ޚަބަރު / ޕީޕީއެމް

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް މައުމޫން ފައްޓަވައިފި

މައުމޫން މިރޭ ބަޔާން ދެއްވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

30 ޖޫން 2016 - 22:54

57 comments

ޕީޕީއެމްގެ އެތެރޭގެ ކަންކަން އޮތީ ބޮއްސުން ލައިފައި ކަމަށާއި ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް ފައްޓަވައިފި ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިރޭ ވަނީ ފުރަތަމަ ފަހަރަށް އަމިއްލަފުޅު ޕާޓީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

އެމަނިކުފާނާއި ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނާ ގުޅުން ގޯސްވެ، ޕާޓީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވަނިކޮށް ނޫސްވެރިންނާ މިރޭ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ބަސް ޕާޓީގެ ތެރޭގައި ނުވިކޭ ކަމަށާއި ޕާޓީގެ އެތެރޭގެ ތަސައްވުރު ވަނީ ކިލަނބުވެ، އެތެރޭގެ ޑިމޮކްރަސީ ވަނީ މުޅިން ހަލާކުވެފައި ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވާ ގޮތާ ޚިލާފަށް ޕާޓީގެ އިސް ބައެއް ބޭފުޅުން ކަންކަން ކުރައްވަމުން ގެންދަވާ ކަމަށާއި އެމަނިކުފާނަށާއި ކައުންސިލަށް ވެސް ނޭނގި ކަންކަން ހިނގަމުން ދާ ކަމަށެވެ.

ހިތާމަޔާ އެކު ދަންނަވާލަން ޖެހޭ ހަގީގަތަކީ، އަޅުގަނޑު، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ލިޔުމުން، ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަށް ދަންނަވާފައިވާ ގޮތާ ޚިލާފަށް އޭނާ އަމަލު ކުރައްވާފައިވެއޭ.

"... ފަހަކަށް އައިސް ޕާޓީގެ ޑިމޮކްރެޓިކް ހަރަކާތްތައް މި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައި. ޕާޓީގެ ތަސައްވުރު ވެސް މި ވަނީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކިލަނބުވެފައި،" ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އިއްވެވި ބަޔާން ފައްޓަވަމުން މައުމޫން ވިދާޅުވި އެވެ. "ހިތާމަޔާ އެކު ދަންނަވާލަން ޖެހޭ ހަގީގަތަކީ، އަޅުގަނޑު، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ލިޔުމުން، ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަށް [އަހުމަދު ނިހާނަށް] ދަންނަވާފައިވާ ގޮތާ ޚިލާފަށް އޭނާ އަމަލު ކުރައްވާފައިވެއޭ. އަސާސީ ގަވައިދުގައި އޮތް އިރު ވެސް ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮވެމެ ޕާޓީގެ އަސާސްތަކާ، މަގުސަދުތަކާ ފުށު އަރާ ގޮތަށް ޕީޖީ ގުރޫޕުން އަމަލު ކުރުމަށް ވިޕްލައިންތައް ކަނޑައެޅިގެންދޭ. މިފަދަ ނިންމުންތަކަކީ ސައްހަ ނިންމުންތަކަކަށް ނުވާނެ."

މައުމޫން ވިދާޅުވީ އެފަދަ ކަންތައްތަކުގެ ސަބަބުން ފިޔަވަޅު އަޅަން ބަލާއިރު، ޕާޓީގެ ގުނަވަންތައް އެކަމަށް ނުކުޅެދިފައިވާ ކަމަށެވެ.

އިއްޔެގެ ވޯޓަށް ފަހު، ޕާޓީ ތެރޭގައި އުފެދިފައިވާ މައްސަލަގަނޑަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ ރާއްޖޭގެ ރަށްތައް އިއުލާންނުކޮށް ކުއްޔަށް ދޫކުމުގެ އިސްލާހަކީ ކަނޑައެޅިގެން ޕާޓީގެ މަގުސަދުތަކާ ހިލާފު އިސްލާހެއް ކަމަށާއި އެ އިސްލާހަށް ވޯޓު ނުދިނުމަށް އިލްތިމާސްކޮށް އެކަން ހުއްޓުވުމަށް އެތަކެއް މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.

"އެހެން ނަމަވެސް... ރައްޔިތުންނަށް ގެއްލުން ހުރި ގޮތަށް ޕާލަމެންޓްރީ ގުރޫޕުގެ ބަޔަކު މިކަން ވަނީ ކޮށްފައި. އިއްޔެ މި ނެގުނު ވޯޓަކީ މިގޮތަށް ކުރެވުނު އެތައް ކަމެއްގެ ތެރެއިން އެއް މިސާލު،" މައުމޫން ވިދާޅުވި އެވެ. "ހަމަ އެހެންމެ ދަންނަވަން ޖެހެނީ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަޅުގަނޑު ޓެކްސްޓް މެސެޖްތަކުން ދަންނަވާ ދެންނެވުންތަކަށް ވެސް އަމަލު ކުރައްވަމުން ނުގެންދަވާ ކަމުގައި."

ޕީޕީއެމްގެ މަސައްކަތްތައް އެހެން އޮފީހަކުން ކުރަމުން ގެންދާ މައްސަލައިގައި ވެސް މައުމޫން ފާޑު ވިދާޅުވި އެވެ. ރައީސް ޔާމީންގެ ނަން މި ބަޔާނުގައި ވިދާޅު ނުވި ނަމަވެސް، ބެލެވޭ ގޮތުގައި އެއީ ރައިސްގެ އަނބިކަނބަލުން އިސްވެ ހުންނަވައި ހިންގަވާ ކެމްޕޭން އޮފީހުގެ ވާހަކަ އެވެ.

"ޕާޓީ ހިންގަނީ ޕާޓީގެ އޮފީހުންތޯ ނުވަތަ އެހެން އޮފީހަކުންތޯ، މި ސުވާލު ވަރަށް ގިނަ ގޮފިތަކުންނާ އާންމު މެމްބަރުން އަޅުގަނޑާ ކުރައްވަމުން ގެންދަވާ. ޕާޓީ އަށް ސޮއިކުރާ މެމްބަރުންގެ ފޯމްތައް ބަލައިގަނެ، ގޮފިތައް ހަދައި، އެ ގޮފިތަކަށް އެންގުން އަންގާ އެހެން އޮފީހެއް ހުރި ކަމުގެ ޝަކުވާ އަޅުގަނޑާ ހަމައަށް އަންނަމުންދޭ،" މައުމޫން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނަށް 2018ގެ ރިޔާސީ ކެނޑިޑޭޓްކަން ދިނުމަށް އެދި އެ ޕާޓީގެ މެމްބަރުން ސޮއި ކުރި ޕެޓިޝަނެއް މީޑީއާގައި ވަރަށް ބާރަށް އެނބުރުނު ކަމަށާއި އެފަދަ ޕެޓިޝަނެއް އެމަނިކުފާނާ ހަމައަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. މައުމޫން ވިދާޅުވީ އެފަދަ ޕެޓިޝަނެއް ހެދި ނަމަ އެއީ ރަނގަޅަށް ދިޔަ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަށް އެކަން އެނގުމަކާ ނުލައި އެކަން ސިއްރުން ކުރި ކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރައީސަށް ނޭނގި، އަދި ޕާޓީގެ ކައުންސިލަށް ވެސް ނޭނގި ގާނޫނުތަކަށާއި ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ވަމުންދާ ކަމަށެވެ.

"އަދި ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ސުވާލު އުފެދޭ ގޮތަށް ކަންކަން ވަމުން ދޭ،" މައުމޫން ވިދާޅުވި އެވެ.

މި ހުރިހާ މައްސަލަތަކަކަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މިކަންކަމަށް ހައްލެއް ގެނެވޭތޯ ވަރަށް ގިނަ މަސައްކަތް އެކި ގޮތްގޮތުން ކުރެވި، ނާކާމިޔާބުވެއްޖެ ކަމަށެވެ.

"[އެހެންވެ] ޕީޕީއެމްގެ އިސްލާހީ ޕްރޮގްރާމެއް މާތްﷲގެ ވާގިފުޅާއި މަދަދާ އެކު އަޅުގަނޑު ފަށައިފި ވާހަކަ ތިޔަ ލޮބުވެތި މެމްބަރުންނަށް ދަންނަވާލަން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން މިއަދު ޕީޕީއެމްގެ އޮފީހުގެ ދޮރުމަތީގައި: ޕީޕީއެމް އޮތީ މައްސަލަތަކެއްގެ ތެރޭގައި -- ފޮޓޯ: މިހާރު

އޭގެ ތެރޭގައި ހިމެނެނީ، މައުމޫން ވިދާޅުވި ގޮތުގައި ޕާޓީ ހިންގުން ހަރުދަނާ ކުރުމާއި ޕާޓީގެ މިހާރުގެ ހާލަތު ދެނެގަތުމާއި ޕާޓީގެ ސައްހަ ގޮފިތަކަކީ ކޮބައިތޯ ދެނެގަނެ ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައިވާ ފިއްތުންތަކަކީ ކޮބައިތޯ ބެލުމާއި އެންގުންތައް އަންގާ ހަމައެކަނި ފަރާތަކީ ޕާޓީގެ މައި އޮފީސް ކަމަށް ހަމަޖެއްސުމެވެ. މީގެ އިތުރުން ދެން ހިމެނެނީ ޕާޓީގެ ޑިމޮކްރަސީ ޑެފިސިޓް ކުޑަކުރުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މިކަންކަން ކުރުމަށް ޓަކައި އެމަނިކުފާނަށް މަޝްވަރާ ދޭނެ އަށް މެމްބަރުންގެ މަޖިލީހެއް މިއަދު އުފެއްދެވިކަން ވެސް މައުމޫން އިއުލާން ކުރެއްވި އެވެ. މި މަޖިލީހުގައި މައުމޫންގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރާއި ކުރީގެ މިނިސްޓަރު ހަމްދޫން ހަމީދާއި އަނީސާ އަހުމަދާއި ރާޝިދާ ޔޫސުފާއި މި ސަރުކާރުން ދާދިފަހުން އިސްތިއުފާ ދެއްވި ހޯމް މިނިސްޓަރު އުމަރު ނަސީރާއި އައިމިނަތު އާތިފާ އާއި މުހަންމަދު ޒުހައިރާއި އައިމިނަތު ނާދިރާ އެވެ.

57 ކޮމެންޓް, 338 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 6%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީބެ

01 July 2016

މައުމޫންގެ ވާހަކަފުޅުން އެންމެ އަޅައިގަތީ ޔާމީން ކައުންސިލް މެމްބަރުންނަށް ބިރުދައްކައިގެން ސޮއިހޯދާފައިވާކަން މިއީ ރައީސަކު ކޮށްގެން ވާނެ ކަމެއްނޫން. އަނެއްކަމަކީ ޖުޑީޝަރީއާމެދު އިތުބާރުނެތްކަމަށް ވިދާޅުވުން. އަދި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަންކަން މަޖިލީހުގެ ތެރެއިން ޕީޕީއެމް މެމްބަރުން ކުރާކަމަށް ވިދާޅުވުން. އެފަދަ މެމްބަރުން ޕާޓީއިން ވަކިކުރަންޖެހޭނެ.

The name is already taken The name is available. Register?

އިތުރު ކޮމެނެޓް

01 July 2016

ވަރަށްވެސް ދެރަ ރައީސް މައުމޫން ތިޔަ އުޅުއްވާ ގޮތުން. ސަރުކާރުގެ މަސައްކަތްތައް ބާރު ދުވެލީގެ ކުރިއަށް ދާއިރު އަދި ތަރައްގީ އެންމެންނަށް ފެންނަމުން ދާއިރު ބޯޑު ކޯޅުން ގަނޑެއް ފަށުމަކީ ސުވާލު އުފެދޭ ކަމެއް.

The name is already taken The name is available. Register?

ޖޖ

01 July 2016

ތިޔައީ ޒައީމެ ލޮބުވެތި ގައުމު ފަޚުރުވެރިވާ. ސާބަހޭރައީސް މައުމޫނު ނަގޫފިތިފަ ތިބި މެންބަރުންނަށް ލިބޭނީ 32 ވޯޓް ރައްޔިތުން ވޯޓްދޭނީ މަނިކުފާނު ވިދާޅުވާނަމަކަށެވެ،

The name is already taken The name is available. Register?

ލުގުމާން

01 July 2016

އިއްޒަތް ތެރި ރައީސް މައުމޫނެވެ. މަނިކުފާނުގެ ތައުލީމާއި އޯގާތެރިކަމާއި މަޑުމައިތިރިކަމާއި އިންސާފުވެރިކަމާއި މަނިކުފާނު މިރާއްޖެ އަށް ގެނެސްދެއްވި ތަރައްގީއާއި، ކުރިއެރުމާއި ތައުލީމާއި މިހުރިހައިކަމެއް 1978 އިން ފެށިގެން 2008 އާ ހަމަޔަށް ވޭތުވެދިޔަ 30 އަހަރު ރައްޔިތުންނަށް ފެނި އޭކަމުގެ ފުނިމީރު ލިބި އެކަމަށްޓަކައި ރައްޔިތުން މަނިކުފާނަށް ހިތުގެ އެއްމެ ފުންމިނުން ޝުކުރުވެރިވޭ. އެހެން ނަމަވެސް މިހާރު މަނިކުފާނުގެ އުމުރުން 85 އަހަރު ވެއްޖެ. ހަމަޔަގީނުންވެސް މަނިކުފާނުގެ ގަޔަކު ވެރިކަމާއި ސިޔާސީ ކަންކަމުގެ އުޅުއްވާނެހައި ހަކަތައެއް ނުހުއްނާނެ. ދެން އެހާލަތުގައި ތިޔަކަމުގައި ތިޔަހެން ފޫގަޅާލައިގެން އުޅުއްވަން ހެދީމާ މަނިކުފާނަށް ލިބޭނީ އެއްމެންގެ ނަފްރަތު. ހަގީގަތުގައި މަނިކުފާނު ގައުމާއި ރައްޔިތުންދެކެ ކިތައްމެ ލޯތްބެއް ވިޔަސް ގިނަރައްޔިތުންނެއް އެކަމެއް ނުދައްނާނެ. އެއްމެބެސް ބުނާނީ މުސްކުޅިވީމާވެސް އުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގަޔޭ. ހަމަ ހައްތާވެސް މަނިކުފާނުގެ އަބުރާއި އިއްޒަތް ގެއްލޭނީ. ވީމާ މިހާރު އެއްމެ ރަނގަޅު ގޮތަކީ މަނިކުފާނު ތިޔަކަމުން އެއްފަތަތްވެ ގައުމުންވެސް ބޭރަށް ވަޑައިގަތުން. އުމުރު ފުޅުން ތިހާ މުސްކުޅިވީމާ މުއްސަދި މަހުޖަނުންވެސް އެބައިމީހުންގެ އަމިއްލަ ވިޔަފާރިވެސް ދޫކޮށް ދަރީންނާއި ހަވާލުކޮށްފައި އެއްފަރާތްކަށް ޖެހޭ. މިކަމަކީ މީ މަނިކުފާނުގެ އަމިއްލަ ކަމެއްވެސް ނޫނެއް ނޫންތޯ. ވީމާ އެހެންބަޔަކަށް ފުރުސަތު ދެއްވާ.

The name is already taken The name is available. Register?

ހުލިވާނީ

01 July 2016

ޕީޕީއެމް އިސްލާހު ކުރުން އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. އެކަމަކު ޕީޕީއެމްގެ ރައީސް ގެ ހައިސިއްޔަތުން ހަގީގަތުގައި ރައީސް މައުމޫނު ވެސް ޖެހޭނެ ޕީޕީއެމް އޮފީހަށް ކޮންމެ ދުވަހަކު ހާޒިރުވެ މަދުވެގެން 4 ގަޑިއިރު ޕާރޓީގެ އޮފީހުގައި ހޭދަ ކުރަން. އެކަމެއް ނުކުރެވުނު ރައީސް މައުމޫނު އަށް. އެހެން ވެހެން ކަންކަން މިހާ ބޮޑަށް ބޮއްސުން ލައިގެން ދިޔައީ. މިރޯދަ މަހު ވެސް ޕީޕީއެމް މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާ ކޮށް އެކަކު އަނެކަކަށް ދަނެގަތގުމަށް ޓަކައި ވެސް ތަރާވީހެއް ވެސް އަދި ރޯދަ ވީއްލުމެއް ވެސް އިންތިޒާމް ކުރެވިފައި ނެތެވެ. ކަން މިހެން ހުރުމުން ޕީޕީއެމް ހިނަގްނަ ހަވާލުކޮށްފައި ވަނީ އެއީ ރައީސް މައުމޫނު އާއި ކަމުން ރައީސް މައުމޫނު އަށް ޕާރޓީ ނުހިންގުނީ ކަމަށް ބެލެވިދާނެ ސަބަބު ތައް އެބަހުއްޓެވެ. ތިޔާ ހެން އުފައްދަވާ ކައުންސިލުން ނިކަން ބާރަށް ގިން ފައި ޖަހާފައި މަސައްކަތް ކުރާނެ މަސްދުވަސް ވަންދެން. މަސްދުވަސް ވީމާ އެކަން ހުލި ވާނެއެެވެ.

The name is already taken The name is available. Register?

އަލީ

01 July 2016

ދެން ތިކަމެއް ނުވާނެ. ފައިސާއައް ނޫންގޮތަތަކައް ސިސްޓަމްރޭވިފަ އޮތްގޮތުން އެއްވެސް ކަމެއް ނުކުރެވޭނެ. މައުމޫނު އަތުގަ އެހާ ފައިސާ ހުރެއްޖިއްޔާ ވެދާނެ އެކަމަކު އެވަރައް ނުހުންނާނެކަން އެގޭ. ރައްޔިތުންގެ ތާއީދުއޮތަސް އޭގެ އެއްވެސްފައިދާއެއް މިއަދު ނުކުރާނެ.

The name is already taken The name is available. Register?

ޢަލިފުތު.

01 July 2016

30 އަހަރު ވެރިކަން ކުރިމީހެއްގެ ނުފޫޒާއި އަމިއްލަ އެދުމުގެ ސަބަބުން ގައުމު ހަލާކެއްގެ ތެރެއަށް ވެއްޓި ދިއުމަކީ ގަބޫލް ކުރެވޭނެ ކަމެއްނޫން. މިގައުމަކީ ވަކި އާއިލާއެއްގެ މިލްކެއްނޫން ވީމާ ކަންތައްތައް ބަހައްޓާން ޖެހޭނީ މުޅިގައުމަށް ނިސްބަތްވާގޮތަށް ގާނޫނީ ރައީސަށް ފުރުސަތުދެވޭގޮތަށް .

The name is already taken The name is available. Register?

އަލީ

01 July 2016

މައުމޫނުގެ ސަޕޯޓްނެތި ހޮވޭނެތަ؟ ވޯޓުންވެސް ވައްކަން ކުރަންޖެހޭނީ.

The name is already taken The name is available. Register?

ނެޝަނަލިސްޓް

01 July 2016

ނަތީޖާއަށް މި އިންތިޒާރު ކުރަނީ! މަނަވީ ބަދަލުތަކެއް ގެނެވޭނީ ތަޖުރިބާކާރުންނާ އެކީގައި ޒުވާނުން ގެ ވިސްނުން ބޭނުން ކުރެވިގެން!

The name is already taken The name is available. Register?

އަކްމެޑް

01 July 2016

މައުމޫނާ ޖަމީލު ނެތްނަމަ މިދިޔަ ރިޔާސީ އިންތިޚާބުން ކިތައް ވޯޓު ލިބޭނެބާ؟ އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ރަނގަޅަށް ވޯޓު ގުނިއްޖެއްޔާ ކިހާވަރަކުން ދާނެބާ؟

The name is already taken The name is available. Register?

ޢަސްމަލީ

01 July 2016

ޢަދިވެސް މި ބަލަނީ ހުދުމުހުތާރުކަން ދަމަހައްޓަން ބަލަޕާޓީ ކަންތއް ނިންމާނީ މެންބަރުން މައޫމުނު އެކަނިއެއް ނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454