ހޯމް މިނިސްޓަރު އަޒްލީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ
28 އޯގަސްޓް 2017 - 21:51
ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން މިހާރު އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ، ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިރޭ ބައްދަލުކުރައްވައިފި އެވެ.
އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި ދެއްކެެވި ވާހަކައަކާ ގުޅިގެން ރިޝްވަތުގެ ތުހުމަތުކޮށް، ތިން އަހަރުގެ ޖަލު ހުކުމެއް މިދިޔަ ބުރާސްފަތި ދުވަހު ގާސިމަށް އައިސްފައިވާއިރު، އެ ދުވަހު ބޭއްްވި ޝަރީއަތެއްގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓި އޭނާ ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ. އަދި ގާސިމަށް ރާއްޖެ އިން ބޭރުން ބޭސްފަރުވާ އާއި ޓެސްޓް ހެދުމަށް ވީހާވެސް އަވަހަކަށް ގެންދިއުމަށް އައިޖީއެމްއެޗުގެ ޑރ. އަލީ ޝަފީގް ވަނީ އެދިވަޑައިގެންފަ އެވެ.
އެކަމަކު މިހާ ހިސާބަށް ވެސް ގާސިމް ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނުދޭ މައްސަލަ ވަނީ ހޫނުވެފަ އެވެ.
ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ގާސިމްގެ އަރިހަށް އަޒްލީނާއި މުންދު ވަޑައިގެންނެވި ސަބަބެއް އަދިއެއް ނޭނގެ އެވެ. އަދި އެ ބައްދަލުވުމުގެ ތަފުސީލެއް ވެސް ނުލިބެ އެވެ.
ގާސިމްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، މިނިސްޓަރު އަޒްލީން، ގާސިމްގެ އަރިހަށް ވަޑައިގަތީ "ބަލި ހާލަތުގައި އޮންނެވި ބޭފުޅެއްގެ އަރިހަށް ކުރެއްވި ޒިޔާރަތެއް"ގެ ގޮތުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ހޯމް މިނިސްޓަރު އަޒްލީނާއި މުންދު ކުއްލި ގޮތަކަށް އައިޖީއެމްއެޗަށް ވަޑައިގެން ގާސިމާ ބައްދަލުކުރެއްވިއިރު، ގާސިމްގެ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ކަންކަން ވީހާ ވެސް އަވަހަކަށް ހަމަޖެއްސުމަށް އޭނާ ވަނީ ކަރެކްޝަނަލް ސާވިސްގައި އިއްޔެ އެދިވަޑައިގެންފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ގާސިމް ބޭރަށް ފޮނުވުމުގެ ހުއްދައެއް ނުދެ އެވެ.
ގާސިމްގެ އަރިހަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް މިއަދު ވަނީ ޒިޔާރަތްކޮށް، އޭނާގެ އާލާސްކަންފުޅާ އަދި ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގައި ކުރިމަތިވެފައިވާ ހުރަސްތައް ބަލައިފަ އެވެ.
ގާސިމްގެ މައްޗަށް ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކޯޓުން ޖެހީ ޣައިރު ހާޒިރުގަ އެވެ. އޭރު ގާސިމް އޮންނެވީ އާލާސްކަންފުޅާ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރު
29 August 2017
އެނގޭ އެތްޗަކީ ޔާމިިނުގެ ހުއްދައެއް ނެތިި އެއްވެސް ވަޒީރަކައް ގާސިިމާ ބައްދަލު ކުރަން ނުކެރޭނެކަން.
ސައިޚް
29 August 2017
ގާސިމްގެ ބާރު ވަރަށް ގަދަ، ހައްޖު ދަތުރު ހުއްޓާލާފަ، ޕަޕެޓުން ގާސިމްކައިރިއަށް ފޮނުވަން ހުންނަން މަޖުބޫރުވެފަ، ގާސިމަށް ލަނޑުދޭން އުޅެނިކޮށް އަމިއްލަ ބޮލަށް މެހެމުން އެދަނީ، ވެއްޓެން،
މުޙުއްމާ
29 August 2017
މިއީ އަނެއްކާ ކޮން ޑްރާމާއެއްބާ؟
ސަމީރު
29 August 2017
މިފަހަރު ކިތައް ޕަސަންޓް ދަރުބާރު ފެކްޝަނުން ދޭންބުނިތޭ ކުރިން ބުނި 35 ދޭން އެކަމާ ތެޅިގޮޅިގަނެ ދުވެފަގޮސް ކާލިތަނާ އަނގަފިހުނީ އެމްޑީޕީ ކުދިންނިކުމެ ފެންފޮދެއްދީގެން ކިރިޔާ މީހާ ކޮޅައްބެހެއްޓުނީ މިފަހަރު ހެއްލިއްޖެއްޔާ ގާސިމާ ވައިވެސް ނޭޅޭނަން
ހަބީބުން
29 August 2017
ގާސިމުގެ މައްޗައް ކުއްސާބިތުވެ މިހެން ނުލިޔެ ކުއްސާބިތުކޮއް ޖަލައްލުމައް ހުކުންކުރީ މިހެން ލިޔުމުން މާހަމަޖެހޭ
ޑިމޮކްރަސީ
29 August 2017
ލަދު ޙަޔާތްކޮބާ މިސަރުކާރުގެ އިސް މީހުންގެ
ބޭސް
29 August 2017
ގާސިމް ބޮލަށް މިފަހަރު ޗިޕެއް ޖެހޭނެ ކަމަކަށް ނުބެލެވެއެވެ، ގާސިމަށް މިހާރުވަނީ ކޮކަޑިކޭ މީދަލުގެ ނުބައިކަން ރަގަޅަށް ސާފުވެފައެވެ. ދެން އިތުރަށް އެކަން ތަޖުރިބާ ކުރާކަށް ގާސިމްވެސް ގާސިމްގެ އާއިލާވެސް އަދި ގާސިމަށް ހެޔޮއެދޭ މީހުންވެސް ގަބޫލެއް ނުވާނެއެވެ.
މީދޫ ނުލަފާ ސައީދު
29 August 2017
ފިރުމާލާފަ ކަނާތުން އެޖެހީ މޫނުގަ ވައަތުން ...
ބޮޑޭ
29 August 2017
ތިޔައައީ އެއްވެސް ގޮތަކުން ޤާސިމަށް ޙަމްދަރުދީވެގެންނެއް ނޫން، އެފަކީރު އެހާލުގައޮތް އިރިވެސް އަނެއްކާވެސް ސަރުކާރުފަޅިއަށް ތާއީދުކުރޭތޯ ސަލާމްޖަހަން،
މަރީ
29 August 2017
ގާސިމްގެ ބޮލެއް ހުރިއްޔާ މިމީހުންގެ މަޅީގަ ދެނެއް ނުޖެހޭނެ. މާތްﷲ ގާސިމަށް ހެޔޮވިސްނުންދެއްވާންދެ! ރައްޔިތުންގެ ފަޅިން ދެން ދާނެ އެހެން ފަޅިއެއް ނޯންނާނެ.