ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާމް ވާހަކަ ދައްކަވަނީ: މެމްބަރުން ފައިސާ ނެންގެވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް މި ޕްރެސް ކޮންފަރެންސްގައި ސިޔާމް ވިދާޅުވި ނަމަވެސް އޭސީސީއަށް މައުލޫމާތު ދެއްވީ ތަފާތުކޮށް. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
08 ނޮވެމްބަރ 2017 - 11:25
ރައްޔިތުންގެ މަޖިލީހުގައި 2008 ވަނަ އަހަރުން ފެށިގެން ނެގި ބައެއް ވޯޓުތަކަށް މަޖިލީހުގެ ބައެއް މެމްބަރުން މިލިއަނުން ފައިސާ ނެންގެވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ވިދާޅުވި މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެކަމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
ޕީޕީއެމް/އެމްޑީއޭ އިން މިދިޔަ ޖުލައި މަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސިޔާމް ވިދާޅުވެފައި ވަނީ ބަޖެޓު ފާސްކުރުމުގެ ވޯޓުތަކަށް ބޮޑެތި އަދަދުތަކުން މަޖިލީހުގެ ބައެއް މެމްބަރުން ފައިސާ ނެންގެވުމުން ފުރަތަމަ "ސަހަރޯއޭ" ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމަށެވެ. ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމަކީ ކިހާ ނުބައި ކަމެއް ކަން އެނގިވަޑައިގެން ތިއްބަވައި އެ އަމަލު ހިންގެވުމުން ހިތާމަކުރެއްވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް އޮތީ އެ ހާލަތު ކަމަށާއި އެކަން ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ އެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
Vote thakah memberun millionun faisaa negi manzaru fenunu: Siyam
The most trusted news source in the Maldives
Mihaaru
ޕީޕީއެމް/އެމްޑީއޭ ޕްރެސް ކޮންފަރެންސްގައި ސިޔާމް ވާހަކަ ދައްކަވަނީ: މި ވާހަކަތައް ތަހުގީގުކޮށް އޭސީސީން ނިންމީ ކޮރަޕްޝަންގެ އަމަލެއް ފާހަގަވެފައި ނުވާ ކަމަށް.
މެމްބަރުން ރިޝްވަތު ނެންގެވި ކަމަށް ސިޔާމް ވިދާޅުވި މައްސަލަ އޭސީސީގެ އަމިއްލަ އިސް ނެގުމަށް ބެލުމަށް ފަހު ވެބްސައިޓުގައި އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ، ރިޝްވަތު ނެގީ ވަކި ބޭފުޅަކު ކަމަށް ވިދާޅު ނުވާ ކަމަށް ތަހުގީގުގައި ސިޔާމް ވިދާޅުވެފައިވާ ކަމަށެވެ. އެ ވާހަކަ އެގޮތަށް ވިދާޅުވީ އެއީ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ހުށަހަޅައި އެފަދަ ފައިސާ ހޯދަމުންދާ ކަަމަށް ވާހަކަ ދެކެވުނު ދުވަސްވަރަކަށް ވާތީ ކަމަށް ސިޔާމް ވިދާޅުވެފައިވާ ކަމަށް ވެސް އޭސީސިން ބުންޏެވެ.
ސިޔާމް އެ ވާހަކަ ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކުރެއްވީ ރިޝްވަތުގެ ފައިސާ ހުށަހަޅައިގެން ކަމަށް ތުުހުމަތު ކުރަމުން ދިޔަ ދަނޑިވަޅުގަ އެވެ.
އޭސީސީ އަށް ސިޔާމް ދެއްވި މައުލޫމާތުތަކާއި ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަ ތަފާތެވެ. މެމްބަރުން ރިޝްވަތު ނެންގެވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ޕްރެސް ކޮންފަރެންސްގައި ސިޔާމް ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލާގައި ކޮރަޕްޝަން ނެތް ކަމަށް ނިންމީ، އޭސީސީން ބުނިގޮތުގައި، ކޮރަޕްޝަންގެ އަމަލެއް ފާހަގަ ނުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ނާޒިމް
08 November 2017
މާތް ކަލާނގެއާވަކީލް! މީގެން މި އެގެނީ ކޯއްޗެއް؟ ދިވެހިންގެ ފެންވަރު މި އެގެނީ! ގައުމު އަތްފުނާ އަޅައިގެން ހޮވާފައި ތިބި ބޭފުޅުންނާ، ސަރުކާރު ގެ އޮފީސް ތަކުގެ ފެންވަރު!
ބޫމް
08 November 2017
ދެން " އަހަރެމެންނާ ގުޅޭ މެންބަރުން އިތުރު ދައުރަކަށް ހޮވަން މަސައްކަތް ކޮށްދޭނަމޭ ބުނުން އެއީ ރިޝްވަތު ދިނުން ކަމަށް ވޭތަ؟؟؟؟ ޕިސް ޕިސް ޕިސް ޕިސް މި އޮތް އިންސާފެއް ދޯ.
ސައްތާރު / މހއ
08 November 2017
ތިޔައަކީ އޭސީސީއިން ތަހުޤީޤު ކުރަން ޖެހޭ މަސްއަލައެއްވެސް ނޫން. ކީކުރަން އަމިއްލައަށް އިސްނަގައިގެން ތިޔަފަދަ ކަމަކަށް ވަގުތު ތިޔަ ހުސްކޮށްލީ. މަކުރިންވެސް އިގޭ މިސަރުކަރާގުޅިފާހުރިއްޔާ ސާބިތެއް ނުވާނެކަންވެސް ތިޔަ ނޫސްކޮންފަރެސްގެ ވީޑިއޯ މިގައުމުގައި އެކިއެކި ޓީވީ ތަކުގައި ހުންނާނެކަން ކަށަވަރު. އަދި ކޮބާ ބަސްދަ ބަސްދާގައި ފައިސާ އުފުލާ ރިޝްފަތު ބެހިކަމަށް އަމިއްލަޔަށް އިޢުތިރާފުވި މިހާގެ މަސްއަލަވެސް ސާބިތެއްނުވި. އެކަމަކު ނުދެމޭ ބުނިމީހާ ޖަލުގައި ބަންދުކޮށްފާ.
އަލީގ
08 November 2017
އެހެންކަމައް ވަންޏާ ޝިޔާމުއައްތިއޮތީ މަހިލިސް މެންބަރުންގެ އަބުރައް އަރައިގަނެވިފަތާ. ތިވާހަކައެއް ބްރޮޑްކާސްޓު ކުރިބަޔަކުވެސް ޖޫރިމަނާކުރަން ޖެހޭނެތާ.
މަޖުބޫރު
08 November 2017
ހާދަ މަޒާހަތްތެރި ސަރުކާރެެކޭ. މަ ވާ ސަލާން
ޕޮކަންޑިމޭން
08 November 2017
މީހަކު އަދި ކޮރަޕްޝަނުގެ ވާހަކަ ދެއްކިއެއް ކަމަކު އެކަން ހިނގިކަން ސާބިތުނުވާނަމަ ނުވަތަ އެއްވެސް ގޮތަކުން އެނގެންނެތްނަމަ ކޮރަޕްޝަން ހިމެނޭކަމަށްބުނެ އޭސީސީއަކަށް ރިޕޯޓްތަކެއް ނުނެރެވޭނެ
ވަހީދު
08 November 2017
ހުރިހާ މޮއައްސަސާ އެއް އޮތީ މިހާލުގަ.ހުރިހާ ތަނެއްގެ ވެރިން ވަޒީފާ ގެއްލިދާނެތީ ތިބެނޫ. ބްރޯޑް ކޮމްގެ ހަބަރު އިއްޔެއިވުނީ. ތިތަންތަން ތީ ކީއްކުރާ ތަންތަނެެއްތަ. ބަންދު ކުރޭ.
ވެލާނާ
08 November 2017
ލުތުފީވެސް ހިދުކޮޅުގައި ދެއްތޯ؟
ކީން
08 November 2017
ތިއޮތީ ބަލަން ޖެހޭތަނުން އަމިއްލައަށް ބަލާފަ އަމިއްލަ ޖަވާބެއްވެސް ދީފަ، ދެން އަމިއްލަ އަށް ކިޔާފަ އަމިއްލަ ސިކުނޑިން ވިސްނާލީމަ އެނގޭނެ ތިޔަ މުއައްސަސާ ތަކުގެ ފެންވަރު އަމިއްލައަށް ވަޒަންކޮއްލަން.
ގުއިއްޒު
08 November 2017
ސިޔާމުމެން އަދިވެސް ތަސައްރަފު ނުފުދެނީތަ؟