ސަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
27 ޖުލައި 2017 - 11:19
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ހިންގާ ހަރަކާތްތައް ރޭވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ސަމީރު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ އަށެއް ޖަހާއިރަށެވެ.
ސަމީރު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒު ބަލައި ފާސް ކުރަން ދިޔަ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގަ އެވެ.
އެކަމަކު އެ ތުހުމަތުތައް ސަމީރު ދޮގުކުރައްވަ އެވެ.
ސަމީރު ވިދާޅުވީ ކުނޫޒު ފާސް ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދިން އަމުރު ހިފައިގެން އައުމުން، އެތަން ބަލައި ފާސް ކުރަން ފުރުސަތު ދެއްވާފައިވާނެ ކަމަށެވެ.
ކުނޫޒް ފާސް ކުރުމަށް ފަހު، އެތަނުން އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމުގެ ލިޔުން ދިނުމާއެކު، ކުރީގެ އަމުރު ހިފައިގެން އެތަން ފާސް ކުރަން ފުލުހުންނަށް ދެވޭނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގެ އަމުރަށް ތަން ފާސްކޮށް ނިމުނު ކަމަށް ފުލުހުން ލިޔުން ދީފައި ވާތީ، އާ އަމުރަކަށް ނޫނީ ދެން ފާސްނުކުރެވޭނެ، އެއީ 72 ގަޑިއިރެއް ނޫން، ކޮންމެ ގަޑިއެއް ދިނަސް،" ސަމީރު ވިދާޅުވި އެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނުގެ 32 ވަނަ މާއްދާގައި އޮންނަ ގޮތުން، ތަނެއް ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގައި އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި އެއްފަހަރަށް ވުރެ ގިނަ ފަހަރު އެތަނަކަށް ވަންނަ ނަމަ އެކަން ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ކުނޫޒް ފާސްކުރަން ފުރަތަމަ ގެންދިޔަ ކޯޓު އަމުރުގައި ދެ ފަހަރު ބަލައި ފާސްކުރަން ކޯޓުން ހުއްދަ ދީފައި ނުވާ ކަމަށާއި އެ އަމުރަށް ދެ ވަނަ ފަހަރަށް ފުލުހުން ވަދެފި ނަމަ އެކަމުގެ ޒިންމާ ފުލުހުން ނަގަންޖެހޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހަބަރު
27 July 2017
ގާނޫނީ ލިޔުންތައް މި ޖެނެރަލަށް އެނގިފަ އޮތީ ގޯސްކޮށްކަން އޭނާގެ އަމިއްލަ އިއުތިރާފުން އެބަ އެނގޭ
ނަޑެއްލާ
27 July 2017
ސަމީރެވެ. ޤާނޫނު އަސާސީ ގައި އެވެރިންގެ މަސްޢޫލިއްޔަތު ވަރަށް ރަގަލައް ކިޔާ ދެއްވާނެ ކަމަށް އުއްމީދު ކުރަން. އަދި އެވެރިން ކޮއްފައިވާ ހުވަޔާ އާއި އެއްގޮތައް އެވެރިންގެ އަމަޅުތައް ބެހެއްޓުމަށްވެސް ނަސޭހަތް ތެރިވާތި. މީގެ އިތުރުން ޤާނޫ އަސާސީ ގައި ހުރި ބާބުތައް އެވެރިން ނަށް ފަޙުމް ވާ ވަރަށް ކިޔާދެއްވާތި. ވ ސަލާން.
މިހާރު ނޫހުން
27 July 2017
ދަރިން ތިކަހަލަ ބަހަނާ ދެއްކާފައި ބައްޕަގެ ބަސްނޭހުމަށް ހިތްވަރު ލިބޭ ކަންތައް އިދިކޮޅު މީހުން މިހާރު މިކުރަނީ
ހެނބަދޫ އިންޖީނުގެ ޗިމްނީން ދަންނަވަނީ
27 July 2017
ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅުން. މިހެން ކިޔާ މާއްދާއެއް ތައުލީމީ އާ މަންހަޖަށް ތައާރަފް ކުރަން ވީނޫންތޯ؟
ހެނބަދޫ އިންޖީނުގެ ފާރު ވިދާޅުވަނީ
27 July 2017
ރަނގަޅުހިޔާލެއް.
ބުރަންމާނި ކަލޭގެ
27 July 2017
ކޮންމެ ކަމެއްގައި ވެސް ސަބަބަކަށް ދައްކަނީ ފުލުހުންގެ ވާޖިބައް ހުރަސް އެޅުން. ޙާދަހާ ޥާ ވާޖިބު ބޮނޑި ބޮޑޭ ދޯ. ބޯހަލާކު
ވަރަށްވާހަކަ
27 July 2017
ސަމީރު މިހާރު ޤާނޫނު އަސާސީ މަރުވެއްޖެ. އަދި ޤާނޫނު އަސާސީގެ ދަރިން ކަމަށްވާ ޤާނޫނުތަށް މަރާލައިފި. އެހެންވީމާ ފުލުހުން ބުނާ ކޮންމެއެއްޗަކީ ޤާނޫނު.
ބޮލިހިލާ
27 July 2017
ތަމެންނަށް އިނގޭތޭ ގާނޫނު އަސާސީ ކިޔަން. އޭން އެއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއްތޭ އެއީ ތޭ ތަމެން ކުރާ ސުވާލަކީ. ރަށަށްދޭބަލަ ދެން ބޮލި ހިލަން ދާން. ބޮލިހިލާދޯ.
ހެނބަދޫ އިންޖީނުގެ ކޭބަލް ވިދާޅުވަނީ
27 July 2017
ބޮލިހިލާ ކަލޭ ދޭބަލަ ކާށިހޮވަން.
އަލީ
27 July 2017
ސުވާލު ކުރަން ހުންނަ ފުލުސް މީހާއަށް ރަނގަޅަށް ޖިނާއީ އިޖުރާއަތު ކިޔައިދޭންވާނެ! އަދި ޤާނޫނާއި ޚިލާފަށް ތަނެއް ފާސްކުރަން ވަންނަން އުޅުނު މީހުންނަށް ކުރަންޖެހޭ ދަޢުވާ ނުކުރަނީ ކީއްވެތޯ އަހައި އެބައިމީހުންނަށް އެކަން އަންގަވަން ވާނެ. ބޭރުފުށުން ދައްކާގޮތުން ބަލައިނުގަތަށް އިންސާނެއްވިއްޔާ ލޮޖިކެއް އޮންނާނެ، ކާމިޔާބީއަކީ ކޮންމެ މީހަކަށްވެސް ޙައްްޤު މަގުލިބުން،، އެގޮތަށް މަޑުމަޑުން ކިޔައިދެމުން މިގައުމު ޤާނޫނީ އިމަށް ރުޖޫޢަ ކުރެވޭނެ. މިއީ ޚިޔާލެއް. .
ރަށަށްދޭބަލަ
27 July 2017
ކޯއްޗެކޭ ކިޔަންތޭ. ތަމެން ކަނޑުކޮސް އަނގަ ނުތަޅާ ރަށަށް ދޭބަލަ. ރަށަށް ދޭބަލަ..
ހައްސާ222
27 July 2017
ދެރައީ ސަމީރު އަށް މިގައުމުގައި މިއަދު ގާނޫނު އަސާސީ އަށް ބަލައިގެން ކަންކަން ކުރަމުން ނާންނަކަން ނޭގުނުކަން. އަދި ހާއްސަކޮށް މިސަރުކާރުން ގާނޫނު އަސާސީ އަށް ބެލުމެއްނެތި ވެރިމީހާއަށް ފެންނަގޮތަށް ގާނޫނު ހިންގަމުން ދާކަން ނޭގުނުކަން.
ގަހާ
27 July 2017
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރަނީ އެއީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ގޮތުންނެވެ. ސަމީރު ޕޮލިހަށް ގެންގޮސް ބޭރުގެ ގޮނޑި ބަރީގައި ބައިންދާލާ 4 ގަޑިއިރު ވަން ދެން ފުރަތަމަ ވެސް އެއްވެސް މީހަކަށް ފޮޓޯ އެއް ނުނެގޭ ގޮތަށް އަދި އެކަލޭގެ ފޯން ވެސް އަތުލުމަށް ފަހު. ދެން އެއަށް ފަހު ސުވާލު ކޮށް ބަޔާން ނަގަން އަނެއް 4 ގަޑިއިރު ހޭދަ ކޮށްލީމާ ހުންނާނީ ރަނގަޅަށެވެ. އެއިރުން ހުންނާނެ ރަނގަޅަށް ރާކަނި މަސް ކެވިފައި ދޯ.
ހަސަނާ
27 July 2017
ފުލުހުންނަށް ހުރަސް އެޅިކަން އިނގޭނީ ފުލުހުންނަށެވެ. އެހެންކަމަށްވާނަމަ އެކަން ބަލަންޖެހޭނެއެވެ. ކޮންމެމީހަކު އަމިއްލައަށް ގާނޫނުހަދައި ހިތުހުރިގޮތަކަށް ނޫޅެވޭނެއެވެ. ފުލުހުން ނިމުނީއޭ ބުނެފައި އަނެއްކާ 72 ގަޑިއިރުނުވަންޏާ އައިސް ބެލޭނެއެވެ. އެއަކަށް ކާސިމަކަށް އެހެން މިރަކަށް ޖެއްސުމެއް ނުކުރެވޭނެއެވެ. ގާނޫނު މާނަކުރާނީ ކޮންމެ މީހަކު އަމިއްލައަކަށް ނޫނެވެ. ޢެހެން ނޫނީ ފެންނާނީ މިނަތީޖާއެވެ.