މާފަންނުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
30 އޮކްޓޯބަރ 2017 - 22:14
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު "ބަދަލެއްގެ" ނަމުގައި ކުރެއްވި މަސައްކަތުން މުޅި ނިޒާމުވީ ހަލާކު ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީންގެ ހޫނު ހަމަލާތަކެއް ނަޝީދަށާއި އިލްމުވެރިންނަށް މިރޭ ދެއްވައިފި އެވެ.
ވެރިކަން ކުރާ ޕީޕީއެމުން މާފަންނުގައި "ފިޔާތޮށި ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުން ހައްޔަރުކޮށްފައި ތިބޭ ކަމަށް ބުނާއިރު، އެމީހުންނަކީ ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައި ތިއްބެވި ބޭފުޅުންނެއް ނޫނެވެ. އަދި ސިޔާސީ ބޭފުޅުން ޖަލުގައި ތިއްބެވީ އެބޭފުޅަކު ކުރެއްވި ކުށެއްގައި ޝަރީއަތާ ގާނޫނުގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ވެދާނެ ލޯންޗު ގޮއްވާލަން އުޅުނީ ކަމަށް ވެސް. ރައީސް މަރާލަން އުޅުނީ ކަމަށް ވެސް. ގެއެއްގައި ހަތިޔާރު ގެންގުޅުނީ ކަމަށް ވެސް ވެދާނެ. ޣައިރު ގާނޫނީ ހަމަތަކުގެ މަތިން މަގުމައްޗަށް ނިކުމެ ގަދަ ބާރު ބޭނުންކޮށްގެން ދައުލަތް ވައްޓާލަން މަސައްކަތް ކުރީ ކަމަށް ވެސް ވެދާނެ،" ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ނަމަވެސް ނަޝީދުގެ ވެރިކަމުގައި ފެނިގެން ދިޔައީ ސިޔާސީ ބޭފުޅުންނާ ދޭތެރޭގައި އެއްވެސް ކަހަލަ ތަހުގީގެއްނުކޮށް، ހިތުހުރި ގޮތަކަށް ބަންދު ކުރަމުން ދިޔަ ތަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެންމެ ފަހުން ފަނޑިޔާރުން "ފޮރުވާ" ހިސާބަށް ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
މާފަންނުގައި ޕީޕީއެމް ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
ރައީސް ވާހަކަފުޅު ބޮޑަށް އަމާޒުކުރެއްވީ 2008 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރާއި ނަޝީދުގެ ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމުގެ މައްޗަށެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި މައުމޫނާ ދެކޮޅަށް ނިކުތް އިލްމުވެރިންނަށާއި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެގޮތުން ނަޝީދުގެ ވެރިކަމުގެ ސަބަބުން މުޅި ނިޒާމު ހަލާކުވެ، ދިވެހި ދައުލަތަށް އިތުބާރު ކުރާ ބޭރުގެ ފަރާތެއް، ދައުލަތުން ކުރާ ކަންކަމަށް އިތުބާރު ކުރާ ރައްޔިތުން ނެތިގެން ގޮސް، ބިރުވެރިކަމާއި ނާމާންކަން އިތުރުވެގެން ދިޔަ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި 2008ގެ ކެމްޕެއިން ދުވަސްވަރު، އިލްމުވެރިން "ނިދި ނަގާލާފައި" ގޮވަމުން ދިޔައީ އިސްލާމް ދީން ހިމާޔަތްކޮށް، އިސްލާމް ދީން ނެގެހެއްޓުމަށް ނަޝީދަށް ވޯޓުދޭށެވެ. އޭރު ވެސް ނަޝީދަކީ ކޮންކަހަލަ ފިކުރެއްގައި އަދި ކިހާ ވަރަކަށް ދީނީ ކަންކަމަށް ސަމާލުކަން ދެއްވާ ބޭފުޅެއް ކަން "އަސަރުގަދަ ދުއާތައް" ކުރެއްވި އިލްމުވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ނަޝީދާއެކު އޭރު އެއްކޮށް އުޅުއްވި އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"މިފަދަ ބޭފުޅުންގެ ފަހަތުގައި ތިއްބަވައިގެން ދީނީ ބޭފުޅުން ކުރެއްވި ދުއާތަކާއި ރައްޔިތުންނަށް އޮޅުވާލަން ކުރެއްވި މަސައްކަތަކީ ހަމަގައިމުވެސް އެބޭފުޅުންނަށް ކިޔަވައިދެއްވި އެއްޗެއްގެ ބޭނުން ހަމަ ދިމާ އިދިކޮޅަށް ބޭނުން ކުރެއްވީ. އެންމެ ބޮޑެތި ޖާހިލުންނަކީ އެއީ، ކަނޑައެޅިގެން އެނގި ތިބެ މީހުން މަގު ފުރައްދަން މީހުން ވާ ވައްދަން ފަތުވާ ދިނުމަކީ އެންމެ ބޮޑު ޖާހިލު އަމަލު. އެވަރު ކަންތައް ކުރާ އިލްމުވެރިން ތިބިކަން އަޅުގަނޑުމެން ހަނދާން ކުރަންވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިރޭ ފިޔާތޮށި ޖަގަހަ ހުޅުއްވައި ދެއްވަނީ. -- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
އެކަން އެނގިވަޑައިނުގެން، އިލްމުވެރިން ވާހަކަ ދައްކަވާފައި ހުރި ނަމަ، އެ ބޭފުޅުން ދުނިޔޭގެ އިލްމު ދަސްކުރައްވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ އެންމެ ހިމަ ނާރުތަކާ ކުޅެލި އިލްމުވެރިން "ކޮށްފައި ނުކުރާނެ ކަމެއް ނޭނގޭނެ" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ނަޝީދަކީ ކޮން ކަހަލަ ބޭފުޅެއްކަން، ކޮން ކަހަލަ ސިފަތަކެއް އެކުލެވިފައިވާ ޝަހްސިއްޔަތެއްކަން އެނގި ތިބެގެން އިލްމުވެރިން ގޮވަމުން ދިޔައީ ރައީސް މައުމޫން އިސްލާމް ދީން ހިމާޔަތް ކުރެއްވުމަށް ކުރެއްވި މަސައްކަތުގައި ބާގަނޑުތައް އަޅައިފިއޭ، ލޯވަޅުތައް އަޅައިފިއޭ، ބާގަނޑުތަކަށްވެއްޖެއޭ. އެހެންވީމަ ރައީސް މައުމޫނަކަށް އިސްލާމް ދީނާއި އިސްލާމީ އަގީދާ މިހާރު ހިމާޔަތެއް ނުކުރެވޭނެއޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ނަޝީދު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ބޭއްވި ރަސްމިއްޔާތަށް ގެނައީ މައުމޫން ސަރުކާރުގައި ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައި ތިބި ނަސޯރާ ދީނުގެ ބައެކެވެ. އޭގެ ފަހުން ވެސް ނަސޯރާ ދީނުގެ ބަޔަކު ރާއްޖެ ގެނައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަން އައި ފަހުން، ދިވެހިން ސަގާފީ ގޮތުން ދަމަހައްޓަމުން އައި ރިވެތި ސިފަތައް "ގާދޫ ކޮލުން" ބޭރުކޮށްލި ތަނާއި ބޮޑެތި މީހުންނާއި ޓީޗަރުންނަށް އިހްތިރާމް ކުރުން ނިމުމަކަށް ގެނައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ނަޝީދުގެ ވެރިކަމުގައި މުޅި ރާއްޖެއަކީ ނާމާން ތަނެއްގެ ގޮތުގައި ބަދަލުވެގެން ގޮސް، ދުވަހަކު ރާއްޖެ ދަރަނިވެރިނުވާ ވަރަށް ދަރަނިވެރިވި ކަމަށް ވިދާޅުވި އެވެ.
"ޒުވާނުންގެ އަހުލާގު ހަލާކުކޮށްލީ. ޒުވާނުން ނެރެ، ޖަލު ގޮޅިތަކުން ހައްގުވާ ވަރުގެ ބޮޑެތި ޖަރީމާ އެމީހުން ލައްވާ ހިންގުވީ. މަސްތުވާތަކެތި ރާއްޖޭގައި އާންމުވެގެން ދިޔައީ ވަކިވަރަކަށެއް ނޫން. މީހުން ގައިގައި ކަޓަރު އެޅުމާއި މަގުމަތީގެ އަމާންކަން ގެއްލި މުޅި ރާއްޖެއަކީ ބިރުވެރި ތަނަކަށް ބަދަލުވެގެން ދިޔައީ. ބަދަލެއް އަތުވެއްޖެ ނޫންތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ތައުލީމީ ދާއިރާ ބޮއްސުންލައި، ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި މަރާމާތު ކުރުމުގެ "ކަންފުޅެއް" ވެސް ކުރަން ބޭނުން ނުވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފަޅު ރަށްތަށް ވިއްކައި، އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކެނޑިގެން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖުވަދު އަހުމަދު
27 August 2018
ރައީސް ޔާމީން އެވިދާޅުވީ، ހަގީގަތް އޮތްގޮތް. އޭރުވެސް މިހާރުވެސް އެމްޑީޕީ އާއި ނަޝީދަކީ ލާދީނީ ފިކުރު ބައެއް. ރައީސް ޔާމީން އާއި ނުލާ އަހަރެމެންނަށް ސަލާމަތެއް ނެތް.
ކިޔުންތެރިއެއް
30 July 2018
ނަކޭގެ ލެއްވީއިރު ހުރިހާ އެއްޗެއް އެއްކޮށް ކަނޑާލީމަ ދެން މިފަދަ ބަސްތައް ބޭރުކުރަމުން މިދަނީ
ސުވާލު
29 January 2018
ތިބޭފުޅާއކީ ކިހާ ވަރަކަށް ދީނީ ކަންކަމަށް ސަމާލުކަން ދެއްވާ ބޭފުޅެއްތޯ؟
އަޖުވަދު އަހުމަދު
27 August 2018
އެއީ ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ބޭފުޅެއް އިނގޭތޯ.
އަލިބެއްޔާ، އެކުވެރިސުވައިދީބް
01 November 2017
ދިވެހި ތާރީޚްގައި ވެސް ނޫސްވެރިންނަށް މިހާބޮޑު ބިރުވެރި ކަމެއް ތަހައްމަލު ކުރަންޖެހުނު ދުވަސްވަރެއް ނާދެއެވެ. ވެރިކަން ކުރާގޮތް ކަމުނުގޮސްގެން ކުރިގޮތަކަށް ވެރިކަން ވެސް ބަދަލު ކޮށްފީމުއެވެ. ގޯސް ކަންކަން ރަނގަޅު ކުރަން ލިބުނު ފުރުސަތު ވެސް ކުޑައެއްނޫނެވެ. ތިމާމެންގެ ޒިއްމާތަކުން ރެކެން ބަހަނާ ނުދައްކަވާށެވެ. އިންތިޚާބް ބޯމަތިވެގެން އަންނާތީ އެހެން މީސްމީހުންގެ ބޮލަށް ހުރިހާ ގޯސް ކަންކަން ކަނޑާލުމުގެ ބަދަލުގައި ތިމާމެން ވެރިކަމަށް އަންނަން ވެގެން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދެވޭތޯ ބަލާށެވެ. ހެޔޮވިސްނުން ދެއްވާށި. އާމީން!
ނިޔަތް
01 November 2017
އިލްމްވެރިން ދުޢާ ކުރަން ތިހާ މޮޅު ނަމަ ރާއްޖޭގެ ކޮންމެވެސް އިޖްތިމާއީ ކަމެއް ހައްލު ކުރުމަށް ދުޢާ ކޮށްބަލަ. ސިހުރު ހަދާ މީހުން ވެސް ފާއިސާ ހޯދަނީ ކޮންމެވެސް ނުބައި ބަނދިވަރެއް ކިޔައިގެން.
އަބްދުއްލާ
01 November 2017
ނަސީދު މިގައުމަށް ގެނައި އަނިޔާވެރިކަން ހަނދާންނެތޭ ހިސާބަކަށް ނުދޭ ނަސީދު އިސްލާމްދީންދެކެ ލޯބިވާ މިންވަރުވެސް ހަނދާނެއް ނުނެތޭ ،އޭނާ ދީންދެކެ ލޯބިވާ މިންވަރު ކުޑަހިއްޗާ ބޮޑުހިތީގަ ވަޒީފާ އަދާކުރިމީހުންގެ ތެރެއިން ކޮޓަރިއަށް ކާންގެންދިޔަ މީހުން ކުރެން އަހާލަ. އަނިޔާ ވެރކަމަށް ބަލާއިރު ގާސިމް ޔާމ،ީނު ނާޒިމް ގާޒީ ހައްޔރުކުރި ކުރުން ނުފުދޭތަ ؟ ގާއުމު ބަގުރޫޓް ވުމާ ހަމަޔަށް ގޮއްސިޔޭ ބުނީ އައި އެމް އެފް އާ ވޯލްޑް ބޭންކުން. ޑޮލަރު ނުލިބިގެން ދުވި ރައޔިތުން އަދިވެސް އަދި ދުނިޔޭގާ އެބަތިބި. ސްޕްރީމްކޯޓް ގާ ތަޅުއެޅުވުމާ ، މުވައްސަސާތަކާ ދެކޮޅަށް ކުރި މުޒާހަރާތަކެއް އަދި ހަނދާން ނުނެތޭ މިމީހާ އަށް ދެވަނަ ފުރުސަތެއް ނުދެވޭނެ. އޭނަޔާބެހޭގޮތުން ލިޔެވޭނެ ވާހަކަ ގިނަ .
ވައްޑޭ
01 November 2017
މިރާއްޖެއަށް ޔަހޫދީން އައުމާއި،ދީން ފަތުރައިގެން ޑީޕޯޓް ކޮށްފަތިބި ޔަހޫދީން ގެނެސް ބޭތިއްބުމާއި،ވަޒީފާދީ ރައީސް އޮފީހުގަ ތިބުާ ވ.ތަފާތު ދޯ؟
ޙާމަ
31 October 2017
ހަމަ ފިސާރި، މީނާމިދެއްކީ މީނަ ކަންކުރާގޮތުގެ ވާހަކަދޯ، އެހެންނަމަ މިހާރު ރާއްޖެ ވަރަށް އަމާން ވީސްތާ. ނަޝީދު ދިޔަފަހުން ވެސް މިހާރު ކިތައް އަހަރު. މީނަގެ ވެރިކަމުގަ ސިފައިންވެސް، މަޖްލިސް ހަމަ މީނަގެ ބާރު، އެކަމަކު ކުއްކުރުން އިންތިހާ،
ފަލަ
01 November 2017
ނަޝީދު މިގައުމުގަ ނެތީމަ އެ ހުންނަނީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގާ މިގައުމަށް އަންނަން އުޅޭ ޓޫރިސްޓުންކޮޅުވެސް ނުހުއްޓުވާ މިގައުމުގައި ތިބި އޭނާގެ ޕަޕެޓުން ލައްވާ އެއްވެސް ކަމެއް ނުކުރުވާތަ؟ މިގައުމުގައި ޖިސްމާނީ ގޮތުން ނަޝީދު ނެތްކަން ހަމައެކަނި. އޭނާ ބޭނުންވާ ހުރިހާ ހަމަނުޖެހުމެއް މިގައުމުގައި އެބަ ހިންގޭތޯ ބަލާ އަދިވެސް.
7ގުދު.
31 October 2017
7 ގުދު އޮތްމީހާ 1 ގުދު އޮތްމީހާ އާއި ދިމާލަށް ގުދޯ ގުދޯ ގޮވުން، މިޤައުމަށް ނަސޯރާދީނީ މީހުން އައީ އެކަނި ނަޝީދުގެ ވެރިކަމުގައި އެކަނިބާ، ރިސޯޓް އޯނަރުންގެ ގޮތުގައި މިއުޅެނީވެސް ހަމަ އަރަބިންބާއެވެ.
އަރޫ
31 October 2017
ނަޝީދު ވެރިކަން ދޫކޮށްލާފަ ދިޔަތާވެސް ހައަހަރު ހަތްއަހަރު ވާއިރުވެސް އަދިވެސް މިމީހުން ނަޝީދަކުން ނުނެއްޓިގެން އުޅޭތަން ފެންނަނީ
އެދުރޭ
31 October 2017
ދިޔަތަ؟
ޕްލޭން ބީ
31 October 2017
ދެން ހުރީ މައުމޫނު. އެެއީ ޕްލޭން ބީ.
އަހޫ
01 November 2017
އައްނިވެސް ވެރިކަމާހެދި ނެއްޓޭން ނޭގިގެން އުޅެންޏާ ކިޔާނެ... އެއީ އެވާގޮތަކީ
ގަބޭ
01 November 2017
ނަޝީދު ވެރިކަންދޫކޮއްލީތަ ނޫނީ ބޮޑު ބަގާވަތެއްކޮއް ވެރިކަމުން ދުރުކުރީތަ.