މުންދު ސަފީރު ކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް މިއަދު ހެނދުނު ވަޑައިގަންނަވަނީ
23 އޮކްޓޯބަރ 2017 - 08:35
ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އަށް މިއަދު ހެނދުނު އަރުވާ ގޮތަށް ނިންމަވައިފި އެވެ.
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 10:30 ގަ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރުކަމަށް މިދިޔަ މަހުގެ ހަވަނަ ދުވަހު މުންދު އައްޔަން ކުރައްވައި އޭނާ އަށް ރައީސް އަބްދުﷲ ޔާމީން މަގާމުގެ ފަތްކޮޅު އެރުވި ނަމަވެސް، އެ ގައުމުގެ ރައީސް ސިރިސޭނާ އަށް އެ ފަތްކޮޅު އެރުވުން ލަސްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް މިހާތަނަށް އޮތީ އަމާޒުވެފަ އެވެ. އަދި ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރުމާ ދެކޮޅު ހަރަކާތްތަކެއް ވެސް އިދިކޮޅު ފަރާތްތަކުން އައީ ހިންގަމުންނެވެ.
މުންދު އިއްޔެ "މިހާރު" އަށް ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލަންކާ ސަފީރަކަށް އޭނާ އައްޔަން ކުރެއްވީ ލަންކާ ސަރުކާރުގެ ހުއްދަ ލިބުމާ ގުޅިގެންނެވެ. އެހެންވެ، މަގާމުގެ ފަތްކޮޅު ސިރިސޭނާ އަށް ނޭރުވި ލަސްވެގެން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލަންކާގެ ރިޔާސަތާއިި ފޮރިން މިނިސްޓްރީން ވަނީ އަޅުގަނޑު ސަފީރަކަށް އައްޔަން ކުރަން ހުއްދަ ދެއްވާފައި،" މިވަގުތު ލަންކާގައި ހުންނެވި މުންދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާފްއީރު
23 October 2017
ދިވެހިރާއްޖެ އިނގިރޭސިންގެ އަތުން މިނިވަންވީ ފަހުން ވެއަތަވި 50 އެތައް އަހަރެއްގައި ދިވެހިރާއްޖޭގައި ވެރިކަންކުރި އެތަކެއް ސަރުކާރުތަކުން އެތައް ބައިވަރު ސަފީރުންނެއް ދުނިޔޭގެ ގައުމުތަކަށް ވަނީ ފޮނުވާފަ. އެކަމަކު މިނުނީ އަމިއްލަޔަށް ސަމާލުކަން ހޯދަން މިހާވަރަށް އުޅޭ ސަފީރަކުނެތް ތާރީހުންފެންނާކަށް. ސަފީރުކަމުގެ ވަޒީފާއަކީ ސިޔާސީ އެކްޓިވިސްޓެއްގެ މަސައްކަތްކަމުގަ ދެކުމުން ވާނެ ހުރިހާކަމެއްވާނެ މިފަހަރު.
ޕޮކަންޑިމޭން
23 October 2017
މުންދުގެ ފަތްކޮޅު ހަވާލުނުކުރެވިގެން ދެފައިގާތްނުވެގެން އުޅުނު މީހުންނަށް ވަރަށް ވެދުން.
ކޮލަމާފުށި
23 October 2017
އޭނަގެ ފަތްކޮޅު ގަބޫލު ކުރާވަރު ހަމަވެއްޖެ...އެހާ މަސައްކަތްކޮއްފި...އާދެސްކޮއްފި..ލެންބައިތު ލިޔެފި...ލަންކާ އާއި ބެހޭގޮތުން ކުރުވާހަކަޔާ މަޒުމޫނު ލިޔެފި...އޭނަޔަށް ހަމަ ހައްގު ތިމަގާމް.
އެދުރުބެ
23 October 2017
ސަފީރު ކަމަކީ ދިވެހި ސަރުކާރުން އަރުވާ މަގާމެއް. ޑިޕްލޮމަސީ ނެގޭތީ ރީނދޫ ކުދިން އަނގަ އަރުވިކަމުން ފައިދާއެއްވިތަ؟ އަންނި އެހުރިހާ އަނގަ އެރުވިމައި އެނަގެ ހުކުމް ބާތިލް ވިތަ؟ ނުވި އެއްނޫންތަ ! ދެން އެހުރިހާ ޅެންބައިތާ ފަރިހިން ވެރިކަން އިންތިގާލީ ވެއްޔާ މޮޅޭ ބުނާނަން.
ރަދީފް
23 October 2017
މަރުހަބާ މުންދު އަދި ޝަނީ.
ރޮކެޓް ސައިންސް
23 October 2017
މުންދޫ ރައީސް ނަޝީދު ހައްޔަރު ކުރެވިއްޖެތަ. ފަތްކޮޅު އަރުވާ ރަސްމިއްޔާތުގަވެސް ނޫނީ އެހެން އިވެންޓަކުން ވެސް ރައީސް ނަޝީދު ފެނިއްޖެއްޔާ މަގޭ ސަލާމް ބުނެލައްޗޭ. މުންދު ކިތެންމެ ފުއްޕާފަ މަގުމައްޗައް ނިކުމެގެން ރައީސް ނަޝީދު ހައްޔަރު ކުރާނަމޭ ބުންޏަސް އެއީ ވާނެކަމެއް ނޫން އިރާދަ ކުރެއްވިއްޔާ. މިއަދު މުންދު ތިހިރީ ފުރިހަމަ ބާރާއެކު ލަންކާގަ ނިކަން ތިގަޓު ދައްކާލަބަލަ
އެއްލަކި
23 October 2017
ފަތްކޮޅު އަރުވާތީ ކަލޭ ކަޑަވީ ދޯ..! ނުވާނެކަމެއް ކަމަށް ޔަޤީންކޮށްގެން ހުރިކަމެއް ވާތަން ފެނުނީމަ މަނަަމަވެސް ވާނެ އިނގޭ..! ކެކެކެކެކެ
އެދުރުބެ
23 October 2017
ކޮބާ.. މރ ރޮކެޓް ސައިންސް.... މިއަދު ހުވާ ވެސް އ ކުރަނީ.. ދެން ފެންނާނީ ދެގައުމުގެ ދޭތެރޭގައި ކުރެވިފައިވާ މުއާހަދާގައި ވާ ގޮތުގެ މަތީން (އަންނި އަކީ ދިވެއްސެއްނަމަ) ހައްޔަރު ކުރެވޭ ތަން. އިންގިރޭސި ޕާސްޕޯޓެއް ބޭނުން ކުރާނަމަ ދެން މުޅިން ތަފާތު ކަމެއްތާ !!!
ނުވާނެއޭ
23 October 2017
ކޮން ރައީސް ނަޝީދެއްތޭ. ކިޔާބަލަ ކެނެރީގެ ނަޝީދުއޭ. އޭނާ އަކީ ކޮންތާކު ރައީސެއްތޭ. މަމެން ނުދަންނަން އޭނާ އަކީ އެއީ މިހާރު ގައުމެއްގެ ރައީސް ކަމަށް.
އިންސާފް
23 October 2017
ދެރަނުވޭ ކުދިންނޭ. ހަމަ ރައީސް ނަޝީދު.
ގޮއްޔެ.
23 October 2017
ރައީސް ނަޝީދު ރައީސް ނަޝީދު.... އެއީ ހަމަ ރައީސް ނަޝީދު.. ޒާތީ ޙަސަދައަކީ އިންސާނާގެ ހަމަ ބުއްދި ކާލާ އެއްޗެއް. ހަޖަމް ނުކުރެވޭ ބަޔަކަށް ހަޖަމް ނުކުރެވުނަސް އެއީ ހަމަ ރައީސް ނަޝީދު. ހުރިހާ ދިވެހީން ދަންނަ ހުރިހާ ދިވެހީންގެ ލޯބި އިންތިހާ އަށް ހޯދާފައިވާ އަދި މިހާރުވެސް ލިބެމުން އަންނަ ރައީސެއް. އަދި ފަހުގެ ތާރީޚްގައި ދިވެހި ތާރީޚަށް އިންގިލާބީ ތަރައްޤީ ގެނައި ތަރައްޤީގެ ބާނީ.... ހުރިހާ ކަމެއް ޕްލެއިންކޮށް ޤައުމާއިގެ ކުރިއަށްދާތަން ފެނުމުން ބަޔަކަށް ހަޖަމްނުވެގެން ވެރިކަން ފޭރިގަތީ. އެމަނިކުފާނުގެ ޕްލޭން އަސްލަކަށް ބަލައިގެން މިހާރުވެސް ތަރައްޤީއޭ ކިޔާ މިކުރާ ހުރިހާ ކަމެއް ކުރަމުންދަނީ. ޤަބޫލުނުކުރާ ބަޔަކު ނުކުރިއަސް ޙަޤީޤަތަކީ މީ.
ގޮއްޔެ
23 October 2017
ފައިނަލީ.............. މަރުޙަބާ މޮންދޫދު....... އަހަރެމެންވެސް ތިޔަ ކަމަށް އިންތިޒާރުކުރާތާ ލައްކަ ދުވަހެއް ވެއްޖެ. ... ނަމަވެސް މޮންދުއަށް ވަގުތެއްނުލިބި މިހާގިނަދުވަހު އިންތިޒާރުގައި ތިބެން މިޖެހުނީ..... ތިޔަ ބިޒީ ޝެޑިއުލްގެ ތެރެއިން ވަގުތުކޮޅެއް ހުސްކޮށްލަ ދެއްވިކަމަށްޓަކައި ވ.ބޮޑަށް ޝުކުރިއްޔާ... ފަތްކޮޅު އެރުވުމާއެކު ވީހާވެސް އަވަހަކަށް އަންނި ލަންކާއިން ބޭރުކުރައްވާނޭ ކަމަށް އުންމީދުކުރަން. އެބޭފުޅާ އެހުންނެވީ އިނގިރޭސިވިލާތުންވެސް ބޭރުކޮށްލާފަޔޯ ކިޔާތީ އިވޭ...
ދާހާ
23 October 2017
ވެއްޖެނަމަ ތަގުދީރުގައި ވާކަން ނުވެސް އޮންނާނެޔޭ...މާތް ﷲ އަށް ބިރުވެތިވެ ބަލަ.
ކުމްބަޅަ
23 October 2017
އިދިކޮޅުން ދައްކާހާވާހަކައެއް އަދި ދަނީ ހަމަ ވަޔަށް ދިވެހިގައުމާ ދިވެހި ދައުލަތުގެ އަގު މާބޮޑު ސިޔާސީ ގޮތުންނާއި އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކު ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ ގަބޫލު ކުރަނީ ދިވެހީންގެ މަދުބަޔަކު އެމީހުންނަށް މުހިންމު ވެގެން އުޅެނީ ގައުމާއި ދައުލަތަށްވުރެ އެމީހުންގެ ކަންކަން
ޑައިޕަރ
23 October 2017
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން މިއަދު އެއޮތީ ލާރޖް ކޮށް. ސިރިސޭ މެން ޖެހޭނީ މަމެން ބުނީމާ ބުނާ ގޮތަށް ހަދަން. އެއީ މަމެންގެ ނޯކަރުން ދޯ. ކޮބާ ރަންރީނދޫ ޓްވިޓަރޭ. ތަމެންނަށް ފެނޭތޭ މަމެން ލާރޖް ކޮށް ޖެއްސީމާ ވާވަރު. ފެނޭދޯ. ދެން ތަމެން ގާތްގޫލާ އިނގޭ. ހާއްހަހަހާހާހާ ހާއްހަހަހާހާހާ ހޮހޮހޮހޮ.. އަން މިއޮތީ ޑައިޕަރ..
ޔާމިން
23 October 2017
ޖައްވައް ހަވަޔައް ފަތްކޮޅު އެރުވިޔަސް ހޮވުނީ މަޖިލިސްގެ ގާނޫނާ ގަވާއިދާ ހިލާފައް ނެގި ވޯޓަކުން ވީމާ ދިވެހި ރައްޔިތުންނައް ތި ކަމަކީ މާމުހިއްމު ކަމެއްނޫން
މަނިކުބޭ
23 October 2017
"ދޮންމަނިކެ ޖެހޭނީ ހަމަ ގޮވާލަ ގޮވާލާ އިންނަން..!" ހަނދާންވޭ ދޯ؟! ޕަކާސް
އަޅިކާ
23 October 2017
އަހަނ، ކުއްލިޔަކަށް ކިޔުގަތިބި އަނެއް ފަސް ސަފީރުން ފަހަތައް ޖައްސާލާފަ މުންދުލައްވަ ފަތްކޮޅު އަރުވަން ނިންމީ ކިހިނެއް ވީބަ!
ސަލީމް
23 October 2017
ޔާމީން ސިރިސޭނާ އަށް ގުޅާ ސައިޒް ކޮށްލީ
އަލީ_
23 October 2017
މިއިންވެސް އިގެނީ މުންދު ދައްކާ ވާހަކައަކީ ހަމަ އެއްވެސް އޮއްޓަރެއް ހުރި ވާހަކައެއް ނޫން ކަން.
ރަދީފް
23 October 2017
ކިއުގަ ނެތް އެކަކުވެސް ، އެދެން މޮޅު އެއްޗެއް ބުނެލީއޭ.
އަޅިކޭ
23 October 2017
ބަޔަކު ކަޑަފަށެއް ވޭދޯ..؟! ހައް ހައް ހައް