މާލެއަށް ވާރޭ ވެހެމުން ދިޔައިރުބަޔަކު ކުޑަ ނަގައިގެން ދަނީ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
13 ސެޕްޓެމްބަރ 2017 - 10:27
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުން ދާ ވިއްސާރަ އަލިވާނީ އަންނަ ހުކުރު ދުވަހުގެ ފަހުން ކަމަށާއި އެހާ ހަމަ އަށް، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.
ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އަދި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށެވެ.
މޯލްޑިވްސް މީޓިއޮރޮލިޖަކަލް ސާވިސް (މެޓު)ގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހާ ހަމަ އަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް ވިއްސާރަ ކުރާނެ އެވެ. އެކަމަކު އެންމެ ބޮޑަށް ވައި ގަދަވާނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ކަމަށް ވިދާޅުވި އެވެ.
މި ސަރަހައްދަށް މެޓުން ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
އާއްމު ގޮތެއްގައި ވައި ޖެހެނީ 5-15 މޭލު ބާރުމިނުގައި ނަމަވެސް، މި ދުވަސްކޮޅު މި އަތޮޅުތަކަށް 20-30 މޭލަށް ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. އަދި ކޮޅިގަނޑުގައި 45-50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
"ވައި ވަރަށް ގަދަވާނެތީ އަޅުގަނޑުމެން އެދެން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން،" އޮފިޝަލް ވިދާޅުވި އެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މާލެ އާއި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބާރަށް ވައި ޖެހި، ވިއްސާރަ ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިހޮޓާ
13 September 2017
މިހާރު ލިބިފަ އޮތް ރައްކާތެރިކަމަށް ޝުކުރުވެރިވޭ، އޭރުން އެ ނިއުމަތް އިތުރުވާނެ. ގުރުޢާނުގެ އާޔަތެއްގެ މާނަ.
ކައުންސެލަރު
13 September 2017
ބުރޯ އަޝްރަފް! މޫސުމާބެހޭ ކަންކަމަކީ އެކަހަލަ ކަމެއް. މިދާކަށްދުވަހު އެޓްލާންޓިކް ކަނޑުގައިހުރި ތޫފާނު އިރްމާގެ އެއްވެސް ޚަބަރެއް އަހާލިން ހެއްޔެވެ. އެތޫފާާނުން ކެރީބިއަންގެ ރަށްތައް އެވަނީ ސުންނާފަތި ވެފައެވެ. ބާބުޑާއަށް އެރިއިރު ހުރީ ކެޓަގަރީ5 ގައެވެ. (ތޫފާނު އެންމެބާރުގަދަކަމަށް މިންކުރާ މިންގަނޑު) ބާބުޑާއަށް އެރުމަށްފަހު އެމެރިކާއިން ބުނަމުން އައީ ތޫފާނުގެ ބާރު ދެންދާނީ ދަށަށްކަމަށް. އެހެންބުނީ އެމީހުން ބަލާ ގޮތަކަށް ބެލުމަށްފަހު. ބާބުދާއަށް އެރުމަށްފަހު ކެޓަގަރީ 3 އަށް ދަށްވި. އެކަމަކު އަނެއްކާ މާކަނޑަށް ތޫފާނު ފައިބާ ކެޓަގަރީ 4 އަށް ބަދަލުވެ ދެންއެރީ ތިޔަބުނާ މޮޅު އެމެރިކާގެ ފްލޮރިޑާއަށެވެ. އެމެރިކާއިން އެޠޫފާނު ފުރަތަމަ ލަފާކުރީ ފްލޮރިޑާއަށް އަރާއިރު ތޫފާނުގެ ބާރު ދަށްވެގެންދާނެކަމަށް. އެކަމަކު ކިހިނެއްވީ. ވިސްނާލާ
އަޝްރަފް
13 September 2017
ގައިމު ކުރިން ބުނި އަންގާރަ ދުވަހުގެ ފަހުން މޫސުން ރަނގަޅުވާނޭ! ދުވަހަކުވެސް ބުނާ އެއްޗެއް ދިމައެއް ނުވޭ!