ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއް މިދިޔަ ބުދަ ދުވަހު ކުރިއަށް ދަނީ. - ފޮޓޯ: މިހާރު
26 ސެޕްޓެމްބަރ 2017 - 15:21
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 ފްލެޓް ދިން ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއާ އިއްޔެ ހިއްސާކޮށްފި އެވެ.
ހުޅުމާލޭން ފްލެޓް ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާއްމު ކުރި އިރު، އެއްވެސް ތަފްސީލެއް އާންމުންނަށް ނޭނގޭތީ ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ. ފްލެޓު ދިން ގޮތުގެ ތަފްސީލް ހޯދަން މަޖިލީހުގެ ކޮމެޓީ އަށް ހުށަހެޅުއްވީ އެމްޑީޕީގެ ތިން މެމްބަރެކެވެ.
އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން މިހާރު ވަނީ ފްލެޓް ދިން ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފަ އެވެ. އެކަމަކު، މަޖިލީހާ ހިއްސާ ކުރި ތަފްސީލުތަކުގެ ތެރޭގައި މުޅިން އާ މައުލޫމާތުތަކެއް ހިމެނޭ ކަން ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.
ހުޅުމާލޭން ފްލެޓް ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާއްމު ކޮށްފައިވަނީ އެ ލިބުނު މީހުންގެ އެއްވެސް މައުލޫމާތެއް އަދި ލިބުނު ޕޮއިންޓުގެ އަދަދު ވެސް ނޭނގޭ ގޮތަށެވެ. އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް ފްލެޓާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވިދާޅުވީ ދިވެހިންގެ ތެރެއިން ބަޔަކަށް ފްލެޓް ލިބުނު އިރު، އެއީ ކޮން ހަމައަކާއި އުސޫލަކުން ލިބުނު ފްލެޓްތަކެއް ކަން ނޭނގޭ ކަމަށެވެ. އަދި އެކަން ދެ ފުށް ފެންނަ ގޮތަށް ހާމަ ނުކުރުމަކީ މައްސަލައެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.
އެހެންވެ، ކޮމެޓީން ނިންމާފައިވަނީ ފްލެޓާ ގުޅޭ ތަފްސީލްތައް ފަސް ދުވަސް ތެރޭގައި ހޯދުމަށެވެ.
ފްލެޓަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، ހަތަރު އަހަރު ފަހުން މިދިޔަ ހަފުތާގައި ލިސްޓް އާއްމުކޮށްފައި އޮތީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކެވެ. މި މައްސަލައިގައި އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓް ލިބުނު މީހުންނަށް ލިބުނު ޕޮއިންޓް އިއުލާން ނުކުރީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓް ދީފައިވާތީ ކަމަށް ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.
ފްލެޓު ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
27 September 2017
ތިޔަ ލިސްޓް ފޮނުވާނީ ޕޮއިންޓް އިތުރުކޮށް ގަޑުބަޑު ކޮށްފަ. ދެން އެނގޭނީ ކޯޗެއް. ދެން އޭސީސީ އަކީ މިހާރު އަމިއްލަ ހާލައިގެން ނޫޅެވޭ ބައެއް.
ބެއްޔާ އައްޑޫ
27 September 2017
ބައްލަވާ މިއީވެސް އެއްކަލަ ފްލެޓް ދޮންބެގެ ފްލެޓްތޯ؟ ކޮބައިތޯ ރައީސް ޔާމީނުގެ ތުރުކީ 15000 ފްލެޓް. އަނެއްކާ ތުރުކީ އިން ފޮނުވީ ފިނިމޫސުމުގައި ފަޅާ ކަހަލަ ފްލެޓް މުޑުވަތް؟؟ އަދި ކޮންމެވެސް 7000 ފްލެޓް އިންދާނެ ވާހަކަވެސް ވިދާޅުވި. 2018 އަންނަންވާއިރަށް މިހުރިހާ ފްލެޓް ޔައުނީ 22000 ފްލެޓް ނިމޭނެތޯ. ދުބާއީގައިވެސް ހުޅުމާލޭގައި އެހެރަ މިންވަރަށް ބޮޑެތި ކެރޭނުވެސް ނުހުންނާނެ ކަމަށް ބަޔަކު ބުނި
އަށްޑޫ މީހާ
26 September 2017
ވަކި ބަޔަކަށް ދީ ނިންމައިފި. ވަކި އޮފީހަކުން ފޮނުވި ލިސްޓަކަށް ދީ ނިންމައިފި. ނިކަމެތި ހާލުގައި އުޅޭ ރައޔިތުން ހަމަ އަދިވެސް ނިކަމެތި ހާލުގައި. ބަލާލުމެއްނެތި ވަކި އޮފީހަކުން އެ ފޮނުވި ލިސްޓަށް ފުލެޓު ދިނުން އަޅުގަނޑު ކުއްވެރިކުރަން. ހަމަ ގައިމުވެސް ތިޔަ އޮފީހަކުން އަޅުގަނޑުމެންގެ ވޯޓެއް ތިޔަހެން ލިސްޓެއް ނަގައިގެން ނުނެގޭނެވާހަކަ ދަންނަވަން. 2018ގަ ހިތި ރަހަ ކަރުބުޑަށްލާނެ. މިހާރު ގާތްމީހުންނަށް ފުލެޓްދީފަ ތިބޭމިހާރު ހެވިލާފަ. އުންމީދުކުރަން ވޯޓުހޯދަން ނުގުޅާނެކަމަށް އުންމީދުކުރަން.
ޢަލިކޮއި
26 September 2017
އޭސީސީއިން ތިމައްސަލަ ބަލާ އިންސާފު ޤާއިމްކުރާނެކަމަށް ދެކޭނީ މޮޔައެއް
އަހައްމާ
26 September 2017
އޭސީސީން ރައްޔިތުންގެ ހައްގު ހިމާޔަތް ނުކުރަންޏާ ހިނގާ އެމެން ގެއަށް ފޮނުވާލަން.
އައްޑޫ ރަދުން
26 September 2017
"މަޖިލީހުން ބެލިބެލުމުން އިތުރަށް ބަލަންޖެހޭ އެއްޗެއް ނެތްކަން ދަންނަވަމެވެ"...19މިލިއަން ރުފިޔާގެ ތެޔޮ އެސްޓީއޯއިން ނަގައިގެން ހުރެ އެނުނަގާކަމަށް ބުނާމީހަކު އިސްވެހުރެ ބަލާބެލުން ގަބޫލުނުކުރާނަން...
ހަދީޖާ
26 September 2017
މާލޭގަ ގިނަދުވަހު އުޅުނުމީހުން ނަން ރާއްޖޭން ކޮށްމެ ތަނަކުން ވެސް ބިންލިބޭނެ މާލެ ނޫން އެއްވެސް ތަނަކުން ދަފުތަރު މީހުން ނަން ބިމެއް ނުލިބޭނެ .....
އަހުމަދުހ
26 September 2017
ޔަގީން ތި ހުންނާނީ ބަދަލުކޮށްފައި. ކޮމިޓީން ރަނގަޅަށް ބަލާތި ޕޮއިންޓް ދީފައި ހުރި އުސޫލާ ޕޮއިންޓް ދީފައި ހުރި ގޮތް. އަދި ދިރިއުޅުމުގެ ފެންވަރުވެސް ތި 661 މީހުންގެ ހުރިގޮތްވެސް. އަދި މާލޭގެ ދަފްތަރު މީހުންނާ ގިނަދުވަހު ކުއްޔަށް އުޅެފަ މާލޭގައި އުޅޭތާ ޒަމާންވީ މީހުންނާ ތަފާތު ކުރީ ކީއްވެގެންތޯވެސް ބަލަންވާނެ. ދަފްތަރު މީހުންނަށް 500 ފްލެޓް ދިގުމުއްދަތަށް އުޅުނު މީހުންނަށް 161. ގާނޫނުއަސާސީގައި ދިވެހި ރައްޔިތުން ހަމަހަމަ ކަން ގާއިމްކުރަން އޮންނައިރު މިކަން މިގޮތަށް ކުރީ ކީއްވެގެންތޯ ކޮމިޓީން ބަލަންވާނެ. ބޯހިޔާވަހިކަން މާލޭ މީހުންނަށް އެހެންމީހުންނަށްވުރެ ހައްގުވާ ސަބަބެއް ނެތިއްޔާ ދެބަޔަށް ހަމަހަމަކޮށް ބަޔަކަށް 330 އަލުން ބަހަންވާނެ.
އަނަސް
26 September 2017
ހުރިހާ ކަމެއް ސިޔާސީ ކުރީމަ ގޯސް އެމްޑީޕީ ވަރިހަމަ ކިތަންމެ ވައްކަމެއް ކުރިއަސް އެވާހަކަ ދައްކާގެން ނުވެ.
ބޭއިންސާފު
26 September 2017
ވަރަށް ބޭއިންސާފު ސަރުކާރެކެވެ
ފޮނިކަލޯ
26 September 2017
މުއިއްޒު ބިރުން މަޖުލީހައްވެސް ފޮނުވުނީ މާ ކުރީގެ މަޢުލޫމަތެކޯ