ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމާ ބެހޭ ގޮތުން ކުރިން ބޭއްވި ބައްދަލުވުމުގައި ބައިވެރި ޗައިނާ ވަފުދު. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
30 ނޮވެމްބަރ 2017 - 11:25
ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ގެއްލުން ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމްކުރަން ރާއްޖޭން ނިންމުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެއްބަސްވުން އޮތީ ޗައިނާ އަށް ފައިދާވާ ގޮތަށް ކަމަށެވެ. އެހެންވެ އޭގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރާނެ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ އެއްބަސްވުން އޮންނަން ޖެހޭނީ ދިވެހީންނަށް އެންމެ ފައިދާވާ ގޮތަށެވެ.
ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖޭން ސޮއިކުރާ ގޮތަށް ކެބިނެޓުން އިއްޔެ ނިންމުމާ ގުޅިގެން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ބޮޑު ކުރި ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
A Free Trade Agreement between the Maldives and China will be detrimental to our economy as balance of trade is greatly in favour of China. The agreement must be in the best interest of the people of Maldives.
— Mohamed Nasheed (@MohamedNasheed) November 29, 2017
ނަޝީދު ކުރެއްވި ޓްވީޓް
އެ ބޮޑު އެއްބަސްވުން އެންމެ 30 މިނެޓުގެ ތެރޭގައި ދިރާސާކޮށް މިނިވަން ވިިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރަން ރައްޔިތުންގެ މަޖިލީހުން ރޭ ވަނީ ރުހުން ދީފަ އެވެ.
ސައީދު ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުން، ތަރައްގީ ވަމުން އަންނަ ގައުމަކަށް 2011 ވަނަ އަހަރު ރާއްޖެ ބަދަލުވުމާއެކު، ރާއްޖޭން މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށެވެ. އެ ގޮތުން، ބޭރުކުރާ މަހުން ބޭރު ދުނިޔޭގައި ޑިއުޓީ ނަގަން ފެށުމުން، އޭގެ އަގު ބޮޑުވެފައިވާ ކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާއާ އެކު ވާ މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީއަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ
11 December 2017
ރާއްޖެއްށް ފައިދާ، ގެއްލުން ނިންމަން ތީދެން ކާކު؟ އެ އެއްބަސްވުމުގެސަބަބުން އިނގިރޭސިންނަށް ފައިދާވޭތޯ ނުވޭތޯ ބަލާ،،
އަހަންމާ
30 November 2017
ރާއްޖެއައްގެއްލުންވަނީކީނޫން ރާއްޖެއައްފައިދާއެއް ވެދާނެތީ ޓުއިޓަރޭ ކަންބޮޑުވަނީ މިސަރުކާރުން ރާއްޖެއައްގެއްލުންވާގޮތަކައް އެއްވެސްކަމެއްނުކުރާނެ މިއީރައްޔިތުންގެސަރުކާރެއް
އުމަރު
30 November 2017
ޗައިނާއާއި އެކުވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓުން ރާއްޖޭގެ ވިޔަފާރިވެރިންނަށް އޮތް ފުރުސަތު ގެއްލި ޗައިނާގެ ވިޔަފާރިތަށް ރާއްޖޭގެ ކުރިވިޔަފާރިތަކާއި އެކު މަސްހުނިވެ ދިވެހިންނަށް ފުރުސަތު ގެއްލޭނެ، ޗައިނާއިން ދިވެހިންނަށް ފުރުސަތު ހުޅުވާލިޔަސް ދިވެހިންނަކަށް ޗައިނާގެ މާކެޓަށް ނުވަދެވޭނެ އެކަމަކު ޗައިނާގެ އެންމެ ކުންފުންޏަކުންވެސް ރާއްޖޭގެ މުޅި އިޤްތިސާދު ކޮންޓްރޯލްކޮށްފާނެ، އެހެންކަމުން ރާއްޖެއަށް މިހާރުވެސް ވަންނަ ޑޮލަރުކޮޅު ބޭރުވާނެ ގޮތްނޫން އެހެންގޮތެއް ތިޔަ ވިޔަފާރީގެ އެއް ބަސްވުމަކުން ނުލިބޭނެ، ދިވެހިންނަށް ފުރުސަތު އިތުރަށް ހުޅުވާނުލައި ދިވެހިންނާއި ވާދަކޮށް ޗައިނާގެ ވިޔަފާރިކުރިއަރުވަން އޮތީ ފުރުސަތު ބޮޑަށް ހުޅުވާލާފައި، ދިވެހިންނާއި އެކުގައި ޕާޓްނާޝިޕް ހެދުމުގެ ބަދަލުގައި ދިވެހިންނާއި އެއްހަމައެއްގައި ވިޔަފާރިކުރުމުގެ ފުރުސަތުވަނީ ދެވިފައި، އެހެންކަމުން ދިވެހިންނަށް ދިވެހިންގެ ފަސްގަނޑުން ލިބޭނެ އިތުރު އިނާޔަތެއް ނޮއޮންނާނެ، އިތުރަށް ތިޔަ މުއާމަލާތް ދިރާސާކުރުމަށް ގޮވާލަން
ބިއްލޫރިމޫސް
30 November 2017
އެކަމާ އެންމެ އުފާ ކުރާނީ ކަލޭގެއާ ކަލޭގެ އައުވާނުން. ރާއްޖޭގެ އިގްތިސޯދު ރަނަގަޅު ކުރަންދޯ ޓުއަރިސްޓުން ރާއްޖެ ނާންނަން ގޮވާލަނީ.
ރާއްޖެ
30 November 2017
ތިޔަހެން ގޮވީ ރާއްޖެ ކޮމަންވެލްތުން ވަކިވީމަވެސް ގެއްލުން ވާނެއޭ ކިޔާފަ. އެކަމަކު ކުޅިވަރު މުބާރާތުގަ ބައިވެރި ނުވެވުން ފިޔަވާ ވީއެއްވެސް ގެއްލުމެއް ބުނެބަލަ. އެފަހުން އަހަރެއް ވެއްޖެ. އެންމެ ފަހުން އިގިރޭސީން ވެސް އީޔޫއިން ވަކިވީ.
އަލްޖިބްރާ
30 November 2017
ހަމައެކަނި މާލެއަށް 5 އަރަށް ބޭނުންކުރެވޭވަރުގެ ޖަނަރޭޓަރެއް ގެ ސަރވޭ ކުރުމަށް 5މަސް ނުވަތަ އެއަށްވުރެ ގިނަދުވަސް ނަގާއިރު 1000ސޮފުހާގެ އިޤްތިސޯދާއި ގުޅޭ ބިލެއް ދިރާސާ ކުރަން ބައިގަޑިއިރު ނަގާ ފާސްކޮށްލީމާ ، މިހާރުގެ ސަރުކާރު އޮތް ހާލަތުގެ މަންޒަރު ވަރަށް ރީތިކޮށް ފެނޭ !
ކަނަމަނަ
30 November 2017
މި އެއްބަސްވުމެއްގަ ސޮއިކޮށްގެން ހާދަބޮޑުކަމަކަށް ވެއްޖެޔޭދޯ. އެއަރޕޯޓް އިންޑިއާމީހުންނަށް ދިނީމަ ވަރަށްފައިދާވިދޯ. އެތަނަށް ލިބުނިއްޔާ ލިބުނުހާ ޑޮލަރެއް ގެންދިޔައީ އިންޑިއާއަށް. އެދުވަސްވަރު ޑޮލަރެއް ގަންނަން ނުލިބިގެން މީހުން އުޅުނުޙާލު ހަނދާންނެތެއްނު.
ހަނދުފުށި
01 December 2017
މިހާރުވެސް
ދަވޭ
30 November 2017
ފްރީ ޓްރޭޑުން ރާއްޖެ އަށް ލިބޭނީ ގެއްލުން ޗައިނާ އަށް ވާނީ ފައިދާ ކަމަށް އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ގޮތަށް އެއްވެސް ކަމެއް އޭނާގެ ވެރިކަމުގައި ކޮށްފައި ނުވާ ކެނެރީގެ ނަޝީދު މިއަދު މިގޮވާ ކަނޑު ކޮހެއް މަމެންނަށް އެއްގޮތަކަށް ވެސް ނޭގެއެވެ. އެމެން ބޮޑަށް ބަލަނީ ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ރާއްޖޭގެ ވެރިކަމަށް ފާވެވޭނީ ކޮން ގޮތަކުން ތޭ. އެމެން ކުޅުނު ކަނޑު ފައްތާ ފިލްމް ކުޅުނީ ކޮން ބޭނުމެއްގައި ކަން އިނގޭ އެކަކު ވެސް އަދި ވެސް ރާއްޖެ އަކު ނެތެވެ. ރާއްޖޭގެ ރައީސް އަކު ރާއްޖެ އަޑިއަށް ދަނީއޭ ކިޔާ ދުނިޔޭގެ އެކި މީޑިއާ ތަކުގައި ޕްރޮޕެގެންޑާ ފަތުރަމުން ދާނަމަ އެއީ ރާއްޖޭގެ އިގްތިސާދަށް ކިހާ ނުރައްކާ ކަމެއް ކަން އެމެންނަށް ނޭގުނެވެ. ކެނެރީގެ ނަޝީދު ހީކުރީ އޭނާ ޔޫރަޕް އާއި ޔޫކޭ ބޮލަށް ވަދެގެން މިގައުމުގެ އިގްތިސާދު ފުނޑާލެވޭނެ ކަމަށްތޭ. އެހެން އެކަން ނުވާނެ ކަން މިހާރު އޭނާ އަށް އޮންނާނީ ރަނގަޅަށް އަންޑަރސްޓޭންޑް ވެފައެވެ.
ވާލުސޮރު
30 November 2017
މިވެރިން މިއުޅެނީ ހަމަ ތަރައްގީ ހަޖަމުނުވެގެން. އެހެންނާފަހެ އެސް..އީ ޒެޑް ގެ މެގަ ޕްރޮޖެޓްތަކާއެކު ރާއްޖެ އައި ސިއްސައިގެން ދާވަރުގެ އިންވެސްޓްމެންޓް ތަކުގެ ފައިދާއިން ލިބުނު ތަނަވަސްކަމުގެ ސަބަބުން މުޅި ބޮޑު ތިލަދުންމަތީގަ ހުސް މިލިއަނަރުން. ދެން ތިޔަ އެއްބަސްވުގެ ސަބަބުން ބާކީ ތިބި ރައްޔިތުން ބިލިއަނަރުންނަށްވެ ބޮޑުފައިދާ ހޯދަން ޗައިނާ އަށް ހިޖުރަކޮށް (ތަރައްގީކޮށް ނިންމީއްސުރެ އަދިއަދަށް ދާންދެން ފަޅަށްއޮތް) ޗައިނާގެ ހިތްގައިމު "ގޯސްޓް ސިޓީ" ގެ ރަށްވެހިންނަށް ވީމަވެސް ފާޑުކިޔާމީހުން ބުނާނެ ތިޔަ އެއްބަސްވުމުން ދިވެހިރާއްޖެއަށް ވާނީ ގެއްލުމޭ! ކީކޭ ދެން ބުނާނީ!!!! މީހަކު ހަމަ ކޮސްވެދާނެއެއްނު!!
ހުސޭނުބެ
30 November 2017
ނޭނގޭ ވާހަކަ ނުދައްކާ!!! އެއްވެސް ދިރާސާއެއް ކުރުމެއްނެތި ބޭކާރު އަނގަ ނުތަޅާ!!! އިގްތިސާދީ ގޮތުން އެއްވެސް އުރަތްޕެއް ނެތްކަން ތިންއަހަރުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގެ ރައްޔިތުންނަށް ވަނީ އެނގިފަ!! އެހެންވީމަ އިގްތިސާދީ ވާހަކަ ނުދައްކާ!!! ރަގަނޅު ވާނީ ތަޅާނެ ކުދިންކޮޅެއް ހޯދިއްޔާ!!! މިސަރުކާރުން ރާއްޖޭގެ އިގްތިސާދު ނަގާކޮޅަށްޖަހާ ގައުމުގެ ތަރައްގީގެ ދުވެލި ހަލުވިކޮށް އިގްތިސާދީގޮތުން އިންގިލާބީ ބޮޑެތި ބަދަލުތައް ގެންނަމުންދާކަން ރާއްޖޭގެ ރައްޔިތުންނަށާ ބޭރުގެ ފަރާތްތަކަށްވެސް އެނގޭ!!! އެކަން އޮޅުވާ ނުލެވޭނެ!!!
މާމަ
01 December 2017
ކޮޅަށް؟ އިންސާނާއަށް ދެއްވި ސިކުނޑީގެ ބޭނުން ހިފަމާ؟