މ. ކުނޫޒްގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ޖަލްސާ އަޑުއެހުމަށް ގިނަ އަދަދެއްގެ ބަޔަކު ކުނޫޒު ހުންނަ ސަރަހައްދަށް އެއްވެފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
14 އޯގަސްޓް 2017 - 13:49
އިދިކޮޅު ޕާޓީތަކުގެ ޖަލްސާ ބާއްވަން، މ. ކޫނޫޒް ހުންނަ ފަނޑިޔާރު މަގު ބަންދުކޮށް، އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިދޭން އިދިކޮޅު އެމްޑީޕީން ފުލުހުންގެ ކިބައިން މިއަދު އެދިއްޖެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން މިކަމަށް އެދުނުއިރު، ވެރިކަން ކުރާ ޕީޕީއެމުގެ ޖަގަހައެއް މާލޭގައި ހުޅުވުމަށް، ފުލުހުން ރޭ ވަނީ ފާށަނާކިލެގެފާނު މަގު ބަންދުކޮށް، އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިދީފަ އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ފާހަގަކުރެއްވި ގޮތުގައި، އެ މަގު ބަންދުކޮށްގެން އެއްވުން ބާއްވަން ޕީޕީއެމަށް ފުރުސަތު ދިނީ އޮންނަ އުސޫލުގެ ތެރެއިން އެދުމުން ކަމަށް ފުލުހުން މީޑީއާތަކުގައި ބުނެފައިވެ އެވެ.
އެ އުސޫލުން، އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް ކުނޫޒްގައި ޖަލްސާ ބާއްވަން ފަނޑިޔާރު މަގު ބަންދުކޮށްދޭން ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމް ޖަގަހަ ހުޅުވި އިވެންޓުގެ ސަލާމަތީ ކަންކަން ބަލަހައްޓައިދިން އުސޫލުން އިދިކޮޅު ޕާޓީތަކުގެ ޖަލްސާގެ ސަލާމަތީ ކަންކަން ބަލަހައްޓައިދޭން އެދިފައި ވަނީ. ތަފާތުކުރުން ނުގެންގުޅެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ފުލުހުން އިންތިޒާމްތައް ހަމަޖައްސައިދޭން ޖެހޭނެ،" އަނަސް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުން ބާއްވާ މުޒާހަރާތަކާއި އެއްވުންތަކަށް ފުލުހުން ހުރަސްއަޅައި ހުއްޓުވާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުން ޖަލްސާ ބާއްވާނެ ތަނެއް ނުދޭ މައްސަލަ ވެސް ކަމާބެހޭ އިދާރާތަކަށް ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތެއް
14 August 2017
ސިޔާސި ހަރަކާތް ހިނގަން އެއްވެސް މަގެއް ބަންދުކޮށްގެން ނުވާނެ!
ހާސަރު
14 August 2017
ޖަވާބަކީ ރައީސުލް ޖުމްހޫރިއްޔާ ނުވަތަ މެޑަމް ބައިވެރި ވީމައޭ ތިމަންނަމެން ސިކުރިޓީ ދިނީ! ބަލަ ގާނޫން އަސާސީގައި އޮވޭ ހަމަ ހަމަ ކޮށޭކަންކުރަންޖެހޭނީ އެހެންވީމަ ސިޔާސީ ޕާރޓީއެއްގެ ހަރަކާތް ވިއްޔާ ރައިސް ބައިވެރި ވިއަސް ނުވިއަސް އެއްގޮތަކަށް ހަދަން ޖެހޭނީ. ރައީސް ބައިވެރިވެގެން ބާއްވާ ސަރުކާރުގެ ކަމެއްނަމަ އެހެން ބުނެގެން ފަރުޖެއްސިދާނެ. ފުލުހުން ހަމަ ގާނޫންތައް ތަންފީޒް ކުރުމުގައި މާބޮޑަށްވެސް ތަފާތުކުރަނީ އ
Gan Island
14 August 2017
ޤާނޫނު އަސާސީ އަށާއި ޤާނޫނު ތަކަށް ތަބާނުވުމުގެ ސަޤާފަތެއް ދިރުވުމަށް އަހަރުމެން އިސްލާހަށް އެދޭ އެއްވެސް ފަރާތަކުން ބާރު އަޅާ އެކަމަށް ހިތްވަރު ލިބޭ ފަދަ އެއްވެސް ކަމެއް އަހަރުމެން ކޮށްގެން ނުވާނެ. . . . . . .. . . އެގޮތުން ލިއުމުގައި ފެންނާން ނެތް ''އޮންނަ އުސޫލުގެ ތެރެއިން'' ކަމަށް ބުނެ ވެރިޔާ ހިތުހުރިގޮތަކަށް ބޭނުންވި ވަގުތަކު ބޭނުން މީހަކަށް އެކިމީހުންނަށް އެކިގޮތް ގޮތަށް ކަންކަން ކޮށްދިނުމުން އެ ބުނާ ''އޮންނަ އުސޫލުގެ ތެރެއިން'' އެކަންކަން ލިބިގަތުމަށް އެދި އާދޭސް ކުރުމަކީ ކޮށްގެން ވާނެ ކަމެއްނޫން.. . . . . . . . . އިސްލާހަށް އެދި މަސައްކަތް ކުރާ ބަޔަކު އަދި އެންމެނަށް ހަމަހަމަ އިންސާފުވެރި ''ވެރިކަމުގެ ނިޒާމެއް ޤާއިމް ކުރުމަށް ކެޑިނޭޅި އަޑު އުފުލާ ބަޔަކަު'' މިފަދަ ހެއްލުންތަކަށް ޔަބާވެއްޖެނަމަ ކުރަމުން އައި މަސައްކަތުގެ މަތިން ހަދުމަނެތި ވަރަށް ފަސޭހައިން ހައްޤުގެ މަގުން އެއްކިބާ ވެގެން ހިގައިދާނެ.
ބްރިގޭޑިއަރ
14 August 2017
ތިޔަކަން ދިވެހި ފުލުހުން މިފަހަރު ކޮށްދޭނެކަމަށް ހީކުރަން! ތިޔަ ކަން ކޮށް ނުދީފިނަމަ، ދެން ޕިންކީސް ހަރުގެ ހުޅުވާ ރަސްމިއްޔާތު އޮންނަރޭ އިދިކޮޅު ފަރާތްތަކުން އެސަރަހައްދެއްގައި ޖަލްސާ ބާއްވަން ފެންނަނީ؟ ވަރަށް ވެދުން.
ދޮގެއްތަ؟
14 August 2017
ކުނޫޒްގައި ޖަލްސާ ބާއްވަން ފަނޑިޔާރު މަގު ބަންދު ކުރަންވީ ކީއްކުރަން. މިހާރުވެސް ކުނޫޒުގަ ޖަލްސާ ބާއްވައެއްނު. ބަންދު ކޮށްދޭނެ ކަމެއް ނެތް. އެހެންނޫނަސް ތީ ރޭ ޕީޕީއެމް ޖަލްސާ ބޭއްވީތީ އެދުނު އެދުމެއް. ބޭނުމެއް އޮތް އެދުމެއް ނޫން. އަޅައެއް ލާނެ ކަމެއް ނެތް. ބައިތިއްބާ. ކޮންފަދަ ކަމެއް.
އައްޕަލަރޭ
14 August 2017
ފުލުހުންގެ ނޫސްބަޔާން ނުރެފިއްޔާ ކިތަމެވެސް ރަގަޅެވެ. އާއްމު ރައްޔިތުންނަ އުދަގޫވާނެތީއާއި މާލެއަކީ ކާރޯބާރު ބޮޑު ތަނަކަށްވާތީ މަގުތަށް ހަނިވުމާއި އެ މަގުތަށް އިތުރަށް ބޮޑު ނުކުރެވޭނެތީ މަގު ބަންދު ކޮއްދެވެން ނެތްކަމަށާއި އަދި މީގެ ފަހުން ހަމައެކަނި ދަރުބާރު ފެކްޝަން ފިޔަވައި އެހެން ބަޔަކަށް ހުއްދަ ދެވެންނެތް ވާހަކަ އެވެ. އަދި ރައްޔިތުންނަ އުދަގޫ ވާގޮތަށް ފަނޑިޔާރުމަގާއި ކުނޫޒުގައި އެއްވުން ނުބޭއްވުމާއި ފުލުހުންގެ އަމުރަށް އަމަލު ނުކުރާނަމަ ބާރުގެ ބޭނުންކޮށް އެމީހަކުގެ ގެއަށް ގެންގޮސް ލާދޭނެ ވާހަކަ ބުނެފާއެވެ.
ލޮލް
14 August 2017
ހީހީ ހަލާކުވެއްޖެ!
ގަޓް
14 August 2017
ސަޅިކަމަކަށް ތިޔަ އެދުނީ.
ރަދީފް
14 August 2017
ގައުމުގެ މަސްލަހަތަށް ބަލާފަ ތިޔަ ހުއްދަ ދެވެންނެތް ވާހަކަ ދަންނަވަން. (އޮބްވިއަސް ޖަވާބު)
މުހައްމަދު
14 August 2017
އޮންނަ އުސޫލަކީ އަހަރެމެން ތާއީދު ކުރާ ޕާޓީ ވީމާ ފުރުސަތު ދޭނަން ، އަހަރެމެން ތާއީދު ނުކުރާ ޕާޓީ ތަކުން ބާއްވާ ޖަލްސާ ތަކަށް ފުރުސަތެއް ނުދޭނަން ، މިއީ ފުލުހުން އެ ވިދާޅުވާ އޮންނަ އުސޫލު ،
ދ
14 August 2017
މީގެ ކުރިން ކަލޭ ބުނި ފުލުހުން ތާއީދު ކުރަނީ މައުމޫނާއި އިމްރާނާއި ނާޒިމާއި އަބްދުﷲ ރިޔާޒަށޭ. މިހާރު ކޮން ބަޔަކަށްތަ އެމީހުން ތާއީދު ކުރަނީ؟