ބިޝާމްގެ ކާރުގައި ރޭ ރޯކޮށްލައިފައި -- ފޮޓޯ: އެމްއެންޑީއެފް
09 އޮކްޓޯބަރ 2017 - 11:11
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތުގެ ބިޝާމްގެ ރަސްމީ ކާރުގައި ރޯކޮށްލައި ރޭ އަންދާލައފި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ ހެންވޭރުކޮޅު ޖަނަވަރީމަގުގައި ޕާކުކޮށްފައި އޮތް ދައުލަތުގެ ކާރެއްގައި ރޭ ދަންވަރު ތިނެއް ޖަހާކަން ހާއިރު ރޯކޮށްލައިފައިވާ ކަމަށާއި އެއީ ދީފައިވާ އިންޒާރެއް ކަމަށް ބެލެވޭ ކަމަށެވެ.
ރޯކޮށްލީ ޕީޖީ ބިޝާމްގެ އޮފީހުން އޭނާ އަށް ދީފައިވާ ކާރެކެވެ.
ބިޝާމް މިއަދު ވިދާޅުވީ ކާރު އާންމުކޮށް ޕާކުކުރަނީ އޮފީހުގެ ގަރާޖުގައި ކަމަށާއި އެކަމަކު މަޖީދީމަގު ހަދަމުންދާތީ އާއި އެ މަގުގެ އެ ހިސާބުން ނުދުއްވޭތީ އަދި ރަސްމީ ޕާކިން ޒޯނުގައި ސައިކަލްތަކެއް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އާންމު ޕާކިން ޒޯނެއްގައި ރޭ ޕާކުކޮށްފައިވާ ކަމަށެވެ. އަދި އެއީ ކުރިން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ ސިޔާސީ ހަރަކާތްތައް ހިންގެވި އޮފީސް ކުރިމަތިން ކަހަލަ ގޮތަކަށް ކަމަށް ޕީޖީ ވިދާޅުވި އެވެ.
ފުލުހުން ބުނީ ކާރުގައި ރޯކޮށްލީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.
"އެކަން ބަލަމުން މިއަންނަނީ،" ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު ވެސް ވަނީ ކާރެއްގައި ރޯކޮށްލައިފަ އެވެ. ހެންވޭރުކޮޅު ލޮނުޒިޔާރަތް މަގުގައި ޕާކްކޮށްފައިއޮތް ކާރުގައި ރޯކޮށްލައިފައި ވަނީ ޕެޓްރޯލް ބޮމެއް ބޭނުން ކޮށްގެންނެވެ. ޕީޖީ ބިޝާމްގެ ކާރު ވެސް އަންދާލީ ޕެޓްރޯލް ބޮމެއް ބޭނުންކޮށްގެން ކަމަށް ތުހުމަތު ކުރެވެ އެވެ.
ޕީޖީ ބިޝާމްގެ ކާރުގައި ރޭ ރޯކޮށްލާފައި.---ފޮޓޯ: އެމްއެންޑީއެފް
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިރައްޔިތެއް..
09 October 2017
ކަލޯ ތިއޮތީ ތަޅާނެކުދިންކޮޅެއް ހޯދާފަތާ ! ތިކަހަލަ ކަންތައްތަކަށް ފަރިތަމީހުން މިރާއްޖޭގައި އުޅޭތާދޯ...!
ފަލަޑޭބ
09 October 2017
ތި ހުންނަނީ ގުޅިގެން އަބުރާގޭހެވެ......ޕަކާސް ޕަސް
ވަސް
09 October 2017
ބޮޑަށް ވައްތަރީ ޑްރާމާ އަކާއި
ރާއްްޖެ
09 October 2017
ހުޅު ޖެހުމުގަ ވަރަށް ތަޖުރިބާ ހުރި ބައެއް މިރާއްޖޭގައި އުޅެއެވެ.
މުހަންމަދު1234
09 October 2017
އިންސާފުން ކަންކަން ނުކުރެވޭކަމުގެ ހެކިތައް މިޤައުމުން މިފެންނަނީ! ޕީޖީއަށް ގޮވާލަން ޤާނޫނުތަކާއި އެއްގޮތަށް އަމަލުކުރުމަށް!! މިޤަައުމުގެ ރައްޔިތުން މަގުމަތިން އިންސާފު ހޯދަން ވެއްޖެ ނަމަ އެތައް ބައެއްގެ މުދަލާއި ފުރާނަ ނުރައްކަލު ތެރެއަށް ވެއްޓޭނެ!! ޕީޖީ އިސްތިއުފާ!!!
ޅިޔަންބެ
09 October 2017
ވަރިހަމަ.
ޒައިން
09 October 2017
ތިޔައީ ފިނޑިއަމަލެއް.. ތިޔައިން ބިޝާމަށްވާނެ ގެއްލުމެއް ނެތް ލޯލާރިއެއްވެސް އޭނާއަތަކުން ނުދާނެ ދައުލަތުގެ ލާރި ބޭކާރުވާނި
ޕީޖީ ބިޝާމް
09 October 2017
ބިޝާމް ތޯ ކާރު ދުއްވީ.. ޕާކް ކުރާނެ ޖާގަ ނުލިބުނީ...
ސައދ
09 October 2017
ކޮންމެ މީހަކު ދުއްވިއަސް އެމީހަކު އަބަދު ދަތުރުކުރާ ކާރަށް ވީނުވީ އެނގުން މުހިންމީ.
ރަބަރު
09 October 2017
ތަންތަން ރޯކޮށް އަންދައިހެދުމަކީ ކޮންމެ ބަޔަކު ކުރިއަސް ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ. ޕީޖީ ދެކެ ހިތްހަމަނުޖެހޭ މީހުން ގިނަވާނެއެވެ. އެކަމަކު ޕީޖީއަށް ނުވަތަ ޕީޖީ ކާރަށް ގެއްލުން ދިނުމަކުން ވާނެ މާބޮޑު ފާއިދާއެއް ނެތެވެ. ޕީޖީ އެއް މަރާނުލެވޭނެއެވެ. މިހާރު އެމަގާމުއަދާކުރާ ބިޝާމު މަރާލެވުނަސް އަދި އަނިޔާ ކުރިއަސް މުދަލައްގެއްލުން ދިނަސް މާދަމާ ޕީޖީއަކު އައްޔަންކުރެވޭނެއެވެ. ވީމާ ތިކުރަނީ ތާކުންތާކުނުޖެހޭ ވަރަށް ދަށްދަރަޖައިގެ ކަންތަކެވެ.
އަލިފުތު
09 October 2017
މިފަދަ ޖަރީމާތައް ހިންގަމުންދާއިރު 30 އަހަރުގެ " ލޮބުވެތި " ބައްޕަގެ ޓްވީޓެއް ނުލިބޭ. ކީއްވެބާ؟
ޟަރޫ
09 October 2017
މީހުން މަރާއިރު ގައުމުގެ މިވަގުތު ރައީސް ކަމުގެ ހުވާކޮށްގެން ހުރި މީހާ ޗުއްޕުވެސް ނުބުނޭ! ދެން ކާރެެއްގައި ރޯ ކޮށްލީމަ މާ ކުރީގެ ރައީސް އަކު ނުޖެހޭ ދޯ!!