އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ނިޝާން އަލީ
21 ނޮވެމްބަރ 2017 - 10:48
ސަރުކާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ފާސްކުރަން ތައްޔާރުވާ ޓެކްސްއާ ގުޅޭ ގާނޫނުތައް ފާސްނުވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އިއްޔެ ޗެލެންޖު ކުރައްވައިފި އެވެ.
ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ ބައްދަލުވުން ބޮއިކޮޓް ކުރެއްވުމުގެ ކުރިން ޝަރީފަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޓެކްސްގެ ގާނޫނުތަކަށް ބަދަލު ގެނެސްގެން ފައިސާ އިތުރަށް ހޯދަން ހިމަނާފައި އޮތަސް، އެ ގާނޫނުތަކަށް ބަދަލުނުގެނެވޭނެ ކަމަށެވެ. އަދި ދިވެހި ފައިސާ ޗާޕުކޮށްގެން ނޫނީ އަންނަ އަހަރުގެ ބަޖެޓުގައި ހުރި ކަންކަން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި ދައުލަތުން މިހާރު ފާސް ކުރަން ހުށަހަޅާފައި އޮތް އެއްވެސް ގާނޫނެއް ފާސް ކުރުމުގެ ޖާގައެއް ނުލިބޭނެ. ގާނޫނީ އަދަދެއް ހަމައެއް ނުކުރެވޭނެ. ޖީއެސްޓީއެއް ވެސް އިތުރެއް ނުކުރެވޭނެ. ތްރެޝޯލްޑް ވެސް ދަށެއް ނުކުރެވޭނެ. ބީޕީޓީއަކަށް ވެސް ބަދަލެއް ނުގެނެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުން ދޫކުރައްވައި ޝަރީފްގެ އިތުރުން އިދިކޮޅު މެމްބަރުން ވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ވޯޓަށް އަހަންވާނީ ދެ ބައި ކުޅަ އެއް ބައި މެމްބަރުން ތިބޭ ޖަލްސާއެއްގަ އެވެ. މިހާރު މަޖިލިހުގެ މެމްބަރުންގެ ޖުމްލަ އަދަދަށް ބަލާއިރު، އޭގެ މާނަ އަކީ، މަދުވެގެން 43 މެމްބަރުން ހާޒިރުނުވާ ޖަލްސާއެއްގައި އެކަހަލަ ބިލެއް ފާސްނުވާނެ ކަމެވެ.
ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާތީ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ހަމަކުރެވޭނީ އިދިކޮޅު މެމްބަރުންނާ އެކުގަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ޓެކްސްއާ ގުޅޭ ގާނޫނުތަކަށް ގެންނަން އުޅޭ އިސްލާހާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސް ވެރިން ކޮމެޓީއަށް ހާޒިރުކުރަން ބޭނުންވީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖަށް ކުރާނެ އަސަރުތައް ދެނެގަންނާށެވެ.
ކޮމެޓީ ބައްދަލުވުން ކުރިއަށް ދިޔަ ގޮތާ މެދު އިދިކޮޅު މެމްބަރުން ހިތްހަމަޖެހިވަޑައިނުގަތީ އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ދެއްވި ލަފަޔާ މެދު ބަހުސްކުރަން ވަގުތު ދިން ގޮތާ މެދު ހިޔާލު ތަފާތުވެގެންނެވެ. ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކަށް ބަހުސްކުރަން ވަގުތު ދޭން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވީ އެ ވަގުތު ހާޒިރުވެ ތިއްބެވި ކޮންމެ މެމްބަރަކަށް ތިން މިނެޓްގެ ފުރުސަތެއް ދިނުމަށެވެ. ނަމަވެސް އެ ކޮމިޓީން ކުރިން ނިންމާފައި އޮތީ ޕީޕީއެމަށް 30 މިނެޓް ދިނުމަށާއި އެމްޑީޕީއަށް 20 މިނެޓް އަދި ޖުމްހޫރީ ޕާޓީ އަށް 10 މިނެޓް އަދި އެމްޑީއޭއަށް ފަސް މިނެޓް ދިނުމަށެވެ.
"ގަދަ ބާރުން، ހުދުމުހުތާރު ކަމުން، ގޮށް މުށުގެ ބާރުން އަޅުގަނޑުމެންގެ އަޑު ކަނޑުވާލަން ބޭނުންވަނީ. މަޖިލީހުގެ މެމްބަރުންގެ އަޑު ކަނޑުވާލަން ބޭނުންވަނީ،" ވޭތުވެދިޔަ އަހަރުތަކުގައި މަޖިލީހަށް ހުށަހެޅި ބަޖެޓުތައް ފާސްކުރަން ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަރީފް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ފޮތް. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދެވޭތޯ އިދިކޮޅު މެމްބަރުން ވަރަށް ހިތްވަރާ އެކު މަސައްކަތް ކުރެއްވި އެވެ. އެކަމަކު ދައުލަތުގެ މުހިންމު ދެ މުއައްސަސާ އަދި ބަޖެޓާ އެންމެ ގުޅުން ހުރި އެމްއެމްއޭ އާއި އޮޑިޓަ ޖެނެރަލްގެ އިސް ވެރިން މަޖިލީހަށް ހާޒިރު ނުކުރާ ނަމަ، މެމްބަރުން ކޮމެޓީގައި ތިއްބަވަންވީ ކީއްވެގެންތޯ ޝަރީފް ސުވާލު ކުރެއްވި އެވެ.
ކޮމެޓީގައި އަޑުގަދަކުރެއްވުމަށް ފަހު، ޝަރީފް ކޮމިޓީ ދޫކުރައްވައި ވަޑައިގެންނެވުމުން އިދިކޮޅު އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ވަނީ ކޮމިޓީން ނުކުމެވަޑައިގެންފަ އެވެ. އޭގެ ފަހުން ކޮމިޓީ ނިންމާލީ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންނާ އެކު ބަޖެޓު ފާސްކުރުމަށް ފަހު އެވެ.
ބަޖެޓުގައި ބުނެފައި ވަނީ ބީޕީޓީ ގާނޫނަށް ގެންނަ ބަދަލާ އެކު ބީޕީޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ. ނަމަވެސް ގެންނަ ބަދަލެއް ބުނެފައެއް ނުވެ އެވެ. ހަމައެއާކު، މި އަހަރު ފާސް ކުރި ސަޕްލިމެންޓްރީ ބަޖެޓުގައި ވަނީ ޖީއެސްޓީގެ ތުރެޝޯލްޑް އުވާލުމަށް ޖީއެސްޓީގެ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން، މި އަހަރު ތެރޭގައި 29 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޖެޓް
22 November 2017
ކީއްކުރަން މަޖްލިސް އަށްވައްދަނީޥެސް.... މިހަރުވެސް ކާށިދޫ ޖަލުގެ ބަޖެޓް އެދިޔައީ ހުރާފަޅަށް،،،ދެނޯ
ނަގޫރޯޅި
21 November 2017
މިހާރުރާއްޖޭގައި ޓެކްސްނިޒާމު އޮތްގޮތުން %95 މީހުން ވާނުވާނޭގި އޮންނަނީ މީރާގެދަލުގައިޖެހިފަ. ވިޔަފާރިއެއް އިސްތިހާރުކުރަން ވެބްސައިޓެއްގަނެފަ އޭގެލާރި ވެބްހޯސްޓާއައް ދައްކާއިރު އެއައްއަނެއްކޮޅުން ވިތްހޯލްޑިންޓެކްސް ސަރުކާރައްދައްކަން އެބަޖެހެ. އޭރުއަދިމިއުޅެނީ ވިޔަފާރިނުވެސް ފެސިގެން. މިކަހަލަ ދޯދިޔާ ކަންތައް މުޅިންވެސް ޓެސްނިޒާމުގަހުރީ. އެކަމަކު އިދިކޮޅުމީހުން މިވާހަކަ ސާފުބަހުންނުދައްކާނެ އެއީ ނަސީދުވެރިކަމުގަ ކުރިކަމަކައްވާތީ. ހެޔޮއެދެންޔާ ހުރިހާމެންބަރުންވެގެން މިހާރުގެ ޓެކްސްނިޒާމު އިސްލާހުކުރޭ.
ފުޅު
21 November 2017
އެއްވެސް ޓެކްސެއް ބޮޑުކޮށްގެންނުވާނެ. ކުޑަކުޑަ ވިޔަފާރިއެއް ރެޔާދުވާލު ހޭލާތިބެގެން ކޮށްގެން ލިބޭ ކުޑަ ފައިދާކޮޅުންވެސް ބީޕީޓީ ދައްކަންޖެހޭއިރު އަރާމު ފިނިކޮޓަރީގައި ދައުލަތުގެ ތިޖޫރީން ލައްކައެއްހާ ރުފިޔާ ލިބޭ އާއިލާތަކުން އިންކަމް ޓެކްސް ދައްކަންނުޖެހެންވީ ކީއްވެ؟ ކުޑަ ވިޔަފާރިއަކީ ވެސް އެމީހުން ކާންބޯން ކުރާ މަސައްކަތް. ވަޒީފާ އަދާކުރުމަކީ ވެސް ކާންބޯން ކުރާ މަސައްކަތް. ވީމާ ތަފާތުނުކުރޭ. އެހެންނޫނަސް މި ޤައުމުގައި ނެތްވަރުގެ ތަނަވަސްކަމެއް ގެންނަން ޓަވަރު ތައް ނޭޅިއަކަސް ހެޔޮ. މި ސަރުކާރުން ކުރާހާވެސް ކަމަކީ ރައްޔިތުން އަތުން ފެލުމާއި ޤައުމުގެ ބައިބައިވިއްކުން. އެހެން އިޤްތިޞޯދު އިތުރުވާނެ އެއްކަމެއްވެސް ނުކުރޭ.
އަލިހަންޑޯ ޓޮލޭޑޯ
21 November 2017
ނުވާނެ އެއްވެސް ޓެކްސްއެއް ނަގައިގެން. މަށެއް ތިޔަ ޖީއެސްޓީއަކަށްވެސް ތާއީދެއްނުކުރަން. ތިއިން ކޮންމެ ޓެކްސްއަކީ ވައްކަންކޮށް މަކަރުހަދާ މީހުންނަށްދެވޭ ފައިސާ. ވިޔަފާރިތަކުން ހެސްކިޔާފައި ޓެކްސްތަކަށް މަކަރުހަދާ. މުދަލާއި ޚިދުމަށްދޭނީ ޓެކްސް ހިމަނައިގެން. އެކަމަކު އެފައިސާގެ މަދުއެތިކޮޅެއް މީރާއަށް ވަންނާނީ. ވަންނަ ފައިސާކޮޅުގެ ބޮޑުބައި ސަރުކާރުތެރޭންލާފައި އަނެއްކާ ކޮރަޕްޓް މެންބަރުންނާއި ސިޔާސީ ފަރާތްތަކާއި އެމީހުންނާއި ގުޅުންހުރި ވިޔަފާރިތަކަށް. ހުރިހާގެއްލުމެއް ނިކަމެތި ރައްޔިތުންނަށް.
އައިޖޭ
21 November 2017
ޝަރީފް އަށް ސާބަސް... ޖްމްޕް ކުރަން ޖެހުނީމް ޖްމްޕް ކުރަން ޖެހޭނެ،،،، ތިޔަ ވިދާޅުވިގޮތާސް ވޯޓް ބައްޓަން ކުރަން ރާވާތި...
މެންޓަލިސްޓް
21 November 2017
މިހާތަނަށް ޔާމިންވެރިކަމުގައި ފާސްކުރަން ބޭނުންވި ހުރިހާ އެއްޗެއް ހުރީ ފާސްކުރެވިފައި ،،، މިސާލަކަށް ގައުމު ވިއްކާލާ ބިލަށްވެސް އޭރު އިދިކޮޅީހުން ވޯޓްދިން ،،،، ހުރިހާ ހަޑިއެއްވެސް ހޭވީހަމަ ޔާމިންއާއި އިދިކޮޅާއިގުޅިގެން ،،،، އެއީ އޭރުގެ ހާލަތް ،،،، އެހާަލަތްގައި އޮޕޮޒިޝަންއިން މިބޭނުންކުރަނީ " ލެސަރ އެވިލް ފޯރދަގްރޭޓަރ ގުޑް " ކޮންސެޕްޓްއެއް ،، އެއީ އެކަމު ދެކޮޅަށް ވެސް ބޭނުންކުރެވޭ ކޮންސެޕްޓްއެއް ،،،، އޭގެން ގްރޭޓަރގުޑްވެސް ލެސަރއެވިލްވެސް މިނާނީ އެބަޔަކު ބޭނުުންވާގޮތަކަށް ،،،،، އެހެންވީމައި ބެޖެޓްފާސްކުރުމާއި ޓޭކްސްބޮޑުކުރުމާއި އެހުރިހާ ކަމެށް ދެން އިދިކޮޅުން ކުރާނީ މުހަންމަދު ނަޝީދު (އަންނި ) ގެ ކެންޑިޑެސީ ކުރީންވެސް އެއްބަސްވެފައި އޮތްފަދައިން ދީގެން ،،،، ވަރަށްވެދުން
ޝުޛާޢޫ
21 November 2017
އަމުދުން އިންކަމް ޓެކްސް ފާސްވިޔަކަ ނުދޭނެ. އެއް ކޮޅު މެންބަރުން ވެސް އިދިކޮޅު މެންބަރުން ވެސް އިންކަމް ޓެކްސް ބިލު ބަލައިގަންނާކަށް ވެސް ވޯޓެއް ނުދޭނެ. މިއީ ރައްޔިތުންގެ މަންދޫބުންނޭ ކިޔާ، އަމިއްލަ އަންބޮނޑި ބޮޑުކުރަން އުޅޭ ގުރޫޕެއް. މަޖުލީސް އުވާލާ، މަޖުލީސް ކުރާ ގެ ވެސް ތަޅާލާށޯ!
އުމަރު އަބްދުﷲ
21 November 2017
ދައުލަތުން ފައިސާދީގެން ފިއްތައިގެން 43 ހަމަކޮށްގެން ތިޔަ ބަޖެޓުގައި ހިމަނާފައިވާ ޓެކުސްގެ ގާނޫނުތަށް ފާސްކުރާނެ، އަދި ފާސްނުވިޔަސް ބަޖެޓެއް އުފައްދައިގެންވެސް ސަރުކާރު ދަމަހައްޓަން ފުލުހުންނާއި ސިފައިން ކޯޓްތަށް ބައިވެރިވާނެ، އަހަރެންގެ ލަފަޔަކީ ހުރިހައި މީހުން ވޯޓްގައި ބައިވެރިވެ ވޯޓްނުދިނުމަށް
އެކްސް
21 November 2017
ކޮންމެ ފަހަރަކު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީއާއި ބީޕީޓީ އަދި އެހެނިހެން ޓެކްސްތަކާއި ނުކުޅެ އިންކަމް ޓެކްސް ނުނެގިގެން އުޅޭ ސަބަބެއްނޭނގެ. އާންމު ރައްޔިތުން ހަނާވަންދެން ޓެކްސް ނުނަގާ އިންކަމް ޓެކްސް ނަގަންވީ. އަދި ލިބޭ އެއްޗަކުން ދެކޮޅުޖައްސާ، އިސްރާފުކުރުން ހުއްޓާލުންނޫން ގޮތެއްނެތް.
އަލިހަންޑޯ ޓޮލޭޑޯ
21 November 2017
މިހާރުވެސް ވިޔަފާރިތަކުން ބީޕީޓީ ނުދައްކަންވެގެން ބޮޑުކުންފުނި ކުދިކުދި ކުންފުނިތަކަކަށް ބައިކޮށްލައި. އެއިރުން ބީޕިޓީ ދައްކަންޖެހޭ މިންގަނޑަށް ފައިދާ ނުވާތީ، ބީޕީޓީ ނުދައްކައި ސަލާމަތްވޭ. މިމީހުންތިބެނީ އޮޑިޓަރުން ގަނެލައިގެން މިނިވަން އޮޑީޓެއްގެ ނަމުގައި ހިތުހުރިގޮތަކަށް ފައިނޭންޝިއަލް ރިޕޯޓް ހުށަހަޅަނީ. މީރާއަށް ހުށަހަޅާ ރިޕޯޓުން ބޮޑުފައިދާއެއް ނުދައްކާނެ އެކަމަކު ބޭންކުން ލޯނުހޯދުމަށް ހުށަހަޅާ ރިޕޯޓްގައި ފައިދާ އިތުރުވަމުންދާ ކާމިޔާބު ވިޔަފާރިއެއް.
ސަރޫން
21 November 2017
ތިގޮތައް ޖެއްސިވަރަކަށް ޑިމާންޑް ބޮޑުވެ އަގު މަތިވާނެ.. ފަހުވަގުތު ބިލަށް ވޯޓް ދޭނެ.. މީ މިވީހާތަނަށް މަވޯޓާ ކަންކުރިގޮތް..