ސިޔާސީ / އަބްދުﷲ މަސީހް މުހައްމަދު

މި ގޮތް ވެސް މަސީހަށް ހަމަ "އޯކޭ"!

ސިފައިންގެ ހިމާޔަތް ހޯއްވައިގެން މަސީހު ރިޔާސަތުގައި: މެމްބަރުންގެ ހުރަސްއެޅުއްވުންތަކަށް ނުބައްލަވައި މަސީހު ޖަލްސާ ކުރިއަށް ގެންދެވި.

ސިފައިންގެ ބޮޑު ފައުޖެއް އެ ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަށާލައިގެންނެވެ. ސަރުކާރުގެ އޯޑަރަށް، އެމަނިކުފާނުގެ ހިމާޔަތުގައި އަތް ގުޅާލައިގެންނެވެ. މެމްބަރުންނަށް، މަސީހު ފެނިވަޑައިނުގަތަސް އަދި ރިޔާސަތުގައި އިންނަވައި ވިދާޅުވާ އެއްޗެއް އަޑު އިވިވަޑައިނުގަތަސް ވަރިހަމަ އެވެ. ޝަރަފުވެރި ގޮނޑީގައި އިންނަވައި މަޖިލީހުގެ ޖަލްސާ، އެންމެ ފަސް މިނިޓަށް ނަމަވެސް، ކުރިއަށް ގެންދަވަނީ އެވެ.

އިދިކޮޅު މެމްބަރުން ޗެމްބަރުގެ ކައިރީ ތިއްބަވައި އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވަނީ އެވެ. މަސީހަށް ނިސްބަތް ކުރައްވައި ހަޑިހުތުރު ބަހުރުވަ ވެސް ބޭނުން ކުރެއްވި އެވެ. ރިޔާސަތުގައި އިންނެވުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވެސް މެމްބަރުން ހަޅޭއްލެވި އެވެ. އެ ހަމަނުޖެހުންތަކުގައި، މަޖިލީސް ހަލަބޮލިވެފައިވާ މިންވަރަށް މަސީހު ނުބެއްލެވި އެވެ. މެމްބަރުން ފާޅުކުރެއްވި ޝުއޫރުގެ އަޑެއް ވެސް ނޭއްސެވި އެވެ. ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ވިދާޅުވާން ބޭނުންފުޅުވި ވާހަކަތައް ވިދާޅުވުމަށް ފަހު، މަޖިލީހުގެ ޖަލްސާއެއް މިއަދު އޮންނާނެ ކަން އިއުލާން ކުރައްވައި ވަޑައިގަތީ އެވެ.

މި މަންޒަރު ޓީވީން ބަލަން ތިބި ބައެއް މީހުން ބުނީ މިހެންނެވެ. ލަދުން ބޯ ހަލާކެވެ؛ މަޖިލީސް "ހިސޯރުކޮށްގެން" ސަރުކާރުން ގަދަބާރު ދެއްކުމާއި މަޖިލީހުގެ މެމްބަރުންގެ އަމަލުތައް ވެސް ހުތުރެވެ.

މަޖިލިހުގެ ރިޔާސަތާއި އިދާރީ މޭޒުގެ ވަށައިގެން ސިފައިން އެތުރިގެން.

ރިޔާސަތުގެ ގޮނޑި ވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާ ފެށުމުގެ ކުރިން ތަޅުމުން ބޭރުކުރި އެވެ. ދެން ފެނުނީ، އެ ގޮނޑީގައި ބައެއް މެމްބަރުން އެކި ގޮތްގޮތަށް ފޮޓޯ ނެންގެވި މަންޒަރެވެ. އެކަން ހުއްޓުވައި، އެ ގޮނޑި މަޖިލީހަށް ވައްދައި މަސީހު އިންނެވުމުގެ ފުރުސަތު ދިނީ ސިފައިންނެވެ.

މި ފެންވަރަށް ލައިވް ޑްރާމާއާ އެކު މަޖިލީހުގެ ޖަލްސާތައް ބާއްވާ އެހެން ގައުމެއް އެބަ އޮތް ހެއްޔެވެ؟ މަޖިލީހުގެ މެމްބަރުންނާ ދާދި އެއް އަދަދަކަށް ސިފައިން ވައްދައިގެން ޖަލްސާ ބޭއްވުމަކީ، ކޮން ޑިމޮކްރަސީއެއްގައި އަމަލުކުރާ ގޮތެއް ހެއްޔެވެ؟ ގާނޫނީ ހުކޫމާތު ނަގަހައްޓަން ގާނޫނުއަސާސީގައި އޮންނަނީ ހުރިހާ ބާރުތައް އެއް ފަރާތަކަށް ޖަމާކޮށްގެން ހެއްޔެވެ؟

މި ދަރަޖަ އަށް ގައުމު ވައްޓާލައިގެން، ވެސް ރިޔާސަތުގައި އިންނަވަން މަސީހު ބޭނުންފުޅުވާތީ ސުވާލު އުފެދެ އެވެ. ކިތަންމެ ނުރުހުމެއް އަމާޒުވިއަސް، ކިތަންމެ ވަރަކަށް ފާޑުކިޔަސް މަސީހަށް "އޯކޭ" އެވެ. ވެރިޔާގެ ހުރިހާ އަމުރަކަށް ވެސް ބޯލަނބަން ތައްޔާރެވެ. އެއީ ކުރައްވައިގެން ހުންނެވި ހުވަޔާ ޚިލާފު ކަމެއްތޯ ނުވަތަ ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންދޭ ކަމެއްތޯ ވެސް ބައްލަވާކަށް ބޭނުންފުޅެއް ނުވެ އެވެ.

މަޖިލީހުގެ ރިޔާސަތު "ކޮންމެ ގޮތަކުން" ނަމަވެސް ދިފާއުކުރަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅު ހައްދަވަން މަސީހަށް ކުރިމަތިވެވަޑައިގެންފައި ވަނީ ކޮން މަޖުބޫރު ކަމެއް ހެއްޔެވެ؟ މިކަމަކާ ހެދި އަމިއްލަ ޝަރަފާއި އިއްޒަތް ވެއްޔާ މޮޑެވިގެން ދާއިރު ވެސް ހަމަ އެއްވެސް މައްސަލައެއް ނެތް ހެއްޔެވެ؟

ގާނޫނާ ޚިލާފު އެތައް އަމަލެއް، އެކަމަކު ވެސް "ހިމޭނުން"!

މަސީހުގެ މަގާމް ދިފާއުކުރަން ގާނޫނާ ހިލާފަށް އެތައް ކަމެއް ކޮށްފި އެވެ. އެންމެ ފުރަތަމަ އެ މައްސަލަ ބޭރުކޮށްލީ މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލުކޮށްގެންނެވެ. ދެ ވަނަ ފަހަރަށް ހުށަހެޅުމުން މަގާމު ދިފާއުކުރީ، އޭރު ސަރުކާރަށް މަޖިލީހުގައި އޮތް އަޣުލަބިއްޔަތުން ބޭނުންވާ ގޮތަށް ޖަލްސާ ކުރިއަށް ގެންގޮސްގެންނެވެ. ތިން ވަނަ ފަހަރަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިޔަ ނުދޭން މަސީހަށް ހާއްސަކޮށް ގެން މަޖިލީހުގެ ގަވާއިދު ވެސް އިސްލާހު ކުރީ އެވެ.

މަޖިލީހުގެ ރައީސް މަސީހު: އެމަނިކުފާނު ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައި.

މަޖިލީހުގެ 42 މެމްބަރުންގެ ސޮޔާ އެކު ނޫނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނޭޅޭ ގޮތަށް ބަދަލު ގެނައުމާ އެކު އިދިކޮޅު ފަރާތްތަކުން ތިން ވަނަ ފަހަރަށް މައްސަލަ ވެއްދީ ގަވާއިދުގައި ބުނި އަދަދަށް ވުރެ ވެސް ގިނައިން، 45 މެމްބަރުންގެ އަގުލަބިއްޔަތު ހޯދައިގެންނެވެ. ނުވާނެ ކަމެއް ކަމަށް ނިންމައިގެން ތިއްބައި އެކަން އެގޮތަށް ކުރުމުން ސަރުކާރަށް ލިބުނީ ކުއްލި ޝޮކެކެވެ.

ވޯޓުން މަސީހު ވަކިކުރެވިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ގަބޫލުފުޅުކުރައްވައި، އެ ވާހަކަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވިދާޅުވި އެވެ. ވޯޓުން މަސީހު ވަކިވާނެތީ، ދެން އެ ކަމަށް ފަރުވާ ހޯދީ ސުޕްރީމް ކޯޓު މެދުވެރިކޮށެވެ. ގާނޫނުއަސާސީގައި ނެތް ޝަރުތެއް އުފަންކުރުވައިގެން، ސުޕްރީމް ކޯޓުގެ ހުކުމް އައީ، ސަރުކާރުން ބޭނުންވި ގޮތަށެވެ.

އެ ހުކުމް ދައްކައި، މެމްބަރުންތަކެއްގެ ގޮނޑި "ގެއްލިއްޖެ" ކަމަށް ކަނޑައަޅައިފި އެވެ. ބޭނުމަކީ، މަސީހުގެ ވޯޓު ބާތިލްކުރުމެވެ. އެކަމަކު އެއީ، ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ މަޖިލީސް ބާއްވަން އިދިކޮޅު ފަރާތްތަކުން ބާރު އެޅުމުން، ސިފައިން ލައްވައި މަޖިލީހުގައި ތަޅު އެޅުވީ އެވެ. އެއަށް ފަހު، މެމްބަރުން މަޖިލީހަށް ވަނުން ހުއްޓުވީ ވެސް ގާނޫނުއަސާސީއާ ޚިލާފަށެވެ.

އިއްޔެގެ ޖަލްސާ ބޭއްވީ ސިފައިންގެ އެހީގަ އެވެ. މިއީ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ކަނޑައަޅާފައި އޮންނަ ގޮތެއް ނޫނެވެ. އެކަމަކު ކުށެއްގެ މައްޗަށް ކުށް ތަކުރާރު ކުރަނީ ރިޔާސަތު ދިފާއުކުރާށެވެ. މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުނު ނުވެ ހުންނެވިއަސް ހުރިހާ ކަމެއް މިދަނީ ގާނޫނާ އެއްގޮތަށް ނޫން ކަން މަސީހަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.

މަސްލަހަތު އޮތް ގޮތަކީ އިސްތިއުފާ ދެއްވުން!

ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 45 މެމްބަރަކު އެ ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރައްވައިފަ އެވެ. އެއީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ މެމްބަރުންނަށް ވާއިރު އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަސީހު ރިޔާސަތުގައި އިންނެވުމާ ދެކޮޅަށް މެމްބަރުން އަޑުއުފުއްލަވަނީ.

ސަރުކާރުގައި އާރާއި ބާރު އޮއްވައި ޕާޓީ ވެސް ދޫކުރައްވައި މެމްބަރުންތަކެއް މަސީހާ ދެކޮޅަށް ނިކުމެވަޑައިގަންނަވާނީ ސަބަބުތަކެއް ހުރީމަ އެވެ. އެކަން ފޮރުވަން މެމްބަރުން ގޯސްކޮށް ބޮޑެތި ތުހުމަތުތަކެއް ކުރިއަސް އެކަން ގަބޫލުކުރަން އެތައް ބަޔަކަށް ދަތިވާނެ އެވެ.

ޑިމޮކްރަސީގައި ކަންކަން ނިންމުމުގައި ތަބާވާން ޖެހެނީ މެޖޯރިޓީ އަށެވެ. މެޖޯރިޓީ މެމްބަރުން ތިއްބެވީ މަސީހާ ދެކޮޅަށެވެ. މަގާމު ދިފާއުކުރަން، ގާނޫނުއަސާސީއާ ޚިލާފަށް އެތައް ކަމެއް ކުރިއަސް މި ހަގީގަތް ބަދަލެއް ނުވާނެ އެވެ.

މަޖިލީހުގެ ރައީސް ކަމަށް ސަރުކާރުން ބޭނުން ވަނީ މަސީހެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ގާނޫނީ ހައިސިއްޔަތު ނެތް ބޭފުޅަކާ އެކު މަޖިލީސް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް މަޖިލީސް ތެރެއިން ފެންނާނީ ހަމަނުޖެހުމެވެ. މަސީހުގެ މަގާމާ ހެދި އެވެ.

މަޖިލީހުގެ ކަންކަން ނިންމަން އޮންނަނީ ވޯޓުންނެވެ. ވޯޓަކަށް ހިނގައްޖެ ނަމަ މަސީހު މަގާމު ސަރުކާރަށް ދިފާއުކޮށެއް ނުދެވޭނެ އެވެ. އެހެންވެ، ދެން ފެންނަން އޮތް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މަސީހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. ޑިމޮކްރަސީގައި ރީތި ގޮތަކީ ވެސް އެއީ އެވެ.

އެކަމަކު މަސީހުގެ ފަރާތްޕުޅުން އެކަހަލަ ނިޝާނެއް ނުފެނެ އެވެ.

117 ކޮމެންޓް, 172 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 3%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަދު

01 August 2017

ހުރިހާ ދިވެހިންގެ ޑިމޮކްރަސީ ފައްކާކުރުމަށް ދެކެމުންއައި ހުވަފެން މަސީހުފުނޑާލައިފި! ދެންވެސް އިސްތިއުފާ ދެއްވާ! މިއީ މެޖޯރިޓީ ބުނާވާހަކައެއް! އެހެންނޫނީ ޑިމޮކްރަސީގެ ތާރީހްގައި މަސީހްގެނަން ލިޔެވޭނީ ވަރަށް ކަޅުކޮށް!!

The name is already taken The name is available. Register?

ހަމަ ބުއްދި

02 August 2017

މަޖްލީސްގެ ރައީސް ކަމުން މަސީހު ބޭރުކުރުމަށް ،އިދި ކޮޅު ހުރިހާ ސިޔާސީ މީހުންގެ "ހަކަތަ" ހުސް ކޮށްލާ ސަބަބެއް ނުވިސް ނެއެވެ. މި ސުވާލުގެ ޖަވާބު އޮނަރަބަލް ޤާސިމު އާއި ރައީސް މައުމޫނު އަޅުގަޑު މެނަށް ސާފު ކޮށް ދެއްވުން އެދެމެވެ. ހަމަ ގައިމު ވެސް ތިބުނާހާ "ނުބައިކަމެއް" ހަމަ ޔަޤީނުން ވެސް މަސިޙުގެ ކިބައިން ރައްޔިތުން ނަކަށް ނުފެނެއެވެ. މަޖްލީސްގެ ކަންކަން ހިނގާނީ މަޖްލީސްގެ މެޖޯރިޓީ އޮންނަ ގޮތެއްގެ މަތީން ތާއެވެ.މިކަމާ މަޖްލީސްގެ ރައީސް ކުރާނީ ކީއްތޯއެވެ.

The name is already taken The name is available. Register?

ހަމަ ބުއްދީގެ

02 August 2017

ހަމަ ބުއްދިހުރިވަރު އެބަ އެނގޭ

The name is already taken The name is available. Register?

ޒިންދަގީ

01 August 2017

މަސީހުގެ ސޫރައިގައި މަޖިލިސް ރައިސް ހުއްޓަސް އެއީކީ މަސީހެއްނޫން ވިއްޔާ.. އެހެނެއް އިސްތިއުފާއެއްވެސް ނުދެވޭނެ. ފުރައިގެން ބޭރަކަށްވެސް މިހާރު ނުދެވޭނެ.. ކަތިކޮށް ފިޔަވަޅެއްވެސް ނޭޅޭނެ..

The name is already taken The name is available. Register?

ހީހީ ހަލާކު

01 August 2017

މަސީހު އަމިއްލައަށް އިސްތިއުފާ ދޭން ބޭނުންވިޔަސް އަދި އެކަން ވާކަށްނެތް. މަސީހު ގޮނޑީގަ އެ އިންނަނީ ވަކިފަރާތަކުން އިންނަން މަޖުބޫރުކުރާތީ. މަސީހު އަމިއްލައަށް އިސްތިއުފާ ދީފިނަމަ ނުވަތަ މެންބަރުންގެ ވޯޓަކުން ވަކިކޮށްފިނަމަ ރައީސް ޔާމީނުގެ ސަރުކާރަށާ ޕީޕީއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ. އެހެންވެ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް މަސީހު ގޮނޑީގަ ބައިންދާފަ އެއިނީ.

The name is already taken The name is available. Register?

ރަނގަޅު

01 August 2017

ޢަބްދުﷲ ޝާހިދަށް އޯކޭ ވެފައި މަސީހަށް އޯކޭ ނުވާންވީ ސަބަބެއް ނުވިސްނުނު. ބަލަ ތިޔަ ޑްރާމާ ކުޅެވޭނެ ކޮންމެ ބަޔަކަށްވެސް. މަސީހު ރަނގަޅު ކަމުން ނަން އިއްވާފަ ނުނެރުނީ. އެއީ މާބޮޑު ކަމެއް ނޫން. ނަން އިއްވާފަ އެންމެން ނެރޭއިރަށް މަޖުލިސް ތެރެ އޮންނާނީ އަމާންކޮށް.

The name is already taken The name is available. Register?

ޑިޑްޔޫ

01 August 2017

މަޖްލިހުގެ ރައީސާބެހޭ މިމުހިންމު ދުވަސްވަރު މިހާރު ނޫހުން މަސީހުގެ އިންޓަވިއުއެއް ހޯދާލެވޭތޯ ބެލިންތަ؟ މަސީހު ބުނާ ކޮންމެވެސް އެއްޗެއް އޮންނަންވާނެދޯ؟ ލީކެއް ނަމަވެސް ނެތްތަ؟

The name is already taken The name is available. Register?

ގައުމު

01 August 2017

ޅިޔުން ތެރިޔާއަށް ސާބަސް

The name is already taken The name is available. Register?

އެނބޫދޫފަޅު

01 August 2017

މިގޮނޑިއެއް ދުލެއް ނުކުރާނަން. މަގޭ ބޮސްވަރު ނުވިއަސް މިރާއްޖެ ފުނޑާލާފައި މަވެސް ވާނީ މިލިއަނަރަކަށް. ހެހެހެ

The name is already taken The name is available. Register?

ފަޅުވެރިން

01 August 2017

ކަލޭމެން މަސީޙާ ތިޔަވަރަކަށް އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތިޔައުޅެނީ މަސީޙުގެ ބުރުސޫރަ ރީތިކަމުންހޭ؟ ނޫނީ އެމަޤާމު ބޭނުންވާ މާގިނަ ބަޔަކު އެމްޕީންގެ ތެރޭގައި ތިބީހޭ؟ އަހަރުމެން ހަރު އަޑުންނޭ މިބުނަނީ ކަލޭމެން މަސީޙު ބޭރު ކުރިއަކަ ނުދޭނަމޭ! މަސީޙު ބޭރުކުރަން ކަލޭމެން ކުރާ ކޮންމެ މަސައްކަތެއް އިރާދަ ކުރެއްވިއްޔާ ފަސޭހަކަމާއެކު ފޭލްކޮށްލާނަމޭ! އަދި މިވީތަނަށް އަހަރެމެންނަށް ކުޅެވެންހުރި އެތައް ކާޑެއް އަދިވެސް ނުކުޅެއޭ މިތިބީ! ކަލޭމެންގެ އަލްޓިމޭޓް "ބަރު" ހަތިޔާރެއްގެ ގޮތުގައި ތިޔަނެރުނީ ސިޔާސީ ގޮތުން ފޭލްވެ، އެކްސްޕަޔަރ ވެފައިހުރި މައުމޫން ޢަބްދުލްޤައްޔޫމޭ! މިހިސާބުން ކަލޭމެންގެ އަތުގައި ހުރި ހުރިހާ ކުޅިއެއް ހުސްވިއްޔޭ! އަހަރެމެން މިއުޅެނީ ޙަޤީޤަތަށް ބުނާނަމަ އަދި އެއްވެސް ކުޅިއެއް ނުކުޅެއޭ! އިދިކޮޅީންގެ ބަލިފަޔަކީ ޙަޤީޤަތުގައި އަބަދުވެސް އެމީހުން ހަޔަރކުރާ ކުލީ މީހުންގެ މައްޗަށް ބަރޯސާވުމޭ! މީގެ މާނައަކީ، ޚުދު ތިމާމެންގެ އެތެރޭގައި ނެތޭ ކަމެއް ކުރުމުގެ އެއްވެސް ކެޕޭސިޓީއެއް، ޤާބިލުކަމެއް!!

The name is already taken The name is available. Register?

ސެއިލަރ

01 August 2017

ފަޅުވެރިން މަސީހުގެ ދިފާއުގަ ތިޔަ ވާހަކަ ދައްކަނީ އޭނާގެ ބުރުސޫރަ ވަކި ރީތިވީމަ ހެއްޔެވެ؟

The name is already taken The name is available. Register?

މުލަކު މީހާ

01 August 2017

ފުވައްމުލަކުން އުފެދޭ ސިޔާސީ މީހުންގެ ތެރެއިން ހަމަ އެކަކުވެސް އިންޓަގްރިޓީ ކިޔާ އެއްޗެއް ނުހުންނަނީ ބާ؟

The name is already taken The name is available. Register?

އައްޑޫމީހާ

01 August 2017

މި މަންޒަރު ފެނުމުން ސްކޫލްގަ އުޅުނު މަޖާ ދުވަސްވަރު ވަރަށް ހަނދާންވޭ! ދެރަކަމީ މިހާރު މި ފެންނަނީ ގައުމުގެ އެއްމެ މިހިއްމު އެއް ބާރު ކުޑަކުދިން ތަކެއްގެ މަޖަލާ އެއްވަރަށް މިމުހިއްމު މަސައްކަތުގެ އަގު ވައްޓާލާ މަންޒަރަށް ވުމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454