30 އޯގަސްޓް 2017 - 14:41
ބޮޑު އީދު ފާހަގަކުރުމަށް ހުޅުމާލޭގައި ފޯރިގަދަ ހަރަކާތްތަކެއް ބާއްވަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލްހިޖުރަ ޖަމިއްޔާ އިން ތައްޔާރުވެއްޖެ އެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ހައްޖު ދުވަހުގެ ރޯދަ ވީއްލުމާ ހިސާބުން ފެށިގެން ހުޅުމާލޭގައި އީދުގެ ހަރަކާތްތައް ފެށިގެންދާނެ އެވެ. ހައްޖު ދުވަހުގެ ރޯދަ ވީއްލުން ހުޅުމާލޭ ބޮޑު މިސްކިތުގައި ބޭއްވުމަށް ނިންމާފައި ވާއިރު އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވާނީ ސެންޓްރަލް ޕާކުގަ އެވެ.
"ނަމާދަށް ފަހު 9 ޖަހާއިރު ދިވެހިވަންތަ ހެނދުނުގެ ސައެއް ހުރިހާ ފަރާތްތަކަށް އޮންނާނެ. ހަމަ އެ ވަގުތު އުލްހިޔާ ކަތިލުން ކުރިއަށްދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އުލްހިޔާގެ ގޮތުގައި 20 ބަކަރި އާއި އެއް ގެރި ކަތިލުމަށް ނިންމާފައިވާއިރު އޭގެ މަސް ބެހުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެއަށްފަހު އީދު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު، ހުޅުމާލޭ ސެންޓްރަލް ޕާކުން ވަނީ ސަގާފީ ޕެރޭޑެއް ފެށުމަށް ނިންމައިފަ އެވެ. އެ ޕެރޭޑްގައި ކޯޑި ނެގުމާއި ބޮޑުމަސް ބޭނުން ފަދަ ދިވެހި ސަގާފީ ކުޅިވަރުތައް ހިމެނޭނެ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
އީދު ދުވަހުގެ ރޭ ސެންޓްރަލް ޕާކްގައި މިއުޒިކް ޝޯއެއް ބޭއްވުމަށް ނިންމާފައިވާއިރު ވަޅު އީދު ދުވަހު ހަވީރު އެ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އެޗްޑީސީން ބުނީ މިހާ ބޮޑުކޮށް ހުޅުމާލޭގައި އީދު ފާހަގަކުރާ މިއީ ފުރަތަމަ ފަހަރު ކަމަށާއި މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބާ
31 August 2017
ވިޔަފާރީގެ އުސޫލުން ހުރިހާ ކަމެއްދާ ކަމަށްވާނަމަ އެކަން އެންމެ ފުރިހަމަ ގޮތުގައި ނުދާނޭކަން ކަށަވަރެވެ. ތި ބުނާ ޖަމިއްޔާއިން އިސްނަގައިގެން ރައްޔިތުންގެ އެއްބާރު ލުމާއިއެކު ކުރިޔަށް ގެއްދާނަމަ ފުރިހަމަ ވާނޭކަން ޔަގީންނެވެ. އެހެން ނަމަވެސް އެ ޖަމިއްޔާއަށް އަގުކޮށް ފައިސާ ދީގެން ކުރާނަމަ މި ހަރަކާތުގެ ބޭނުމަކީ ކުންފުނީގެ ފައިސާކޮޅު ހުސްކޮއްލުމުގެ ނިޔަތުގައި ކަމަށް ރައްޔިތުން ބެލުމުގެ ޖާގަ އޮންނާނެއެވެ. އެހެން ކަމުން ތެދުވެރި އިޚުލާސްތެރިކޮށް ކުރުމަކީ ރަގަޅު ކަމެކެވެ.
ޙަލާލު
30 August 2017
ކޮންމެ މީހަކުމެ ތިމާ އަށާއި ތިމާގެ ދަރިންނަށް ހަލާލު ތަކެތިކަން މިކާން ދެވެނީ ޔަޤީންކުރާށެވެ. ނޫނީ މަމެންގާގަޔާ މަމެންގެ ދަރިންގެ ގައިގައި ހު ންނާނީ ހަރާން ލޭ އަދި ހަރާން މަހެވެ. ޢޭގެން އުފެދޭނީވެސް ހަރާން ކަންތަކެވެ.
ސީރިއަސް
30 August 2017
ހިއެއް ނުވޭ ތިކަމުގަ އުޅެވޭނެ ހެނެއް... މިއުޅެނީ ބޮޑު މާލީ ގެ ބިރުވެރިކަމުން ސަލާމަތް ނުވެގެން..
ސަރޫ
30 August 2017
ފޯރިއެއް ގަދައެއް ނުވެނޭނެ ހުރިހާކަމެއް ކޮންޓެކުޓައް ލާރިދީގެއް ކުރަންވީމަ އީދުޅިވަރު އެއީރައްތަކުގަ ވަރައް އެއްބައިވަންތަ ކަމާއެކު ކުރަމުން އައިކަމެއް
ޢަބްދުﷲނާފިޒްީ
30 August 2017
ރަނގަޅުކަމެއް، އެކަމަކު ތިހާ ބޮޑުކޮށް އީދުގެ ހަރަކާތްތައް ބާއްވުމެގެ މަޤްސަދަކީ ތިފާހަގަކުރި ކަންތައްހެން ވަރަށް ހީނުވޭ.
ހުތާ
30 August 2017
ނައްޓާލަންވީ ދޯ އަވަހަށް.