މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
19 އޮކްޓޯބަރ 2017 - 23:58
އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
"ތައްޔާރު" ގެ ނަމުގައި އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، ރައީސް ޔާމީން ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އައްޑު އަށް މިހާ ބޮޑު ހޭދައެއް ކުރި ކަމަށް ބުނެވޭނެ އެހެން އެއްވެސް ސަރުކާރެއް މިހާތަނަށް ނޯންނާނެ ކަމަށެވެ. އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން އަދިވެސް ކުރިއަށް ގެންދަން ބޭނުންވާ ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީގެ ވާހަކަފުޅު ރައީސް ފެއްޓެވީ، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް މިރޭ ހުންނެވީ އައްޑޫގެ ރައްޔިތުންނާ އެކު އެ ސިޓީގައި ކަން ފާހަގަކުރައްވަމުންނެވެ.
އައްޑޫގެ މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ފޭދޫގެ ބިން ހިއްކުން ފަދަ އެތައް މަޝްރޫއެއް މިހާރު ވެސް ކުރިއަށް އެބަދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އައްޑު އަތޮޅުގައި ތަރައްގީގެ މަޝްރޫއުތަކެއް އެބަ ހިނގާ. އެ މަޝްރޫއުތައް ހިނގާތީ، އަދި އިތުރު މަޝްރޫއުތަކަކަށް ފެންބޮވައިގަނެފައި ތިބެއްޖެ ކަމަށް ވަންޏާ ކުރަން ޖެހޭނެ ސުވާލަކީ ނާނާ، ދެން ހުރި ކަންކަން މި ރައީސް ޔާމީނަށް ކުރެވޭނެބާއޭ. ޝައްކެއް ނެތް އެކަން ވެސް ފުއްދާނީ މި ސަރުކާރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ތަރައްގީއެއް ނުކުރެވުނެވެ. ރައީސް ޔާމީނަށް އެކަން ކުރެއްވިދާނެތޯ އަހަނީ، އެމަނިކުފާނު ތަރައްގީ ގެންނަވާކަން އެމްޑީޕީން ވެސް ގަބޫލުކުރާތީ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނަޝީދު އައްޑު އަށް ކޮށްދެއްވި ހަމައެކަނި ކަމަކީ ސާކް ސަމިޓާ ދިމާކޮށް ކޮންވެންޝަން ސެންޓަރެއް އެޅުން ކަމަށެވެ. އެތައް މިލިއަން ރުފިޔާ ހޭދަކުރި އެ ކޮންވެންޝަން ސެންޓަރުގެ އެއްވެސް ބޭނުމެއް ސަމިޓުގެ ފަހުން ނުހިފުނު ކަމަށް ވިދާޅުވެ ރައީސް ޔާމީން ފާޑުވިދާޅުވި އެވެ.
މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ރައީސް ޔާމީން އިށީނދެވަޑައިގަތުމަށް ވަޑައިގަންނަވާއިރު، އެމަނިކުފާނަށް ތާއީދުކޮށް ތެދުވެ އަތްޖަހަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ކޮންވެންޝަން ސެންޓަރު، ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި މި ސަރުކާރުން އަންނަނީ ތަރައްގީކުރަމުންނެވެ.
އައްޑޫގައި ވެސް އެންމެ ބޮޑު މައްސަލަ އަކީ ކަރަންޓް ކެނޑުން ކަން ފާހަގަކުރައްވައި ވިދާޅުވީ މުޅި ރާއްޖޭގައި 24 ގަޑިއިރު ކަރަންޓް ޔަގީން ކޮށްދިނީ މި ސަރުކާރުން ކަމަށެވެ. ކުރީ ސަރުކާރުތަކުގައި އެ ޔަގީންކަން ރައްޔިތުންނަށް ނުލިބި އޮތީ ކީއްވެތޯ ވެސް ރައީސް ޔާމީން އެއްސެވި އެވެ.
ކަރަންޓްގެ ފަސޭހަކަން، ރައީސް ވިދާޅުވި ގޮތުގައި، ހުރިހާ ރަށްތަކެއްގެ ރައްޔިތުންނަށް މިހާރު ވަނީ ގާއިމްވެފަ އެވެ.
"އެންމެ ބާރު ލައްވާފައި މިއަދު އައްޑޫން ކަރަންޓުގެ ވާހަކަ ދައްކާ މީހުންނަށް އަޅުގަނޑު އަހާލަން ބޭނުން ވަނީ އެ ބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ކީއްވެގެންތޯ އައްޑޫގެ ރައްޔިތުން ފެންވަރައި ހިނަވައި ހުރިހާ ކަމެއް ކުރަން ބޭނުންވާ މިންވަރަށް ކަރަންޓް ގާއިމްކޮށް ނުދެއްވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އައްޑޫ އަދި މުޅި ރާއްޖެ ވެސް އެމަނިކުފާނު ތަރައްގީ ކުރައްވަން ގެންގުޅުއްވާ ވިިިސްނުން ކުރިއަށް އޮތް ތަނުގައި ވެސް ދޫކޮށް ނުލައްވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެ
21 October 2017
އެއްވެސް ރައީސަކު އައްޑުއަތޮޅަށް ތަރައްޤީއެއް ގެނެސްނުދެއްވާނެ! ކޮންމެފަހަރަކު ދައުރު ހަމަވާން ކައިރިވީމާ ރައްޔިތުންގެ ލޮލުގަ އަނދުންއަޅުވަނީ!
އިބިރިހިންބެއްޔާ
21 October 2017
ކުއްޖަކަށް ނުވަތަ ތަނަކަށް އަދަދެއް ހޭދަކުރުމާއި އެއަދަދުގެ ތަރައްޤީ ހޯދަދިނުމާއި މުޅިން ތަފާތު.
އަލްޖިބްރާ
20 October 2017
އެހެންވެގެންދޯ ސައޫދީ އެރޭބިއާ އިން އައްޑޫގަ ހޮސްޕިޓަލް އަޅަންދިން ޑޮލަރުބޮޑި ބަހައްޓާފަ ކޮންވެންޝަން ސެންޓަރު ސުންނާފަތި ކޮށްލީ ؟
ހާމަ333
20 October 2017
ނިކަން ކޮންމެވެސް މީހަކު ރައީސް ކައިރިން އަހާބަލަ އައްޑޫގެ އާބާދީއަކީ މިރާއްޖޭގެ ޕޮޕިއުލޭޝަންގެ ކިތަައް ޕަސެންޓުތޯ....އެއް އަތޮޅަކަށް ނިސްބަތްވާ އެންމެ ބޮޑު ޕަސެންޓެއް އޮންނާނީ އައްޑޫގަ....މާނަޔަކީ ގިނަ ވޯޓުވެސް ދީފަ ހުންނަނީ އައްޑޫމީހުންނޭ...ވީއިރު ކަންކަން އާބާދީގެ ނިސްބަތަށް ބަލައި ނުކުރެވޭ ވާހަކަ ނުވަތަ ކަންކަމަށް ޑިމާންޑްކުރުމަކީ އެއީ އޮންނާނެކަމެއް...ތަރައްގީއަކީ އާބާދީގެ ނިސްބަތުން ކުރާއެއްޗެއް...ދެން މަގުތައް ހަދަމުންދާކަމަށް ބުނިއިރު ކޮން މަގެއްތޯ ހަދަން ފެށީ ނުވަތަ ހަދައި ނިންމީ މިދައުރުގަ؟ ބޮޑުއާބާދީއަކުން އަންނާނެ ގިނަ ޝަކުވާވެސް ޑިމާންޑްވެސް ކުރާނެ ގިނަކަންކަމަށް ...ގިނަ ވޯޓްވެސް ލިބޭނީ ހަމަ މިކޮޅުން....ތަރައްގީކޮށްދީ އޭރުން އައްޑޫމީހުންގެ ވޯޓުވެސް ލިބި 2018 ޔަގީންވެސް ވާނެ....އަހަރުމެން ބޭނުމީ ތަރައްގީވާން...ވޯޓު ލިބޭނީ ކޮށްދޭ މަސައްކަތަށް ބަލާފަ...
2018ވައްކަމައްތޯ
20 October 2017
އައްޑޫއައް ކަމެއްކޮއްދިނަސް ކޮއްދޭ ކަމަކައްނުވާނެ ދެންކީއްކުރަން ޔާމިނު ތިހާބޮޑު ހޭދައެއްކުރަނީ ތިކަންހުއްޓާލާފަ އެހެންރައްތަކައް ތިފައިސާހަރަދު ކުރަން ފެންނަނީ
ހާމަ333
20 October 2017
ކަލޯ ރަނގަޅުވާނީ ނުބެހޭ ކަންކަމާ ނޭގޭ ވާހަކަޔަށް ބޭކާރު އަނގަނުތަޅާހުރިއްޔާ...އައްޑޫއޭ ކިޔާއިރު އެނގޭތަ އައްޑޫގެ އާބާދީއަކީ މިރާއްޖޭގެ އާބާދީގެ ނިސްބަތުން 1 އަތޮޅަކަށް ނިސްބަށްވާ އެންމެ ބޮޑު ޕަސެންޓެއްގެ މީހުން ހޯމްލޭންޑްކަން...ތަރައްގީއަކީ ރަށަށް ހޯދައިދޭންޖެހޭ އެއްޗެއްނޫން...ތަރައްގީއަކީ މީހުންނަށް ހޯދައިދޭންޖެހޭ އެއްޗެއް....އެތަނެއްގަ އުޅޭ އާބާދީއެއްގެ ނިސްބަތުން ތަރައްގީ ކޮށްދޭންޖެހެނީ....އެނޫންނަމަ ފަޅުރަށްތަކުގަވެސް ޓާޝަރީ ހޮސްޕިޓަލް އަޅާނެތާ....
އަރޫ
20 October 2017
ހުރިހާ ތަފްޞީލެއް ލިޔެކިޔުމުން ދައްކަވާ އޭރުން ތިވިދާޅުވި އެއްޗެއް ޤަބޫލުކުރަން އިނގޭނީ
ހުވަނި
20 October 2017
ކޮންމެހެން ކަލަ ގޮވަން ޖެހޭތަ؟
ސިންތިލީ ވޫމް
20 October 2017
އައްޑޫ މީހުން އަތުން ނެގި ޓެހުކުގެ 3 ބައި ކުޅައްބައިވްސ
މަހާރަދުން
20 October 2017
ޢަމިއްލަ ޖީބުންތަ؟
ދޮން އަލީ
20 October 2017
އެހެން ވެގެން ދެއްތޯ 1.5 މިލިއަން ފަހަރު އައްޑޫއިން ކަރަންޓު ދިޔައީ....