އިސްލާމިކް މިނިސްޓަރު ޒިޔާދު: ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި
09 ނޮވެމްބަރ 2017 - 14:12
ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މަލާމާތްކުރުމަށް ބައެއް ދިވެހިން ހިންގަމުން ގެންދާ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މުޖުތަމައުގައި ތަފާތު އެކި ވަސީލަތްތައް ބޭނުންކޮށްގެން ހާއްސަކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް، ދިވެހި ބަހުން އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފާޑުކިޔައި ފުރައްސާރަ ކުރަމުންދާ ކަމަށެވެ. އަދި ދީނުގެ ހުކުމްތައް އޮޅުވާލައި އޭގެ ހަގީގަތް ނޭނގޭ މީހުންނަށް ކިޔައިދެމުންދާތީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން ވަރަށް ފުޅާ ދާއިރާއެއްގައި އާއްމުވަމުން ދާތީ ކަމާ ބެހޭ ފަރާތްތަކާއެކު އެކަން ހުއްޓުވުމަށް މަސައްކަތް ކުރަން އަޅުގަނޑުމެން މި ފެއްޓީ،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އިސްލާމް ދީނަށް ހަޖޫ ޖަހައި ސޯޝަލް މީޑިއާގައި ދިވެހި ބަހުން ހިންގާ ޕޭޖުތައް ވެސް ހުއްޓުވާނެ އެވެ. އަދި ވަކިން ގޭގެ އަށް ގޮސް، އެކަމާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބުރާހީމް އަހުމަދު ވިދާޅުވީ މި ފަދަ ޕޭޖުތައް ހުއްޓުވައިގެން ގިނަ ފަހަރަށް އޭގެ ނަތީޖާ ނުފެންނަ ކަމަށާއި ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މި ފަދަ ޕޭޖުތައް ހުއްޓުވުމުން، އެ މީހުންގެ މަސައްކަތް މާ ވަރުގަަދަ ކުރެ އެވެ. އެހެންވެ، އެންމެ ރަނގަޅު ގޮތަކީ އެ މީހުންނާ ވާހަކަ ދައްކައިގެން އެކަން ހުއްޓުވޭތޯ ބެލުން ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމަކު އެއީ ވެސް މާ ފަސޭހަކަމެއް ނޫން. މި ފަދަ ޕޭޖުތައް ހިންގަފާނެ ރާއްޖޭން ބޭރުގައި ތިބެގެން ވެސް. އެހެންވެ، އެ މީހުން ހޯދައި ވާހަކަ ދައްކާކަށް ފަސޭހައެއް ނުވާނެ. އަދި އަޅުގަނޑުމެންނާ ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވާނެ،" އިބްރާހިމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމަށް، ދީނުގެ ހުކުމްތައް އޮޅުވާލައިގެން ދައްކާ ވާހަކަތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވީ މިފަދަ އަމަލުތައް ހުއްޓުވޭނީ އެ މީހުން ހޭލުންތެރިކޮށްގެން ކަމަށާއި އެކަމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން ކުރާނެ ކަމަށެވެ.
"މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ އެކި ގޮތްގޮތުން މީހުން ހޭލުންތެރިކުރުވުމަށް މަސައްކަތްކޮށްފައި. މިނިސްޓްރީގެ އެކި ގޮފިތަކުން އެކަން ކުރި. އެކަމަކު މިހާރު ހެދިފައިވާ ގާނޫނުތަކުގެ ދަށުން އަޅުގަނޑުމެން އެކި މުއައްސަސާތަކާ ގުޅިގެން އެ މަސައްކަތް ފުޅާކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނެއް
10 November 2017
އެމީހަކު އުޅޭނެ ދީނެއް އިނގޭނީ އެމީހަކަށް..
އަލީ ނާޒިމް
11 November 2017
ނޫން! ނޭނގޭނެ! ދުނިޔޭގެ އެންމެން އުޅެންވީ ދީން އެއޮތީނު. ނިކަން ދަސްކޮއްބަލަ. ރައިވަރު ކިޔަކަސް ނޭނގޭނެ. އުގެނެން ޖެހޭނީ.
ދީދީ
10 November 2017
ޒަކާތައް ލިބޭ ފައސާއިން، 10 ބުރި އިމާރާތް ހަދައިގެން ކީއްތޯ ތިކުރަނީ.
ޖަވާބު؟
10 November 2017
ދީނަށް ނަސްރުދެނީ ހެހެހެ
މިރައީސްް
10 November 2017
މިރައީސް ވިދާޅުވަނީ އަޅުގަނޑު ނުބުނަނޯ ލާރިދީގެން ބެންކޮކްގަ ޒިނޭ ހަލާލުއެކޭ، ޕީޕީއެމް އާ ނޫހުހުގެފާނު ނައުކޮޅާ އެއްވަރުކުރީމެކޭ، މިހެންގޮސް ވަރައްގިނަ ކަންތައް ދީނާ އަޅާކިއުނެކޭ ނުބުބަމޯ. ދެން އަތްޖަހާ
މާލިމީ
10 November 2017
ހައްޖަށްދާ މީހުން އަތުން އިތުރަށް ނަގަމުންދާ 25 ހާސް އަކީ ހަލާލު އެއްޗެއްތޯ. މިކަން އެގިހުރެ ނޭގެއޭ ބުނުމަކީ ކިހާވަރެއްގެ ކަމެއްތޯ
އައިއި
10 November 2017
ފުރަތަމަ އިސްލާމިކް މިނިސްޓިރީ އެއް ހެދިކަން އެއީ އެމްޑީޕީ ސަރުކާރުގެ ދެއުޅިއެއްނުނާ ސިޔާސަތު، މިނިސްޓަރުވެސް ޒަމާނާއެއްވަރައް ތަރައްގީވެބަލަ، ހަންދުމަފުޅުވޭތޯ އެންމެފަހުން ޓެރެރިޒަމްގެ އަމަލެއް ކުއްވެރި ކޮއްލި ތާރީހެއް. މިނިސްޓުރީ ހަދައިގެން ކުރައްވާނެކަމެއް ހަމަ ނޭންގެނީތޯ، ސޯޝަލް މީޑިޔާ ޕޮލިސް ކުރަން ތިއުޅުއްވަނީ.
މޮގާބޭ
10 November 2017
މިނިސްޓަރ އާޤިރު " ރައީސް ޔާމިން ޔަޤީން 2018 " ކެމްޕެއިން އިސްލާމިކް މިނިސްޓްރީން ފެންޓެވީ ޝުކުރިއްޔާ މިނިސްޓަރ އާގިރު.
ސަޅިބައިސާ
10 November 2017
ﷲ ބާވައިލެއްވީ އެންމެ ދީނެއް. އެކަމަކު ދީނީ ޢިލްމުވެރިންނޭ ކިޔާބަޔަކު ދީން މިވަނީ އެތައްބަޔަކަށް ބައިކޮށް އެތައް މަޒުހަބެއް އުފައްދާފަ. ތަފާތު އެތައް ފިރުގާތަކެއް އުފައްދާފަ. އެވާހަކަ ދެއްކީމަ އެކަން އެވަނީ ކުށަކަށް. ކާކަށްތޯ ޔަޤީންކަން އޮތީ ތިމާހުރީ ހަމަ ސީދާ ތެދުމަގުކަމުގައި.
މެދުމިން
10 November 2017
ކިޔުންތެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު އިމާމް މީހާގެ ފަހަތުގަ ނަމާދު ކުރީމަ ޙުލުގު ރަގަޅުވާހެން އިހްސާސްވޭތަ؟ ނުވަތަ ތިމާ ދީން ދެކެ ވަހުމް އުފެދޭތަ؟ މި ސުވާލު ހިތަށް ނާރާ ނަމަ ތިކުރެވެނީ ނަމާދު ކަމާ މެދު ޝައްކު. އިމާމް މީހާގެ ފަަހަތުގަ ނަމާދު ކުރުމުގެ މިސާލަކީ ވަކި މީހާކާ އެކު ގުޅުން ދެމެހެއްޓުން ކަހަލަ ކަމެއް. ހަދީސެއްގަ އޮވޭ އެމީހެއްގެ ދީނަކީ އޭނާގެ ރަހްމަތްތެރިޔާގެ ދީން.
ހުސެންބެ
10 November 2017
ކޮށްކޯ އިސްލާމް ދީނުގަވެސް އޮވޭ ހަތަރު މަޒުހަބު އެއިން ކޮންމެ މަޒުހަބަކައްވެސް އުޅެވޭނެ..
ކެނެޑީ
10 November 2017
މަޒްހަބްތަކަކީ ބައިބައިވުމެއް ނޫން. އެމީހަކު ބޭނުން މަޒްހަބަކަށް އެމީހަކަށް އުޅެވޭނެ. 4 މަޒްހަބަކީ 4 ސްކޫލް ފަދަ ތަނެއް. އެކުއްޖަކު ބޭނުން ސްކޫލަކުން ކިޔަވަންވީ.
އަޖީތު
10 November 2017
ކޮބާތޯ ދީނަށް ފާޑުކިއުމަކީ؟ ދީނީ އިލްވެރިންވެސް ދީނުގެ އެކި އެކި ކަންކަމަށް ފާޑުކިޔާ ބޮޑެތިފޮތްތައްވެސް ނެރެފައި އެބަހުރި. އެތައް ގިނަ ގުނަ ޚިލާފުތަކެއް ފެންމަތިކޮށް އެތައް މަޒުހަބެއް އުފައްދާފައިވެސް އެބަހުރި. އެއީ މައްސަލައެއްތޯ؟ ކީރިތި ގުރުއާނަށް ހަޖޫޖަހާ މަލާމާތްކޮށް ފުރައްސާރަ ކުރުން އެއީ ކުރެވިގެން ވާނެ ކަމެއް ނޫން. ނަމަވެސް ދީނަށް ފާޑުކިއުމަކީ މައްސަލައެއް ނޫންކަމަށް ބުރަވެވެނީ.
ނަނު
09 November 2017
މިކަހަލަ ޕޭޖެެއް ނުވަތަ އެކްޝަން އެއް ފެނިއްޖެނަމަ މިނިސްޓްރީއަށް ރިޕޯޓުކުރާނީ ކިހެނެެއް؟ ފަސޭހަގޮތެއް ފަހިކޮށްދިނުން މުހިންމު.
ސުނިޗަސްގެޓުސުޓިޗަސް
10 November 2017
ތެދެއް
މަރީ
09 November 2017
ފުރަތަމަ އިސްލާމްދީނާ ޚިލާފަށް މިސަރުކާރުން މީހުންގެ ހައްގުތައް ނިގުޅައިގަނެގެން ދާއިރު އެކަމުގަ ބައިވެރިވެތިބެ ދެން ކޮންމެހެން ސޯޝަލް މީޑިއާޔާގަ މީހަކު ބުނާއެއްޗެއް ފެނިގެން އެކަމަށް ފިޔަވަޅުއެޅުން ތޯ މުހިން މީ ނޫނީ އަމިއްލައަށް ދީނާ ދެކޮޅަށް ތިކުރާ ކަންތައްތައް ހުއްޓުންތޯ މުހިންމީ؟ ސަރުކާރުގަ ބޮޑުން އިސްލާމް ދީނާ އެއްގޮތަށް އުޅޭތީތޯ ހެސްކިޔާފަ ކޮރަޕްޝަން މިގައުމުގަ މިއޮތީ؟ އެކަން ނުފެނޭތޯ ދީނީ މައްސަލައެއްގެ ގޮތުގައި؟