ސޮދަގާތު ފައުންޑޭޝަންގެ އެހީގައި މިދިޔަ އަހަރު ހިތާނުކޮށްފައިވާ ބައެއް ކުދިންނާއެކު ރައީސް ޔާމީން އަދި ފަސްޓް ލޭޑީ ފާތުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
16 ނޮވެމްބަރ 2017 - 15:02
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަވާ، ހިތާނީ ފެސްޓިވަލް އަންނަ މަހުގެ 15 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.
ފަސްޓް ލޭޑީ ފާތުން ހިންގަވާ ސަދަގާތު ފައުންޑޭޝަނުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެ ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މި އަހަރުގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ މި ހަރަކާތް މިދިޔަ އަހަރަށް ވުރެ ފުރިހަމަ ވާނެ ކަމަށެވެ. އެގޮތުން ހިތާނުކުރާ ކުދިންގެ އަދަދު ވެސް މި ފަހަރު ވަނީ 140 އަށް އިތުރު ކޮށްފަ އެވެ.
"ހިތާނީ ފެސްޓިވަލް" ގެ ނަމުގައި ހުޅުމާލޭގެ ރެހެންދި ސްކޫލްގައި ބާއްވާ ހަރާކާތުގައި ބައިވެރިވުމަށް މާދަމާ ރެ އިން ފެށިގެން ފަސްޓް ލޭޑީގެ އޮފީހުން ފޯމު ދޫކުރާނެ ކަމަށް މުއާޒް ވިދާޅުވި އެވެ. އަދި މި މަހުގެ 25 ގެ ނިޔަލަށް އެ ފުުރުސަތު އޮތް ނަމަވެސް، ވީހާ ވެސް އަވަހަކަށް ފޯމު ހުށަހެޅުމަށް އޭނާ އެދިވަޑައިގަތެވެ. އަދި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ފޯމު ހުށަހަޅައިފިނަމަ އިސްކަންދޭނީ ފޯމު ލާ ތަރުތީބުން ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމު ވެސް ފުރުއްވާ މުުއާޒް ވިދާޅުވި ގޮތުގައި ފެސްޓިވަލް ކުރިއަށް ގެންދާނީ ހިތާނުކުރާ ކުދިންނާއި އެ ކުދިންގެ އާއިލާ ހިތްހަމަޖެހޭ ފަދަ މާހައުލެއްގައި، ކުދިންނަށް ބައިވެރިވެވޭ ކަހަލަ ހަރަކާތްތަކާ އެކު އެވެ. އަދި ހިތާނުކުރާ ކުދިންނަށް މިދިޔަ އަހަރަށް ވުރެ ބޮޑު ހަދިޔާއެއް މި ފަހަރު ދޭނެ ކަމަށް ވިދާޅުވި އެވެ. މިދިޔަ އަހަރު ކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ދީފައިވަނީ ޓެބްލެޓް ކޮމްޕިއުޓަރެކެވެ.
ހިތާނީ ފެސްޓިވަލް ހަފުތާއަކަށް ކުރިއަށް ގެންދާއިރު، ކުދިން ބެލެހެއްޓުމާއި ޑޮކްޓަރަށް ދެއްކުމާއި ބޭނުންވާ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސަދަގާތު ފައުންޑޭޝަނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީދީ
17 November 2017
މަގޭ ދަރިފުޅުވެސް ހިތާނުކުރަން ބޭނުން، އެކަމު ސާފު ކޮއްލާން ބޭނުން މިފެސްޓިވަލް ބާވަނީ ހަލާލު ފައިސާ އިންތޯ ޔަގީން ކުރަން، އަދި ފައިސާ ހޯދިގޮތުގެ ތަފްސާލް ހާމަކޮއްދެއްވުން އެދެން.
ޙާމް
17 November 2017
މޮޔަ ގޮވަނީތޯ
އަތްފުނާ
16 November 2017
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އަދި ވަކިން ހާއްސަކޮށް ފަސްޓް ލޭޑީ ފާތިމަތަކީ ކުޑަކުދިންނާއި ފަގީރުންގެ ހިތްތަަކަށް އުފާވެރިކަން ގެނެސްދޭ މީހެއް.
ޙުސެން
16 November 2017
ވެން މަސް ވެނަށް ކާންދިނުން.. ވަރަށް ވާހަކަ
ޔާމިނު.
16 November 2017
ރިސޯޓުހިއްސާ ދޭނަމޭބުނެ ހަރާމްކޯރުވީ ކާކު؟
ދިވެހި
16 November 2017
ސަދަގާތް ފައުންޑޭޝަން ގެ އޮފީސް ، ހުންނަތަނެއް ނަންބޯޑު ޖެހި ފާރެއް ، ވެބްސައިޓެއް ، ގޫގުލް ކޮށްގެންވެސް ގުޅޭނެ ނަންބަރެއްވެސ ނުފެނުނު. އަނެއްކާ ރަޖިސްޓްރީ ކޮށްގެން ހިންގާ ފައުންޑޭޝަނެއް ބާ؟ މިދިޔަ އަހަރު ހިތާނީ ކޭންޕުގައި ހިތާނު ކުރި ކޮންމެ ކުއްޖެއްގެ ނަމުގައި -/7000ރ އާސަންދަ ކޮންޕެނީ އިން ސަދަގާތް ފައުންޑޭޝަނަށް ދިން ކަމުގެ ލިޔުންތައް ޝޯޝަލް މީޑިއާ އިން ދުށިން.
ރަދީފް
16 November 2017
7000 އޭ. ތިޔައީ ހަމަ ތެދެއްތަ؟؟
ރަދީފް
16 November 2017
ވަރަށް ރަނގަޅުކަމެއް.ހޮސްޕިޓަލްގަ ވެސް ހިލޭ ލިބޭ ހިދްމަތެއް ހިތާނުކުރުން އެއީ.މާތް ނިޔަތެއްގަ މެޑަމް ކުރައްވާ ކަމެއްނަމަ ވަރަށް ދަރުމަ އަދި ސަވާބު ލިބޭނެކަން ކަށަވަރު.ސުވާލަކީ ޔާމީންގެ ވެރިކަން ނިމުމަށްފަހުވެސް ކޮންމެ އަހަރަކު ތިޔަ ފައުންޑޭޝަނުން މިކަން ކުރިއަށް ގެންދާނެތޯ.ޕީއޭ ކިޔާ ޕާޓީއެއް ވުޖޫދުގަ އޮތް އިރު މިފަދަ ހަރަދުތަކެއް ކުރިކަން ޕަބްލިކަށް ހާމަވެފައެއްނެތް.ނޭނގިވެސް ކުރެވިފަ އޮތުން އެކަށީގެންވޭ.ތިޔަ ފައުންޑޭޝަނުން ބަހާ ދަބަސްތަކުން 3 ދަބަސް މަ ބޭނުން.ވ.ވެދުން