިއިރު ތިބި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އެކަމަކު އެ ހުކުމުގެ ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ ހުކުމް އައުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް، ހުކުމުގެ އުސޫލެއް ނުހިނގާނެ އެވެ. ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕީޕީއެމުން ވަކި ކޮށްފައިވާ މެމްބަރުންނެވެ. ދެން ހުރި މެމްބަރަކީ އެ ހުކުމުގެ ކުރިން އަމިއްލަ އަށް ޕީޕީއެމުން ވަކިވެ ވަޑައިގަތް މެމްބަރެކެވެ.
ގާނޫނު އަސާސީގެ 74 ވަނަ މާއްދާ ބުނާގޮތުން މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމާ މެެދު ސުވާލު އުފެއްދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދ
23 July 2017
އަބަދު ގޮޅީގައި ސޭލް އަޅުވައިގެން ނީލަން ކިޔާއިގެން އުޅޭ ބަޔެއް ހަމަރަގަލަށްވީ!
މަޖާ
20 July 2017
ވަންނަ ދޮރުތައް ތަފާތުވެފައި ގިނަވިއަސް ވަނުމަށްފަހު ނިކުމެވޭނީ އެންމެ ދޮރަކުންނެވެ. ހުކުމް ހަވާލުކުރަނީ އެދޮރުންނެވެ. ވީމާ ތިއިން އެއްވެސް ކަމަކަށް ބަދަލެއް ނާންނެއެވެ.
ހަނުު ހުންނަ މީހާ
20 July 2017
ދާނެ ކަމެއްނެތް. ތި ތަން އޮތީ ފައިސާ އާއި ނަޒާހަތްތެރިކަމަށް ވިކި ހުސްވެފަ.
ކެކެކެކެ
20 July 2017
ގަންނާނެތްބާ އަޅުވާފައި ތިބި މެމްބަރުން ވިކުނީ ފައިސާއަކަށް ނޫންދޯ! ހަމަ ދަރުމަވަންތަވެރިކަމުން ދޯ ޕާޓީ ބަދަލުކުރަނީ.
ނުގެއްލޭ ގޮޑި
20 July 2017
ގޮޑިއެއް ނުގެއްލެއޭ..ހުކުމާ ވެސް ޚިލާފަށް ޤާނޫނު އަސާސީ އާ ވެސް ޚިލާފަށް ގޮޑި ގެއްލުވާ ލުމުގެ ބާރު ސުލައިމާނު އަށް އޮވޭ ބާއެވެ.
ފަޑިޔާރު ދޮނާ
20 July 2017
މީގެ ފަހުން ރޭގަޑު 8 ގެ ފަހުން ބަތް ކޭންބައްލަވާ މެންބަރުންގެ ގޮނޑި ގެއްލޭނެ... ހުކުމް
ހަސަން އަލީ
19 July 2017
އަހަރެން މިހާރު މިގައުމަކީ ހަމައެއް ލަމައެއް އޮތް ގައުމެއްކަމުގަ ނުދެކެން. 21 ވަނަ ގަރުނުގަ މިހާ ތަހުޒީބު މުޖުތަމައެއްގަ މިފަދަ ޚުދުމުޚުތާރު ވެރިކަމެއް ކުރެވިދާނެކަމަށް އެއްވެސް މީހަކު ގަބޫލެއްވެސް ނުކުރާނެ. އިސްލާމީ ހަމައެއްނެތް. އިންސާފުގެ އެއްވެސް ބާވަތެއް މިގައުމުގަ މިހާރު ތިބި ވެރިން ނުވެސް ދެނަހަރި. ގޮތެއްފޮތެއް ނެތް. ރޯމާދުވާލު ހަދާނެގޮތެއް ޝަރިޔަތުގެ ނިޒާމަށް ހަދަމުން ދަނީ. ހިތާމަޔަކީ މަހުޝަރުގަ މިބައިމީހުންނަށް ދިމާވާނެ ނިކަމެތިކަން. އެދުވަހަކުން ތިޔަ އިއްޒަތްތެރި ރައީސޭ ކިޔާފަ މުޚާތަބު ކުރާނެބާ. ދޭނީ ކޮން ޖަވާބެއްބާ. ޖަހައްނަމައިގަ ތިބުމަށް ތިޔަ ހުށަހެޅިގަތީ ކީއްވެބާ. މީހުންގެ ހައްގަށް އަރައިގަތުމުގެ އަޒާބު ނުދަންނަނީބާ. ތިމާއަށް މިދުނިޔޭގަ މީހުންގެ ލޯތްބެއް ނުލިބުނުތާ މަހުޝަރުދުވަހު ތިޔަހާ ނިކަމެތިކަން ހޯދަން ވިސްނީ ކީއްވެގެންބާ. ހުރި އަޒާބެއްގެ ބޮޑުކަމާއެވެ.
މޮޔަމީހާ
19 July 2017
ތި މައްސަލައިގެ ހުކުމް އަންނާނީ ފިނިހަކަ ސްޕީޑްގަ. ފަހަރުގަ ބައި އިލެކްޝަން ގެ ފަސްކަމަށް ވެދާނެ. ދެން އަދި ތި ކަނޑާލި މެންބަރުން ނަށް އަލުން އިންތިޚާބުގަ ބައިވެރި ވެވިދާނެ ކަމަށް ވެސް ޝައްކު
ސަހަރޯ
19 July 2017
ރަތްޔަތުން އިންތިހާބް ކުރިބޭފުޅުން ތިޔައީ ތިޔަބޭފުޅުންގެ ގޮޑިގެއްލޭނީ ގާނޫން ގަވާގޮތަށް، އެނޫންގޮތަކަށް ގޮނޑި ގެއްލިއްޖެ ނަމަ ގެއްލުވާލި ބައެެކާއި މެދު ތިޔަބޭފުޅުން ނަށް ވޯތްދެއްވި ރަތްޔިތުން ލައްވާ ގޮނޑި ގެއްލުނޭ ބުނި ބަޔަކާއި ދައުވާކުރުން މުހިންމު، މިއަދު ކާމިޔާބު ނުވިޔަސް ކާމިޔާބް ވާނެ ދުވަސް އަންނާނެ.
ތިޔަ
19 July 2017
ތިޔަ އިލެކްޝަން ކޮމިޝަން އޮންނަނީ ދަރުބާރޭމެން ބުނާ އެއްޗަކަށް ބަލަބަލަ! އެހެންވެތާ ސްޕްރީމްކޯޓުގެ ނިންމުމުގެ ފަހުން ބައެއް މެމްބަރުންގެ ފާޓީން ވަކިވެފައިވާކަން މަޖްލީހަށް އަންގަންވީ! އެ މެމްބަރުން ވަކިވެފައިވާތާ ކިތައްމެ ދުވަހެއްވެއްޖެ! ތިބޭފުޅުން ހާދަ ނާގާބިލޭދޯ! އެންމެ ދުވަހަކުން ރަސްމީ ސިޓީގަނޑެއްވެސް ފޮނުވާނުލެވޭ! މިނިވަން މުއައްސަސާއެކޭ ބުނަންވެސް މިހާރު ލަދުގަނޭ!
އަބްދުއްލާ
19 July 2017
ރޯމާ ދުވާލު މެންދުރުގެ އިރު ފެންނަ ފަދައިން ޕާޓީން ވަކިކުރިކަމުގެ ލިއުން ދީފާ ތިބި ބަޔަކު އެ ލިއުން އެޟީހުންގެ އަތުގާ ހުއްތާ އަދި ނޫސްތަކަށް ވެސް އެމީހުން ވަކި ކުރިކަމަށް އަންގާފަ ވަނިކޮށް ދެވަނަ ފަހަރަށް ސުޅޫކީ މައްސަލައެއްހަދައިގެން ކުރި މަސައްކަތުން އެގެނީ ރޯމާދުވާލުގެ އަލީގަ ލޮލުގާ ހުންނަ އަނދުންވެސް ކަހާލަފާނެ ކަން ނޫންތޯ ؟