ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް
29 ނޮވެމްބަރ 2017 - 15:18
ރާއްޖެ އިން ޗައިނާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ހުށަހެޅި މައްސަލަ އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ.
މިއަދު މެންދުރު 2:30 ގައި ބޭއްވި މަޖިލީހުގެ ޚާއްސަ ޖަލްސާގައި، ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އިތުރަށް ދިރާސާ ކުރަން ފޮނުވީ ގައުމީ ސަލާމަތުގެ ކޮމެޓީއަށެވެ. އެ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވާއިރު، މިރޭ އޮންނަ ޖަލްސާގައި ކޮމެޓީ ރިޕޯޓު ހުށަހަޅައި، އެއްބަސްވުމުގައި ސޮއިކުރުމާ މެދު މަޖިލީހުގެ ރުހުން ހޯދަން ފެނޭތޯ ވޯޓަށް އަހާނެ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ބޭރު ގައުމުތަކާއި ރާއްޖެއިން ގާއިމުކުރާ އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭ ބާވަތްތަކުގެ އެއްބަސްވުންތަކާއި އެ ނޫން ވެސް އެއްބަސްވުންތަކުގައި ސޮއިކުރަން ވާނީ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުގެ ރުހުމާއެކުގަ އެވެ.
ޗައިނާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއްގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން ވެސް ވަނީ ނިންމައިފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތް ނިންމާލައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާއަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކައި ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރިކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ފެށި ފަހުން މިހާތަނަށް ބޭއްވީ އެންމެ 10 ޖަލްސާ އެވެ. އަދި ތިން ވަނަ ދައުރުގެ ފަހު ޖަލްސާ މިރޭ އޮންނާނެ އެވެ.
މި މަސް ނިމުމާއެކު މަޖިލީހުގެ ޗުއްޓީ ފެށޭއިރު، ޖަލްސާތައް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލިޓަރީ
30 November 2017
ވިޔަފާރީގެ މުއަމަލާތު ކުރިޔަސް ޗައިނާމީހުން ނޫޅެ މިރާއްޖޭގެ ކަނޑުން މަސްބާނަން އަންނާކަ.
ސޮކްތެރެޕީ
30 November 2017
މިސަރުކާރުން މިކުރަން މިއޫޅޭކަމަކީ ވަރައް ރާއްޖެއަ ފައިދާކުރާނެކަމޭއް.
ޝައިނާ ނީ
29 November 2017
ދެން ވަރައްސަޅިވާނެ، ޗައިނާ ބޯޓުފަހަރު ރާއްޖެ ސަރަހައްދައްވަދެ މސްވެރިކަންވެސް ކޮށްލެވޭނެ. ދެން ލަލަލާ އެމްއެންޑީއެފް އަތްޖަހާ... ރައްޔަތުންވެސް