ރިޕޯޓް / ކުޑަކުދިން

އާއިލީ މައްސަލަތަކެއްގައި ތާށިވި އަންހެންކުއްޖެއްގެ ހިތްވަރަށް އެންމެންގެ ތައުރީފު

އަޅާލުން ނުލިބުމާއި އިހުމާލާއި އަނިޔާގެ ސަބަބުން ހާލުގައި ޖެހޭ ކުޑަކުދިން ތަހައްމަލްކުރާ ހަގީގަތްތައް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެނގެނީ މަދު ފަހަރަކު އެވެ. ޚާއްސަކޮށް އެފަދަ ކުއްޖެއްގެ ދުލުން ސީދާ އެ ވާހަކަތައް ކިޔައިދޭ އަޑެއް ރާއްޖޭގައި ވަރަށް ނީވެ އެވެ. އެކަމަކު ފޭސްބުކްގައި އެއް ކުއްޖަކު ލިޔުނު ޕޯސްޓަކާ އެކު، އެފަދަ ކުދިންގެ ހިތްދަތި ހާލަތަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ވަރި އާއި އެ ނޫން ވެސް އާއިލީ މައްސަލަތަކާއި ހަމަނުޖެހުންތަކުގެ ތެރޭގައި އުމުރުގެ ބޮޑު ބައި ހޭދަކޮށްފައިވާ 17 އަހަރުގެ އަންހެންކުއްޖާ އެ ކަމުން އަރައިގަންނަން އަމިއްލަ އަށް ކުރި ހިތްވަރަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިފައި އެތައް ބަޔަކަށް ވަނީ ފުންކޮށް އަސަރުކޮށްފަ އެވެ.

"ތިމާގެ މީހުންގެ ފަރާތުން އަހަންނަށް އެއްވެސް ކަހަލަ ހަމްދަރުދީއެއް ނުލިބުނު ކަމުގެ އިހުސާސްކުރެވުނު. އެ ހުރިހާ ދުވަހަކު މަންމަ މަތިން ވަރަށް ހަނދާންވި. އަހަރެން ދިރިހުންނަން އެހީތެރިވެދިނީ ވަރަށް މަދު ބައެއް."

އުމުރުން ފަސް އަހަރުގައި މަންމަ މަރުވެފައިވާ އަންހެންކުއްޖާ ލިޔެފައިވާ ގޮތުގައި އެންމެ ކުޑައިރުން ފެށިގެން އޭނާ ބޮޑުވީ އެތަކެއް އަނިޔާތަކެއް ދެކެމުންނެވެ. މައިންބަފައިންނާއި ތިމާގެ މީހުންގެ ހަމަނުޖެހުންތަކާ ހެދި އޭނާގެ ގެ އަށް ފުލުހުން އަބަދުވެސް ގޮސް އުޅޭކަން ފާހަގަކޮށްފައިވެ އެވެ.

އަންހެންކުއްޖާ ބުނީ އޭނާ އަށް ހަތް އަހަރުން ފެށިގެން ގްރޭޑް ދިހަޔަކާ ހަމައަށް އޭނާ ބެލި ދޮންމަންމަ ވެސް އޭނާގެ ކުރިމަތީގައި އެތަކެއް އަނިޔާއެއް ތަހައްމަލްކުރި މަންޒަރު ފެނުނު ކަމަށާއި ބައްޕަ އެހެން ކައިވެންޏެއް ކުރަން ބޭނުންވެގެން ދޮންމަންމަ އަތުން އޭނާ އަތުލަން އުޅުނު ހިސާބުން ދޮންމަންމަ ބައްޕަ ގާތުން ވަރިވީ ކަމަށެވެ.

އޭގެ ފަހުން ގޯނާ އާއި ހަޅޭއްލެވުމާއި ޖިސްމާނީ އަނިޔާތަކާއި ފުރައްސާރަ ތަހައްމަލްކުރަން ޖެހުނު ކަމަށާއި އާއިލާ ތެރޭގެ ތަޅާފޮޅުންތަކާއި އެ މީހުން މާރާމާރީ ހިންގައި ވަޅިހެރި މަންޒަރު ވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ.

"އެ ދެ އަހަރު ތެރޭ ފާއިތުވި ކޮންމެ ދުވަހަކު އަހަންނަށް ކުރެވުނީ އެތެރެއިން އަހަރެން މަރުވަމުންދިޔަ ކަމުގެ އިހުސާސް،" އަންހެންކުއްޖާ ލިޔެފައިވެ އެވެ.

"އެތައް ޒަމާނެއް ފަހުން، އަހަރެންގެ މަންމައަކު ހުރި ނަމައޭ ހިތަށްއެރި."

އޭނާ ބުނީ އުމުރުން 17 އަހަރު ފުރި އެންމެ ފަހުން އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް އަމިއްލަ އަށް އޭނާގެ ހާލަތު ފުލުހުންނަށް ރިޕޯޓްކުރީ ކަމަށެވެ. ހިނގި ހާދިސާއަކަށް ފަހު އެއް ރެއަކު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ) އަށް ގޮސް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ފުލުހުން އޭނާގެ ބައްޕަ އަށް ނަސޭހަތްދީ، އޭނާއާ މެދު ކަން ކުރަންވީ ރަނގަޅު ގޮތް ކިޔައިދިން ކަމަށާއި އެކަމަކު ބައްޕަ ބަދަލުވާން ބޭނުން ނުވި ކަމަށް އަންހެންކުއްޖާ ބުންޏެވެ.

ޖެންޑާ މިނިސްޓްރީން އޭނާއާ ހަވާލުވުމަށް ފަހު އަނބުރާ ގެ އަށް ފޮނުވާލުމުން ކަންތައް ވީ ކުރިއަށް ވުރެ ވެސް ގޯހެވެ. އެއާ އެކު އަންހެންކުއްޖާ އަނެއްކާވެސް މައްސަލަ ހުށަހެޅީ، އޭނާ ބުނިގޮތުގައި، އަމިއްލަ އަށް މަރުވުމުގެ ޚިޔާލުތައް ކުރެވެން ފެށީމަ އެވެ. އެކަމަކު އެ ފަހަރު ވެސް އާއިލާ ތެރެއިން ހައްލެއް ނުފެނި، އަދި ހަވާލުވާނެ މީހަކު ނެތިގެން އޭނާ ފޮނުވާލީ ކުޑަކުދިންގެ ހިޔާ އަށެވެ.

"އެއް ހަފްތާ ފަހުން އަހަރެން ގެ އަށް ގެންދިޔަ. ތިމާގެ މީހުންގެ ފަރާތުން އަހަންނަށް އެއްވެސް ކަހަލަ ހަމްދަރުދީއެއް ނުލިބުނު ކަމުގެ އިހުސާސްކުރެވުނު. އެ ހުރިހާ ދުވަހަކު މަންމަ މަތިން ވަރަށް ހަނދާންވި،" އޭނާ ލިޔެފައިވެ އެވެ.

"ހުރިހާ އުއްމީދެއް ގެއްލެން އުޅެނިކޮށް" އަންހެންކުއްޖާ އަށް އެހީތެރިވީ އޭނާގެ އެއްބަނޑު ބޭބެ އެވެ. "އެހީ އަށް އެދި އާދޭސްކުރުމުން" ބޭބެ އޭނާ ގޮވައިގެން އެފްސީޕީޑީ އަށް ދިޔަ އެވެ. އަދި އޭނާ އަށް ބޯހިޔާވަހިކަންދީ، ރަސްމީކޮށް އޭނާގެ ބެލެނިވެރިކަމާ ހަވާލުވާން ބޭނުން ކަމަށް ބޭބެ ފުލުހުން ގާތު ބުންޏެވެ.

"އަހަރެން އެ ހާލުގައި އިތުރަށް އުޅޭކަށް ބޭބެ ބޭނުމެއް ނުވި،" އަންހެންކުއްޖާ ލިޔުނެވެ.

"އަހަރެން ދިރިހުންނަން އެހީތެރިވެދިނީ ވަރަށް މަދު ބައެއް."

އަންހެންކުއްޖާ ފޭސްބުކްގައި މި ވާހަކަތައް ލިޔުނީ އޭނާ "ގެއްލިގެން" ހޯދަން ކުރި އިއުލާނަކާ ގުޅިގެންނެވެ. "އާއިލާ އަށް ފިލައިގެން އުޅޭ ކުއްޖަކު ހޯދަނީ،" މި ސުރުޚީގެ ދަށުން ނޫހެއްގައި އޭނާގެ ފޮޓޯ ޝާއިއުކޮށްފައިވާ ސްކްރީންޝޮޓެއް އޭނާގެ ޕޯސްޓުގައި ހިމަނާފައިވެ އެވެ. އޭނާ ބުނީ އޭނާ ފިލައިގެން އުޅޭ ކަމަށް ބައްޕަ ފުލުހުން ގާތު ބުނީ ބޭބެ އޭނާއާ ހަވާލުވާން ބޭނުންވާކަން އެނގިގެން އޭނާ "ލަދުގަންނަވާލަން" ކަމަށެވެ.

"ފުލުހުންގެ އެފްސީޕީޑީ އާއި ޖެންޑާ އިން އިއްޔެ ރަސްމީކޮށް ބޭބެއާ އަހަރެން ހަވާލުކޮށްފި،" ހުކުރުދުވަހު ލިޔެފައިވާ ޕޯސްޓުގައި އަންހެންކުއްޖާ ބުންޏެވެ.

"އަހަންނަށް ވީ ގޮތެއް އޮޅުންފިލުވަން އާއިލާ އާއި ރައްޓެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިއަދު އެބަ ސުވާލުކުރޭ. މި ހުރިހާ ވާހަކަތަކެއް ކިޔައިދެވިފައި ނެތީމާ މައާފަށް އެދެން. އެންމެ ފަހުން މި ކަމުން އަރައިގަތުމުގެ ހިތްވަރު، އިރާދަކުރެއްވީތީ އަހަންނަށް ލިބިއްޖެ. އަހަންނެއް ނުފިލަން. އާއިލާ އަށް ފިލީކީ ނޫން. އާއިލާ އިން އަމިއްލަ ބޭބެ ހިމާޔަތްދިނީ. އެންމެ އުނދަގޫވި ދުވަސްތަކުގައި ވެސް، މިއަދު ވެސް ނުފިލަން. ގަވާއިދުގައި ކަންކަން ކުރަން އޮންނަ ގޮތަށް... ގުޅަން އޮންނަ ހެލްޕްލައިނަށް ގުޅައިގެން ފުރަތަމަ ވެސް އެހީ ހޯދީ. (ޕޮލިހަށް) ގޮސްގެން ވިޔަސް މިކަން ކުރެވުނީތީ އަހަރެން އުފާކުރަން. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ."

"އަހަރެން މިއީ ކާކުކަން (އަންހެންކުއްޖާ އަށް) ނޭނގުނަސް، އަދި މިކަހަލަ މަޒުމޫނުތައް އަހަރެން މީގެ ކުރިން ދުވަހަކު ވެސް ކިޔާފައި ނެތަސް، އަހަރެން މި ވާހަކަ ކިޔައިފިން. އަދި މިއީ އެތައް ގޮތަކުން އަހަންނަށް ލިބުނު އެހީއަކަށް ވެއްޖެ. ތެދަށް ބުނަންޏާ ފުރުސަތެއް ލިބިއްޖެއްޔާ އަހަރެން (އަންހެންކުއްޖާގެ) ކަރުގައި މެޑަލްއެއް އަޅުވާނަން."

މިހާރު ބޭނުންވަނީ އެހެން ކުދިންނަށް އެހީވާން

އޭނާގެ އަމިއްލަ ތަޖުރިބާތަކާއި ކުޑަކުދިންގެ ހިޔާގައި އުޅެން މަޖުބޫރުވެފައިވާ ކުދިން ހާލަތު ފެނިފައި އަންހެންކުއްޖާގެ އާ އަޒުމަކީ އޭނާ ފަދަ އެހެން ކުދިންނަށް އެހީތެރިވުމެވެ. އަދި އެކަމަށް ތައްޔާރުވާން، އަނެއްކާވެސް ކިޔަވަން ފަށަން އޭނާ ވަނީ ނިންމައިފަ އެވެ.

"އަހަންނަށް ހިތްވަރު ލިބުނީ އަހަންނަށް އެހީތެރިވެދިން ފުލުހުންނާއި ކައުންސެލަރުންގެ ފަރާތުން. އަހަރެންގެ ހާލަތު ތަހުގީގުކޮށްދިނީތީ އަދި... އަހަރެން ދޫކޮށްނުލީތީ ޝުކުރު އަދާކުރަން. އަހަރެން ދެކެ ލޯބިވާ އަދި އަހަންނަށް އެހީތެރިވެދިން އެންމެން ދެކެ ލޯބިވޭ،" އޭނާ ލިޔެފައިވެ އެވެ.

"ﷲ އަހަރެންގެ ބައްޕަ އަށް ހެޔޮ ވިސްނުން ދެއްވައި، އަހަރެން އަހަރެންގެ އަމިއްލަ ނަފްސު ހަމަ މަގަށް އަޅުވައި ރަނގަޅު ދިރިއުޅުމެއް ބިނާކުރަން ދޫކޮށްލާނެ ފަދަ ސާފު ހިތެއް ބައްޕަ އަށް ދެއްވާށި."

"އަޑެއް ނުލިބިފައި ތިބި އެތައް ބައެއްގެ އަޑު"

މި ޕޯސްޓާ އެކު އަންހެންކުއްޖާ ގިނަ ބަޔެއްގެ ހިތް އަތުލާފައިވާ އިރު އޭނާގެ ހިތްވަރާއި އެހެން ކުދިންނަށް އެހީތެރިވުމުގެ ވިސްނުމަށް ތައުރީފްގެ ބަސްތައް ދަނީ އޮހެމުންނެވެ. އެކަކު ފާހަގަކުރިގޮތުގައި މިފަދަ ހިތްދަތި ހާލަތަކުން އަރައިގަނެ، އަދި އެހެން މީހުންގެ ފައިދާ އަށް ޓަކައި އެ ވާހަކަ ހިއްސާކުރުމަކީ ހިތްވަރު ގަދަ ކަމުގެ ނަމޫނާއެކެވެ. އެހެން މީހަކު އޭނާ ސިފަކުރީ "އަޑެއް ނުލިބިފައި ތިބި އެތައް ބައެއްގެ އަޑު"ގެ ގޮތުގަ އެވެ.

"ތިފަދަ ކުއްޖެއް އަދި ނުދެކެން. އަލަށް މި އަޑުއެހީ. ވަރަށް، ވަރަށް ދެރަ ވެސް ވެއްޖެ. އެހާ އުފާ ވެސް ވެއްޖެ. ހިތްވަރު ގަދަ ކުއްޖެއް، ކެތްތެރި ކުއްޖެއް. ތި ކުރި ހިތްވަރަށް ސާބަސް،" އޭނާގެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ލިޔެފައިވެ އެވެ.

"އަހަރެން މިއީ ކާކުކަން (އަންހެންކުއްޖާ އަށް) ނޭނގުނަސް، އަދި މިކަހަލަ މަޒުމޫނުތައް އަހަރެން މީގެ ކުރިން ދުވަހަކު ވެސް ކިޔާފައި ނެތަސް، އަހަރެން މި ވާހަކަ ކިޔައިފިން. އަދި މިއީ އެތައް ގޮތަކުން އަހަންނަށް ލިބުނު އެހީއަކަށް ވެއްޖެ. ތެދަށް ބުނަންޏާ ފުރުސަތެއް ލިބިއްޖެއްޔާ އަހަރެން (އަންހެންކުއްޖާގެ) ކަރުގައި މެޑަލްއެއް އަޅުވާނަން،" އެކަކު ކޮމެންޓްކޮށްފައިވެ އެވެ.

އަންހެންކުއްޖާ ފިލައިގެން ދިޔަ ކަމަށް ބުނެފައިވާ ސުރުޚީ އަށް އިޝާރާތްކޮށް ބައެއް މީހުން ފާހަގަކުރާ ގޮތުގައި މިފަދަ ކުދިންނާ މެދު ގޯސްކޮށް ދުށުމަކީ ގޯހެކެވެ.

"މަށަށް މީގެ އާޓިކަލްއަކުން ފެނުނު، 'ރަނގަޅަށް ވަންޏާ ތި ވާނީ ކޮންމެވެސް ފިރިހެނަކާ އެއްކޮށް ފިލީ ކަމަށް،' މި ކަހަލަ ކޮމެންޓްތައް ވެސް، މިއީ ބައެއް ދިވެހިންގެ ހުރި ނާތަހުޒީބުކަން،" އަންހެންކުއްޖާގެ ފޭސްބުކް ޕޯސްޓަށް މީހަކު ކޮމެންޓްކުރި އެވެ.

"އަސްލު ވެސް. ޚަބަރުގައި އެއްޗެއް ޖަހާ އިރަށް ތަނެއް ދޮރެއް ނޭނގުނަސް، ހިތަށް އެރިހާ އެއްޗެއް ގޮވައި ކޮމެންޓް ކުރަން ފަށާނެ،" އެހެން މީހަކު ލިޔެފައިވެ އެވެ.

އަންހެން ކުއްޖާ އަށް ކުރާ ތައުރީފުގެ އިތުރުން، އެއް ބަޔަކު ފާހަގަކުރާ ގޮތުގައި، މި މައްސަލައިގައި ކަމާ ބެހޭ ފަރާތްތަކުން ކުރި މަސައްކަތަށް ވެސް ތައުރީފް ހައްގެވެ.

"ސިސްޓަމް މުޅިން ފެއިލްވަމުން ނުދާކަން އެނގުނީމަ ހިތްހަމަޖެހުމެއް ލިބިއްޖެ،" ފޭސްބުކްގައި އަންހެންކުއްޖާގެ ޕޯސްޓް ޝެއާކުރަމުން މީހަކު ލިޔެފައިވެ އެވެ.

28 ކޮމެންޓް, 137 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 81%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީސަލީމް

06 November 2017

ބައެއްމީހުނަށް ހީވާކަހަލަ ދަރިންނަށް އަޅާ ނުލުމަކީ އަދި އަނިޔާކޮއް ބިރުދެއްކުމަކީ ތިމާމެންގެ މޮޅުކަންކަން. އަދި ކޮމެންޓް ކުރާބއެއްފަރާތަކަށް ބުނެލަން އޮތީ އެއްވެސް ކުއްޖަކު ، އެކުއްޖެއްގެ މައިންބަފއިން ބަދުނާމު ކުރާކަށް ޕޮލިހަށް ނުވަތަ ޖެންޑަރ މިނިސްޓްރީއަކަށް ނުދާނެ. ރަގަޅު މަގުން ހިގުމުގެ ތައުފީގް ތިޔަ ކުއްޖާއަށް ދެއްވާސި

The name is already taken The name is available. Register?

އައިޝާ

06 November 2017

ތި ކުއްޖާގެ ބައްޕަގެ ބަހެއް ހޯދާލިނަމަ އެގުނީސް ތި އަންހެން ކުއްޖާގެ ހަގީގަތް. މާ އިނޮސެންޓް ވެގެން ލިޔެފަ އޮތަސް ހަގީގަތް ނޭގި ތި އޮތީ، ވަރަށް ރަގަޅަށް ދަންނަ ކުއްޖެއްތީ! މައިންބަފައިން ބްލޭމް ކޮށްފަ އެއްޗިސް ލިޔާއިރު އެމީހުން ވީ ގުރުބާނީ ހަމަ ކުޑަކޮށްވެސް ހަނދާން ނެތީތީ ހިތާމަކުރަން. ތި ކުއްޖާއަށް ހެޔޮ ވިސްނުންދެއްވާށި! އާމީން

The name is already taken The name is available. Register?

ޢަލި

06 November 2017

ކޯއްޗެކޭ ތިކިޔަނީ.

The name is already taken The name is available. Register?

ޖެމީސް

05 November 2017

މި އާރޓިކަލް ކިޔާ މީހުންގެ ތެރެއިން ކިތައް މީހުންނަށް ކަންބޮޑުވަނީ ދަރިން އެމީހުންގެ މައްމަ ކުރިމަތީގަ ދެފައި ދަމައިގެން ތިބުން. މިބުނީ ދަރިން ސޯފާގަ ދެފައި ދަމާފަ ތިބޭއިރު މައްމަ މިޖެހެނީ އާދައިގެ ގޮނޑިއެއްގެ އިށީންނަން. ނުވަތަ ގިނަ ފަހަރު އިށީންނާނެ ތަނެއް ވެސް ނެތިގެން. މިކަމާ މެދު ބުނަނީ ކީކޭ؟ ދަރިންނަށް އެމީހުންގެ ހައްގު އޮންނަން ޖެހޭނެއޭ ތަ؟ މިކަހަލަ ކަމެއްގެ އިހްސާސް ނެތީއްޔާ ދެން އެހެން ބޮޑެތި ގައުމީ މަައްސަލަތަކުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.

The name is already taken The name is available. Register?

ނާދިރާ

06 November 2017

މައްމަ އެއް ނޫން. މަންމަ. ދަރި ސޯފާގަ އިށީންދެފަ މަންމަ އެހެން ގޮނޑިއެއްގަ އިނަކަސް އެމީހުންނަށް މައްސަލައަކަށް ނުވަންޏަ އެއީ މައްސަލައެއް ނޫން. މައްސަލައަކަށް ވާނީ މަންމަ އިށީންނާނެ، އަރާމު ކޮށްލާން ގޮނޑިއެއް ނެތް ތަން ދަރިއަށް ފެނިފައިވެސް އޭނަ ސޯފާގައި އަރާމުކުރަން އިނުން. ވަކި ކަހަލަ ގޮނޑިއެއްގައި އިށީނުމަކުން ގަދަރު ބޮޑެއް ނުވޭ.

The name is already taken The name is available. Register?

ހާމިދުސަން

06 November 2017

ނާދިރާ، ސްކޫލް ގަ ޓީޗަރުންނާ ދަރިވަރުން އިށީނދެގެން ތިބެނީ ކިހިނެއް؟

The name is already taken The name is available. Register?

ފޭކްއޯގާތެރިކަން ނުދައްކާށޭ

05 November 2017

ރާއްޖެ މިހާރު ތަހައްމަލް ކުރަމުން މިދަނީ 2006 ހިސާބުގަ ދިވެހިއޮބްޒާވަރޭ ކިޔާ އެއްޗަކާ އެއާ ދެކޮޅަށް ނުކުތް މީހުން ކުރި މަސައްކަތުގެ ނަތީޖާ. ރަހުމް ވުމަކީ އިންސާނާގެ ކިބައިގަ ގިނަވެފަ މަދުވާ އެއްޗެއް. މި ރަހުމް ހުސްވީމަ، ދެން މީހުންނަށް ދޭނެ ރަހުމެއް ނޯންނާނެ. ނުވެސް ދެވޭނެ. ރޯދަމަހަކީ މުޅިން ރަހުމަތުގެ މަހެއް. އެކަމަކު ރޯދަ މަހުގެ މާ ކުރިން ޖެހޭނެ ތިމާ ސާފުވާން. އެހެން ނޫނީ ރޭންޖް ނުލިބުމުގެ މައްސަލަ ޖެހޭނެ. ނުވަތަ ނެޓްވޯކް އޮން ނުވުމުގެ މައްސަލަ ޖެހޭނީ. ފޭސްބުކްގަ އެއްޗަކަށް ލައިކް ހެސް ކިޔާފަ ދޭ އިރު ހަގީގީ ދިރިއުޅުމުގަ މީހުން ކިބައިން އަޅެ އޯގާތެރިކަން ފެނޭތަ؟ މީހުން މޫނަށް ސިގިރޭޓް ދުން އަރުވާފަ، އެއާ ކޯންގެ ފެން ވެސް ހުންނަނީ ބޮލަށް ވެއްޓޭ ގޮތަށް، މުޅި މާލޭގެ ހުސް ކުނި. ޢާއްމުން އުޅޭ ތަންތާ މީހުންގެ ބަހުރުވަ އެހާ ހަޑި މުޑުދާރު.

The name is already taken The name is available. Register?

Kamana

05 November 2017

ޙިޔާ އޮތީ ފެއިލް ވެފަ ކުދިންތައް މަގުމަތީ ދުވަނީ ދެންތިބި ކުދިންނަށް ވެސް އަމިއްލަ އަށް ވިސްނިގެން ރަގަޅު ވިއްޔާ ވީ

The name is already taken The name is available. Register?

ބޭބެ

05 November 2017

3265 އަށް ބުނަމެވެ! ކޮމެންޓުގައި "ފިރިހެން ބޭބެ" އޭ ބުނެފައި އޮތީމައި، ހީހީ ހަލާކުނުވީ ކިރިޔާއެވެ. ބޭބެ އޭ ބުނީމައި އޭއީ ފިރިހެނެއްކަން އެނގޭނެ ނޫންހެއްޔެވެ؟ ލޮލް

The name is already taken The name is available. Register?

އޮޑިއްސަ

05 November 2017

އެއްލި ނަނުގައި އެންކޮޅެއް ނެތަސް ތިޔަ ގަތީތާ!

The name is already taken The name is available. Register?

ފީލުސް

05 November 2017

ތިކަމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަން ފާހަގަ ކުރެވޭ "އަހަރެން އެންމެ ކުޑައިރުއްސުރެ ކޮންމެ ދުވަހަކު އަހަރެމެންގެ ގެއަށް ފުލުހުން އާދެއެވެ. އެއީ އަހަރެންގެ ބެލެނިވެރިންނާއި އެމީހުންގެ އާއިލާގެ މެދުގައި ހިނގާ ތަޅާފޮޅުން ހުއްޓުވުމަށެވެ. އަހަރެން ބޮޑުވަމުން އައީ ހަމަނުޖެހުން ބޮޑު އާއިލާއެއްގެ ތެރޭގައެވެ." ގެވެށި އަނިޔާގެ މާހައުލަކުން ކުޖާ ސަލާމަތް ކުރުމުގެ ބަދަލުގައި ކުޖާ އަނިޔާލިބެން ދޫކޮއްފައި ބެހެއްޓުމަކީ ބޮޑު އަނިޔާއެއް ކަން ޔަގީން

The name is already taken The name is available. Register?

ވާންޗޯ ފީލްސް

07 November 2017

ގާނޫނުތައް ހުންނަނީ ދިވެހިން ލިޔެފަ، ކިޔާލުން ބުއްދިވެރި ކޮމެންޓް ކުރުމުގެ ކުރިން?

The name is already taken The name is available. Register?

ވަރަށް ދެރަ

05 November 2017

އަހަރެން ތިކުއްޖާ އަށް ކިޔަވަދޭން ބޭނުން. ގުޅޭނީ ކިހިނެތްބާ؟؟

The name is already taken The name is available. Register?

231456987

05 November 2017

މަށަކީ މުއްސަނޖެއްނަމަ ކަނބުލޮ ބޭނުންދާއިރާއަކުން ކިޔަވަން ޚަރަދު ކުރީމްސް. އެންމެ މައްޗަށް. އެއީ ކަބުލޯ ތިޔަކުރަން އުޅޭ ކަމަށް ވަރަށް ރަގަޅަށް ބާރުވެރި ވާންޖެހޭ!

The name is already taken The name is available. Register?

އލިބެ

05 November 2017

ބެލެނިވެރިން ދަރިފުޅު ނުދައްކަންޏާ ދަރިއާއި ބައްދަލުކުރަން ބައްޕަދާނެތާ! ބައްޕަދިޔާމާ ދަރި ނުދައްކަންޏާ ފުލުހުންގެނެސްގެންވެސް ދަރިފުޅާއި ބައްޕާ ބައްދަލުކުރަނީ! މީގައި މަށަށް މާބޮޑުމައްސަލައެއް ދަރިން މައިންކައިރީ ނުވަތަ މަންމަގެ މަންމަކާރީ ހުންނައިރު އެކުއްޖާގެ ބައްޕައަށް ނުދައްކާ ބައްދަލުނުކޮށްދޭ މައްސަލަ. މި އަންހެންވެރިންނަށް ހީވަނީ ދަރިއަކީ ތިމާގެ އަމިއްލަ މުދާކަމަށް!

The name is already taken The name is available. Register?

ހަބަރު

05 November 2017

ފުރަތަމަ ހަބަރު ކިޔާފަ ކޮމެންޓު ކޮށްލުން ރަނގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454