މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ހަތަރު މެމްބަރުން.
26 އޯގަސްޓް 2017 - 21:36
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެމްބަރެއްގެ މައްސަލައިގެ ހުކުމް ކުރުމަށް ސުޕްރީމް ކޯޓަށް ބާރު އަޅައިދިނުމަށް ދިވެހި ސިފައިންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ ނެގެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ބަޔަކީ ދިވެހި ސިފައިން ކަމަށެވެ. އެހެންވެ މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ހުކުމްކުރުމަށް ސުޕްރީމް ކޯޓަށް ބާރު އަޅައިދިނުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައިވެ އެވެ.
ސަރުކާރާ ދެކޮޅު ފިކުރުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ގޮނޑި ގެއްލުނު މައްސަލަ ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އޭގެ ތެރެއިން ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް ނުކޮށް ލަސްވަމުންދާތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު މައްސަލަ އާއި ޝަރުއީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރުމަށް މިދިޔަ މަހުގެ 31 ގައި އިދިކޮޅު ޕާޓީތަކުން ވަނީ ސިޓީއަކުން އެދިފަ އެވެ. ނަމަވެސް މިހާތަނަށް އެ ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ނުކުރައްވާތީ އިދިކޮޅު ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑިމޭން
27 August 2017
ކޮންއިރަކުތަ ދިވެހި ސިފައިން މީނާ ބުނާގޮތް ހެދީ؟ ތިމާގެ ވެރިކަން ގުޅަކުޅޭފަސްގަނޑަށް ވެއްޓިގެން ދިޔައިރުވެސް ދިވެހިސިފައިން ތިބީ އަތްޖަހަން.
ލުގުމާން
27 August 2017
ތިޔައީ މިގައުމަށް އެއްގޮތަކަށްވެސް ހެޔޮއެދޭމީހެއްނޫން ކަން ހަމަ ކަށަވަރު. ތިޔައުޅެނީ ތިމާމީހާއަށް ގައުމު ހިންގަންނޭގޭ އިރުވެސް ތިމާ ނޫން އެހެން މީހަކު މިވެރިކަން ކުރިޔަނުދޭން. އެހެންމީހަކު ކުރާނަމަ މުޅިގައުމު ހަލަބޮލި ކޮށްލަން ގައުމު ފިތުނަ ފަސާދާއިގެ ތެރެއަށް ވަށްޓާލަން. ތިގޮތަށް ވެރިކަމުގެ ދަހިވެތިކަމުގައި ބާރުގަދަ ބޭރުގައުމުތައް ލައްވާ މިގައުމަށް އަރައި އަތްގަދަ ކުރުވަން ތިޔައުޅެނީ އިރާގާއި ލީބިޔާއާއި އަފްވާނިސްތާނާ ޔަމަނާއި ސީރިއާގޮތަށް. އަވަހަށް އިންޑިއާލައްވާ މިގައުމު ސުންނާފަތި ކުރުވާލާ.... ޔޫއަށް އެކަން ވަރަށް މޮޅަށް ކުރަން އެނގޭން. އަމިއްލަ އާއިލީ ވިޔަފާރި ކުރަން ނޭގުމުގެސަބަބުން ބަނގުރޫޓުވިޔަސް.
ޢިންތި
27 August 2017
ސިފައިންނަށް ސްޕުރިމް ކޯޓްގައި އޮތްމައްސަލައެއް ގައި ކުރެވޭނީ ކޮންކަމެއް މިކަން އެގޭނެ ކުޑަކުދިނަށްވެސް.. ބޯގޯސްބޭ
ގޮހޮޑާ
27 August 2017
އަހާ މީކީކޭ ކިޔާމީހެއްތަ... މަޖިލީހަށްވަނީ އެއްޗެހި ކިޔާފަ މިހާރު އެހެން ލަވައެއް.. ކޮޔާ ތަންކޮޅެއް ތަސައްރަފޭމިކިޔާއެތި ފުދިބަލަ
ސިފައިން
26 August 2017
ތިޔައެދެލެއްވިގޮތަށް އަޅުގަނޑުމެން މިބާރު އަޅަނީ މަނިކުފާގު ޖަލުހުކުމް އަވަހަށް ތަންފީޒު ކުރުމަށް ޖަލަށް ވަޑައިގަތުމަށް. އޭރުން ނޫންތޯ އަވަހަށް ހުކުމް ތަންފީޒު ކޮށްނިމޭނީ. ތިޔަހެން ހުރުމަކުން ހުކުމުން އެންމެ ދުވަހެއްވެސް ނުކެދޭނެ.
ސައީދު ބޭބެ
26 August 2017
އެދިފައިވާ ގޮތަށް ބާރު އެޅޭނެ ނުކުތާ އެއް ޤާނޫނު އަސާސީގައި އޮތްތޯ މިދަނީ މުރާޖާ ކުރަމުން!
އަތްފުނާ
26 August 2017
ނަށީދުގެ މައްސަލައަކީ ތިއީ.ކަލޭވެސް ތިމަސައްކަތްކުރަނީ ބާރުގެ ބޭނުންކޮށްގެން ހަމަ ތިކަން ކުރަން.ތިގޮތަށް ކުޅެންހަދައިގެން ވެރިކަންވެސް ދިޔައީ.ރަނގަޅުވީސް ޖޭއެސްސީ އަށް ނުވަތަ އުއްތަމަ ފަނޑިޔާރުގެ ކިބައިން އެދުނުނަމަ.ނަށީދު ބުނަން ރައްޔިތުންގެ ތާއިދު ލިބިދާނެ އެކަމަކު ދައުލަތުގެ އަނެއް ދެބާރު އަދިވެސް ނަށީދު އަށް އިހުތިރާމެއް ނުކުރާނެ.މިއީ ފެންނަން އޮތް ހަގީގަތް.މަސީހު ބޭރުކޮށްލަން އެއުޅެނީ އިދިކޮޅު ފަރާތުން ބޭނުންވާ މީހަކު ރިޔާސަތުގައި ބޭނދުމަށްފު މި ވެރިކަން ވައްޓާލަން އެކަމަކު ރައީސް ޔާމީނު އެފުރުސަތެއް ނުދޭނެ.އެއީ ހަކުޅި ކުޅުމަކި.އަދި ބުނަންތަ ، މަސީހު މިހާރުވެސް އިދިކޮޅު ފަރާތަކާ އެއްބައިވޭބަލަ އޭނާގެ އެއްވެސް ކުށެއް ނުފެންނާނެ އަދި މިސަރުކާރުން މަސީހު މަޖިލީހުން ބޭރުކޮށްލާނެ.ނޫނެކޭ ބުންޏަސް މީ ހަގީގަތް.
ނުޖެހޭނެ
26 August 2017
ނުވާނެ ތިކަމެއް. ތަމެން ދެން ދާން ޖެހޭނީ ދަށަށް. ރައްޔިތުންގެ މަޖްލީހުގެ ހުރިހާ މެމްބަރުން ނެތަސް ސިފައިންނަށް މައްސަލައެއް ނެތެވެ. ކެނެރީގެ ނަޝީދު އެއީ ކުށްވެރިއެކެވެ. އޭނާ ބުނާގޮތަށް ހަދާކަށް ނުޖެހޭނެއެވެ.
ފަލަޑޭ
26 August 2017
ހެހެހެ... ހާދަ ޑެސްޕެރޭޓްވެފަ؟ ގޮތް ހުސްވަނީދޯ 300،000 ދިވެހިން ތެރެއިން %53 ކުށްވެރިންނަށް ހަދައިގެން ނޫނީ 2018 ލާހިކެއްނޫން ކާމިޔާބު ކުރަން!!
ހޯބޯ
27 August 2017
300،00 ދިވެހިންގެ ތެރެއިން %53 މީހުންނަކީ ކުށްވެރިންނަށް ހަދައިގެން ކަމިޔާބު ކުރީމަ އެއޮތީ ގާނޫނީ ސަރުކާރެކޭ ހޮވިފަ. މިއޭ ކަލޯ މެންނަށް ނުވިސްނިގެން މި އުޅޭ އެއްޗަކީ. މިއޭ އެ ކެނެރީގޭ ނަޝީދު ކުރަން އުޅެގެން ނުވެމެ އިނދަޖެހުނު ކަމަކީވެސް. ހޭލަބަލަ.
މެންޓަލިސްޓް
26 August 2017
ނަޝީދޫ ނޯކޮމެންޓް ،،،،