ފޮރިން މިނިސްޓަރު ދުންޔާ މިދިޔަ މަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
05 ޖުލައި 2016 - 16:50
ފޮރިން މިނިސްޓަރުގެ މަގާމުން ދުންޔާ މައުމޫން ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.
ދުންޔާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަނުކުރެއްވި ނަމަވެސް، ދުންޔާގެ ބައްޕާފުޅު، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ޕާޓީތެރޭގައި ވަނީ ކޯޅުން އުފެދިފަ އެވެ.
ދުންޔާ އިސްތިއުފާ ދެއްވިއިރު، މިއަދުން ފެށިގެން އެކަމަނާ ހުންނެވީ ޗުއްޓީއެއްގަ އެވެ. ދުންޔާ ޗުއްޓީ ނެންގެވުމުން، މިއަދުން ފެށިގެން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއާ ރައީސް ޔާމީން ވަނީ ހަވާލު ކުރައްވާފައި ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ.
ދުންޔާ އިސްތިއުފާ ދެއްވިއިރު، ބިޑް ކުރުމަކާ ނުލައި ޓޫރިޒަމްގެ ބޭނުންތަކަށް ރަށްރަށާއި ބިންތަކާއި ފަޅުތައް ދޫކުރުމަށް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އިސްވެ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށް ވޯޓު ނުދެއްވި މައްސަލާގައި، އެކަމަނާގެ ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެ ޕާޓީން ވަކިކުރަން ސުލޫކް ކޮމިޓީން މީގެ އިރުކޮޅެއް ކުރިން ވަނީ ފާސްކޮށްފަ އެވެ.
މާލެ: ޖޫން 30، 2016: ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަކަށް ފަހު ފާރިސް (ކ) އިސްލާމިކް މިނިސްޓްރީގެ މުޝީރު މުހައްމަދު ރަޝީދު އިބްރާހިމްއާ ވާހަކަ ދައްކަވާލައްވަނީ. -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
ފާރިސްގެ އިތުރުން ސަރުކާރަށް ފާޑުކިޔައި ޓުވީޓެއްކޮށްގެން މަގާމުން ވަކިކުރި ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ އާއި މާލޭ ސިޓީގެ މެމްބަރު ޒައިދުލް އަމީން ވެސް ޕާޓީން ވަކިކުރަން ސުލޫކީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު އުމަރު ވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ކެބިނެޓަށް އަދި ޕީޕީއެމްގެ އެތެރެއަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި، ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ރައީސް ޔާމީނާ ދެމެދު އުފެދުނު ޒުވާބެއްގެ ތެރެއިން، އިސްތިއުފާ ދެއްވުމަށް ފަހު ޕީޕީއެމްގެ މެމްބަރު އަދި މައުމޫންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އުމަރު ވަނީ 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮވުން
06 July 2016
އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ގޮވާނެ، އަނިޔާ އޭގެ އިނތިހާއަށް ގޮސްފި ﷲ ގެ މަދަދާ ނަސްރަށް އެދެން.
އަލީ
05 July 2016
ކޮބާ ލިޓްލް ސިންގަޕޫރުގެ ބިއުޓިފުލް ސަރުކާރޭ ކިޔާފަ މިތާ ލިޔާ ސޮރު. ނެތްތަ ބިއުޓިފުލް ކޮމެންޓެއް
ޢަލި
05 July 2016
ވަރަށް ރަގަޅު ނިންމުމެއް.
ޔޫސުފް
05 July 2016
ހިތަށް މިއަރަނީ ތައުލީމީ ހޭލުނތެރި މި ދިވެހި މުޖްތަމަޢުގައި ޙައްލުނުވެގެން މިއުޅޭ ހަމަނުޖެހުން ތަކަކީ،ޜަްއްޖޭގައި ރިބާ ޢާްއްމު ވެ ރިބާ އާ ދުރަށް ދާން ދިވެހިން ބޭނުން ނުވުން ބާވައޭ. ރިބާ ޢަންމު ވެފައިވާ މިންވަރުން ރިބާއަކީ މިއަދު ރިބަކަމަށް ނުދެކޭ ދިވެހިން ވެސް ވަރަށްގިނަ. ކިޔަވަން ސްކޯލަރ ޝިޕެއް ހޯދިޔަސް، ދިރިއުޅެން ގެދޮރު ހޯދިޔަސް ރީތިގޮތަކަށް ރިބާ އަބަވަދޭ. އަޅެ ތަޖުރިބާކުރުމަށް ރިބާއާ ދުރުހެލިވުމުގެ މަޝްރޫޢެއް ފައްޓަވަމާ ހިންގަވާ ބައްލަވާ
ރިބާ
06 July 2016
ރަނގަޅު ވާހަކައަކަށްވެދާނެ. ﷲ ޖަޒާދެއްވަވަނީ މީހުން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށެވެ.
ނަޒާޙަތްތެރިޔާ
05 July 2016
އީދު ބޮޑު ހަދިޔާއަކަށް މިފަހަރު މިލިބުނީ ދުންޔާގެ އިސްތިޢުފާ.. ވަރަށް ރަގަޅު ހަދިޔާއެއް.. ޝުކުރިއްޔާ ދުންޔާ މައުމޫން.. އީދުމުބާރިކު
ތުއްތޮންބެ
05 July 2016
ޢުފާވެރި ޚަބަރަކީ ހުރިހާ ކަމެއްގައިވެސް ނިމުން ވާކަން، ތަފާތެއްނެތި މިކަން އަބަދަށް މިދުނިޔޭގައި ހިނގާނޭކަން.
އިންޤިލާބު
05 July 2016
މިހުރިހާ ދުވަހަކު މިސަރުކާރަށް އައި ޕުރެސަރުތައް ދިފާއުކުރެއްވީ ދުންޔާ.. މިސަރުކާރުގެ މައިބަދަ ތިބިނދުނީ.. ދެން ވަރަށް ފަސޭހައިން ގޯލުޖެހޭނެ.. ކުދިންނޭ.. ތައްޔާރުވޭ..
ބަޢާވާތް
05 July 2016
ދެން އަނެއްކާވެސް ހުވަފެން ދެކިލަ ދެކިލާ ތިބޭ!
ޝުގާ
05 July 2016
ބުނާނެ އެއްޗެއްނެތް. ހިތްވަރު ކުރައްވާތި ކަމަނާ! ކޮންމެ ހާލެއްގައި ވިޔަސް ފެމެލީ ފަސްޓް ޚިޔާރުކުރެއްވީތީ އުފާކުރަން. އެހެންނޫނަސް ކަމަނާވެސް ކޮންމެސްކަމަކާ މަތިކޮށްފަ ބޭރުކުރުން އެންމެ ގާތީ. އުއްމީދުކުރަނީ ރަގަޅު ފައިޓެއް ދޭނެކަމަށް. ގައުމުގެ މެޖޯރިޓީ އޮތީ ބައްޕާފުޅު އަތުގަ. އަވަސްގޮތަކުން ޖަވާބުގައި ފައިޓްނުކުރިއްޔާ މާލަސްވެދާނެ. މި ގޭމްގަ ފުރުސަތުބޮޑީ ހަލުއިކަންވެސް ބޮޑު މީހާއަށް. އެންޑް ޔޫ ނޯވ ބެޓަރ. ގުޑްލަކް.
އަހުމަދު
05 July 2016
އުމަރަށް މަގޭ ވޯޓް ޔަޤީން
ކިޔުންތެރިޔާ 767
05 July 2016
މިއަހަރުގެ އީދު ކުޅިވަރު މިފެނިގެންދަނީ. އީދު ނިމޭއިރު އޮއްނާނީ ކުޅިވަރު ނިމިފަ ކަމަށް ލަފާކުރެވޭ.