ނައީމާއްތަ ހައްޔަރުކޮށް ވެހިކަލަކަށް އަރުވާފައި. ރޭގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފައި.
13 އޯގަސްޓް 2017 - 11:54
އިދިކޮޅު ޕާޓީތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހައްޔަރުކުރިި އެމްޑީޕީގެ އެކްޓިވިސްޓު ނައީމާ މުހައްމަދު (ނައީމާއްތަ) އާއި އެހެން މީހުން ރޭ ދޫކޮށްލައިފި އެވެ.
ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ނައީމާއްތަ އާއި އިތުރު ތިން މީހަކު ހައްޔަރުކުރީ އެމްޑީޕީގެ ހަރުގެ ސަރަހައްދުންނެވެ.
ނައީމާއްތަ ހައްޔަރުކޮށް، ވެހިކަލަކަށް އަރުވައި އެސްއޯ ފުލުހުން ވަށާލައިގެން ތިބި ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް، ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރި އެވެ. އޭނާ ހައްޔަރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެގެންތޯ ބައެއް މީހުން ސުވާލު އުފެއްދި އެވެ.
ނައީމާއްތަ ރޭ ދޫކޮށްލުމުން، މެމްބަރު އީވާ އަބްދުﷲއާ އެކު.
ފުލުހުން ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ އެ ސަރަހައްދުގައި އަމަލް ބަލަހައްޓަން އުޅުނު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންނެވެ. އަދި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުން ވެސް އޭނާ ހައްޔަރުކުރި ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެމްޑީޕީގެ ވެރިކަން ބަދަލުވި ފަހުން އެ ޕާޓީން ބާއްވާ މުޒާހަރާތަކާއި އެއްވުންތަކުގެ އެންމެ އިސް ސަފުގައި ނައީމާއްތަ ބައިވެރިވެ އެވެ. މީގެ ކުރިން ވެސް އެއްވުމެއްގެ ތެރެއިން އޭނާ ހައްޔަރުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
13 August 2017
ގައުމުގެ ހައްގުގައި ގުރުބާންވާ ހީވާގި ކެރޭ ކުޅަދާނަ ލާމަސީލު މާމައެއް.
ސަމްހާދް އެންޑް އިލިޔާސް
13 August 2017
މިގައުމުގެ ރައީސްކަން ދޭންވީ ނައީމައްތަޔަށް. ވަރަށް ހިންގާލާނެހެން ހީވޭ.
ސަމްސު
13 August 2017
މަ ވަރަށް ތާްއީދު ތިކަމަށް. 2018ގައި އެމްޑީޕީ ޓިކެޓު ހަވާލުކުރަންވީ ނައީމައްތައަށް.
ވައި
13 August 2017
ދުވަސްވީއޭ ކިޔާފަ ކީއްވެ ހައްޔަރުނުކުރަންވީ؟ މުޒާހަރާއަށް ނިކުންނަންޔާ ހައްޔަރުވެސް ކުރެވެންވާނެ... އެމީހުންގެ އާއިލާއިން އެމީހުންނާމެދު ނުވިސްނާ އެފަދަ ނުރައްކަލަށް ހުށަހަޅާއިރު އަދި މުޒާހަރާކުރާ ޕާޓީން އެމީހުންނާ ދޭތެރޭ ނުވިސްނާ އެމީހުންގެ ބޭނުންކުރާއިރު ފުލުހުންވެސް އެމީހުންގެ ޒިންމާ އަދާކޮށް ހައްޔަރުކުރަން ފެނުނީމަ ހައްޔަރުކުރަންވީ...މުޒާހަރާއަށް ނިކުންނަން ކެރެންޏާ ހައްޔަރުވާންވެސް ކެރެންވާނެ.
ޙައްޤު ބަސް
13 August 2017
ހައްޔަރުވާން ކެރިގެން ހައްޔަރު ވެޖެނުންތަ ދެން ކޮންވާހަކައެއް ތިދައްކަނީ. ފުލުހުންގެ ޒިންމާ އޭ ކިޔާކިޔާއިރު މާދަމާ ވެސް ގާތް މީހަކު ހައްޔަރު ކޮއްބަލަ ތިހެން ބުނޭތޯ. ނުބުނާނެ.
ޙަސަން އަޙްމަދު
13 August 2017
މުޒާހަރާއަށް ނިކުތީމަ ހައްޔަރު ކުރަން ޖެހެނީ ކީއްވެޔޯ؟
ނެތްތަ
13 August 2017
ދެން ނެތްތަ އެމްޑީޕީން ނެރޭނެ 60 ގެ އަހަރުގެ ކުދިންކޮޅެއް؟ މުސްކުޅިންނަށް ތިޔަ ގޮތަށް އަޅާލުމަކީ ވަރަށް ފަސޭހަކަމެއް. ފުލުހުން ލައްވާ ހައްޔަރުކުރުވާފަ ފޮޓޯކޮޅު ލިބުނީމަ ދުފާއެތިކޮޅެއް ދިނީމަ ނިމުނީ. ލީޑަރުވެސް އުޅުނު ތިޔަހެން ބޭނުންވާ ފޮޓޯ ހޯދަން އެއްއިރެއްގަ.
ކީކޭ؟
12 February 2018
ފުލުހުން ލައްވާ ހައްޔަރުކުރުވިއްޔޭ؟ ހެހެހެހ!!!!