ފިޔާޒް: އޭނާ އަށް މާދަމާ ހުކުމް އިއްވުން އޮންނާނެ.
09 އޯގަސްޓް 2017 - 22:43
ރާއްޖެ ޓީވީގެ ސީއޯއޯ އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާ ފުލުހެއްގެ ގަޔަށް އަތްލި ކަމަށް ބުނެ ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ފިޔާޒަށް ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އޮންނާނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ.
ފިޔާޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ މުލީއާގެ ކައިރިން ނޮވެމްބަރު 2015 ގައި ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން އަންނަނިކޮށް، އެ ސަރަހައްދުން ފިޔާޒް ނުގޮސް، ފުލުހެއްގެ މޭ މަތީގައި ޖަހާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފިޔާޒުގެ މައްޗަށް ޖެހުމުގެ ދައުވާ ފުރަތަމަ ކުރި ނަމަވެސް ފަހުން އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު، އަތްލުމުގެ ކުށުގެ ދައުވާ ވަނީ ބަދަލުކޮށްފަ އެވެ.
އޭނާގެ މައްޗަށް މިހާރު ކުރަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން ގައިގައި އަތްލުމުގެ ދައުވާ އެވެ.
#RaajjeTV ge COO Fiyaz ge mahchah nuhahgun ufuli dhauvaage hukum maadhamaa 2:00 gai. Insaafah hukum annaane kamah ummeedh kuran!
— RaajjeTV (@Raajje_tv) August 9, 2017
ރާއްޖެ ޓީވީގެ ޓްވީޓެއް.
އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު ފިޔާޒްގެ މައްޗަށް އަންނާނެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އަދަބު ދަރަޖަ އެއަށް ވުރެ މަތިވުމުގެ ފުރުސަތު ނުވަތަ ދަށްވުމުގެ ފުރުސަތު ވެސް އޮވެ އެވެ. ފިޔާޒްގެ މައްޗަށް ކުރާ ދައުވާ ވަނީ ރާއްޖެ ޓީވީގެ އެހެން ދެ ނޫސްވެރިއެއްގެ މައްޗަށް ވެސް އުފުލައި ޝަރީއަތްކޮށް ހުކުމް އިއްވާފައިވެ އެވެ. އެއީ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާކޮށް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕްރޮގްރާމް ހަސަނާ
10 August 2017
މި ދައުވާ އިން ޖަލުގެ ހުކުމެއް އަތުވެއްޖެނަމަ މިހާރު ގަވާއިދާއި ޚިލާފަތް ޖަލަށްލާފައި ތިބި މީހުންނާއި އިންޓަރވިއު ކުރުމުގެ ފުރުސަތު ލިބިގެންދާނެ
2018ފެއިލް
09 August 2017
ފިޔާޒް އަށްވެސް ހީވަނީ ޖަލު ހުކުމެއް ހެން އަންނާނީ. .
މަޒް
09 August 2017
ފުލުހެއްގެ ގަޔަށް އަތްލައިގެން ސިފައިންގެ މީހަކަށް އިންޒާރު ދީގެން ވެރިޔާއަށް ކަތި ނަޒަރަކުން ބަލައިލައިގެން!!! މިނޫންގޮތަކަށް ކުރެވޭ ހުކުމެއް އެބަ އޮތްތަ؟