ޚަބަރު

2020 އަށް ދާއިރު ރާއްޖެ ބަނގުރޫޓު ވާނެ: އިދިކޮޅު މެމްބަރުން

މިހާރު ރާއްޖޭގެ ދަރަނި ހުރި ގޮތަށް ބަލާއިރު، 2020 އަށް ދާއިރު ރާއްޖެ ބަނގުރޫޓްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ބަޖެޓްގައި، އަންނަ އަހަރު ދައުލަތުގެ ދަރަނި 43 ބިލިއަނަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު، އެ އަދަދު 49 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އިދިކޮޅު މެމްބަރުން ލަފާކުރެ އެވެ. އެއީ 2012 ވަނަ އަހަރު 38 ބިލިއަން ރުފިޔާގައި ހުރި ދަރަންޏެވެ.

އަނަން އަހަރަށް ހުށަހެޅި ބަޖެޓްގެ ބަހުސް މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި މިއަދުން ފެށިގެން ކުރިއަށް ދާއިރު، އިދިކޮޅު ބައެއް މެމްބަރުން އެ ޖަލްސާތަކުގައި ބައިވެރި ނުވެ، ބަޖެޓާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން ގެންދަވަނީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިއަދު ފެށި ޕެނަލް ޑިސްކަޝަންތަކެއްގެ ގޮތުގަ އެވެ.

ކުނޫޒުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސަރުކާރުން ބޮޑު ދެ ތިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަނީ ގައުމު ވިއްކާލައިގެން ކަމަށާއި މިއަދު ދައުލަތުގެ ދަރަނި ހުރި ގޮތަށް ބަލާއިރު 2020 އަށް ދާއިރު ދިވެހި ދައުލަތް ވެގެންދާނީ ބަގުރޫޓްވެފައިވާ ދައުލަތަކަށް ކަމަށެވެ.

ލޯނު ނަގައިގެން ކުރަން ފަށާފައިވާ މަސައްކަތްތައް ވެސް މިޖެހެނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރަން ކަމަށް އަމީތު ވިދާޅުވި އެވެ. ލޯނު އަދާކުރުމަށް ރިކަރަންޓް ހަރަދުގެ 8.9 ޕަސެންޓް ބޭނުންކުރަން ނިންމާފައިވާ އިރު އެއީ މި އަހަރާ އަޅައިބަލާއިރު 13.5 ޕަސެންޓް އިތުރު އަދަދެކެވެ.

"މާނައަކީ މިނަގާ ލޯނުތަކުން ސަލާމަތްވުމަށްޓަކައި މިކުރާ ހަރަދުތަކުގެ ސަބަބުން ވެސް އަޅުގަނޑުމެންގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރޭ. މި ލޯންތަކުގެ ސަބަބުން ރިކަރަންޓް ހަރަދު ބޮޑުވެގެންދޭ. ރިކަރަންޓް ހަރަދު ބޮޑުވެގެން ދިޔައީމަ ގައުމުގެ ތަރައްގީ އަށް ކުރަންޖެހޭ ހޭދަ ކޮމްޕްރެމައިޒް ކުރަންޖެހޭ،" އަމީތު ވިދާޅުވި އެވެ.

ޕީޕީއެމްގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ބަޖެޓްގެ ތިލަފަތް ހަމަކޮށް އަނެއް ދެ އަހަރަކީ ބަޖެޓް އަރަނި ކުރާނެ ދެ އަހަރު ކަމަށް ރައީސް ޔާމީން ވައުދުވެފައިވީ ނަމަވެސް، ތިން ވަނަ އަހަރު ފެށުނު އިރު ވެސް ބަޖެޓު ދަރަނިވެފައިވާ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

އާމްދަނީގެ 71 ޕަސެންޓަކީ އެކިއެކި ޓެކްސްތައް ކަމަށާއި އޭގެ މާނައަކީ ދައުލަތް ހިންގަނީ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދައިގެން ކަމަށް އަމީތު ވިދާޅުވި އެވެ.

"އިމްޕޯޓް ޑިއުޓީ އެބައޮތް. ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް އެބަ އޮތް. ޖީއެސްޓީ، ޓީޖީއެސްޓީ އެބައޮތް. ރިސޯޓް ކުލިން ލިބޭ ފައިސާ އެބައޮތް. މިހެން ގޮސް ހުރިހާ ދާއިރާއަކުން އާމްދަނީ ހޯދުމަށް އޮތް އިރު އަޅުގަނޑަކަށް މި ބަޖެޓަކުން ނުފެނޭ އާމްދަނީ ހޯދުމުގެ އާ ސިނާއަތެއް،" އަމީތު ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ޓްރެފިކް ޖޫރިމަނާތަކުން ބޮޑު އެއްޗެއް ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވުމުން ކޮންމެ ގޮތެއް ހަދާފައި ވެސް ބޭނުންވަނީ ދައުލަތަށް ފައިސާ ހޯދަންކަން ހާމަވާ ކަމަށާއި ނަމަވެސް ސަރުކާރަކުން ކުރަންޖެހޭނެ ކަމަކީ ޕާކްކުރާނެ ގޮތްތައް ހަމަޖައްސައި ދިނުން ކަމަށް ވިދާޅުވި އެވެ.

ބަޖެޓަށް ބަލާއިރު ފެންނަނީ ރައްޔިތުންގެ ތާއީދު ހޯދުމަށް ބިންގާ އެޅުން ފަދަ ޕްރޮޖެކްޓްތަކަށް އަމާޒު ކޮށްފައިވާތަން ކަމަށެވެ.

ރާއްޖެ އިން ބޭރަށް ކިޔަވަންދާ ސްކޮލާޝިޕް މަދު ކުރުމަށް ބަޖެޓުގައި ހިމަނާފައިވުމަކީ ކަންބޮޑުވާ ކަމެއްކަމަށް ރިޔާޒު ވިދާޅުވި އެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ޝާހް ވިދާޅުވީ މިދިޔަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ ކުރަންވާ ވަރަށް ދިރާސާ ނުކޮށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ.

ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒް ކުރުމުގެ 20 ޕަސެންޓް ވެސް ކުރިއަށް ނުގެންދެވޭ ކަމަށް ވިދާޅުވެ ޝާހް ވިދާޅުވީ އެސްއީޒެޑާއި ތެޔޮ ހޯދުން ފަދަ ޕްރޮޖެކްޓްތައް ހިންގަން ބަޖެޓްކޮށްފައިވާ ތަން ނުފެންނަ ކަމަށެވެ.

28 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ

17 November 2017

ކޯންޗެއް ތި އެގުނީ 2012 ގަ ޖެހުނު ހާލު މިހާރަކު ނުޖެހޭނެ . ސަބަބކީ ޑޮލަރު ނުލިބިގެން އުޅުނީ ކިހިނެތް . މިހާރު އެހެނެއް ނުވޭ

The name is already taken The name is available. Register?

ކުޑަސޮރު

17 November 2017

2020 ކީއްކުރަން މިހާރުވެސް ވާނެ އެއްޗެއް ވެފަ.....

The name is already taken The name is available. Register?

ވާވާ

17 November 2017

ވާކަށްނެތް ވެއްޖެ 4 އަހަރުވީ ދަރަނިނަގައިގެންކާތާ ބައިއަޅަންޏާ ރަނގަޅު ކޮމެންޓްކުރަންވެސް ތިބޭނެ ބައިއެޅިބަޔަކު

The name is already taken The name is available. Register?

ދޮންރަހާ

17 November 2017

މީމިބުނާ ވާހަކައަކީ ހަމަ ދަންނަ އެއްކަމެއްވެސް ނެތިއްޔޭ.. ނަވަތަ ހިފައިގެން އެދަސްކުރަމާ

The name is already taken The name is available. Register?

ޏ.ރުޝްދީ

17 November 2017

އިކޮނޮމިސްޓެއްގެ ވެރިކަމުގައި މިހާތަނަށް ޤައުމެއް ބަނގުރޫޓްވެފައެއް ނެތް!

The name is already taken The name is available. Register?

އަތްފުނާ

17 November 2017

ދުނިޔޭގެ އެއްވެސް ގައުމެެއް ދަރަންޏެއް ނެތި ނުހިންގޭނެ.ސަރުކާރެއްގެ ދަރަނި ކުޑަ ކުރެވޭނީ ، ރައްޔިތު މީހާވެސް ހަރަދު ކުޑަކޮށްގެން.

The name is already taken The name is available. Register?

ވޯލް

17 November 2017

ރައްޔިތު މީހާ ޚަރަދު ކުޑަ ކުރިއަސް ސަރުކާރުން ކުރާ ޚަރަދު އޮންނަނީ އަސްލު އަގުގެ ދެކުނަޖަހާފަ.

The name is already taken The name is available. Register?

ޫލުގުމާނު

16 November 2017

ރިޔާޒާއި އަމީތަކީ މިހާރު މިދުނިޔޭގައި ތިބި އެއްމެ ވަރުގަދަ 2 އިކޮނޮމިސްޓުން. އެކަކީ ދިޓީވީގެ ޚަބަރު ކިޔަން ހުރި މިހެއް އަނެކަކީ ޕޮލިހެއް.... މިހާރު ކުއްލިއްކަށް 2020 ގައި ރާއްޖެ ބަނގްރޫޓް ވާނެކަން އެނގުނު ގޮތަކާއި މެދު ހަމަ ހައިރާން ވެ އަންތަރީސް ވެއްޖެ. ހުވަފެނަކުން ފެނުނީ ތޯއްޗެ.

The name is already taken The name is available. Register?

އެދުރުބެ

16 November 2017

ދިވެހިރާއްޖެ ބަނގުރޫޓްނެ އެއްވެސް ހެއްކެއް ދެއްކިފައި ނުވޭ. 15000 ފްލެޓްގ ސަބަބަން އާބާދީ މަދު ކުދި ބައެއް ރައް އުވިގެން ދާނެ. މީގެ ސަބަބަން ރިކަަރަންޓް ޚަަރަދު މަދުވެގެން ދާނެ. ރާއްޖެ މިދަނީ މަޑުމަޑުން "އިކޮޮމީ އޮފް ސްކޭލް" އާއި ދިމާލަށް.

The name is already taken The name is available. Register?

Solah

16 November 2017

2012 ވަނަ އަހަރު ދަރަނި 38 ބިލިއަނަށް އެރިއިރު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވި މީހާ ހަވާލުވިއިރު ދަރަނި އޮތީ 9 ބިލިއަން. އެހެންވީމާ 3 އަހަރާ ދުވަސްކޮޅެއްގެ ތެރޭގައި 29 ބިލިއަން އެ އިތުރުވީ. 2018 ވަނަ އަހަރު 49 ބިލިއަނަށް އެރީމާ އެ އިތުރުވަނީ 6 އަހަރުގެ ތެރޭގައިއެހެންވީމާ 11 ބިލިއަން. މިވަރުގެ ތަންދޮރު ނުދަންނަ ބަޔަކު އެހެން މީހުނާ ދިމާއަށް މި ހަޅޭއްލަވަނީ. ލަދެއް ނުގަނޭދޯ؟

The name is already taken The name is available. Register?

ރެޓޭ

16 November 2017

ދުނިޔޭގެ އާއްޖުފާއްޖު ނުދަންނަ ކުޑަކުދިން ދައްކާވާހަކަ އަޑުއަހާކަށް ބޭނުމެއްނޫން. ރާއްޖެއިން ލޯނުނަގައިގެން ކުރަނީ ރިކަރަންޓު ޚަރަދެއްނޫނޭ ކޮއިފުޅާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454