މަހާ ޖައްރާފް: ރާއްޖެއަށް އާދެވޭނީ މި މަހު 30 ގައި.
07 އޮކްޓޯބަރ 2017 - 21:48
ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން އެމްޓީސީސީން ޗައިނާގައި ބަނދެފައިވާ ޑްރެޖަރު (މަހާ ޖައްރާފް) ރާއްޖެ އަށް އައުމަށް ދަތުރު ފަށައިފި އެވެ.
މިދިޔަ މަހު 29 ވަނަ ދުވަހު، ނެދަލެންޑްސްގައި ބޭއްވި ހަފްލާއެއްގައި އެމްޓީސީސީއާ ހަވާލުކުރި ޑްރެޖަރު ޗައިނާ އިން ރާއްޖެ އައުމަށް ދަތުރު ފަށާފައިވަނީ އިއްޔެ އެވެ. އެމްޓީސީސީން ބުނީ މަހާ ޖައްރާފް އަންނާނީ ސިންގަޕޫރު މަގުން ކަމަށާއި، ރާއްޖެއާ ހަމައަށް ފޯރާނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އެމްޓީސީން ބުނިގޮތުގައި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ވެސް މި ޑްރެޖަރާ އެކު، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުވިވެ، ރާއްޖެ އާއި ބޭރު ގައުމުތަކުގައި ވެސް ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ޑްރެޖަރުގެ ސައިޒާއި ފެންވަރަށް ބަލާއިރު، މިހާރު ބިން ހިއްކަން ނަގާ މުއްދަތު އެތައް ގުނައެއް އަވަސްވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މަހާ ޖައްރާފަކީ އެމްޓީސީސީން 36 މިލިޔަން ޑޮލަރު ހަރަދު ކޮށްގެން ތައްޔާރުކުރި ޑްރެޖަރެކެވެ. ޑްރެޖަރުގެ މަސައްކަތަށް ދައްކަން ޖެހުނު 11 މިލިޔަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ދެއްކީ، ސުން ފަސެންޓް އިންޓަރެސްޓްގައި ކޮންވާޓަބްލްގައި ލޯނެއްގެ ގޮތުގައި ސަރުކާރުން ދޫކުރި ލޯނަކުންނެވެ. އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލުކުރަން ނިންމައި، މިހާރު ވަނީ ހިއްސާ ދާރުންނަށް އިތުރު ހިއްސާ ގަތުމަށް ހުޅުވާ ވެސް ލާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
08 October 2017
ޔާމިނައް ތާއީދު ކުރެވެނީ މިހެންވެ.
ޖައްރާފު
08 October 2017
ދެންއިވޭނީ މަހާޖައްރާފު ނުއަގުގަ ވިއްކާލާ އަޑު. ގަންނާނީ ޅިޔަނު. ކަންހިނގަނީ މިގޮތަށް.
ހަސޮނު
08 October 2017
ރާއްޖޭގެ ތިމާވެއްޓަށް ކުރިއަށް އަހަރު ތަކުދިމާވާނެ އެންމެ ބޮޑު ކާރިސާ ރާއްޖެ ބަނދަރަށް ވަންނާނީ މިމަހު 30 ގައި
ކޮހެކޭ
08 October 2017
ތަމެން ނަށް އިނގޭނެތޭ ތިމާވެށި އަޅައިގެން ފައި ވެއްޓުނަސް. ނޭގޭނެ ދޯ. ދެން ކޮން ކަނޑު ކޮހެއްތޭ ތިޔާ ގޮވަނީ.
އަމާ
08 October 2017
އެމްޓީސީސީން ހިއްސާ ވިއްކަނީ ކީއްކުރަނ؟ ރާއްޖެ ހިއްކާ ސުންނާފަތި ކުރަންތަ؟ ސާފު ކޮށްދީބަލަ
އާދޭދޯ
08 October 2017
އެމްޑީޕީން ހޭރި ހޭރި ތިއްބާ ހަމަ މަހާ ޖައްރާފު ވެސް މިގެންނަނީއެވެ. ތަމެން ބުނި ދޯ މަހާ ޖައްރާފު ނާންނާނެއޭ. ނާދޭތޭ. އާދޭ ދޯ. ނާދޭތޭ އާދޭދޯ. ނާދޭތޭ އާދޭދޯ. ނާދޭތޭ އާދޭދޯ. ނާދޭތޭ އާދޭދޯ.
ސަލާމް
08 October 2017
ތި ބޯޓް ހަމަ ދާނެ ކަމަށް ލަފާކުރެވެނީ ޗޮކުންކަމަށް.. ދުވަސް ކޮޅަކުން ބުނާނެ މެއިންޓެނެންސް ކަމެއް ލައިގެން ހަލާކުވެފައޭ.. ދެންބުނާނެ ޚަރަދު ބޮޑޭ.. އެންމެފަހުން ގޮސް ބުނާނެ ވިއްކާލުމޭ އެންމެ ރަގަޅީ މިކަން ކުރިއަށް އޮތް ތަނުގައި ފެންނާނެވެ.
ބެއްޔާ އައްޑޫ
07 October 2017
ތިލަފުށި ހިއްކަން ރަގަޅު ދަގަނޑު ކޮޅެއް
އިބްރާހިމް
07 October 2017
މަހާޖައްރާފް ކިޔަންވެސްއެގުނީ އިއްޔެމިދާކައްދުވަހު ދޯ ދިވެހިންނައް؟
ވިލި احمد ގެ ހަގު އަނބި
08 October 2017
ޖައްރާފް މިހެން އަހަރުމެން ކިޔަން 80 ގެ ކުރީކޮޅު ވެސް.ދެން މަހާ އެއީ މަސް.
ރޮކެޓް ސައިންސް
07 October 2017
ލަންކާއިން ގަތް ސައިފަތް ދަނޑަށް ވީހެން ނުވެއްޖެއްޔާ ކިތހެންމެހާވެސް ރަނގަޅު. މިސަރުކާރުން ކުރާ ހުރިހާކަމެއްވެސް ދެފަހަރު ކުރަންޖެހޭ ތަން އަބަދުވެސް ފެންނަނީ އެއީ އެންމެ ކުޑަމިނުން ފުލެޓަށް ފޯމުލާންޖެހުނު ކަމުގަވިޔަސް
ގިވްއިން
07 October 2017
މަހާ ޖައްރާފް ރާއްޖެ އަށް ދަތުރު ފަށައިފި، އާދެވޭނީ މި މަހު 30 ގައި ކަމަށް ވާނަމަ ސަރުކާރުން ޖެހޭނެ މަހާ ޖައްރާފް ރާއްޖެ އަށް ވަންނަ ސްޕެޝަލީ ގާދޫ ކޮލުން މަހާ ޖައްރާފް އެތެރެ ވާއިރަށް މަދުވެގެން 1000 ޑްރޯންސް ތަކުގެ އެހީައި ރިއަލް ޓައިމް ގައި ލައިވް ކޮށް އެ މަންޒަރު ތައް ޓީވީން ނާއި އަދި ޔޫ ޓިއުބް އިން ދައްކަން. އަދި މަހާ ޖައްރާފު ވަންނަން ވާއިރަށް ޕީޕީއެމްގެ ހުރިހާ ބިއުޓީ ކްއީނޭ މެންނާއި އަދި ރަންރީނދޫ މެންގެ ހުރިހާ ބިއުޓީ ކްއީނޭ މެން ނޭވީ ބްލޫ ޖީންސް އާއި ލޯންގް ސްލީވްޑް ވައިޓް ސިލްކް ޑްރެސް ގައި ޖެހޭނެ ވެދުން ހިފައިގެން ދާން މަހާ ޖައްރާފަށް. ރަންރީނދުލޭ މެން ނުގޮސް ކީއްކުރާނީ ދޯ އެމެން ދާނެ ތަނެއް ނެތް ވިއްޔާ މަމެންގެ ވެރިކަމުގައި ވަށައިގެން ކަނޑު ވިއްޔާ އޮތީ ދޯ. ގިވް އިޓް ވެން އައި ވޯންޓް އިޓް. ގިވް އިން ޓު މީ ގިވް އިން ޓު މީ.