އެމްޑީޕީ ހަރުގޭގައި ރޭ ޖަލްސާ ކުރިއަށް ދިޔަ ވަގުތު، މަގުމަތީގައި ތިބި ބަޔަކު މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ދެކޮޅު ލިޔުން ތަކެއް ހިފައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
04 ޑިސެމްބަރ 2017 - 13:36
ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށްދޭ އެއްބަސްވުމެއް ނޫން ކަމަށް ބުނެ، އެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ނުކުރުމަށް އިދިކޮޅު ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.
ރާއްޖެ އާއި ޗައިނާ އިން ސޮއިކުރަން ނިންމާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާ ގުޅިގެން ޖޭޕީން ނެރުނު ބަޔާނެއްގައި ވަނީ އެއްބަސްވުމަށް އަމަލު ކުރުމުގައި ކުރަން ޖެހޭ އެންމެހައި ކަންކަން ތަރުތީބު ކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި މަޖިލީހުގެ ސައްހަ ޖަލްސާއަކުން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރުހުން ހޯދުމަށް ފަހު މެނުވީ އެއްބަސްވުމުގައި ސޮއިކުރުމާއި އެއްބަސްވުމާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ޗައިނާ ސަރުކާރަށް ޖޭޕީން ވަނީ ގޮވާލައިފަ އެވެ.
ޖޭޕީން ބުނި ގޮތުގައި މިފަދަ މައްސަލަތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކުރާ ބާވަތުގެ ކަންތައްތަކެވެ. އެކަމަކު، ސަރުކާރުން މަޖިލީހަށް ހުށަހަޅައި ރުހުން ދިން އިރު، އެއްބަސްވުން މަޖިލީހުގެ މެމްބަރުންނަށް ދައްކާފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތި އާއި ބޮޑެތި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
އެއްބަސްވުމުގެ ސަބަބުން، މި ދާއިރާތަކުން ވިޔަފާރި ކުރާ ރާއްޖޭގެ ވިޔަފާރިތައް ހަލާކުވެގެން ގޮސް، ރާއްޖޭގެ އިގްތިސާދު ހަމައެކަނި އެންމެ ގައުމެއްގެ ކޮންޓްރޯލްގެ ދަށަށް ހިނގައިދާނެތީވެ، އެކަމާ ޖޭޕީން ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އެހެންކަމުން ރައްޔިތުންނާ ގުޅުން ހުރި ހާއްސާސީ މިކަހަލަ ކަންކަން ސަރުކާރުން ކުރުމުގެ ކުރިން މާ ފުޅާކޮށް ރާއްޖޭގެ ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީތަކާއި މި ނޫން ވެސް މުއައްސަސާތަކާއި އަމިއްލަ ފަރުދުންނާއެކު މަޝްވާރަ ކުރާ ޖެހޭނެ،" ކަމަށް ޖޭޕީގެ ބަޔާނުގައިވެ އެވެ.
ޖޭޕީން ބުނި ގޮތުގައި ޗައިނާއާ އެކު ރާއްޖޭން މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރަން މަޖިލީހުން ރުހުން ދިނީ ގާނޫނުއަސާސީއާ ހިލާފަށެވެ. އެއްބަސްވުމަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ފަދަ ކަންކަން ހިމެނޭ އެއްބަސްވުމަކަށް ވާއިރު، އެ ފާސް ކުރަން ބާއްވާ ޖަލްސާއެއްގައި 45 މެމްބަރުން ތިއްބަވަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ނަމަވެސް މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި އެ އެއްބަސްވުމަށް ރުހުން ދޭން ވޯޓު ދެއްވީ 30 މެމްބަރުންނެވެ. އެ ޖަލްސާ އަށް 40 މެމްބަރުން ވެސް ވަޑައެއް ނުގަންނަވަ އެވެ.
އެހެންވެ ޖޭޕީން ބުނީ އެއްބަސްވުމަށް ރުހުން ދިނުމަށް ހުށަހަޅައި، ފާސް ކުރުމަކީ ބާތިލް، އެ މައްޗަށް އަމަލު ކުރުން ހުއްދަވެގެން ނުވާ ނިންމުމެއް ކަމަށެވެ.
ޖޭޕީން ބުނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް މިހާ އަވަސްކޮށްލައިގެން އެއްބަސްވުމަށް ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ވަކި ފަރާތަކަށް ފައިދާ ކުރުވަނިވި ގޮތަކަށް ކުރި މި އަމަލަކީ ޗައިނާ ސަރުކާރަށް މިކަން ހިނގައިދިޔަ ގޮތް އޮޅުވާލައިގެން ކުރި ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ލިބިދާނެ ގެއްލުމާއި ފައިދާގެ މައުލޫމާތު ސަރުކާރުން ހިއްސާކޮށްފައި ނުވާތީ މިކަމުގައި ފޮރުވިފައިވާ ކިތަންމެ ސިއްރެއް ހުންނާނެ ކަމަށް ވެސް ޖޭޕީން ނެރުނު ބަޔާނުގައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ޗައިނާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ބުދަ ދުވަހު ފުރާވަޑައިގަންނަވާ އިރު، އެ ގައުމާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.
ނަމަވެސް ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ދެ ގައުމުން ސޮއިކުރާނެ ކަމެއް އަދިއެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
05 December 2017
މި ދިވެހި ގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ގާސިމް ގެ ސަބަބުން ވެރިކަމާ ތޮޅެން ހަދައިގެން މައުމޫނަށް ލަނޑުދޭން ނަސީދާގުޅުނު . ނަސީދަށް ލަނޑުދޭން އިދިކޮޅުފަރާތާ ގުޅުނު . ހުރިހާ ވެރިކަމެއް ވައްޓަލެވޭތޯ މަސައްކަތް ކުރި މިކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންލިބުނު . މިހާރު މިހާރު އެ ލިބެނީ އޭގެ ހިތި ނަތީޖާ ވެރިކަން ބޭނުންވިޔަށް މިންވަރަށް އީމާން ވެ ކެތްތެރިވިނަމަ ތިޔަ ނަތީޖާ ނުފެނުނީސް އަދި ވެރިކަންވެސް ލިބުނީސް.
ނީނނނނ
05 December 2017
ރައްޔިތުންނަށް ފައިދާވާގޮތަށް ސަރުކާރުން ކުރާ ކޮންމެ ކަމަކަށް މިވެރިން ހަޖަމް ނުވެގެން މި އުޅެނީ ކީއްކުރާނީ 3 އަހަރުގެ ސަރުކާރުން ކާލެވުނު ވަރު ގިނަވީމަ ދެން ވާންވީގޮތް މިވެރިންނަށް މިވަނީ. މިވެރިންގެ ހިތާއި ލަގޮނޑި ފަޅައިގެން މިދަނީ އަސަރުކޮށްކޮށް.
ނުދަންނަ
05 December 2017
ކިތަންމެވަރަކަށް ވެރިކަމާއި ހެދިން އުޅުނަސް ވެރިކަމެއް ނުލިބޭނެ...
މެންޓަލިސްޓް
05 December 2017
ދުނިޔޭގައި މިއަދުއޮތް ފިއަޓްކަރަންސީ ސިސްޓަމްގައި އުޅޭއިރު ތިޔަބުނާ ސްލޭވަރީގައި އުޅެވޭނީ ،،،، އެކަމު އެއީ ނޭންގުމެއްގެތެރޭގައި ،،، އެކަން އިހްސާސްވާނީ އެކަންހިނގާ ގޮތްއިނގޭ ބަޔަކަށް ،،، ދަންނަބަޔަކަށް ،،، ޗައިނާއިން ރާއްޖޭގެ ވިޔަފާރިތަކަށް ވަނީމައި ވަރަށްބޮޑެތި ގެއްލުން ދިވެހީނަށްވާނެ ،،، އެކަންހިނގަންޖެހޭނީވެސް އެހެން ،، ،އެއީ އަސްލުގައި ބޭނުމަކީވެސް ،،،، ޗައިނާއަކީ އިގްތިސޯދީ ރޮގުން އަތްގަދަކުރާބައެއް ،،، އެމެރިކާގެ ފެޑަރަލްރިޒާވް އަތްދަށުގައި ދުނިޔޭގެ %99.99 ގައުމުގެ މަރުކަޒީބޭންކް އޮންނަހެން ،،،،، އެކަމުން އަރައިގަންނަށް ލީބިޔާގެ ގައްޒާފީ ވަރަށް މަސައްކަތްކުރީ ނަމަވެސް އާޙިރްގައި އޭނާ މަރާލާ ގައުމުވެސް ހަފުސްކޮއްލީ ،،، ފެޑަރަލްރިޒާވްާޢި އެމެރިކާގެ ޓްރެޒަރީއާޢި ،،،، ގްލޯބަލް ސިސްޓަމްގެ ވާހަކައަކީ ވަރަށްދިގުވާހަކައެއް ،،،، އެހެންވީމައި ކުރުކޮއްލީ ،،، މައައްސަލާމް ،،،
ދޮން އާމިރު
05 December 2017
މެންޓަލިސްޓަކީ އިކޮނޮމިސްޓެއްހެން ހީވަނީ...ވޯޑިންގްސް ހުރިގޮތުން.
ހޮޓްކިންގ
04 December 2017
މިރާއްޖޭގެ ޓޫރިޒަމް ވިޔަފާރި އާއި ތެލާއި ގޭހާއި ސިމެންތިއާއި ރަށްތަކާއި ފަޅުތައް މިއުޅޭ ހައެއްކަ ފައިސާވެރިން އަތުން މިނިވަންކުރަންފެނޭ. އެކަމަކާއި ހުރެ ނިކަމެތިން ދަނީ ނިކަމެތިވަމުން. ހުރިހާ މޮޅެއް އޮތީ ޗަންޕާ، ސަންޓްރެވަލް ޝިޔާމް، ވިލާ ގާސިމް ކަހަލަ މީހުންނަށް. މިކަން ބަދަލު ކުރަން ގޮވާލަން. އެމީހުންގެ ނުފޫޒުން މިރާއްޖެ މިނިވަންވާންޖެހޭނެ.
އުނބުށެން
04 December 2017
ކުރިން ރާއްޖޭގެ ވިޔަފާރިއަށް އަތްގަދަކުރި ވޯރާ ވިޔަފާރިވެރިން ފައްސާލެވިފައި ވިޔަސް ދެން އެފަދަ ހާލަތަކަށް ހިނގައްޖެނަމަ އެކަން ހައްލުކުރަން ފަސޭހަވާނެ ބާވައެވެ.
އަލީ.
04 December 2017
ސޮއެކުރަންވީ ލޯކަލް ޓުވެރިޒަމައް ޗައިނާ މާކެޓު ހުޅުވާލަންވީ އޭރުން ރިސޯޓު އޯނަރުން ފައިބުޑުގަ އަޅުވެތި ނުވިޔަސް ރަށުގަ އަނބިދަރިން ގާތު ތިބެގެން އާމްދަނީ ހޯދޭނެ ކޮންމެރަށެއްގަވެސް ޓުރަވަލް އެޖެންސީއެއް ގާއިމުކުރަންވީ ޖޭޕީ މަހައްދާންވީނު ސަންސިޔާމާ ޗަންޕާ ދެންލަލަލާ